![]() |
| ކަރަން ޖޯހަރ |
އިންޑިޔާގެ ބޮލީވުޑްގެ ފުންނާބު އުސް ފިލްމް އުފެންދުންތެރިޔާ ކަރަންޖޯހަރަކީ ވަރަށް ހުނަރުވެރި ނެށުންތެރިއެއް ކަމަށް ކޮރިއޮގްރާފަރ ރޭމޫ ޑިޝޫޒަރ ވަނީ ބުނެފައެވެ. ރޭމޫ ބުނިގޮތުގައި ކަރަންޖޯހަރަކީ ވަރަށް ހުނަރުވެރި ނެށުންތެރިއެކެވެ. "އޭނައަށް ޖެހޭނީ ހަމަ އެންމެ ފަހަރު ބުނެލަދެން، ކޮންމެ ސްޓެޕެއްވެސް އެހާ އަވަހަށް ނަގާގަނެ. އަދި އެހާ ފުރިހަމަ. ކަރަންއަކީ ގެއްލިފައިހުރި ނެށުންތެރިއެއް." ރޭމޫ މިކަން ހާމަކޮށްފައިވަނީ އިންޑިޔާގެ މަޝްހޫރު ޑާންސް ރިއަލިޓީ ސޯވް ގެ ޕްރޮމޯޝަން ވީޑިއޯ ތައްޔާރުކުރިއިރުއެވެ. ރޭމޫ އިތުރަށް ހާމަކުރިގޮތުގައި ކަރަންޖޯހަރު ވަރަށް ފަސޭހައިން ނޭގޭ ބުނާނެއެވެ. ނަމަވެސް ވަރަށް ފަސޭހައިން ދަސްކޮށް ވަރަށް ފުރިހަމައަށް ނަށާނެއެވެ.
![]() |
| ރޭމޫ ޑިޝޫޒަރ |
ކަރަންޖޯހަރު ބުނި ގޮތުގައި އޭނައަށް ނަށަން ފަސޭހައީ ކުދި ސޮޓްތައް ނަގާއިރު ނަމަވެސް މުޅި ލަވަ ސްޓޭޖުގައި ޕާފޯރމް ކުރުމަކީ ކަރަންޖޯހަރު އަށް ވަރަށް އުނދަގޫކަމެކެވެ. އަދި އޭނައަށް ފަސޭހައިން ދަސްކުރެވޭނީ ވެސް ވަރަށް އާދައިގެ ސްޓެޕްތައްކަމަށާއި އުދަގޫ ކޮޕްލިކޭޓެޑް ސްޓެޕްތައް އަވަހަށް ނަގާ ގަތުމަކީ ކަރަން ބުނިގޮތުގައި އޭނައަށް ވަރަށް އުދަގޫކަމެކެވެ. ކަރަން ޖޯހަރު އެންމެ ފުރަތަމަ ފިލްމީ ކެރިއަރ ފައްޓާފައިވަނީ ދިލްވާލޭ ދުލްހަނިޔާ ލޭޖައިގޭ އިން ޝާހްރުކްހާނުގެ ބެސްޓް ފްރެންޑް ރޯލް އިންނެވެ. އޭގެ ފަހުގައި ކަރަންޖޯހަރު ވަނީ މަޝްހޫރު އެތައް ފިލްމެއް އުފައްދާ ޑައިރެކްޓްވެސް ކޮށްފައެވެ. އޭގެ ތެރޭގައި ކުޗްކުޗް ހޯތާހޭ އާއި، ކަބީ އަލްވިދާނަ ކެހެނާ އާއި، ކަލްހޯނަހޯ ގެ އިތުރުން 2012 ވަނަ އަހަރު ނިކުން އެންމެ މަޝްހޫރު ފިލްމް އަގްނީޕަތް އަކީ ވެސް ކަރަންޖޯހަރުގެ އުފެއްދުމެކެވެ. އަދި މީގެ އިތުރުން ސްޓޫޑެންޓް އޮފްދަ އިޔާރ އާއި މިއަހަރު މެއި މަހު ނިކުތުމަށް ހަމަޖެހިފައިވާ ޔެ ޖަވާނީ ހޭ ދިވާނީ ހިމެނެއެވެ.


No comments:
Post a Comment