ކޮންމެ އަންހެނަކުވެސް ތިމާ
އެމީހަކު ދެކެ ލޯބިވާ ފިރިހެނެއް ބޭނުންވާނެ އެވެ. ކޮންމެ ފިރިހެނަކުވެސް ތިމާ
ދެކެ ލޯބިވާ އަންހެނަކު ބޭނުން ވާނެ އެވެ. އަންހެން ކުދިން ތިމާދެކެ ވާ ލޯބި
އިތުރު ކުރުމަށްޓަކައި ތިރީގައި މިވާ ސިފަތަށް އަށަގަތުމަށް މަސައްކަތް ކުރުމަކީ
ވަރަށް މުހިންމު ކަމެކެވެ.
1.
ކަންކަމުގައި ހިޔާލުދޭ ހަރުދަނާ މީހެއްކަމުގައި ވުން؛ މިއީ ވަރަށް މުހިންމު ކަމެކެވެ. ކަމެއް ދިމާވެގެން ދާ
ހިދު އެކަމެއް ހައްލުކުރަންވީ އެންމެ ރަނގަޅު ގޮތް ކިޔާދީ ހަދާނަމަ އަންހެނުން ތިމާ
ދެކެ ވާ ލޯބި އިތުރު ވެގެންދާނެ އެވެ.
2.
ވިސްނުން ތޫނުފިލި މީހަކަށްވުން؛ ދިމާވާ ކަންތައް ފަސޭހައިން ހައްލުކޮށް ހަދާ އަދި ވިސްނުން ތޫނުފިލި މީހަކަށް
ވުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.
3.
ތިމާ ހުއްޓިގެން ހުންނަ ގޮތް؛
އަންހެނުން ނަކީ ވަރަށް ފަސޭހައިން ފިރިހެނުން ހުއްޓިފައި ހުންނަ ގޮތް ޖަޖުކޮށް
ހަދާބައެކެވެ. ތިމާ ހުއްޓިފައި ހުންނަ ގޮތުން ތިމާއަކީ ހިތްދަމައިގަންނަ ގަޔާވާ
މީހެއްކަން ކަނޑައަޅާނެ އެވެ. ވީމާ ތިމާ ހުއްޓި ހުންނައިރު ވަރަށް ރީއްޗަށް
ހަރުދަނާ ސިފައެއްގައި ހުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
4.
އެހެންމީހުންގެ އިހުސާސްތައް ފަސޭހައިން ދެނެގަންނަ މީހަކަށްވުން
5.
ކަންކުރާއިރު ފުރިހަމަ އިތުބާރާއި ޔަގީންކަން އޮތުން އަދި ކަންކަމުގައި ދެކޭ
ގޮތް ވީހާވެސް ޕޮޒިޓިވްކޮން ދެކުން؛ މި ސިފަ
ހުންނަ ނަމަ ތިމާގެ ހަޔާތުގެ ބައިވެރިޔާ ތިމާއަށް ކުރާ އިތުބާރު ބޮޑުވެގެން
ދެއެވެ.
6.
މުއްސަނދި އަދި އަންހެނުން ގެންގުޅުމުގެ ތަނަވަސްކަން ހުރުން؛ ތިމާގެ މުއްސަނދި ކަމަކީ ތިމާގެ ހުރި ބާރާއި ފެންވަރު
ދައްކުވައިދޭ ކަމެކެވެ. މިފަދަ މީހުންދެކެ އަންހެނުން ގަޔާވާގޮތް ވާނެއެވެ.
7.
ކަންކަމުގައި މަޖާކުރާ އަދި ފުރިހަމައަށް އުފަލާއެކު ހަރަކާތްތެރި ވާ
މީހަކަށް ވުން
8.
އަތާއި އަތްގުޅުވައިލުން؛ ހިނގާފައި ދާއިރު
އަތާއި އަތްގުޅުވައިލައިގެން ހިނގާފައި ދިއުން ނުވަތަ އިށީދެގެން ހުންނައިރުވެސް އަތާއި
އަތްގުޅުވައިލައިގެން ހުރުމަކީ އަންހެން މީހާ ތިމާ އާއި ގަޔާވާގޮތް ވާނެ ކަމެކެވެ.
މިއީ ގިނަ އަންހެނުން ވަރަށް ބޭނުންވާ ގޮތެކެވެ. މިއީ ތިމާއާއި މެދު ދޭ ސަމާލުކަން
އިތުރުކޮށްދޭ ކަމެކެވެ.
9.
ގޭތެރޭގައި ހުންނަ ތަކެތި ހަލާކުވުމުން އެތަކެތި މަރާމާތުކުރަން އެގުން
މީގެ އިތުރުންވެސް ތިރީގައި
މިވާ ބައެއް ކަންތައް ހިމެނެއެވެ
·
އަމިއްލަ ދިރިއުޅުން ދެކެ ލޯބިވާ މީހެއް ކަމުގައިވުން.
·
ރީތި ހިނިތުން ވުމެއްގެ ވެރިއަކަށްވުން
·
ކަންކަން ކުރާއިރު ވިސްނުންތެރިކަމާއެކު ކުރާ މީހަކަށް ވުން
·
އަންހެނުން ހެއްވާލާ ފަދަ މަޖާކަންތައް ކުރާ މީހަކަށްވުން
·
އެހެން މީހުންނަށް އަދަބު އިހުތިރާމު އަދާކުރާ މީހެއްކަމަށް ވުން
·
ގައިން މީރުވަސް ދުވުން
·
ތެދުވެރިކަމާއި އެކު ދެމިހުރެ އަދި ތެދުބަހުން ވާހަކަ ދައްކާ މީހެއްކަމުގައި
ވުން

No comments:
Post a Comment