އެމެރިކާގައި ދާދި ފަހުން ހެދި
ދިރާސާއަކުން ދައްކާގޮތުގައި، ކައިވެނި ކޮށްގެން އުޅޭ މީހުންގެ ތެރެއިން %25
ފިރިހެނުންނަކީ، އޭނަގެ އަނބިމީހާއަށް އޮޅުވާލާ މަކަރު ހަދައިގެން ކައިވެނީގެ
ބޭރުން އެހެން މީހުންނާއި ގުޅުން އޮންނަ މީހުންނެވެ.އަންހެނުންގެ ތެރެއިން %20
އަންހެނުންނަކީ އޭނަގެ ފިރިމީހާއަށް މަކަރު ހަދާ އޮޅުވާލާ އެހެން ފިރިހެނުންނާއި
ގުޅުން ބާއްވާ މީހުންނެވެ.
ގިނަ މީހުން ގަބޫލު
ކުރާގޮތުގައި، ހަޔާތުގެ
ބައިވެރިޔާއަށް އޮޅުވާލާ މަކަރު ހެދުމަކީ ވަކި ޕްލޭނިންގ އެއްގެ ދަށުން ކުރާ
ކަމެއް ނޫނެވެ. އެހާ ބޮޑަށް ބަލާ ނުލާ އުޅުމުގެ ސަބަބުން އެމީހުންނަށް ދިމާވާ
ކަމެކެވެ. އެއީ ދިރިއުޅުމުގައި ދިމާވާ ތަފާތު މައްސަލަތަކުން ދުރުހެލިވުމުގެ
ބޭނުމުގައި އާއި ދިމާވާ ހާސްކަމާއި ކަންބޮޑުވުން ތަކުން ސަލާމަތްވުމަށް ކުރާ
ކަމެކެވެ.
ތިރީގައި މިވާ ބައެއް
ކަންތައްތަކަކީ ހަޔާތުގެ ބައިވެރިޔާއަށް އޮޅުވާލާ މަކަރު ހެދުމަށް ދިމާވާ ބައެއް
ކަންތައްތަކެވެ.
1.
އެކަކު އަނެކަކާއި ގަޔާވެ ހިތްހަމަޖެހޭ ގޮތް ނުވުން؛ މިއީ ދެމީހުންގެ މެދުގައި އަނބިފިރި ކަމުގެ ގުޅުން
ހިންގާއިރު ދިމާވާ ތަފާތު އެކި މައްސަލަތަކުގެ ސަބަބުން، އެކަކު އަނެކަކު ދެކެ
ހިތްހަމަ ނުޖެހޭ ކަންތައް ދިމާވުމެވެ. މިގޮތަށް ޖެހޭ މައްސަލަތައް ފުރަތަމަ
ކޮޅުގައި ހައްލު ނުކުރެވިއްޖެނަމަ، ދެމަފިރިންގެ މެދުގައި އޮންނަ ގުޅުންތެރިކަން
ހީނަރުވެ، ބުރޫއަރާގޮތް ވެގެން ދެއެވެ. ދިރާސާ ތަކުން ދައްކާގޮތުގައި މިގޮތަށް
ދިމާވާ މައްސަލަތަކުގެ ސަބަބުން % 72 ފިރިހެނުން އަދި %62 އަންހެނުން އެމީހުންގެ
ހަޔާތުގެ ބައިވެރިންނަށް އޮޅުވާލާ އެހެން މީހުންނާއި ގުޅުން ބާއްވަމުން
ގެންދެއެވެ.
2.
މުސާރައިގެ ތަފާތު ބޮޑު ކަމުން؛
ދެމަފިރިންގެ ތެރެއިން އެކަކު މަސައްކަތްކޮށް އަނެކަކު މަސައްކަތް ނުކޮށް ހުރުމުގެ
ސަބަބުންނާއި، ދެމީހުންވެސް މަސައްކަތް ކުރަމުން ދާއިރު އެކަކަށްވުރެ އަނެކަކުގެ
މުސާރައިގެ ބޮޑު ތަފާތެއް އުޅޭނަމަ، ބައިވެރިޔާއަށް އޮޅުވާލާ މަކަރު
ހަދާގޮތްވެއެވެ. މުސާރަ ގިނައިން ލިބޭ ފަރާތް ތަފާތު އެކިއެކި ހަރަދުތަށް
ކުރުމާއި، ހާއްސަކޮން ފިރިހެނުން، ކުރާ ޚަރަދުގެ ތަފްސީލް އަނބިމީހާއަށް އޮޅުވާލާ
ހަދައެވެ. މިކަމުގެ ސަބަބުން ދެމީހުން އެކަކު އަނެކަކަށް ކުރާ އިތުބާރު
ކުޑަވެގެންދެ އެވެ.
3.
ފޫހިވުން؛ ދެމީހުން އެކަކު އަނެކަކު
ދެކެ ފޫހިވާގޮތް ވުމުގެ ސަބަބުން، ހަޔާތުގެ ބައިވެރިޔާއަށް އޮޅުވާލާ މަކަރު
ހަދާގޮތްވެގެން ދެއެވެ. ފަހުގެ ދިރާސާއަކުން ދައްކާގޮތުގައި %71 ފިރިހެނުން އަދި
%49 އަންހެނުން ކައިވެނިމަތިން ފޫހިވުމުގެ ސަބަބުން ބައިވެރިޔާއަށް އޮޅުވާލާ
މަކަރު ހަދައެވެ.
4.
ކުރާކަންތަކުގައި އަމިއްލައަށް ހިތްހަމަ ޖެހުން ނުލިބުން؛ ކުރެވޭ ނުވަތަ ކުރާ ކަންތަކުގައި ތިމާ އަމިއްލައަށް އެކަމުގެ
ހިތްހަމަޖެހުން ނުލިބޭ ކަމުގައި ވާނަމަ، ދިރިއުޅުން މަތިން ފޫހިވާގޮތް
ވެގެންދެއެވެ.
5.
ދިރުއުޅުމުގައި ތެދުވެރި ނޫންކަން ބައިވެރިޔާއަށް އެގުމުން ދެމީހުންގެ ގުޅުން
އިތުރަށް ހަރުދަނާ ކުރެވިދާނެކަމުގެ އުއްމީދު ކުރުން؛ އެކަކު އަނެކަކަށް އޮޅުވާ ނުލާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެއްވެސް
މީހަކަށް ނޯންނާނެއެވެ. ބައިވެރިޔާ މަކަރު ހަދާކަމަށް ހީކުރާނަމަ، ދެމީހުންގެ
ގުޅުމަށް އެކަމުގެ އަސަރުކުރެއެވެ. ދެމީހުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް
ހަރުދަނާ ކުރުމަށް ތަފާތު އެކިފިޔަވަޅުތައް އަޅަމުންދެއެވެ. މިހެން ވުމުގެ ސަބަބުން
ދެމީހުންގެ ގުޅުން ކުރިއަށްވުރެ ބޮޑަށް ބަދަހިވާތަން އާދެއެވެ. ބައެއްފަހު
ބައިވެރިޔާގެ ފަރާތުން ނެދެވޭ ޢަމަލުތަށް ފެންނަށް ފެށުމުގެ ސަބަބުން ތިމާއަކީވެސް
ތެދުވެރި މީހެއް ނޫންކަން ދެއްކުމުގެ ގޮތުން ކައިވެނީގެ ބޭރުން އެހެން މީހުންނާއި
ގުޅުން އޮންނަކަން ދައްކައެވެ. މިކަން ނުކުރިކަމުގައި ވިޔަސް އެކަކު އަނެކަކަށް
ޝައްކުކޮށް ދެމީހުންގެ ގުޅުމަށް ބުރޫ އަރާތަން އާދެއެވެ. ބައެއް ފަހަރަށް މިގޮތަށް
ކުރާ ކަންތަކުގެ ސަބަބުން އާއިލާގެ ގުޅުން ހަރުދަނާވެގެން ދެއެވެ. އަނެއް
ބައިފަހަރު ދެމީހުން އުމުރަށް ވަކިވާން ޖެހޭ ގޮތް ވެގެންދެއެވެ.

No comments:
Post a Comment