ދެބަސްވުމާއި، ކަންކަމުގައި
ހިޔާލުތަފާތުވުމާއި، ދެމީހުން އެކަކު އަނެކަކާއި މައްސަލަ ޖެހި ކުދިކުދި
ހަމަނުޖެހުން ހިންގުމަކީ ކައިވެނިކޮށްގެން އުޅޭ ކޮންމެ ދެމީހެއްގެ މެދުގައިވެސް ޖެހޭ މައްސަލައެކެވެ.
ތިރީގައި މިވަނީ މިގޮތަށް ޖެހޭ
މައްސަލަތައް ހައްލުކުރެވިދާނެ ބައެއްގޮތް ތަކެވެ.
1.
ކަންކަމުގައި ހިޔާލުތަފާތުވެ،ދެބަސްވި ކަމުގައިވިޔަސް އެކަކު އަނެކަކު ދައްކާ
ވާހަކަ ކަނުލާ އަޑުއެހުން
2.
އެކަކު އަނެކަކު ދެކެ ލޯބިވުން އަދި ލޯބިވާ ކަން އެކިމަރުހަލާތަކުގައި ހާމަކުރުން.
3.
މައްސަލަ ޖެއްސުމުގެ ކުރިން، މައްސަލަ ޖެހުމަށް ދިމާވާ ސަބަބު
ދެނެގަންނާށެވެ. އަދި އޭގެ ފަހުގައި ޖެހިގެން އުޅޭ މައްސަލައާއި މެދު ވާހަކަ
ދައްކުން
4.
މައްސަލަ ޖެހެން މެދުވެރިވާ ކަންތަކާއި މެދު ވާހަކަ ދެއްކުން
މަދުކުރުމާއިއެކު، ކުރިން ޖެހިފައިވާ މައްސަލަތައް ނުވަތަ ދެމީހުންގެ ދެމެދުގައި
ހިގާފައިވާ ހަމަނުޖެހުންތަކުގެ ވާހަކަ ފަށަފަށައިގެން ނުދެއްކުން
5.
ތިރީގައި މިވާ ގޮތްގޮތަށް މުހާތަބު ކުރުން ހުއްޓާލުން. މިސާލަކަށް، " ކަލެޔަކަށް
ނުވާނެ، އަހަރެން އަބަދުވެސް ކުރަނީ، އަހަރެންނަކަށް ނުވާނެ، ކަލޭ ކޮންމެހެން ކުރޭ
ނުވަތަ ކަލޭ ކޮންމެހެން ކޮށްގެން ނުވާނެ ''
6.
ދެމީހުންވެސް، އެކަކު އަނެކަކުގެ އާއިލާގެ މީހުންގެ ޝަކުވާ ނުކުރުން
7.
ތިމާގެ ބައިވެރިޔާގެ ސަހުސިއްޔަތަށް ބުރު އަރާފަދަ ބަސްބަހުން މުހާތަބު
ނުކުރުން
8.
ތިމާގެ ބައިވެރިޔާ ބުނާ އެއްޗެއް ދޭހަނުވުމުން، މަޑުން ނުހުރެ ވީހާވެސް
އަވަހަށް އެކަމެއް ސާފުކުރާށެވެ. ތިމާއަށް ދޭހަނުވާކަން އެގޭނީ ދޭހަނުވާ ވާހަކަ
ބުނީމައެވެ.
9.
ބައިވެރިޔާގެ އިހުސާސްތަކަށް އިހުތިރާމު ކުރާށެވެ. ތިމާ ގާތަށް ރުޅިއައިސް
އަތް އިސްނުކުރާށެވެ.

No comments:
Post a Comment