Dhirun
  • ފުރަތަމަ ސަފްހާ
  • ސިއްޚީ
    • ތަފާތު ބަލިތައް
    • ދުޅަހެޔޮކަން
    • ރަނގަޅު ކާނާ
    • ކާނާ
  • ޒީނަތްތެރިކަން
  • އިގުތިސާދު
    • ތިއަރީ
    • ހާލަތް
  • އިޖުތިމާއީ
    • މައްސަލަތައް
    • ނިޒާމު
  • ވާހަކަ
    • ހަޤިޤީ
    • ހިޔާލީ
  • މުނިފޫހި
  • އިތުރު ލިޔުންތެރިން

skip to main | skip to sidebar
Blogger Tips and TricksLatest Tips And TricksBlogger Tricks

Widgets

Home » ހާލަތު , އިޤުތިޞާދު , އިޖުތިމާއީ , ސިއްހީ » އަނބިމީހާ ބޭނުންވަނީ ކޮންކަމެއް؟

އަނބިމީހާ ބޭނުންވަނީ ކޮންކަމެއް؟

Wednesday, 12 August 2015 | 0 comments









ކޮންމެ އަންހެނަކުވެސް ތިމާގެ ފިރިމީހާ އަކީ ރަނގަޅު ފިރިޔަކަށް ވުމަށް ބޭނުންވެއެވެ. ސުވާލަކީ ރަނގަޅު ފިރިން އުޅޭހެއްޔެވެ؟ މި ސުވާލުގެ ޖަވާބު އެންމެ ފުރިހަމަޔަށް ދެވޭނީ ކައިވެނިކޮށްގެން އެންމެ ގިނަ ދުވަހު އުޅެފައިވާ މީހުންނަށެވެ. ކައިވެނީގައި އެކި މަރުހަލާތައް ކަޑަތު ކޮށްފައިވާ އަދި ކައިވެނީގައި ގިނަ ދުވަސް ހޭދަކޮށްފައިވާ މީހުންނަކީ ހަމަގައިމުވެސް ފިރިމީހާ ރަނގަޅުވީމަ އޭނަ އާއިއެކު އުޅޭ މީހުން ކަމަށްވެސް ވެދާނެއެވެ. މިހެން ބުނިކަމުގައިވިޔަސް ބައެއް އަންހެނުން ކައިވެނިކޮށްގެން އުޅޭ މީހުންނަކީ، އެމީހުންނަށް އެންމެ ރަނގަޅު އަދި އެންމެ ފުރިހަމަ ފިރިން ކަމުގައި ނުވެދާނެއެވެ. ކޮންމެވެސް މަޖުބޫރީ ހާލަތެއް ދިމާވެގެން އެމީހުންނާއެކު އުޅޭ ބަޔަކަށް ވުމަކީވެސް އެކަށީގެންވާކަމެކެވެ.

ފިރިން ނުވަތަ ފިރިހެނުންނަކީ އެންމެ ރަނގަޅު ބައެއް ގޮތުގައި ވުމަށް، ފިރިހެނުންނަށް ވުރެ ބޮޑަށް މިކަމާއި ވިސްނާނީ އަންހެނުންނެވެ. އަހަރެން ކިޔަވަން އުޅުނުއިރު އެކިއެކި ގައުމުތަކުގެ ތަފާތު މީހުންނާއި ބައްދަލުވެ، މިކަމުގައި ހިޔާލު ބަދަލުކޮށްފައިވާނެއެވެ. ގިނަ މީހުން އެއްބަސްވާ ގޮތުގައި އަނބިމީހާ،ތިމާގެ ފިރިމީހާގެ ފަރާތުން ބޭނުންވާ ބައެއް ކަންތައްތައް ހުރެއެވެ. ތިރީގައި މިވަނީ މިގޮތުން އަނބިމީހާ އޭނަގެ ފިރިމީހާގެ ފަރާތުން އެންމެ ބޮޑަށް ބޭނުންވާ ބައެއް ކަންތައްތަކެއެވެ.

1.     ފިރިމީހާއަކީ، އަނބިމީހާގެ ވިސްނުމާއި އެއްގޮތަށް މަސައްކަތްކުރާ މީހަކަށްވުން؛ މިއީ ގިނަ ފިރިހެނުންނަށް މަސައްކަތްކުރަން ވަރަށް އުދަގޫކަމަކަށް ވާނެއެވެ. ނަމަވެސް އަނބިމީހާ އާއިއެކު ގިނަ ދުވަހު އެއްކޮން އުޅެން ބޭނުންނަމަ، މިގޮތަށްވެސް މަސައްކަތްކުރުމަކީ މައްސަލައެއްނޫނެވެ. މިގޮތަށް މަސައްކަތްކުރަން އުނދަގޫނަމަ، އަނބިމީހާ ހިތްހަމަ ޖެހޭ ގޮތަކަށް ކަންތައްތައް ކުރަން މަސައްކަތްކުރާށެވެ.
2.     އަނބިމީހާ ދައްކާ ވާހަކަ އަޑުއަހާމީހަކަށްވުން؛ ދައްކާ ވާހަކަ އަޑުއެހުމަކީ ވަރަށް މުހިންމު ކަމެކެވެ. ދައްކާ ވާހަކަ އަޑުނާހާ މީހަކަށްވެއްޖެނަމަ، އަނބިމީހާ ދައްކަން ބޭނުންވާ ވަރަށް މުހިންމު ވާހަކަތައް ނުދެއްކިފައި ހުންނަށްޖެހުމުން، އަނބިމީހާ ގާތަށް އިތުރަށް ރުޅިއައިސް ދެމީހުންގެ މެދުގައި މައްސަލަ ޖެހޭގޮތްވާނެއެވެ. އަނބިމީހާ ދައްކާ ވާހަކަ އަޑުއެހުމަށްފަހު، އެތަނުން އެންމެ މުހިންމު ވާހަކަތަކަކީ ނުވަތަ ކުރަން ބޭނުންވާ ކަމަކީ ކޮބައިތޯ ދެނެގަތުމަކީވެސް މުހިންމުކަމެކެވެ. ވީމާ، ތިމާގެ ހިއްސު ބޭނުންކޮށްގެން ދައްކާ ވާހަކަ އަޑުއެހުމަށްފަހު، އަނބިމީހާ ކުރަން ބޭނުންވާ ކަންތައްތަކަށް އިސްކަމެއް ދޭށެވެ. ކިތަންމެ ބުރަކޮން އުޅުނު ކަމުގައިވިޔަސް އަނބިމީހާ ދައްކާ ވާހަކަ އަޑުއަހަން ވަގުތު ހުސްކުރާށެވެ. ފިރިމީހާ ކަމަކާއި ކަންބޮޑުވެ ހާސްވެފައި ހުންނަ ވަގުތުތަކުގައި ކަންކަމުގައި ޝަކުވާ ނުކުރަން އަނބިމީހާ ވިސްނަންޖެހެއެވެ.
3.     ކޮންމެ ދެ އަންހެނަކީ ތަފާތު މީހެއްކަން ދެނެގަތުން؛ ތިމާގެ ގާތް އެކުވެރިއެއްގެ އަނބިމީހާއި ތިމާ ކައިވެނިކޮށްގެން އުޅޭ މީހާއާއި ކަންކަމުގައި ހަމަހަމަ ނުކުރާށެވެ. ކޮންމެ ދެމީހަކީ ތަފާތު މީހެއްކަން ދަންނާށެވެ. އަންހެނުން ކުރިމަތީގައި އެހެން މީހުންގެ އަނބިންގެ ރަނގަޅު ވާހަކަ ދައްކާ ތައުރީފު ކުރާކަށް ތިމާގެ އަނބިމީހާ ބޭނުމެއް ނުވާނެއެވެ. އަދި މީގެ އިތުރުން ތިމާގެ އަނބިމީހާ އަކީ ކޮންމެ ހަފުތާއެއްގެ ބަންދު ދުވަހު ދެމީހުން އެކުގައި ބޭރަށްގޮސް ވަގުތު ހޭދަކުރަން ބޭނުންވާ މީހަކަށް ވެދާނެއެވެ. ނަމަވެސް ތިމާގެ އެކުވެރިޔާގެ އަނބިމީހާއަކީ ކޮންމެ ދުވަހަކު މިކަން ކުރަން ބޭނުންވާ މީހަކަށްވެދާނެއެވެ. ވީމާ، ދެމީހުން ކަންކަމުގައި ހަމަހަމަކުރަން މަސައްކަތް ނުކުރާށެވެ.
4.     ކަންކަމުގައި މަޝްވަރާ ކުރާ ބައެއް ކަމުގައިވުން؛ އަންހެނުންނަކީ ދިމާވާ ކަންކަމުގައި ކުރިމަތިލާ އަދި ދިމާވާ ކަންކަމުގައި ކެތްތެރިވާ ބައެއްކަމުގައި ވިޔަސް، ކަންކަމުގައި މަޝްވަރާކުރާއިރު އެމީހުން ދައްކާ ވާހަކަތައް އަޑުއަހާ ފިރިއެއް ބޭނުންވާ ބަޔެކެވެ. އަނބިމީހާއަށް ތަޢުރީފުގެ ބަސްތައް ބުނަން އިގޭމީހެއްގެ އިތުރުން، އަނބިމީހާ  ބޭނުންވާ ކަންކަމާއި އަދި ބޭނުންނުވާ ކަންކަން އިގޭމީހަކަށް ވުމަށްވެސް ބޭނުންވެއެވެ. މީގެ އިތުރުންވެސް، އަނބިމީހާ ދެކެ ވަރަށް ލޯބިވާ ކަން ދައްކުވައިދިނުމާއި އަދި އަނބިމީހާއަށް ދިމާވާ އުފަލާއި ހިތާމައިގައި ބައިވެރިވާ މީހަކަށް ވުމަށްވެސް ބޭނުންވެއެވެ.

މީގެ އިތުރުންވެސް އަނބިމީހާ އޭނާގެ ފިރިމީހާގެ ފަރާތުން ފެންނަށް ބޭނުންވާ ކަންތައްތައް ހުރެއެވެ. ވީމާ، ތިމާގެ އަނބިމީހާ އެންމެ ބޭނުންވަނީ ކޮންކަމެއްތޯ ބަލާ އެކަންކަމާއި މެދު ފިކުރު ކުރާބަޔަކަށް ވުމަކީ މުހިންމުކަމެކެވެ. ދެމީހުންގެ ދިރިއުޅުމަކީ އުފާވެރި ދިރިއުޅުމަކަށް ހެދޭނީ، ދެމީހުންވެސް އެކަކު އަނެކަކަށް އެހީތެރިކަމާއި އެއްބާރުލުން ދީގެންކަން ދަންނާށެވެ.

Share this article :

ސުރުހީ އާއި ގުޅޭ ލިޔުންތައް

Posted by Unknown at 11:48
Email ThisBlogThis!Share to XShare to Facebook
Labels: ހާލަތު, އިޤުތިޞާދު, އިޖުތިމާއީ, ސިއްހީ

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

މަޤުބޫލު ލިޔުންތައް

  • ފިރިހެނުންގެ ބައެއް ސިއްރު ކަންތައްތައް އެގެން ބޭނުންތަ؟
    ތި ކަނބަލުންގެ ހަޔާތުގެ ބައިވެރިޔާއަކީ ދިމާވާ ކަންތައްތައް ކިޔައިދީ ކަމެއް ދިމާވުމުން އެކަމާމެދު ވިސްނާ ފިކުރުކޮށް ނުވަތަ ...
  • ކައިވެނީގައި ޖެހޭ މައްސަލަތައް ހައްލުކުރާނެ ގޮތް
    ދެބަސްވުމާއި، ކަންކަމުގައި ހިޔާލުތަފާތުވުމާއި، ދެމީހުން އެކަކު އަނެކަކާއި މައްސަލަ ޖެހި ކުދިކުދި ހަމަނުޖެހުން ހި...
  • ފިރިހެނުން ދެކެ އަންހެނުން ލޯބިވަނީ ކީއްވެ؟
    ކޮންމެ އަންހެނަކުވެސް ތިމާ އެމީހަކު ދެކެ ލޯބިވާ ފިރިހެނެއް ބޭނުންވާނެ އެވެ. ކޮންމެ ފިރިހެނަކުވެސް ތިމާ ދެކެ ލޯބިވާ އަނ...
  • ދެމީހުންގެ މެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
    ޒަވާޖީ ހަޔާތެއް ނުވަތަ ލޯބި ވެގެންއުޅޭ ދެމީހުންގެ ދެމެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި، ދެމީހުންގެ ދެމެދުގައ...
  • ހަޔާތުގެ ބައިވެރިޔާއަށް އޮޅުވާލާ މަކަރު ހަދަނީ ކީއްވެ؟
    އެމެރިކާގައި ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ކައިވެނި ކޮށްގެން އުޅޭ މީހުންގެ ތެރެއިން %25 ފިރިހެނުންނަކީ، ...

Find Us on Facebook

About Me

Unknown
View my complete profile

Template modified by : Afey Afra
Copyright © 2011. Dhirun - All Rights Reserved