ދެމީހުންގެ މެދުގައި
އުފެދިފައިވާ ލޯބީގެ ގުޅުން، އިތުރަށް މަސައްކަތް ނުކުރާކަމަށް ހީވާނަމަ،
އިލާސްޓިކް ރަބަރެއް ދަމާހެން، ދެކޮޅު ޖެއްސުމަށް ދެމުމުގެ ބަދަލުގައި ދެން އެންމެ
ރަނގަޅު ގޮތަކީ ދެމީހުން އެކަކު އަނެކަކާއި ވަކިވުމެވެ. ދެމީހުންގެ މެދުގައި
އުފެދިފައިވާ ލޯބީގެ ގުޅުމަށް ނިމުމެއް ގެނައުމެވެ. މިހެން ބުނިކަމުގައި ވިޔަސް،
ހާއްސަކޮން އަންހެން ކަބަލުންނަށް، ރައްޓެހިވެގެން އުޅޭ ފިރިހެން ކުއްޖާ އާއި
ވަކިވުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އަދި މިހެން ވުމުގެ ސަބަބުން ދިރިއުޅުމަށް
ތަފާތު ނުރަގަޅު އަސަރުތައް ކުރަމުން ދާނެއެވެ. އަދި މިކަމުގެ ވަކިވާ ދެމީހުންނަށް
ތަފާތު ނުރަނގަޅު އަސަރުތައް ކުރަމުން ދާނެކަންވެސް ހަނދާންކުރާށެވެ. މިސާލަކަށް
ބުނާނަމަ، ކަންކަމުގައި އެކަކު އަނެކަކަށް ބަރޯޝާވެފައި ހުންނަ ހުރުމާއި، ދެމީހުން
އެކަކު އަނެކަކާއެކު ހޭދަކޮށްފައިވާ އުފާވެރި ދުވަސްތައް ހިމެނެއެވެ.
ތިރީގައި މިވާ ބައެއް
ކަންތައްތަކަކީ ދެމީހުންގެ މެދުގައި އުފެދިފައިވާ ލޯބީގެ ގުޅުން ހީނަރު ވަމުން
އަންނަ ކަމުގެ ނިޝާންތަކެވެ. ތިރީގައި މިވާ ކަންތައްތަކަށް ވިސްނުމަށްފަހު، ތިމާގެ
ބައިވެރިޔާ އާއި ވަކިވާނީ ކިހާ ހިސާބަކުންތޯ ބަލާ އެކަމަށް ގޮތެއް ނިންމާށެވެ.
1.
ދެމީހުން އެކަކު އަނެކަކާއި ވާހަކަ ދެއެއްކުން މަދުވުން؛ ކުރިން ވަރަށް ލޯބިން، ދެމީހުން އެކަކު އަނެކަކާއި،
ވާހަކަ ދައްކާއުޅުމަށްފަހު، ކުއްލިޔަކަށް ދެމީހުން އެކަކު އަނެކަކާއި ވާހަކަ
ދެއްކުން މަދުވުމަކީވެސް ގުޅުމަށް ހީނަރުކަން އަންނަ ކަމުގެ ނިޝާނެކެވެ.
2.
ކުރަން ބޭނުންވާ ކަންތައްތަކަކީ އެއްކަހަލަ ކަންތައް ތަކެއް ކަމުގައި ނުވުން؛ ދެމީހުންގެ މެދުގައި ކުރިން ހުރި އެއްގޮތް ކަންތައްތައް
މަދުވާން ފެށުމާއި، ކުރަން ބޭނުންވާ ކަންކަން އެއްގޮތް ކަންތައް ތަކެއް ކަމުގައި
ނުވެ، އިތުރު ދެބަސް ވުމަކަށް ދާންޖެހުން
3.
އަބަދުވެސް ކަންކަމުގައި ޒުވާބު ކުރުން؛ ކުދިކުދި ކަންކަމުގައި ބައެއްފަހަރު ހިޔާލު ތަފާތު ވުމަކީ މައްސަލައެއް
ނޫނެވެ. ނަމަވެސް ދެމީހުން ބައްދަލުވާ ކޮންމެ ފަހަރަކު ކަންކަމުގައި
ހިޔާލުތަފާތުވެ، ޒުވާބުކޮށް ހެދުމަކީ ދެމީހުންގެ ގުޅުމަށް ބުރޫ އަރާކަމުގެ
ނިޝާނެކެވެ.
4.
ބައިވެރިޔާ ފެނުމުން ގަޔާވާގޮތް ނުވުން؛ ބައިވެރިޔާ ކުރިން ހިނިތުންވެލާއިރު އެހުންނަ ރީތި ހިނިތުންވުމާއި، ވާހަކައިގައި
ހުންނަ އަސަރުގަދަ ގޮތް ނުފެނުމާއި ފެންނައިރު ގަޔާވާގޮތް ނުވުމަކީވެސް، ބައިވެރިޔާ
ދެކެ ހިތްހަމަ ނުޖެހުމުގެ ސިފަތަކެކެވެ. މީގެ އިތުރުން ހެނދުން އަޅާގޮތާއި، ބޮލުގެ
އިސްތަށިގަނޑު ކޮށާފައި ހުންނަ ގޮތާއި މެދު ހިތްހަމަ ނުޖެހުންވެސް ހިމެނެއެވެ.
މިހެން ދިމާވާން ފަށައިފިނަމަ، މިކަމުގައި އިތުރަށް ވިސްނާލުމަކީ ވަރަށް މުހިންމު
ކަމެކެވެ.
5.
ގަޔާ ކައިރިކޮށްލުމަށްފަހު، ލޯބިން ބައްދާލާހިތް ނުވުން؛ ކުރިން ދެމީހުން ބައްދަލުވެ، ނުވަތަ ވަކިވެގެން ދާއިރު، ގަޔާލާ ލޯބިން ބައްދާލުމާއި އަދި ލޯބިން މޫނުގައި ބޮސްދޭން ބޭނުންވާއިރު، ދެމީހުން
ކުރެ އެކަކު މިކަމަށް އިދިކޮޅު ހަދާ، މިކަން ކުރަން ބޭނުން ނުވާނަމަ މިއީވެސް
ގުޅުމަށް އިތުރު ހީނަރު ކަމެއް އަންނަ ކަމުގެ ނިޝާނެކެވެ.
6.
ދެމީހުން އެކުގައި، އެކަކު އަނެކަކާއި މަޖާކޮށް ހީ ސަމާސާކުރުން ހުއްޓުން؛ ކުއްލިޔަކަށް ދެމީހުން ސީރިޔަސްވެ، މަޖާކުރުމާއި ހީ
ސަމާސާ ކުރުން ހުއްޓިއްޖެނަމަ، މިއީ ދިރިއުޅުމަށް ކޮންމެވެސް ނޭދެވޭ ބަދަލުތަކެއް
އަންނަ ކަމުގެ ނިޝާންނެކެވެ.
7.
ދެމީހުން އެކުގައި ވަގުތު ހޭދަކުރުން މަދުވުން؛ ކުރިން އެކުގައި ވަގުތު ހޭދަކުރަމުން ދާވަރަށް ވުރެ، ދެމީހުން އެކުގައި
ވަގުތު ހޭދަކުރާ މިންވަރު، އެއްވެސް މުހިންމު ކަމެއް ދިމާނުވެ، މަދުވުމަކީވެސް ދެމީހުންގެ ގުޅުމަށް ހީނަރު
ކަން އަންނަ ކަމުގެ ސިގުނަލްއެކެވެ.
ދެމީހުންގެ ގުޅުމަށް ތަފާތު
މައްސަލަ ތައް ޖެހެމުން ދާއިރު، އިތުރަށް ގުޅުންތެރިކަން ނުބެހެއްޓޭނެކަން ޔަގީން
ވާއިރުވެސް، މިކަން ކުރަން މަސައްކަތް ކުރުމަކީ ފޫނެއް ފަޔަށް ފެންފުރުން ފަދަ
ކަމެކެވެ.

No comments:
Post a Comment