Dhirun
  • ފުރަތަމަ ސަފްހާ
  • ސިއްޚީ
    • ތަފާތު ބަލިތައް
    • ދުޅަހެޔޮކަން
    • ރަނގަޅު ކާނާ
    • ކާނާ
  • ޒީނަތްތެރިކަން
  • އިގުތިސާދު
    • ތިއަރީ
    • ހާލަތް
  • އިޖުތިމާއީ
    • މައްސަލަތައް
    • ނިޒާމު
  • ވާހަކަ
    • ހަޤިޤީ
    • ހިޔާލީ
  • މުނިފޫހި
  • އިތުރު ލިޔުންތެރިން

skip to main | skip to sidebar
Blogger Tips and TricksLatest Tips And TricksBlogger Tricks

Widgets

Home » ހާލަތު , ބަލިތައް , އިޤުތިޞާދު , އިޖުތިމާއީ , މައްސަލަތައް , ސިއްހީ » މަސައްކަތުގެ މާހައުލުން އަންހެނުންނަށް ލިބޭ ޖިންސީ އަނިޔާއިން ސަލާމަތް ވާނެ ގޮތް

މަސައްކަތުގެ މާހައުލުން އަންހެނުންނަށް ލިބޭ ޖިންސީ އަނިޔާއިން ސަލާމަތް ވާނެ ގޮތް

Thursday, 20 August 2015 | 0 comments









މިއީ ވަރަށް ގިނައިން އަންހެން ކުދިންގެ ފަރާތުން އިވޭ ވާހަކަތަކެވެ. އެމީހުން މަސައްކަތް ކުރާ އޮފީސް ނުވަތަ އިދާރާތަކުގައި މަސައްކަތްކުރާ ފިރިހެނުންގެ ފަރާތުން ތަފާތު ޖިންސީ ގޯނާ ލިބޭ ކަމުގެ ވާހަކަތަކެވެ. މިގޮތަށް މި ޢަމަލު ހިންގާ މީހުންގެ  ތެރޭގައި އެތަނެއްގައި މަސައްކަތްކުރާ ތަފާތު ގިންތީގެ މީހުން ހިމެނެއެވެ. އާންމުކޮން މި ޢަމަލު ހިންގަނީ ލިޔެކިއުންތަކުގައި ސޮއި ކުރަން ދާވަގުތު  ތަކުގަޔާއި، ކެއުމަކަށް ނުވަތަ ކޮފީއަކަށް ދައުވަތު ދީގެންނާއި އަދި މެސެޖުގެ ޒަރީއްޔާއިންނެވެ. ލިޔެކިއުން ތަކުގައި ސޮއި ކުރަން ދާވަގުތު ތަކުގައި ނޭގޭކަމަށް ހެދިގެން ހުރެފައި ގަސްތުގައި އަތުގައި އަތްލުމާއި ގައިގައި ބީހިލުން ފަދަ ކަންތައްތައް ކުރުން ހިމެނެއެވެ.
މިއީ ކޮންމެ އަންހެން ކަނބަލަކުވެސް ވަރަށް ބޮޑަށް ވިސްނަށް ޖެހޭ ކަމެކެވެ. އަދާ ކުރާ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރުންނާއި އަދި މަގާމުގެ ކުރިއެރުން ނުލިބި ދާނެ ކަމުގެ ބިރުން މިކަމުގެ ޝިކާރަޔަކަށްވެ، މިކަމުން ސަލާމަތް ވުމަށް ނުކުޅެދޭ ހިސާބަށް ދަންދެން މިކަން ސިއްރުކޮށްގެން ހުރުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ.
2010 ނޮވެމްބަރ މަހު، އިންފޮރ މޭޝަން ޓެކޮނޮލޮޖީ ދާއިރާގައި މަސައްކަތް ކުރާ 600 އަންހެނުންގެ މެދުގައި ހެދި ދިރާސާ އަކުން ދައްކާ ގޮތުގައި އެތަނުގައި މަސައްކަތް ކުރާ 88% އަންހެނުނަށް، އެތަނުގައި މަސައްކަތްކުރާ ފިރިހެނުންގެ ފަރާތުންވަނީ ޖިންސީ އަނިޔާވެރިކަމާއި ކުރިމަތި ލާންޖެހިފައެވެ.

މިކަމުން ސަލާމަތްވުމަށް ކުރެވިދާނެ ކަމަކީ ކޮބާ؟

ކޮންމެ އަންހެނަކުވެސް އެމީހަކު މަސައްކަތްކުރާ ތަނުގައި ހެދިފައިވާ ގަވާއިދުތަކަށް އަހުލުވެރި ވުމަކީ ވަރަށް މުހިންމު ކަމެކެވެ. މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކަށް އަދަބު ދެވޭ ގޮތާއި އެކަންތައް ކަމާއި ބެހޭ އިދާރާތަކަށް ރިޕޯޓްކުރާނެ ގޮތް ދަސްކޮށް އެކަމަށް އަހުލުވެރި ވުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. މަސައްކަތުގެ މާހައުލުގައި އުޅޭ އެކުވެރި ރައްޓެހިންނާއި ދިމާވާ ކަންތައް ހިއްސާކޮށް އެކަމަށް ކެރިގެން ކުރިމަތިލާމީހަކަށް ވުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. މީގެ އިތުރުން ތިރީގައި މިވާ ބައެއް ކަންތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.
1.     ކުރާކަންތަކާއި މެދު ހިތްހަމަނުޖެހޭކަން އެއްވެސް ޖެހިލުމެއްނެތި ބުނާ މީހަކަށްވުން؛ މިއީ ވަރަށް މުހިންމުކަމެކެވެ. ކިތައްމެ މަތީ މަގާމެއްގައި ހުރި މީހެއްގެ ފަރާތުންވެސް މިފަދަ ކަންތައް ކުރިމަތިވާނަމަ، އެކަމާއި ހިތްހަމަ ނުޖެހޭކަން ބިރުން ނުހުރެ ބުނާށެވެ. މާބޮޑަށް ގަޔާވާން މަސައްކަތް ކުރާހެން ހީވާނަމަ، ދުރަށް ޖެހޭށެވެ. ޢަމަލާއި ބަހުން ހިތްހަމަ ނުޖެހޭކަން ހާމަކުރާށެވެ. ތިމާ ހަށިގަނޑުގެ އެއްވެސް ގުނަވަނެއްގައި އަތްލާ ހަދާނަމަ ނުވަތަ ވާހަކަ ދައްކާއިރު ކޮޑުމަތީގައި އަތްލާ ހަދާނަމަ، އެކަމުގެ ސަބަބުން ވަރަށް އުދަގޫވާ ކަމާއި ގައިގައި އަތްނުލުމަށް ބުނާށެވެ. މަޖަލަކަށް ހަދައިގެން ނަމަވެސް ހަޑިހުތުރު އިބާރާތުން ލިޔެފައިވާ މެސެޖު  އީމެއިލް ނުވަތަ ފޯނަށް ފޮނުވާ  ހަދާނަމަ، ފުރަތަމަ ދުވަހުން ފެށިގެން މެސެޖު ފޮނުވުން ހުއްޓާލުމަށް އަންގާށެވެ.
2.     މިގޮތަށް ކުރާ ކަންތައްތަކުގެ މަޢުލޫމާތު އެއްކުރުމަށް ފަހު އެކަމުގެ ރިކޯރޑް ބެލެހެއްޓުން؛ ކުރާ ކަންތައް ތަކުގެ މައުލޫމާތު އެއްކޮށް އެކަންތައް ތަކުގެ ހެއްކާ ގަރީނާ ނުގެއްލޭ ގޮތަށް ރައްކާ ކޮށްފައި ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. އޭރުން އެކަމާއި ގުޅޭ ރިޕޯރޓެއް އެކުލަވާ އިރުވެސް ބޭނުންވާ މައުލޫމާތު ފަސޭހައިން ލިބެން ހުންނާނެއެވެ. މިގޮތަށް ހެއްކާ ގަރީނާ އެއްކުރާއިރު، އެކަމެއް ހިގި ދުވަހާއި ތަނާއި ވަގުތާއި ގަޑި އެގެން އޮތުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.
3.     އިތުބާރު ހިފޭ ފަރާތަކާއި ދިމާވާ ކަންތައް ހިއްސާކުރުން؛ އޮފީސް މާހައުލުން އިތުބާރު ހިފޭ ގާތް އެކުވެރިޔަކާއި ދިމާވާ ކަންތައް ހިއްސާކުރާށެވެ. އޭރުން އޭނަޔަށްވެސް، އެމީހަކު ތިމާއާއި މެދު މުއާމަލާތްކުރާ ގޮތާއި ހިންގާ ނޭދެވޭ ޢަމަލުތައް އިތުރަށް ބެލުމުގެ މަގު ތަނަވަސް ވެގެންދާނެއެވެ. އެހެން މީހުންގެ ފަރާތުންވެސް އޭނަގެ އެ ޢަމަލުތައް ފެންނަކަމަށް ބުނާނަމަ އެއީ ތިމާއަށް މިކަމުގައި ކުރިޔަށް ދިއުމަށް ލިބޭ އިތުރު ހިތްވަރެކެވެ.
4.     ވާހަކަ ދައްކައިގެން ހައްލު ނުވެއްޖެނަމަ ރަސްމީސިފައެއްގައި ކަމާބެހޭ ފަރާތަށް މައްސަލަ ހުށަހެޅުން؛ ކުރާ ކަންތައް ހުއްޓާލުމެއްނެތި ކުރިޔަށް ގެންދާނަމަ، ރަސްމީ ކޮން ކަމާއި ބެހޭ ފަރާތަށް މައްސަލަ ހުށަހަޅާށެވެ.
5.     ކަމުގެ ކުޑަބޮޑު މިނަށް ބަލާފައި ދެވަނަ ވިސްނުމަކަށް ދިއުން؛ އުޅޭ ވަޒީފާ ދޫކޮށް ލުމަކީ އެންމެ ފަހުގެ ކަމަކަށް ހަދާށެވެ. ވަޒީފާ ދޫކޮށްލުން އިހުތިޔާރު ކުރާނަމަ، އެހެން ވަޒީފާ އެއް ހޯދުމަށްފަހު ވަޒީފާއިން ވަކިވުމަކީ ވަރަށް މުހިންމު ކަމެކެވެ. ތިމާ އަދާކުރާ ވަޒީފާ ދޫކޮށްލުމަކީ މިކަމުގެ ހައްލެއް ނޫނެވެ. ހައްލަކީ ކެރިގެން މިކަމުގައި ކުރިމަތިލުމެވެ.  

އަޅުގަނޑުމެންގެ ދިވެހި ރާއްޖޭގައިވެސް ވަނީ ޖިންސީ ކުށުގެ ޤާނޫ (ޤާނޫނު ނަމްބަރ: 17/2014 )    އާއި އަދި ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 16/2014 ) ހެދި ރައީސުލް ޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވާފައެވެ. ވީމާ މި ޤާނޫނަށް ހުރިހާ މީހުންވެސް އަހުލުވެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ. އޭރުން މުޖުތަމަޢުގައި ހިނގާ މިފަދަ ނޭދެވޭ ޢަމަލުތައް ހުއްޓުވަން ލިބޭ އިތުރު ހިތްވަރަކަށް ވެގެން ދާނެއެވެ.   
Share this article :

ސުރުހީ އާއި ގުޅޭ ލިޔުންތައް

Posted by Unknown at 11:36
Email ThisBlogThis!Share to XShare to Facebook
Labels: ހާލަތު, ބަލިތައް, އިޤުތިޞާދު, އިޖުތިމާއީ, މައްސަލަތައް, ސިއްހީ

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

މަޤުބޫލު ލިޔުންތައް

  • ފިރިހެނުންގެ ބައެއް ސިއްރު ކަންތައްތައް އެގެން ބޭނުންތަ؟
    ތި ކަނބަލުންގެ ހަޔާތުގެ ބައިވެރިޔާއަކީ ދިމާވާ ކަންތައްތައް ކިޔައިދީ ކަމެއް ދިމާވުމުން އެކަމާމެދު ވިސްނާ ފިކުރުކޮށް ނުވަތަ ...
  • ކައިވެނީގައި ޖެހޭ މައްސަލަތައް ހައްލުކުރާނެ ގޮތް
    ދެބަސްވުމާއި، ކަންކަމުގައި ހިޔާލުތަފާތުވުމާއި، ދެމީހުން އެކަކު އަނެކަކާއި މައްސަލަ ޖެހި ކުދިކުދި ހަމަނުޖެހުން ހި...
  • ފިރިހެނުން ދެކެ އަންހެނުން ލޯބިވަނީ ކީއްވެ؟
    ކޮންމެ އަންހެނަކުވެސް ތިމާ އެމީހަކު ދެކެ ލޯބިވާ ފިރިހެނެއް ބޭނުންވާނެ އެވެ. ކޮންމެ ފިރިހެނަކުވެސް ތިމާ ދެކެ ލޯބިވާ އަނ...
  • ދެމީހުންގެ މެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
    ޒަވާޖީ ހަޔާތެއް ނުވަތަ ލޯބި ވެގެންއުޅޭ ދެމީހުންގެ ދެމެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި، ދެމީހުންގެ ދެމެދުގައ...
  • ހަޔާތުގެ ބައިވެރިޔާއަށް އޮޅުވާލާ މަކަރު ހަދަނީ ކީއްވެ؟
    އެމެރިކާގައި ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ކައިވެނި ކޮށްގެން އުޅޭ މީހުންގެ ތެރެއިން %25 ފިރިހެނުންނަކީ، ...

Find Us on Facebook

About Me

Unknown
View my complete profile

Template modified by : Afey Afra
Copyright © 2011. Dhirun - All Rights Reserved