Dhirun
  • ފުރަތަމަ ސަފްހާ
  • ސިއްޚީ
    • ތަފާތު ބަލިތައް
    • ދުޅަހެޔޮކަން
    • ރަނގަޅު ކާނާ
    • ކާނާ
  • ޒީނަތްތެރިކަން
  • އިގުތިސާދު
    • ތިއަރީ
    • ހާލަތް
  • އިޖުތިމާއީ
    • މައްސަލަތައް
    • ނިޒާމު
  • ވާހަކަ
    • ހަޤިޤީ
    • ހިޔާލީ
  • މުނިފޫހި
  • އިތުރު ލިޔުންތެރިން

skip to main | skip to sidebar
Blogger Tips and TricksLatest Tips And TricksBlogger Tricks

Widgets

Home » ހާލަތު , ނިޒާމު , އިޖުތިމާއީ » ދެމީހުންގެ މެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟

ދެމީހުންގެ މެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟

Friday, 18 July 2014 | 0 comments









ޒަވާޖީ ހަޔާތެއް ނުވަތަ ލޯބި ވެގެންއުޅޭ ދެމީހުންގެ ދެމެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި، ދެމީހުންގެ ދެމެދުގައިވާ ހިޔާލުތަފާތުވުންތައް މަދުކުރެވޭތޯ އަބަދުވެސް މަސައްކަތްކުރާނެއެވެ. އުފާވެރި ދިރިއުޅުމެއް އުޅޭ ދެމީހަކު އަބަދުވެސް ބަލާނީ ދެމީހުންގެ މެދުގައިޖެހޭ މައްސަލަތައް ހައްލުކޮށް އަބަދުވެސް އެކަންކަން އެންމެ ރަނގަޅުގޮތުގައި ދެކުމާއި އަދި އެކަކު އަނެކަކާއި ސަމާސާކޮށް ދިމާވާ އެކިއެކި ކަންކަމުގައި ފުރިހަމަޔަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުންނަމަ، އެކަކު އަނެކަކު ކުއްވެރިކުރުމުގެ ބަދަލުގައި ދިމާވާ ކަންކަމުގައި ފުރިހަމަޔަށް އެހީތެރިވުމާއި އަދި ގޭތެރޭގައި ކުރަންޖެހޭ ތަފާތު އެކިމަސައްކަތްތަކުގައިވެސް ދެމީހުންވެސް ބައިވެރިވެ އެކުއެކީގައި މަސައްކަތް ކުރުމަކީ ވަރަށް މުހިންމުކަމެކެވެ.

ތިރީގައިމިވަނީ ދިރިއުޅުމުގެ ގުޅުން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ބައެއް ކަންތައްތަކެއެވެ.

1.     ޝުކުރުވެރިވުން؛ ހަޔާތުގެ ބައިވެރިޔާ ކަމެއް ކޮށްދިނުމުން އެކަން ފާހަގަކޮށް ޝުކުރު އަދާކުރުމުން ދެމީހުންގެ ދެމެދުގައިވާ ގުޅުން އިތުރަށްބަދަހިވެ ދެމީހުންގެ މެދުގައިވާ ލޯބީގެ ގުޅުން ހަރުދަނާވެގެން ދެއެވެ.

2.     އެކަކު އަނެކަކާ ސަމާސާކޮށް މަޖާކުރުން؛ ހާއްސަގޮތެއްގައި ވަޒީފާއަށް ދާ ދެމަފިރިން ގޭތެރެއިން ބައްދަލުވާއިރު، ލިބޭވަގުތުގައި ގޭތެރޭގައި ކުރާއެކިއެކި މަސައްކަތްކުރަމުން ދާއިރު، އެކަކު އަނެކާ ސަމާސާކޮށް މަޖާކުރުމާއި އަދި ތަފާތު އެކިއެކި މަޖާ ނަންނަމުން މުހާތަބުކޮށް ހެދުމަކީ ދެމީހުންގެ ދެމެދުގައިވާ ގުޅުން އިތުރުވެގެންދާކަމެކެއެވެ.

3.      ލިބޭ މައުލޫމާތުން ފައިދާ ލިބިގަތުން؛ ހިތާމަވެރިކަމެއް ދިމާވުމުން ހަޔާތުގެ ބައިވެރިޔާއަށް ހިއްސާކުރާ އުސޫލުން އުފާވެރިކަމެއް ދިމާވުމުންވެސް އެކަންތައް ފުރިހަމަޔަށް ހިއްސާކުރާށެއެވެ.

4.     ފެންނަކަންތައް ހަގީގަތްނުހޯދާ ގަބޫލުނުކުރުން؛ ދެމީހުން އެކުގައި އުޅޭއިރު ދެމީހުންގެ ފަރާތުންވެސް ތަފާތު އެކިއެކި މަންޒަރުތައް ފެންނާއެވެ. އަދި ފެންނަ ކޮންމެ މަންޒަރަކީ ހަގީގަތަކަށް ނުވެދާނެއެވެ. ވީމާ ކަމެއް ގަބޫލުކުރުމުގެ ކުރިން އެކަމުގެ ފުރިހަމަ ހަގީގަތް ބަލަންވާނެއެވެ.

5.     އަހަރެންނާއި މެދު ހަޔާތުގެ ބައިވެރިޔާ ދެކޭގޮތް ދެނެގަތުން؛ ހާސިލުކުރުމަށް ބޭނުންވާ ކަންތައްތައް ހަޔާތުގެ ބައިވެރިޔާ އަށް ހިއްސާކުރާށެވެ. އަދި އެކަންތައްތަކާމެދު ހަޔާތުގެ ބައިވެރިޔާ ދެކޭގޮތް ހޯދާށެއެވެ.

6.     ހަޔާތުގެ ބައިވެރިޔާ ގަޔާވާ ކަންތައްތައް އަބަދުވެސް ހޯދާބެލުން؛ އަބަދުވެސް ހަޔާތުގެ ބައިވެރިޔާ ގަޔާވާ އާކަންތައްތައް ހޯދާބެލުމަކީ ވަރަށް މުހިންމު ކަމެކެއެވެ.

7.     ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދިނުން؛ އަބަދުވެސް ދިމާވާ ކަންތައްތަކުގައި އެހީތެރިވާނެ ކަމަށް ހަޔާތުގެ ބައިވެރިޔާ ދެކޭނެއެވެ. ވީމާ، އަބަދުވެސް އެކިއެކި ކަންކަމުގައި ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދިނުމަކީ ވަރަށް މުހިންމުކަމެކެވެ.

8.     އަމިއްލަ ދިރިއުޅުމާއި މެދު ވިސްނުން؛ ހަޔާތުގެ ބައިވެރިޔާއަށް ދިމާވާ އެކިއެކި ކަންތައްތަކާ ވިސްނާ ފިކުރުކުރާހެން ތިމާ އަމިއްލަ ދިރިއުޅުމާމެދުވެސް ވިސްނާށެވެ. އަބަދުވެސް ދެ ކަންތައް ހަމަހަމަ އުސޫލަކުން ގެންދެވޭތޯ ބެލުމަކީ ވަރަށް މުހިންމުކަމެކެއެވެ.

9.     އެކަކު އަނެކަކާމެދު އޯގާތެރިވުން؛ އެކަކު އަނެކަކާ ލޯބިކޮށްލާ އޯގާތެރިވުމަކީ ވަރަށް މުހިންމުކަމެކެވެ. ގެއިން ބޭރަށްދާ ވަގުތުވެސް އަދި ބޭރުގައި އުޅެފައި ގެއަށް އަންނަ ވަގުތުވެސް ހަޔާތުގެ ބައިވެރިޔާ ފެންނައިރަށް ގަޔާކައިރިކޮށްލުމަށްފަހު އޯގާތެރިކަމާއެކު ފިރުމާލުމަކީ ދެމީހުންގެ ލޯބި އިތުރުވެ އެކަކު އަނެކަށްކުރާ އިތުރުބާރު ބޮޑުވެގެން ދާނެކަމެކެއެވެ.

10.  ތަފާތު އެކިމުނާސަބަތު ތަކާއި ގުޅިގެން އެކިއެކި ހަދިޔާ ދިނުން؛ ތަފާތު އެކިމުނާސަބަތު ތަކާއި ގުޅިގެން ތަފާތު އެކިއެކި ހަދިޔާ ދިނުމާއި އަދި ލޯބިވާކަން ހާމަކުރުމަކީވެސް ދެމީހުންގެ މެދުގައިވާ ގުޅުން އިތުރަށް ބަދަހިވެ ދެމީހުންގެ ދެމެދުގައިވާ ގުޅުންތެރިކަން އިތުރުވެގެންދާނެ ކަންތައްތަކުގެ ތެރެއިން ހިމެނޭ ކަމެކެއެވެ.
Share this article :

ސުރުހީ އާއި ގުޅޭ ލިޔުންތައް

Posted by Unknown at 08:57
Email ThisBlogThis!Share to XShare to Facebook
Labels: ހާލަތު, ނިޒާމު, އިޖުތިމާއީ

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

މަޤުބޫލު ލިޔުންތައް

  • ފިރިހެނުންގެ ބައެއް ސިއްރު ކަންތައްތައް އެގެން ބޭނުންތަ؟
    ތި ކަނބަލުންގެ ހަޔާތުގެ ބައިވެރިޔާއަކީ ދިމާވާ ކަންތައްތައް ކިޔައިދީ ކަމެއް ދިމާވުމުން އެކަމާމެދު ވިސްނާ ފިކުރުކޮށް ނުވަތަ ...
  • ކައިވެނީގައި ޖެހޭ މައްސަލަތައް ހައްލުކުރާނެ ގޮތް
    ދެބަސްވުމާއި، ކަންކަމުގައި ހިޔާލުތަފާތުވުމާއި، ދެމީހުން އެކަކު އަނެކަކާއި މައްސަލަ ޖެހި ކުދިކުދި ހަމަނުޖެހުން ހި...
  • ފިރިހެނުން ދެކެ އަންހެނުން ލޯބިވަނީ ކީއްވެ؟
    ކޮންމެ އަންހެނަކުވެސް ތިމާ އެމީހަކު ދެކެ ލޯބިވާ ފިރިހެނެއް ބޭނުންވާނެ އެވެ. ކޮންމެ ފިރިހެނަކުވެސް ތިމާ ދެކެ ލޯބިވާ އަނ...
  • ދެމީހުންގެ މެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
    ޒަވާޖީ ހަޔާތެއް ނުވަތަ ލޯބި ވެގެންއުޅޭ ދެމީހުންގެ ދެމެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި، ދެމީހުންގެ ދެމެދުގައ...
  • ހަޔާތުގެ ބައިވެރިޔާއަށް އޮޅުވާލާ މަކަރު ހަދަނީ ކީއްވެ؟
    އެމެރިކާގައި ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ކައިވެނި ކޮށްގެން އުޅޭ މީހުންގެ ތެރެއިން %25 ފިރިހެނުންނަކީ، ...

Find Us on Facebook

About Me

Unknown
View my complete profile

Template modified by : Afey Afra
Copyright © 2011. Dhirun - All Rights Reserved