Dhirun
  • ފުރަތަމަ ސަފްހާ
  • ސިއްޚީ
    • ތަފާތު ބަލިތައް
    • ދުޅަހެޔޮކަން
    • ރަނގަޅު ކާނާ
    • ކާނާ
  • ޒީނަތްތެރިކަން
  • އިގުތިސާދު
    • ތިއަރީ
    • ހާލަތް
  • އިޖުތިމާއީ
    • މައްސަލަތައް
    • ނިޒާމު
  • ވާހަކަ
    • ހަޤިޤީ
    • ހިޔާލީ
  • މުނިފޫހި
  • އިތުރު ލިޔުންތެރިން

skip to main | skip to sidebar
Blogger Tips and TricksLatest Tips And TricksBlogger Tricks

Widgets

Home » ބަލިތައް , އިޖުތިމާއީ , މައްސަލަތައް » ބައިޕޯލަރ ޑިސްއޯޑަރ

ބައިޕޯލަރ ޑިސްއޯޑަރ

Friday, 18 July 2014 | 0 comments







ބައިޕޯލަރ ޑިސްއޯޑަރ އަކީ ކަންބޮޑުވާ ޒާތުގެ ކަންތައްތައް އެކުލެވޭ ވިސްނުމާއި ފިކުރަށް މެދުވެރިވާ ބައްޔެކެއެވެ. މި ޑިސްއޯޑަރ ހުންނަ މީހުންގެ މޫޑަށް އަދަޔާ ހިލާފު ބަދަލުތައް އާދެއެވެ. ބައެއް ފަހަރު ވަރަށް އުފާވެ އަދި   އަނެއް ބައި ފަހަރު އާދަޔާ ޚިލާފަށް މާޔޫސްވެ އުއްމީދު ގެއްލިފައިވާ ހުންނަތަން ފެނެއެވެ. އަދި މިފަދައިން އެމީހުންގެ ހަރަކާތްތެރިކަންވެސް ކުޑަވާނެއެވެ. އެއަށްފަހު އެމީހުން އެބުރި އާންމު ހާލަތަށް ރުޖޫއަވެއެވެ. މާ ބޮޑަށް އުފާވެރިވެ ހަރަކާތެރިވާ ހާލަތަށް ކިޔަނީ '' މޭނިއާ '' އެވެ. ހިތާމަވެރިވެ މާޔޫސްވާ ހާލަތަށް މިކިޔަނީ '' ޑިޕްރެޝަން'' އެވެ.

މިޑިސްއޯޑަރ ޖެހުމަށް މެދުވެރިވާ ބައެއް ސަބަބު ތަކުގެ ތެރޭގައި ސިކުނޑި އުފެދެންޖެހޭ މިންވަރަށް ސިކުނޑި ނޫފެދުމާއި އަދި އާއިލާގެ މީހުންގެ މެދުގައި މި ޑިސްއޯޑަރ ހުންނަ ނަމަ، ފަސޭހައިން މިކަން އާއިލާގެ އެހެން މެމްބަރުންނަށް ވާރުތަވުން ހިމެނެއެވެ. ނަމަވެސް މި ޑިސްއޯޑަރ ޖެހުމަށް މެދުވެރިވާ ފުރިހަމަ ސަބަބު އަދި މުޅިން ހޯދިފައިނުވެއެވެ.

މި ޑިސްއޯޑަރ އާންމުކޮން ފެންނަނީ ފުރާވަރަށް އަރާ ކުދިން އެކުދިންގެ ފުރާވަރު އުމުރުގެ ފަހުކޮޅުގައެވެ. ނަމަވެސް ކުޑަކުދިންނާއި އަދި ބޮޑެތިމީހުންގެ ފަރާތުންވެސް މި ޑިސްއޯޑަރ ފެނެއެވެ. އާންމުކޮން މި ޑިސްއޯޑަރ ހުންނަ މީހުން މި ކަމުގައި މުޅިއުމުރު ހޭދަކުރަންޖެއެވެ.

މިކަން ހުންނަކަން އިހްސާސްވާނަމަ އަވަހަށް ޑޮކްޓަރަށް ދައްކާ ފަރުވާ ހޯދާށެއެވެ. އަދި މެޑިކަލް ޗެކަޕް އެއް ހެދުމަށްފަހު މޫޑުށް ބަދަލު އަންނަށް މެދުވެރިވާ ސަބަބު ހޯދިދާނެއެވެ.

މިކަމުގެ ފަރުވާ އެއް އަވަހަށް ނުހޯދިއްޖެނަމަ، މިހާގެ ވަޒީފާ ގެއްލުމާއި، އަދި ކިޔަވާ ކުއްޖެއްނަމަ، ކިޔެވުމުން މަހުރޫމުވުމާއި އަދި ދިރިއުޅުމުގެ ހަޔާތެއް ފައްޓާފައިވާ މީހެއްނަމަ، ދިރިއުޅުން ބަރުބާދުވުމުގެ އިތުރުން އަމިއްލަޔަށް މީހާ މަރުވާން އުޅުންފަދަ ހާލަތަކަށް ބަދަލުވެގެން ހިގައިދާނެއެވެ.

ތިރީގައި މިވަނީ މި ޑިސްއޯޑަރ ހުންނަ މީހުންގެ ފަރާތުން ފެންނަ ބައެއް އަލާމަތްތަކެއެވެ.

1.     ބައިޕޯލަރ ގެ އަލާމަތްތައް؛ ބައިޕޯލަރ ޑިސްއޯޑަރ ހުންނަ މީހެއްގެ ފަރާތުން ފެންނަ އެންމެ އަދައިގެ އަލާމަތްތަކުގެ ތެރޭގައި ކަމެއްވާއިރަށް މާއަވަހަށް ކަންތައް ބޮޑުކުރާ ޒާތަށް އަމަލުތައް ބެހެއްޓުމާއި އަދި ގޮތްނޭގޭ ގޮތައް މީހެއް މޫޑު އަވަސް އަވަހަށް ބަދަލުވުން ހިމެނެއެވެ.

2.     މޭނިއާ ގެ އަލާމަތްތަކުގެ ތެރޭގައި؛ މާބޮޑަށް ކަންކަމުގައި އުފާވުމާއި، ކަންމަކުގައި މާބޮޑަށް ތެޅިފޮޅުމާއި، ކެތްމަދުވުމާއި، ކަންކަމުގައި ހިތްހަމަނުޖެހުމާއި، މީހާގެ ހަކަތަ އިތުރުވުމާއި، ނިދިމަދުވުމާއި، ތަފާތު ހިޔާލުތައްކުރުމާއި، ޖިންސީ އެދުންތައް ބޮޑުވުމާއި އަދި ނުކުރެވޭ ޒާތުގެ ބޮޑެތި ކަންކަންރާވާ ޕްލާންކުރުން ހިމެނެއެވެ.  

3.     ޑިޕްރެޝަން ގެ އަލާމަތްތަކުގެ ތެރޭގައި؛ ކަންކަމާމެދު ހިތާމަކުރުމާއި، ބިރުގަތުމާއި، ކަންކަމުގައި ހިތްހަމަނުޖެހުމާއި، ކަމެއްކުރާހާ ހިތްވަރު ގައިގައި ނެތުމާއި، ކަންތައްތަކުގައި ގިނައިން ރޮއެހެދުމާއި، މީހާ މާބޮޑަށް ބަރުވުން ނުވަތަ ހިކޭ ގޮތް މެދުވެރިވުމާއި، ގިނަގިނައިން ނިދުމާއި، ކަންކަމުގައި ގޮތްނިންމަން އުދަގޫވުމާއި އަދި އަމިއްލަޔަށް މަރުވާން އުޅުން ހިމެނެއެވެ.


 މިކަމުގެ ފަރުވާގެ ތެރޭގައި ޑޮކްޓަރަށް ދައްކައިގެން ބޭސްފަރުވާކުރުމާއި އަދި ޓޯކު ތެރަޕީ ހިމެނެއެވެ. 
Share this article :

ސުރުހީ އާއި ގުޅޭ ލިޔުންތައް

Posted by Unknown at 05:07
Email ThisBlogThis!Share to XShare to Facebook
Labels: ބަލިތައް, އިޖުތިމާއީ, މައްސަލަތައް

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

މަޤުބޫލު ލިޔުންތައް

  • ފިރިހެނުންގެ ބައެއް ސިއްރު ކަންތައްތައް އެގެން ބޭނުންތަ؟
    ތި ކަނބަލުންގެ ހަޔާތުގެ ބައިވެރިޔާއަކީ ދިމާވާ ކަންތައްތައް ކިޔައިދީ ކަމެއް ދިމާވުމުން އެކަމާމެދު ވިސްނާ ފިކުރުކޮށް ނުވަތަ ...
  • ކައިވެނީގައި ޖެހޭ މައްސަލަތައް ހައްލުކުރާނެ ގޮތް
    ދެބަސްވުމާއި، ކަންކަމުގައި ހިޔާލުތަފާތުވުމާއި، ދެމީހުން އެކަކު އަނެކަކާއި މައްސަލަ ޖެހި ކުދިކުދި ހަމަނުޖެހުން ހި...
  • ފިރިހެނުން ދެކެ އަންހެނުން ލޯބިވަނީ ކީއްވެ؟
    ކޮންމެ އަންހެނަކުވެސް ތިމާ އެމީހަކު ދެކެ ލޯބިވާ ފިރިހެނެއް ބޭނުންވާނެ އެވެ. ކޮންމެ ފިރިހެނަކުވެސް ތިމާ ދެކެ ލޯބިވާ އަނ...
  • ދެމީހުންގެ މެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
    ޒަވާޖީ ހަޔާތެއް ނުވަތަ ލޯބި ވެގެންއުޅޭ ދެމީހުންގެ ދެމެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި، ދެމީހުންގެ ދެމެދުގައ...
  • ހަޔާތުގެ ބައިވެރިޔާއަށް އޮޅުވާލާ މަކަރު ހަދަނީ ކީއްވެ؟
    އެމެރިކާގައި ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ކައިވެނި ކޮށްގެން އުޅޭ މީހުންގެ ތެރެއިން %25 ފިރިހެނުންނަކީ، ...

Find Us on Facebook

About Me

Unknown
View my complete profile

Template modified by : Afey Afra
Copyright © 2011. Dhirun - All Rights Reserved