ރިޓް ޑިސްއޯޑަރ އަކީ " އޯޓިޒަމް ސްޕެކްޓްރަމް ސިންޑްރޯމް" ގެ
ވައްތަރެކެވެ. މި ޑިސްއޯޑަރ އަކީ ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރެކެވެ.
މިޑިސްއޯޑަރ އާންމުކޮށް ފެންނަނީ އަންހެންކުދިންގެ ފަރާތުންނެއެވެ. މިއީ ދުނިޔެއަށް
އުފަންވާ ކޮންމެ 10،000 އާއި 15،000 ދެމެދު ކުދިންގެ ފަރާތުން ފެންނަ ޑިސްއޯޑަރ އެކެވެ. މި ޑިސްއޯޑަރ ހުންނަ
ކުދިންވެސް ފުރަތަމަ 06 މަހާއި 18 މަހާ ދެމެދު އެހެން ކުދިންނެކޭ އެއްގޮތަށް ހެދި
ބޮޑުވާނެއެވެ. އަދި އޭގެ ފަހުގައި މި ޑިސްއޯޑަރ ގެ އަލާމަތްތައް ފެންނަށް
ފަށައެވެ.
މި ޑިސްއޯޑަރ އަކީ އިންސާނާގެ ވިރާސީބަހާއުގައި ހިމެނޭ
ޖީންތަކުގެ ތެރެއިން ހިމެނޭ '' އެކްސް ކްރޮމޮޒޯން " އަށް އަންނަ
ބަދަލުތަކަކާއި ގުޅިގެން މެދުވެރިވާ ޑިސްއޯޑަރ އެއްކަމަށް ވަނީ ބެލެވިފައެވެ.
އެހެންނަމަވެސް މި ބަދަލުތަކަކީ، ކޮންގޮތަކަށް އަދި ކިހިނެއް އަންނަ ބަދަލުތަކެއްކަމާއި
މި ބަދަލުތައް އަންނަ ގޮތް، އަދި ސާފުކޮށް ހޯދިފައިނުވާކަންވެސް ފާހަގަކުރެވެއެވެ.
މި ޑިސްއޯޑަރ އާއެކު އުފަންވާ ފިރިހެން ކުދިން
ވިހެއުމާއެކު މާ ގިނަދުވަސްތަކެއްނުވެ މަރުވާކަން ވަނީ ފާހަގަކުރެވިފައެވެ. މި
ގޮތަށް މެދުވެރިވާން ދިމާވާ ސަބަބަކީ ފިރިހެން ކުދިންގެ ވިރާސީބަހާގައި
ހިމެނެނީ ހަމައެކަނި އެއް '' އެކްސް ކްރޮމޮޒޯން
" ކަމަށްވުމެވެ. ( އަނެއްކޮޅުން އަންހެން ކުދިންގެ ހިމެނެނީ ދެ އެކްސް
ކްރޮމޮޒޯން ) އެވެ. މިހެން ވުމުގެ
ސަބަބުން މި ޑިސްއޯޑަރ މެދުވެރިވާ ފިރިހެން ކުދިންނަށް މިކަމުގެ ނުރައްކާ
ބޮޑުވެގެންދެއެވެ.
ތިރީގައި މިވަނީ މިފަދަ ކުދިންގެ ފަރާތުން ފެންނަ ބައެއް ކަންތައްތަކެވެ.
·
އުމުރުން 1 އަހަރާއި 4
އަހަރާއި އުމުރު ފުރާގެ ކުދިން ވާހަކަ ދައްކާއިރު ވާހަކަ ދެއްކުމަށް ބަދަލުތަކެއް
އައުން
·
މުޅިންހެން ވާހަކަ
ދެއްކުން ހުއްޓާލުމަށްފަހު އެހެންމީހުންނާ އެކަހެރިކޮށް އުޅެން ބޭނުންވުން
·
ހިގާފައި ދާއިރު އައިބު
ގޮތެއް ހުރުން
·
ފިޓްޖެހުން
·
އެހެން މީހުންގެ އެހީތެރިކަމާއި
ނުލާ އުޅެން އުދަގޫވުން
މި ޑިސްއޯޑަރ ހުންނަ ކުދިންނަށް ދެވޭ ފަރުވާ
1.
ފިޒިކަލް ތެރަޕީ ؛ ފިޒިކަލް ތެރަޕީގެ ސަބަބުން ކުދިންނަށް ރަނގަޅަށް ހިނގާ ބިނގާވެ އުޅެން
ދަސްވެއެވެ.
2.
ސްޕީޗް ތެރަޕީ ؛ ސްޕީޗް ތެރަޕީގެ ސަބަބުން ކުދިންގެ ވާހަކަ ދެއްކުމަށް އިތުރު ކުރިއެރުންތަކެއް
ލިބުމާއި އަދި ބޭނުންކުރަންޖެހޭ ބަސް ރަނގަޅަށް ބޭނުންކުރަން އެގުން
3.
އޮކިޔުޕޭޝަން ތެރަޕީ ؛ މި ތެރަޕީގެ
ސަބަބުން ކުދިން ދުވަހުން ދުވަހުން ކުރަންޖެހޭ ތަފާތު ހަރަކާތްތައް ދަސްވުން
ހިމެނެއެވެ. މިސާލަކަށް ބުނާނަމަ، މީހެއްގެ އެހީތެރިކަމާއި ނުލައި އަމިއްލަޔަށް
ފެންވަރަން އެގުމާއި އަދި އެއްޗެހި ބަދަލުކުރަން ދަސްވުންހިމެނެއެވެ.
4.
ފިޓްޖެހޭ ކުދިންނަށް ޑޮކްޓަރަށް ދައްކައިގެން ބޭސް ދީގެން އެކަން ރަނގަޅު
ކުރެވިދާނެއެވެ.

No comments:
Post a Comment