'' އެ ޖަވާނީ ދިވާނީ '' އަށް ފަހު ދިޕިކާ އަށް
އަނެއްކާވެސް ވަނީ ރަންބީރު ކަޕޫރާއެކު ފިލްމެއް ކުޅުމުގެ ފުރުސަތު ލިބިފައެވެ.
މިފަހަރުގެ ފިލްމަކީ ދާދިފަހުން މަސްހޫރުވެގެން ދިޔަ '' ހައިވޭ '' ގެ ޑައިރެކްޓަރ
އިމްތިޔާޒު އަލީ ގެ އުފެއްދުމެކެވެ.
އިމްތިޔާޒު އަލީ ވަނީ މީގެ ކުރިންވެސް ރަންބީރު ކަޕޫރާއި ދިޕިކާ
އާއެކު ފިލްމުގައި މަސައްކަތްކޮށްފައެވެ. މިފަހަރު މި ދެތަރިން ބައިވެރިކޮށްގެން އުފައްދާ ފިލްމުގެ ނަމަކީ '' ތަމާސާ ''
ނަމަކަށް ކިޔާ ފިލްމެކެވެ.
ރަމްބީރު ކަޕޫރާއެކު ފިލްމު ކުޅެން ޖެހުމުގެ ސަބަބުން ދިޕިކާ
ހިތް ނުތަވަސްވެފައި ހުއްޓަސް، ދިޕިކާ ވަނީ އިމްތިޔާޒު އަލީ އާއި އަދި ރަންބީރު
ކަޕޫރާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމުގެ ސަބަބުން ވަރަށް އުފާވެފައެވެ.
ރަންބީރު ކަޕޫރަކީ ދިޕިކާގެ ކުރީގެ ލޯބިވެރިޔާއެވެ. އަދި
މިހާރު ރަންބީރު ކަޕޫރު ވަނީ ސަލްމާން ހާނުގެ ކުރީގެ ލޯބިވެރިޔާ ކަތްރީނާ ކައިފް އާ
ލޯބީގެ ގޮތުން ގުޅިފައެވެ.

No comments:
Post a Comment