Dhirun
  • ފުރަތަމަ ސަފްހާ
  • ސިއްޚީ
    • ތަފާތު ބަލިތައް
    • ދުޅަހެޔޮކަން
    • ރަނގަޅު ކާނާ
    • ކާނާ
  • ޒީނަތްތެރިކަން
  • އިގުތިސާދު
    • ތިއަރީ
    • ހާލަތް
  • އިޖުތިމާއީ
    • މައްސަލަތައް
    • ނިޒާމު
  • ވާހަކަ
    • ހަޤިޤީ
    • ހިޔާލީ
  • މުނިފޫހި
  • އިތުރު ލިޔުންތެރިން

skip to main | skip to sidebar
Blogger Tips and TricksLatest Tips And TricksBlogger Tricks

Widgets

Home » ހާލަތު , އިޖުތިމާއީ , ތިއަރީ » ފިރިހެނުންގެ ބައެއް ސިއްރު ކަންތައްތައް އެގެން ބޭނުންތަ؟

ފިރިހެނުންގެ ބައެއް ސިއްރު ކަންތައްތައް އެގެން ބޭނުންތަ؟

Saturday, 1 November 2014 | 0 comments








ތި ކަނބަލުންގެ ހަޔާތުގެ ބައިވެރިޔާއަކީ ދިމާވާ ކަންތައްތައް ކިޔައިދީ ކަމެއް ދިމާވުމުން އެކަމާމެދު ވިސްނާ ފިކުރުކޮށް ނުވަތަ ދިމާވާ ކަންކަމުގައި އިހުސާސްތައް ބޭރުކުރާ ބައެއްތަ؟ ފިރިހެނުންނަކީވެސް އެމީހުންނަށް ދިމާވާ ކަންކަމުގައި އިހުސާސްކޮށް އެކަމާމެދު ވިސްނާ ފިކުރުކޮށް ހަދާބައެކެއެވެ. ތިރީގައި މިވަނީ ފިރިހެނުންގެ ފަރާތުން ފެންނަ ބައެއް ކަންތައްތަކެވެ.

1. އެމީހުންގެ އިހުސާސްތައް ނުސީދާ ގޮތެއްގައި ދައްކުވައިދިނުން؛ މިސާލަކަށް ބުނާނަމަ ރޮމޭންޓިކު ދަތުރެއްގައި ކަންތައްތައް ދިމާވިގޮތް ނުވަތަ ފުރަތަމަ ބައްދަލުވުމުން ހިތައް އެރީ ކިހިނެއްތޯ ސުވާލުކޮށްފިނަމަ ސީދާ ޖަވާބު ދިނުމުގެ ބަދަލުގައި ގަޔާ ކައިރިކޮށްލުމަށްފަހު ނުސީދާ ގޮތަކަށް ޖަވާބު ދީހަދައެވެ.
2. ފިރިހެނުން ސީދާ އެމީހުންގެ ބުނަށް ބޭނުންވާ އެއްޗެއް އަނގަބަހުން ބުނުމުގެ ބަދަލުގައި އެކަން ބޮޑަށް ދައްކުވައިދެނީ އެމީހުންގެ ހަރަކާތުން؛ މިސާލަކަށް ''އައި ލަވް ޔޫ'' ނުވަތަ ''ކަލާ ދެކެ ލޯބިވޭ'' މިހެން ބުނުމުގެ ބަދަލުގައި ކޮންމެވެސް ހަރަކާތަކުން ނުވަތަ މަސައްކަތެއްގެ ތެރެއިން އެކަން ދައްކުވައިދެއެވެ.
3. ކަމަކަށް އާންބަސް ބުނެފިނަމަ އެކަމެއް ސީރިޔަސް ކޮށް ނެގުން؛ ފިރިހެނުންވެސް އެމީހުންގެ އިއްޒަތާމެދު ވިސްނާ ހަދައެވެ. އަދި ކަމެއް ކުރަން ނިންމައިފިނަމަ އެކަމެއް ސީރިޔަސްކޮށް ނަގާ އެކަމެއް ކުރެވޭތޯ މަސައްކަތްކުރެއެވެ. ގިނަމީހުން އެމީހުންގެ ކައިވެންޏާމެދު ސީރިއަސްކޮށް ވިސްނާހަދައެވެ. އަދި އެމީހުން ރަނގަޅު ބައެއްގެ ގޮތުގައި ދެމިތިބުމަށް މަސައްކަތް ކުރެއެވެ. އަދި ސާރވޭ އިން ދައްކާ ގޮތުގައި 90% ފިރިހެނުން އެމީހުންގެ ކުރީގެ އަނބިމީހާއާއި ދެވަނަ ފަހަރަށް ކައިވެނިކުރުމަށް ބޭނުންވެއެވެ.
4. ވާހަކަތައް އަޑުއަހާ ބައެއް ކަމަށްވުން؛ މީހަކު ވާހަކަ ދައްކާއިރު ރަނގަޅަށް ކަނުލާ އަޑުއަހާނަމަ، އެކަމަކާ ވަރަށް ގަޔާވާ ގޮތެއް ހުންނާނެއެވެ. އަދި ދައްކާ ވާހަކަ ތަކަށް އިޖާބަދިނުމުގެ ގޮތުން ބޯޖަހާލުން ނުވަތަ އާނ ހޫނ ބުނެއުޅެއެވެ. މި ގޮތަށް މި އަމަލުތައް ބައެއް ފިރިހެނުންގެ ފަރާތުން ނުފެނުނު ކަމުގައި ވިޔަސް އެމީހުންނަކީވެސް ދައްކާ ވާހަކަތައް އަޑުއަހާ އަދި އެކަމަކާއި މެދު ވިސްނާ ފިކުރުކޮށް ހަދާބައެކެވެ. މި ގޮތަށް ނޫންކަމަށް ހަދައިގެން ދައްކާ ވާހަކަތައް އަޑުއަހަން މަޑުކޮށްލައިގެން ހުރި ކަމުގައި ވަނީނަމަ އެމީހަކީ އެބުނާ އެއްޗެއް އަޑުއެހުމަށްފަހު އެކަމާ މެދު ވިސްނާ މީހެކެވެ.
5. ގުޅުން ބަދަހި ކުރުމަށްޓަކައި އެކިއެކި ކަންކަމުގައި ބައިވެރިވުން؛ މާގިނަ ވާހަކަތައް ދައްކާ ބައެއް ކަމުގައި ނުވިނަމަވެސް، ފިރިހެނުންނަކީ ތަފާތު އެކިއެކި މަސައްކަތުގައި ނުވަތަ ހަރަކާތްތަކުގައި ބައިވެރިވެގެން ހަޔާތުގެ ބައިވެރިޔާއާ ގުޅުން ބަދަހި ކުރުމަށް ބޭނުންވާ ބައެކެވެ.
6. އެމީހުންގެ އަމިއްލަ ކަންކަމުގައި ހުސްވަގުތު ބޭނުންވާ ބައެއް؛ ފިރިހެނުން ނަކީ އެމީހުންގެ ރައްޓެހިންނާއެކު ނުވަތަ އެކިއެކި ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވުމަށް އަމިއްލައަށް ހުސްވަގުތު ބޭނުންވާ ބައެކެވެ. ވީމާ މިކަމާ މެދު އަންހެންބޭކަބަލުން ވެސް ވިސްނުމަކީ މުހިންމު ކަމެކެވެ. ތަންތަނަށް ދާ ކޮންމެ ވަގުތަކީ އެހެން އަންހެން ކުއްޖެއް ކައިރިއަށް ދާ ވަގުތެއް ކަމަށް ނުދެކުމަކީ މުހިންމު ކަމެކެވެ. ދެމީހުންގެ ދެމެދުގައި އޮންނަ އިތުބާރަކީ މުހިންމު އެއްޗެކެވެ.
7. ފިރިހެނުން އެމީހުންގެ ބައްޕަގެ ފަރާތުން ކަންތައްތައް ދަސްކޮށް ހެދުން؛ މީހުން އަބަދުވެސް ބުނެއުޅޭ ތިމަންނަގެ ދަރިފުޅު ''އަލީ'' ނުވަތަ ''އިބްރާހިމް'' އުޅެނީ އޭނަގެ ބައްޕަ އުޅޭ ގޮތަށެއެވެ. ގިނަ ފިރިހެންކުދިން އާންމު ގޮތެއްގައި ކަންތައްތައް ދަސްކޮށްހަދަނީ އެކުދިންގެ ބައްޕަގެ ފަރާތުންނެއެވެ. ބައެއް ފަހަރު ކުރާ ކަންތައް ބަލައިގެން އަދި އަނެއް ބައިފަހަރު ދައްކާ ވާހަކަތައް އަޑުއަހައިގެންވެސް ކަންތައްތައް ދަސްކޮށްހަދައެވެ.
8. އަންހެނުންނަށް ވުރެ ބޮޑަށް ފިރިހެނުންނަކީ އަވަހަށް ރުޅި މަޑުކުރާ ބައެއް؛ އަންހެނުންނަށް ވުރެ ބޮޑަށް ފިރިހެނުންނަކީ ޖެހޭ މައްސަލަތައް އަވަހަށް ހައްލުކުރަން ބޭނުންވާ އަދި ދެމީހުންގެ ދެމެދުގައި ޖެހޭ މައްސަލަތައް ހަދާންނައްތާލާ ބައެކެއެވެ. މިސާލަކަށްބުނާނަމަ، ރޭގަނޑު ޖެހޭ މައްސަލައެއް ދެވަނަ ފަހަރަށް ދުވާލު އެވާހަކަ ދައްކާއިރު ގިނަފަހަރަށް އެކަން ހަދާން ނައްތާލާފައި އެވާހަކަ ދައްކަން ބޭނުންނުވެއެވެ.
9.  ކަންތައްތައް އަގުވަޒަންކުރާ ބައެއް؛ ގޭތެރޭގައި އަންހެނުން ބުރަކޮށް މަސައްކަތް ކުރާއިރު އެކަންތައް ދަނެ އަދި ލިބޭ ހުސްވަގުތުތަކުގައި ކުދިންގެ ކަންތައް ބެލެހެއްޓުމުގައި ހަރަކާތް ތެރިވާ ބައެކެވެ.
10. ފިރިހެނުންނަކީ އެމީހުންގެ ހަޔާތުގެ ބައިވެރިޔާ އެކު ގާތް ގުޅުމެއް ބާއްވަން ބޭނުންވާ ބައެއް؛ މިގޮތުން އެމީހުންގެ ހަޔާތުގެ ބައިވެރިޔާއެކު އަނބިފިރިކަމުގެ ގުޅުން ހިންގުމާ މެދު ވިސްނާ ފިކުރުކޮށް ހަދައެވެ. މި ގޮތުން އުމުރުން 60 އަހަރު ގެ ދަށުގެ މީހުންވެސް އެންމެ މަދުވެގެން ދުވާލަކު އެއްފަހަރު މިފަދަ ގުޅުން ހިންގާނެ ގޮތާއި މެދު ވިސްނާ ފިކުރުކޮށް ހަދައެވެ. މި އުމުރު ފުރާގެ އަންހެނުންނަށް ވުރެ ދެ ގުނައަށް ފިރިހެނުން މިފަދަ ކަންކަމާމެދު ވިސްނާހަދައެވެ. އަދި މިގޮތުން އަންހެނުންނަށް ވުރެ ފިރިހެނުން މި ގުޅުން ހިންގަން ބޭނުންވަނީ ވަރަށް އާދައިގެ އަދި މަޑުމައިތިރި ގޮތަކަށެއެވެ.
11.  ބައެއް ފަހަރު ފިރިހެނުން އެމީހުންގެ ހަޔާތުގެ ބައިވެރިޔާގެ ފަރާތުން ލޯބިވުމަށް އިސްނަގަން ބޭނުންވުން؛ ގިނަ ފިރިހެނުން އެމީހުންގެ ހަޔާތުގެ ބައިވެރިޔާގެ ފަރާތުން އަނބިފިރިކަމުގެ ގުޅުން ހިންގުމަށް އިސްނެގުމަށް ބޭނުންވެއެވެ. އަދި ބައިވެރިޔާވެސް ހުރީ މިކަން ކުރުމުގެ މޫޑުގައި ކަން ހާމަ ކުރުމުން ދެމީހުންނަށްވެސް މިކަމުގެ ހިތްހަމަޖެހުން ލިބޭލޭ އިތުރުވެގެން ދެއެވެ.
12. ފިރިހެނުން އަބަދު މިގުޅުން ހިންގަން ބޭނުން ނުވުން؛ އަންހެނުންނާ އަޅާ ބަލާއިރު ގިނަ ފިރިހެނުން އަބަދު އަނބިފިރި ކަމުގެ ގުޅުން ހިންގުމުގެ މޫޑުގައި ހުންނަލެއް މަދުވެއެވެ. މިހެން ދިމާވަނީ އަންހެނުންނާއި އަޅާބަލާއިރު ފިރިހެނުންނަކީ އާއިލާ ބެލެހެއްޓުމަށްޓަކައި އާންމުދަނީ ހޯދުމަށްޓަކައި ބުރަކޮށް މަސައްކަތްކުރާ އަދި ގިނަ ވަގުތު މަސައްކަތުގެ ހާސްކަމުގެ ތެރޭގައި އުޅޭ ބަޔަކަށް ވާތީއެވެ. '' މިރޭ ބޭނުމެއް ނޫން '' މިހެން ބުނެފިނަމަ އޭގެ މާނައަކީ އަނބި މީހާއާއި މެދު އޮންނަ ލޯބީގެ ގުޅުން ނެތުމެއް ނޫނެއެވެ. ކިތައްމެ ލޯބި ވިޔަސް އެވަގުތު އެފަދަ ގުޅުމެއް ބާއްވަން ބޭނުން ނުވާވާހަކައެވެ.
13. ހަޔާތުގެ ބައިވެރިޔާގެ ވާހަކަތައް އަޑުއަހަން ބޭނުންވުން؛ ބައިވެރިޔާގެ ވާހަކަތައް އަޑުއަހަން ފިރިހެނުން ބޭނުންވާނެއެވެ. ވީމާ، ހިތް ހަމަނުޖެހިދާނެތީ އެކަމާއި ބިރުން ދިމާވާ ކަންތައްތަކުގެ ވާހަކަތައް ހިއްސާކުރުން ހުއްޓާ ލައިގެން ނުހުންނާށެވެ. ހަޔާތުގެ ބައިވެރިޔާ ހިތްހަމަ ޖެހިފައި ހުންނަން އަބަދުވެސް ގިނަ ފިރިހެނުން ބޭނުންވާނެއެވެ.

14. ފިރިހެނުންނަށް އަޅާ ނުލާނަމަ ހަޔާތުގެ ބައިވެރިއަކަށް އެހެން މީހަކު އިހުތިޔާރު ކުރާގޮތްވުން؛ ހަޔާތުގެ ބައިވެރިޔާގެ ފަރާތުން އަޅާލުމާއި އޯގާތެރިކަން ނުލިބޭނަމަ، އެހެން މީހަކު ހަޔާތުގެ ބައިވެރިޔާ އަކަށް އިހުތިޔާރު ކުރާގޮތްވެއެވެ. ބައެއްފަހަރު  ގިނަވަގުތު މަސައްކަތުގައި ހޭދަކޮށް ދިމާވާ ހިތްދަތި ކަން ހަނދާން ނައްތާލުމަށް މަސައްކަތްކުރާގޮތްވެއެވެ.  ބައެއް މީހުން އެކިއެކި ކުޅިވަރު ހަރަކާތުގައި ވަގުތު ހޭދަކޮށް އަދި ގިނަވަގުތު މަސައްކަތުގެ މާހައުލުގައި މަސައްކަތުގައި އުޅުމުގެ އިތުރުން މަސައްކަތުގެ މާހައުލުގައި އުޅޭ މީހުންނާއެކު އިތުރު ގިނަވަގުތު ހޭދަކުރާގޮތް ދިމާވެއެވެ. 
Share this article :

ސުރުހީ އާއި ގުޅޭ ލިޔުންތައް

Posted by Unknown at 08:26
Email ThisBlogThis!Share to XShare to Facebook
Labels: ހާލަތު, އިޖުތިމާއީ, ތިއަރީ

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

މަޤުބޫލު ލިޔުންތައް

  • ފިރިހެނުންގެ ބައެއް ސިއްރު ކަންތައްތައް އެގެން ބޭނުންތަ؟
    ތި ކަނބަލުންގެ ހަޔާތުގެ ބައިވެރިޔާއަކީ ދިމާވާ ކަންތައްތައް ކިޔައިދީ ކަމެއް ދިމާވުމުން އެކަމާމެދު ވިސްނާ ފިކުރުކޮށް ނުވަތަ ...
  • ކައިވެނީގައި ޖެހޭ މައްސަލަތައް ހައްލުކުރާނެ ގޮތް
    ދެބަސްވުމާއި، ކަންކަމުގައި ހިޔާލުތަފާތުވުމާއި، ދެމީހުން އެކަކު އަނެކަކާއި މައްސަލަ ޖެހި ކުދިކުދި ހަމަނުޖެހުން ހި...
  • ފިރިހެނުން ދެކެ އަންހެނުން ލޯބިވަނީ ކީއްވެ؟
    ކޮންމެ އަންހެނަކުވެސް ތިމާ އެމީހަކު ދެކެ ލޯބިވާ ފިރިހެނެއް ބޭނުންވާނެ އެވެ. ކޮންމެ ފިރިހެނަކުވެސް ތިމާ ދެކެ ލޯބިވާ އަނ...
  • ދެމީހުންގެ މެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
    ޒަވާޖީ ހަޔާތެއް ނުވަތަ ލޯބި ވެގެންއުޅޭ ދެމީހުންގެ ދެމެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި، ދެމީހުންގެ ދެމެދުގައ...
  • ހަޔާތުގެ ބައިވެރިޔާއަށް އޮޅުވާލާ މަކަރު ހަދަނީ ކީއްވެ؟
    އެމެރިކާގައި ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ކައިވެނި ކޮށްގެން އުޅޭ މީހުންގެ ތެރެއިން %25 ފިރިހެނުންނަކީ، ...

Find Us on Facebook

About Me

Unknown
View my complete profile

Template modified by : Afey Afra
Copyright © 2011. Dhirun - All Rights Reserved