Dhirun
  • ފުރަތަމަ ސަފްހާ
  • ސިއްޚީ
    • ތަފާތު ބަލިތައް
    • ދުޅަހެޔޮކަން
    • ރަނގަޅު ކާނާ
    • ކާނާ
  • ޒީނަތްތެރިކަން
  • އިގުތިސާދު
    • ތިއަރީ
    • ހާލަތް
  • އިޖުތިމާއީ
    • މައްސަލަތައް
    • ނިޒާމު
  • ވާހަކަ
    • ހަޤިޤީ
    • ހިޔާލީ
  • މުނިފޫހި
  • އިތުރު ލިޔުންތެރިން

skip to main | skip to sidebar
Blogger Tips and TricksLatest Tips And TricksBlogger Tricks

Widgets

Home » ހާލަތު , ބަލިތައް , އިޖުތިމާއީ , ސިއްހީ » ކުޑަކުދިން އެކުދިންގެ ބެލެނިވެރިންނާއި ވަކިވާންޖެހުމުން ހާސްވެ ކަންބޮޑުވަނީ ކީއްވެ؟

ކުޑަކުދިން އެކުދިންގެ ބެލެނިވެރިންނާއި ވަކިވާންޖެހުމުން ހާސްވެ ކަންބޮޑުވަނީ ކީއްވެ؟

Friday, 24 October 2014 | 0 comments









ތުއްތު ކުދިން ނުވަތަ ކުޑަކުދިން އެކުދިންގެ ބެލެނިވެރިންނާ، ހާއްސަކޮށް އެކުއްޖަކު ގެންގުޅޭ މީހާ އާއި ވަކިވުމުން ހާސްވެ ކަންބޮޑުވާ ގޮތްވެއެވެ. އެކުދިން ނުދަންނަ މީހުން ކައިރިއަށް ދާންޖެހުމުން ކަންބޮޑުވާގޮތްވެއެވެ. މިފަދަ މައްސަލަތަކަށް ކިޔާ ނަމަކީ  " ސެޕަރޭސަން އެންޒައިޓީ ޑިސްއޯޑަރ " އެވެ.   

މިކުދިން މިގޮތަށް ނުދަންނަ މީހަކު ފެނުމުން ހާސްވެ ކަންބޮޑުވާ ހާލަތްތަކުގައި ރޮއެ ހަދާނެއެވެ. މިއީ ތުއްތު ކުދިން ފުރިހަމަޔަށް ހެދި ބޮޑުވާކަމުގެ އަލާމާތެކެއެވެ. މައިން ބަފައިން ނުވަތަ ގެންގުޅޭ މީހާއި އަދި ނުދަންނަ މީހުން ވަކިކުރަން ދަސްވުމެވެ.

އެމެރިކަން އެކަޑަމީއިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި މިގޮތަށް ތުއްތު ކުދިންގެ ފަރާތުން މި އަމަލު ފެންނަށް ފަށަނީ އުމުރުން 8 މަހުގައެވެ. މިކަން މަދުވަމުން ގޮސް ހުއްޓެން ފަށަނީ ގާތްގަޑަކަށް 2 އަހަރުގައެވެ.

އާންމުކޮން ކުއްޖެއްގެ އުމުރުން 7 މަހުގައި އެކުއްޖެއްގެ މައިންބަފައިން ނުވަތަ ގެންގުޅޭ މީހާ ދަސްކުރަންފަށައެވެ. މިގޮތަށް ތުއްތު ކުދިން ގެންގުޅޭ މީހުން އަބަދުހެން ކުއްޖާ ފެންނަ ހިސާބުގައި އުޅޭނަމަ ތުއްތު ކުއްޖާ އެ ކުއްޖާ ގެންގުޅޭ މިހާއާއި ގާތްގުޅުމެއް އުފެދެން ފަށައެވެ. އާންމު ގޮތެއް ތުއްތު ކުދިންގެ ފަރާތުން މި އަމަލުތައް ފެންނަން ފަށަނީ އުމުރުން 10 މަހާއި 18 މަހުގައެވެ.

ސްކޫލަށްދާ އުމުރު ފުރާގެ ކުދިން އެކުދިން ސްކޫލަށް ދާއިރު ބެލެނިވެރިންނާ ކުޑަވަގުތު ކޮޅަކަށް ނަމަވެސް ވަކިވާތީވެ، ރޮއެހަދައެވެ. މި ގޮތަށް ރޮއިހަދާ ގިނަ ކުދިންނަކީ މާ ލޯބިން ބުނާހާކަމެއް ކޮށްދީގެން ގެންގުޅޭ ކުދިންނާއި، އެކުދިންގެ ބެލެނިވެރިންވެސް އެކުދިންނާއި ވަކިވާންޖެހޭތީވެ ކަންބޮޑުވެ ހާސްވާ ބެލެނިވެރިންނެވެ.

މި ގޮތަށް ހާސްވެ ކަންބޮޑުވާ ކުދިންނަށް ނަފްސާނީ ބަލިމޮޅިކަން ޖެހިގެންދެއެވެ. މިހެން ދިމާވާ ކުދިން  ވަގުތީގޮތުންވެސް އެކަނި ތަނަކަށް ދާންޖެހުމުން، ބެލެނިވެރިންނާއި ވަކިން ތަނަކަށް ދާންޖެހުމުން ނުވަތަ ލޯބިވާ މީހަކާ ވަކިވާންޖެހުމުންވެސް  ހާސްވެ ކަންބޮޑުވާ ގޮތް ވެގެން ދެއެވެ. ފުރާވަރަށް އަރާ ކުދިންގެ ތެރެއިން %5-%4 ކުދިންނަކީ މި ގޮތަށް ހާސްވެ ކަންބޮޑުވާ ކުދިންނެއެވެ.

މިފަދަ ކުދިންގެ ފަރާތުން ފެންނަ  އަލާމަތްތަކުގެ ތެރޭގައި ތިރީގައި މިވާ ބައެއް ކަންތައްތައް ހިމެނެއެވެ.

1.     ލޯބިވާ މީހަކަށް ދެރަކަމެއް ނުވަތަ ވަކިވެގެން ހިގައިދާނެތީ އަބަދު ހާސްވެ ކަންބޮޑުވުން ފާޅުކުރުން
2.     ގެއްލިދާނެތީ ނުވަތަ ކިޑްނެޕް ކޮށްފާނެތީ އަބަދުވެސް ކަންބޮޑުވެ ހާސްކަންމަތީގައި ހުރުން
3.     ސްކޫލަށް ނުވަތަ ޑޭކެއަރ ސެންޓަރަށް ގޮސް އެކަނި މަޑުކުރުމަށް ތަކުރާރުކޮން ފަސްޖެހުން
4.     ގާތްމީހަކާއެކު ނޫނީ ރޭގަނޑު ގަޑީގައި ނިދަން އޮންނަށް ބިރުގަތުން
5.     ގާތްމީހަކާ ވަކިވެގެން އުޅޭ މަންޒަރު، ތަކުރާރުކޮން ހުވަފެނުން ފެނުން
6.     ތަކުރާރުކޮން ބޮލުގައި ރިހުން، ބަނޑުގައި ރިހުން

މަތީގައިވާ އަލާމަތްތަކުގެ ތެރެއިން މަދުވެގެން ތިން ކަމެއް އެއްމަސްވަންދެން ފެންނަ ނަމަ އެކުއްޖަކީ ސެޕަރޭސަން ޑިސްއޯޑަރ ހުންނަ ކުއްޖެއް ގޮތުގައި ބެލެވިދާނެއެވެ.

ފަރުވާ

މިކަމުގެ އަލާމަތްތައް މަދުން ފެންނަ ކުދިންނަށް ޑޮކްޓަރީ ބޭސް ދިނުމުގެ ބަދަލުގައި ފަރުވާއެއްގެ ގޮތުން ކައުންސިލިންގ ދެވިދާނެއެވެ. ކައުންސިލިންގ ދީގެން ރަނގަޅު ނުވާކުދިންނާއި މި ކަމުގެ އަލާމަތްތައް ބޮޑަށް ފެންނަ ކުދިންނަށް ޑޮކްޓަރ ގެ ލަފަޔާއި އިރުސާދުގެ މަތިން ބޭސްފަރުވާ ކުރުމުގެ އިތުރުން، ސައިކޮތެރަޕީއާއި އަދި ކުއްޖާއާއި ކުއްޖާގެ ބެލެނިވެރިންނަށް ފަރުވާ އެއްގެ ގޮތުގައި ކައުންސިލިންގ ދެވިދާނެއެވެ. 
Share this article :

ސުރުހީ އާއި ގުޅޭ ލިޔުންތައް

Posted by Unknown at 23:52
Email ThisBlogThis!Share to XShare to Facebook
Labels: ހާލަތު, ބަލިތައް, އިޖުތިމާއީ, ސިއްހީ

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

މަޤުބޫލު ލިޔުންތައް

  • ފިރިހެނުންގެ ބައެއް ސިއްރު ކަންތައްތައް އެގެން ބޭނުންތަ؟
    ތި ކަނބަލުންގެ ހަޔާތުގެ ބައިވެރިޔާއަކީ ދިމާވާ ކަންތައްތައް ކިޔައިދީ ކަމެއް ދިމާވުމުން އެކަމާމެދު ވިސްނާ ފިކުރުކޮށް ނުވަތަ ...
  • ކައިވެނީގައި ޖެހޭ މައްސަލަތައް ހައްލުކުރާނެ ގޮތް
    ދެބަސްވުމާއި، ކަންކަމުގައި ހިޔާލުތަފާތުވުމާއި، ދެމީހުން އެކަކު އަނެކަކާއި މައްސަލަ ޖެހި ކުދިކުދި ހަމަނުޖެހުން ހި...
  • ފިރިހެނުން ދެކެ އަންހެނުން ލޯބިވަނީ ކީއްވެ؟
    ކޮންމެ އަންހެނަކުވެސް ތިމާ އެމީހަކު ދެކެ ލޯބިވާ ފިރިހެނެއް ބޭނުންވާނެ އެވެ. ކޮންމެ ފިރިހެނަކުވެސް ތިމާ ދެކެ ލޯބިވާ އަނ...
  • ދެމީހުންގެ މެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
    ޒަވާޖީ ހަޔާތެއް ނުވަތަ ލޯބި ވެގެންއުޅޭ ދެމީހުންގެ ދެމެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި، ދެމީހުންގެ ދެމެދުގައ...
  • ހަޔާތުގެ ބައިވެރިޔާއަށް އޮޅުވާލާ މަކަރު ހަދަނީ ކީއްވެ؟
    އެމެރިކާގައި ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ކައިވެނި ކޮށްގެން އުޅޭ މީހުންގެ ތެރެއިން %25 ފިރިހެނުންނަކީ، ...

Find Us on Facebook

About Me

Unknown
View my complete profile

Template modified by : Afey Afra
Copyright © 2011. Dhirun - All Rights Reserved