ދުވާލުގެ
މަސައްކަތުގައި އުޅެފައި ރޭގަނޑުގެ ވަރުބަލިކަންމަތީގައި ހުރެގެންވެސް ނިދަން
އުދަގޫވާނަ އެއީ މައްސަލައެކެއެވެ. ނިންޖަކީ އިންސާނާއަށް ވަރަށް މުހިންމު
އެއްޗެކެވެ. ނިދަން އުދަގޫވާނަމަ ތިރީގައި މިވާ ގޮތަށް ކަންތައްތައް
ކުރެވިދާނެއެވެ.
1.
ކަސްރަތަކީ ސްޓްރެސް މެނޭޖު ކުރުމަށްޓަކައި ކުރެވިދާނެކަމެކެވެ. އަދި މީގެ އިތުރުން ސިއްހީ ގޮތުން ބެލިޔަސް ވަރަށް
މުހިންމު ކަމެކެވެ. ޔޯގާ ނުވަތަ ހިނގާލުމަކީ މިހާގެ ހާސްވުމާއި ކަންބޮޑުވުން މަދު
ކޮށްދޭ ކަމެކެވެ. ނިދުމުގެ ކުރިން ލުއި ކަސްރަތެއް ކުރުމަކީ ނިދަން ފަސޭހަ ނުވަތަ
އުނދަގޫ ކަމެއްތޯ މިހާރު މިއީ ބަހުސް ކުރެވޭ މައުލޫއެކެވެ. ފަހުގެ ދިރާސާތަކުން
ދައްކާ ގޮތުގައި މި ގޮތަށް ލުއި ކަސްރަތެއް ކުރުމަކީ ނިދުމަށް ފަސޭހަވެގެން ދާ
ކަމެކެއެވެ.
2.
ލުއި މިޔުޒިކެއް އަޑުއަހާލުން؛ މިޔުޒިކެއް
ނުވަތަ މަޑުމައިތިރި ލަވައެއް އަޑުއަހާ ލުމަކީ ވަރަށް ބޮޑަށް ރިލެކްސް ވާނެކަމެކެވެ.
މިހެން ވުމުގެ ސަބަބުން މިހާ އަށް ނިދަން ފަސޭހަވެގެން ދެއެވެ.
3.
ގޭތެރެ ސާފުތާހިރުކޮށް ބެހެއްޓުން؛ މި ގޮތަށް ސާފުތާހިރުކޮށް ތަންތަން ހުރުމަކީ ނިދާ ގަޑީގައި އިތުރު ހާސްކަމާއި
ކަންބޮޑުވުން ކުޑަވާ ކަމެކެވެ. އަނެއް ދުވަހު ކުރަން ޖެހޭ މަސައްކަތް ކުޑަވެ،
ހިތަށް ފިނިކަމެއް ލިބިގެން ދާ ކަމެކެއެވެ.
4.
ޓީ.ވީ. ބެލުމުގެ ބަދަލުގައި ލުއި ގޭމެއް ކުޅުން؛ ނިދާ ގަޑި ކައިރިވެގެން ދާއިރު ޓީ.ވީ ބެލުމުގެ ބަދަލުގައި ލުއި ގޭމެއް ކުޅެވިދާނެއެވެ.
އޭރުން މީހާގެ ސްޓްރެސް ލެވެލް ދައްކޮށްދެއެވެ. މި ގޮތުން ކުޅެވިދާނެ ގޭމު ތަކުގެ
ތެރޭގައި ސްޓެރެސް ރިލީފް މެމޮރީ ގޭމް، ސްޓްރެސް މެނޭޖުމަންޓް ވޯރޑް ގޭމް އަދި
މަޖާ ގޭމެއް ކުޅެވިދާނެއެވެ.
5.
ބަބުލް ބާތު؛ ބަބުލް ބާތު އަކީ ވެސް މީހާގެ
ސިކުޑި ލުއި ކޮށްދޭ ކަމެކެއެވެ.
6.
މަސާޖެއް ކުރުން؛ މަސާޖު
ކުރުމަކީވެސް ނިދުމަށް މަގު ފަހިކޮށްދޭ ކަމެކެވެ. މި ކަމުގެ ސަބަބުން ސްޓެރެސް
ލެވެލް ދަށްވެ މީހާގެ ހަށިގަނޑަށް އަރާމު ލިބިދޭ ކަމެކެވެ. މީގެ އިތުރުން
ހަށިގަނޑުގައި ލޭދައުރުކޮށްދިނުން ރަނގަޅު ކޮށްދޭ ކަމެކެވެ. މިކަމުގެ ސަބަބުން
ރޭގަނޑު ނިދުމަށް މަގުފަހިވެގެން ދެއެވެ.
7.
ދުވަހުގައި ވާކަންކަން ލިޔުން؛ ރޭގަނޑު ނިދުމުގެ
ކުރިން ތިމާއާ ދިމާވި ކަންތައްތައް އެއްޗެއްގައި ލިޔާށެވެ. އޭރުން ތިމާއަށް އިތުރު
ހިތްހަމަޖެހުމެއް ލިބޭނެއެވެ. އަދި ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ފަސޭހަވާނެއެވެ.
ދިމާވެފައިވާ ނުތަނަވަސްކަން ފިލައި އަނެއް ދުވަހަށް ކުރަންޖެހޭ ޕްލޭންތައް ކުރަން
ފަސޭހަ ވާނެއެވެ. ހިތުގައިވާ ނުތަނަވަސްކަން ފިލައި ނިދުމަށް ފަސޭހަ
ވެގެންދާނެއެވެ.
8.
މެޑިޓޭޝަން ހެދުން؛ މެޑިޓޭޝަން އަކީ
މީހާގެ ނުތަނަސްކަމާއި ހާސްކަން މަދުކޮށްދޭ ކަމެކެވެ. މިކަމުގެ ސަބަބުން މީހާގެ
ހަށިގަނޑަށް އަރާމު ލިބި ސިކުނޑީގައިވާ ނުތަނަވަސްކަން ފިލާގެން ދާނެއެވެ.
9.
އަނބިފިރިކަމުގެ ގުޅުން ހިންގުން؛ ޒަވާޖީ ހަޔާތެއް ފައްޓައިގެން އުޅޭ މީހުން، އަނބިފިރިކަމުގެ ގުޅުން
ހިންގުމުން އެމީހުންނަށް އިތުރު ހިތްހަމަ ޖެހުމެއް ލިބިގެންދާނެއެވެ. މިކަންވެސް
ދެމީހުންގެ ރުހުމުގައި ކުރަމުން ދާނަމަ، ދެމީހުންގެ މެދުގައިވާ ނުތަނަވަސްކަން
ފިލައިގެން ގޮސް، ދެމީހުންނަށްވެސް ހިތްހަމަ ޖެހުމެއް ލިބިގެން ދާނެއެވެ. މީގެ
އިތުރުން ދެމީހުންގެ މެދުގައިވާ ގުޅުންތެރިކަން އިތުރަށް ބަދަހިވެގެން ދާނެއެވެ.
10. ބައެއް ކަންތައްތައް ހުއްޓާލުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. އެގޮތުން، ރޭނގަޑު 2 ގެ ފަހުން ކޮފީ ބުއިން ހުއްޓާލުމާއި،
ރޭނގަޑު ގަޑީގައި އެކަކު އަނެކަކާ މައްސަލަޖެހޭ ކަންކަމުން ދުރުހެލިވުމާއި، މައްސަލަޖެހޭ ފަދަ
ވާހަކަތައް ނުދެއްކުމާއި، ފައިސާގެ މުއާމަލާތްނުކުރުމާއި އަދި ޓީ.ވީ. ބެލުން ހުއްޓާލުން ހިމެނެއެވެ.

No comments:
Post a Comment