ރަނގަޅުގޮތުގައި
ދަރިފަސްކޮޅު ދެމެހެއްޓުމަށްޓަކައި ކައިވެނިކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
ކޮންމެ މުޖުތަމައުއެއްގައިވެސް ކައިވެނިކޮށްގެން އުޅޭ މީހުން ބަލައިގަނެ އެމީހުންނަށް
ކުރާ އިހުތިރާމު ބޮޑެވެ. ކަމެއް ދިމާވެގެން ދާހިނދުވެސް ކައިވެނިކޮށްގެން އުޅޭ
މީހުންނަށް އަޅާލާ މިންވަރު ބޮނޑުކަން ފާހަގަކުރެވެއެވެ.
ތިރީގައިމިވަނީ ޒަވާޖީ
ހަޔާތެއް ފެއްޓުމުގެ މުހިންމުކަމެއެވެ.
1. ކައިވެނި ކޮށްގެން އުޅުމަކީ އުމުރު ދިގުވާކަމެއް؛ ރިސާރޗްތަކުން ދައްކާގޮތުގައި ކައިވެނިކޮށްގެން އުޅޭ މީހުން، ކައިވެނި ނުކޮށް އުޅޭމީހުންނަށްވުރެ އުމުރު ދިގުކަމަށްދައްކައެވެ.
ކައިވެނިކޮށްގެން އުފަލުގައި ދިރިއުޅޭ މީހުން ކައިވެނި ނުކޮށް އުޅޭ މީހުންނަށްވުރެ
އުމުރު ދިގުކަން ވަނީ ހާމަވެފައެވެ. ކައިވެނި ނުކޮށްތިބޭ މީހުން ފަސްގުނައަށް
ތަފާތު އިންފެކްޝަން ބަލިތަކުގައި މަރުވެގެންދާކަމަށްވެސް ވަނީ ހާމަވެފައެވެ.
މިގޮތުން ހެދިފައިވާ ރިސާރޗްތަކުން ދައްކާގޮތުގައި %40 މީހުންނަކީ ހިތުގެ
ބަލިތަކުގައި މަރުވާ މީހުންނެވެ. ދެން ދެވަނައަށް އެންމެ ގިނައީ ތަފާތު އެކި
ހާދިޡާތަކާއި ގުޅިގެން މަރުވާމީހުންނެއެވެ.
2.
ކައިވެނިކުރުމުގެ ސަބަބުން ތިމާ އާންމުދަނީ ހޯދުމަށްޓަކައި
މަސައްކަތްކުރުމަށް ހިތްވަރަކަށް ވެގެންދިއުން؛ ކައިވެނިކޮށްގެން އުޅޭއިރު ޒިންމާތައް ބޮޑުވެފައި އަދި އާއިލާގެ މެމްބަރުން
ހިތްހަމަ ޖައްސައިދީގެން އުފަލުގައި ގެންގުޅުމަށްޓަކައި ވަޒީފާ އަދާކުރުމަކީ މުހިންމު
ކަމެއްގެ ގޮތުގައި ދެކެއެވެ.
3.
ޒިންމާދާރު އާއިލާއެއް ބިނާކުރުން؛ ކޮންމެ މުޖުތަމައުއެއް ގައިވެސް ކައިވެނިކޮށްގެން ކުދިން ހޯދުމަކީ އެމުޖުތަމައު އެއްގައި އުޅޭ ބަޔަކު
ބަލައިގަންނަ ކަމެކެއެވެ. ވީމާ ދަރިފަސްކޮޅު ދެމެހެއްޓުމަށްޓަކައި ކައިވެނީގެ
ގުޅުމަކީ ވަރަށް މުހިންމު ކަމެކެއެވެ.
4.
ކައިވެނިކުރުމަކީ އެކަނި ވެރިކަން ނެތިކޮށްލާކަމެއް؛ އެކަނިމާއެކަނި އަޅާލާނެ މީހަކުނެތިގެން އެކަނިވެރި
ހާލުގައި އޮވެގެން މަރުވެގެން ދާދިއުން މަދުކޮށްދޭ
ކަމެކެވެ. މަރަކީ ކޮންމެ ވަގުތެއްގައިވެސް އަތުވެދާނެ ކަމެކެއެވެ. ނަމަވެސް ގިނަފަހަރަށް
ކައިވެނިކޮށްގެން އުޅޭއިރު ބަލިހާލު ބޮޑުވެގެން ދާއިރު އަޅާލާނެ މީހުން ތިބެއެވެ.
5.
ކައިވެނިކޮށްގެން އުޅޭމީހުން، އަބަދުވެސް ހަޔާތުގެ ބައިވެރިޔާ ހިތްހަމަ
ޖެހޭގޮތަށް އުޅެން ބޭނުންވުން؛ މިހެން ވުމުގެ
ސަބަބުން ގައިން ސާފުތާހިރުވެ އަބަދުވެސް ރީތިވެގެން ހުންނަން ބޭނުންވާނެއެވެ. މި
ގޮތަށް ހުރުމުގެ ސަބަބުން ހަޔާތުގެ ބައިވެރިޔާގެ އިތުރުން، ގާތް ރައްޓެހިންނާއި
ރަހުމަތްތެރިންގެ އިތުރުން އެހެން މީހުންވެސް އެމީހަކު ބަލައިގަނެ އަދި އެމީހަކާއި ދޭތެރޭގައި ގަޔާވާގޮތް ވެގެންދެއެވެ.
6. ކައިވެނިކުރުމުން އެމީހެއްގެ
ފަރާތުން އެމީހެއްގެ އާއިލާއަށްވެސް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެވޭގޮތްވުން؛
އަދި މީގެ އިތުރުން އާއިލާއާއި ގުޅުން ބަދަހިވެ،
ކަމެއް ދިމާވެގެން ދާހިނދު އާއިލާގެ ފަރާތުންވެސް އެމީހުންނަށް އެހީތެރިކަމާއި
އެއްބާރުލުން ލިބެމުން ދެއެވެ.
7. ކައިވެނިކޮށްގެން އުޅޭ މީހުން ކައިވެނި ނުކޮށް އުޅޭމީހުންނަށްވުރެ،
އެމީހުންނަށް ލިބިފައިވާ ކުދިންގެ މުސްތަގުބަލާމެދު ވިސްނާ އަދި އެކުދިންގެ
މުސްތަގުބަލު އުޖާލާ ކުރުމަށް ހިތްވަރުދޭތަން އާދެއެވެ.
8.
ކުދިން ބޮޑުވަމުން އަންނައިރު އެކުދިންގެ މައިންބަފައިން ކައިރީގައި އުޅެ
ބޮޑުވާކުދިން ދީނީ ކަންތައްތަކަށް އަހައްމިއްޔަތުކަން ދޭލެތް މާބޮޑެވެ.
9.
ކައިވެނިކޮށްގެން އުޅޭ މީހުން ކައިވެނި ނުކޮށް އުޅޭ މީހުންނާއި އަޅާ ބަލާއިރު
އެހެން މީހުންގެ ގާތުން ޖިސްމާނީ އުފާ ހޯދާލެތް މަދެވެ.
10. ކައިވެނިކޮށްގެން އުޅޭ މީހުން ކައިވެނިނުކޮށް އުޅޭ މީހުންނަށްވުރެ، ތިމާގެ
ހަޔާތުގެ ބައިވެރިޔާއާއެކު، ގިނަދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުމާއިއެކު،
އެކަކު އަނެކަކު ބޮޑަށް ދަސްވެ، އަދި ބޭނުންވާ ކަންތައްތައް ފުރިހަމަ ކޮށްދޭއިރު
އޯގާތެރިވެފައި ރަނގަޅުކަން ފާހަގަކުރެވެއެވެ.

No comments:
Post a Comment