Dhirun
  • ފުރަތަމަ ސަފްހާ
  • ސިއްޚީ
    • ތަފާތު ބަލިތައް
    • ދުޅަހެޔޮކަން
    • ރަނގަޅު ކާނާ
    • ކާނާ
  • ޒީނަތްތެރިކަން
  • އިގުތިސާދު
    • ތިއަރީ
    • ހާލަތް
  • އިޖުތިމާއީ
    • މައްސަލަތައް
    • ނިޒާމު
  • ވާހަކަ
    • ހަޤިޤީ
    • ހިޔާލީ
  • މުނިފޫހި
  • އިތުރު ލިޔުންތެރިން

skip to main | skip to sidebar
Blogger Tips and TricksLatest Tips And TricksBlogger Tricks

Widgets

Home » ހާލަތު , ނިޒާމު , އިޤުތިޞާދު , އިޖުތިމާއީ » ތިންކުދިންނަށް ވުރެ ގިނަ ކުދިން ތިބުމުން ލިބޭ ފައިދާ

ތިންކުދިންނަށް ވުރެ ގިނަ ކުދިން ތިބުމުން ލިބޭ ފައިދާ

Wednesday, 31 December 2014 | 0 comments









މީގެ އެތައް އަހަރެއްގެ ކުރިން ކޮންމެ އާއިލާއެއްގައިވެސް ގިނަ މެމްބަރުންތަކެއް ތިބެއެވެ. އަދި މަދުވެގެން ފަސްކުދިން ނުހުންނަ އާއިލާއެއް މަދުވާނެއެވެ. ނަމަވެސް މިއަދު މިވަނީ މުޅިން އެހެން ގޮތަކަށް ބަދަލުވެފައެވެ. ތިން ކުދިންނަށް ވުރެ ގިނައިން އެއްވެސް މީހަކު ހޯދާކަށް ބޭނުމެއްނުވެއެވެ. ކުރިން އާއްމު ދަނީ ހޯދުމަށް މަސައްކަތްކުރަނީ ފިރިމީހާއެވެ. ނަމަވެސް މިއަދު ހާލަތު ނިޔާ ކުރާ ގޮތުން ދެމަފިރިން މަސައްކަތް ނުކޮށް އާއިލާގެ ޒަރޫރީ ބޭނުންތައް ފުއްދޭގޮތެއް ނުވެއެވެ. އިތުރު ކުދިން ހޯދައިގެން ބެލެހެއްޓޭނެ ގޮތެއް ނެތެއެވެ. އަދި ކުދިން ތަރުބިއްޔަތު ކުރުމަށް ވަގުތު ދިނުމަކީވެސް އުދަގޫކަމަކަށް ވަނީ ވެފައެވެ. ދެމަފިރިން ހޯދާ ކުދިން މަދުވާން ދިމާވާ އެތައް ސަބަބުތަކެއްވެއެވެ. ނަމަވެސް އެކަން އެއްފަރާތް ކޮށްލާފައި އާއިލާއެއްގައި ގިނަ ކުދިން ތިބުމުން ލިބޭ ފައިދާ ތަކަކީ ކޮބައިކަން ބުނެދެވޭތޯ މަސައްކަތް ކޮށްލާނަމެއެވެ. ތިރީގައި މިވަނީ އާއިލާގައި ގިނަ ކުދިން ތިބިމުން ލިބޭ ބައެއް ފައިދާ ތަކެއެވެ.

1.  ތުއްތު ކުދިންގެ އެހީތެރިކަން ލިބުމަކީ ހިތްހަމަޖެހޭ އަދި ޒުވާންކަން އިތުރުކޮށްދޭ ކަމެއް؛ މިޒަމާނުގައި ދުނިޔޭގެ އެކިކަންކޮޅު ތަކުގައި އަންހެނުން މީހުންނާ ކައިވެނިކޮށް ކުދިން ހޯދަނީ އެމީހުންގެ އުމުރުން ގާތްގަޑަކަށް 35 އަހަރުގައެވެ. މި ގޮތަށް މީހުންނާ ކައިވެނި ކޮށް ކުދިން ހޯދަން ފެށުމުން އުމުރުން ދުވަސް ވީ ކަމުގައި ވިޔަސް ލިބޭ ތުއްތު ކުއްޖާގެ ފަރާތުން ހިތްހަމަޖެހުމާއި އުފާވެރިކަން ލިބެމުން ދެއެވެ. މިހެން ވުމުގެ ސަބަބުން ތިމާއަކީ އަދިވެސް ޒުވާން މީހެއްކަމަށް އިހުސާސް ކުރެވިގެންދެއެވެ. ތުއްތު ކުދިންނަކީ ތިމާގެ ވިސްނުމާއި އަދި ނަފްސާނީ ގޮތުން ތިމާ އަށް ދިމާވާ ކަންތައްތަކަށް ހައްލެއް ގެނެސްދިނުމަށްޓަކައި ތިމާގެ ހިތަށް އުފާވެރިކަން ގެނެސްދޭ ކުދިބައެކެއެވެ. ބޭކާރު ވިސްނުންތަކާ ދުރުވެ ތިމާ އަބަދުވެސް އުފަލުގައި އުޅުމަކީ ޒުވާންކަން މަތީ ދަމަހައްޓައިދޭ ކަމެކެއެވެ.
2. ކުޑަކުދިން ތިމުބަކީ އެއްބަޔަކު އަނެއްބަޔަކާއި އުފަލުގައި ބަހައްޓައިދޭ ކަމެއް؛ ކުޑަކުދިން ނުވަތަ ތުއްތު ކުދިން ތިބުމަކީ ތިމާ އެކަނި ވެރިކަން ފިލުވައިދޭ ކަމެކެވެ. ގޭތެރޭގައި ދެ ޖިންސުގެ ކުދިން ތިބުމަކީ ކުދިންގެ އުފާވެރިކަން އިތުރުކޮށްދޭ ކަމެކެއެވެ. އަދި ގޭތެރޭގައި ތަފާތު މަސައްކަތް ކުރަމުން ދާއިރު ކުދިންގެ ފަރާތުން މައިން ބަފައިންނަށް ލިބޭ އެހީތެރިކަމާއި އަދި އެއްކުއްޖަކުގެ ފަރާތުން އަނެއްކުއްޖަކަށް ލިބޭ އެހީތެރިކަންވެސް އިތުރުވެގެންދެއެވެ.
3. ތިމާގެ އުމުރުން ދުވަސް ވެގެން ދާއިރު އެހީތެރިކަން ފޯރުކޮށްދޭނެ ގިނަ ކުދިންތަކެއް ތިމުން؛ ތިމާއަކީ އަބަދު ޒުވާންކަން މަތީގައި ތިބޭނެ މީހެއްނޫނެއެވެ. އުމުރުން ދުވަސްވެ ގައިގެ ބާރު ނެތިގެން ދާއިރު އަޅާލާނެ ކުދިން ތިބުމަކީ ތިމާ ދުވަސްވެގެން ދާއިރުވެސް އިތުރަށް ހިތްހަމަޖެހިގެން ދާނެކަމެކެއެވެ. ރައްޓެއްސަކު ނުވަތަ ދުރުތާ ތިމާގެ މީހަކު ބެލެހެއްޓުމުގެ ބަދަލުގައި ހާއްސަކޮން ތިމާއަށް މަންމަ ނުވަތަ ބައްޕަ ކިޔާ ކުއްޖަކު އަޅާލާ ބަލަހައްޓަމުން ދާނަމަ، އުފާވެރިކަން އިތުރުވެގެން ދާނެކަމެކެއެވެ.
4. ޒިންމާ ދާރުކަން އިތުރުވެ ތިމާގެ މުހިންމު ކަން އިތުރު ވެގެން ދާކަމެއް؛ ގިނަ ކުދިން އާއިލާއެއްގެ ތެރޭގައި އުޅޭނަމަ، އެކުދިންގެ ޒިންމާދާރު ކަމާއި އެކުދިންގެ މުހިންމު ކަން އެކުދިން އަމިއްލަޔަށްވެސް ވިސްނިގެންދެއެވެ. މައިން ބަފައިން މަސައްކަތުގައި އުޅޭ ނަމަ ގޭތެރޭގައި ހަގަށް ތިބޭ ކުދިން ބެލެހެއްޓުމުގެ ޒިންމާ ދޮއްޓަށް ތިބޭ ކުދިން ނަގާހަދާއެވެ. މި ގޮތަށް އުޅެ ބޮޑެތިވާ ކުދިން  އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުވެގެންދެއެވެ.
5. ކާމިޔާބު ކަމުގެ ފުރަތަމަ ހަރުފަތް؛ އާއިލާގެ ތެރޭގައި ގިނަ ކުދިން ތިބޭ ނަމަ އެއީ ފުރަތަމަ ދިރިއުޅުމުގައި ކާމިޔާބު ހާސިލް ކުރުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެއެވެ. އެއްކުއްޖަކާއި އަނެއްކުއްޖަކު ކިޔެވުމުގައި ވާދަކުރުމާއި އަދި ގޭތޭގައި ކުރާ އެހެނިހެން މަސައްކަތުގައިވެސް ވާދަޔަށް ކަންތައްތައް ކުރުމަކީ އެކުދިން ބޮޑެތިވެގެން، ބޭނުންވާ ކަންތައްތައް ހާސިލް ކުރުމަށްލިބޭ ހިތްވަރެކެއެވެ. މިގޮތުން އެއްކުއްޖަކު އަނެއްކުއްޖަކާ ދެމެދުގައި އޮންނަ ވާދަވެރިކަމަކީ އެކަމުގެ ސަބަބުން އެކުދިންގެ ގުޅުމަށް އެއްވެސް ކަހަލަ ބުރޫއެއް އަރާފަދަ ކަމަކަށް ވެގެން ނުވާނެއެވެ.
6. ކުޑަކުދިންނަކީ ހަމަގައިމުވެސް އުފާވެރިކަމާއި މަޖާކަން ގެނެސްދޭ ކަމެއް؛ މީހުން އާއިލާއެއް ބިނާކުރާ ސަބަބު ތަކުގެ ތެރެއިން އެއްސަބަބަކީ އެމީހުން އެކަނިވެރި ދިރިއުޅުމަށް އުފާވެރިކަން ގެނައުން ހިމެނެއެވެ. އެނެމެންވެސް އުފާވެރި ކަމާއި ހިތްހަމަ ޖެހިގެން ދިރިއުޅެން ބޭނުންވާނެއެވެ. އާއިލާ އަކީ ފުރިހަމަ އާއިލާއަކަށް ހެދުމަށްޓަކައި އާއިލާގައި ގިނަ ކުދިން ހުރުމަކީ މުހިންމު އެއްކަމެއެވެ. ތުއްތު ކުދިންނަކީވެސް އާއިލާގެ މެމްބަރުން އެހީތެރިކަމާއި އަދި އެކުދިންނާއި އެކު ކުޅެ ހެދުމަށް އެހެންމީހުންގެ ވަގުތު ބޭނުންވާ ކުދިބައެކެއެވެ. ގިނަ ކުދިން ތިބެގެން ލިބޭ ހިތްނުތަވަސްކަމާއި ހާސްވުމާއި ކަންބޮޑުވުމާއި އަޅާބަލާއިރު އެކުދިންނާއެކު ވަގުތު ހޭދަކޮށްލައިގެން އެކުދިން ތިބެގެން ލިބޭ ފައިދާ އާއި އަޅާ ކިރާލުމުން ތިމާއަށް އިހުސާސް ވެގެންދާނެއެވެ.

ތިމާ އަށް ކުދިން ލިބުމަކީ، އެކަމުން ތިމާއަށް ބިރުވެރިކަން އިހުސާސްވާ ކަމެއްގެ ގޮތުގައި ނުދެކެމާށެއެވެ. އެކަމުން އިތުރު ހިތްހަމަޖެހޭ ކަމެއްގެ ގޮތުގައި ދެކުމަކީ ވަރަށް މުހިންމު ކަމެކެއެވެ. ކުދިން ބޮޑުކޮށް ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަކީ ވަރަށް މުހިންމު ކަމެކެއެވެ. ބެލެނިވެރިން ކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމުގައި އެމީހުންގެ އަގުހުރި ވަގުތު ރަނގަޅު ގޮތުގައި ހޭދަކުރުމަކީ މުހިންމުކަމެކެއެވެ. ތިމާގެ އާއިލާގެ ކުޑަ ބޮޑުމިން އިހުތިޔާރު ކުރާނީ ތިމާ އަމިއްލައަށެއެވެ. 
Share this article :

ސުރުހީ އާއި ގުޅޭ ލިޔުންތައް

Posted by Unknown at 23:21
Email ThisBlogThis!Share to XShare to Facebook
Labels: ހާލަތު, ނިޒާމު, އިޤުތިޞާދު, އިޖުތިމާއީ

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

މަޤުބޫލު ލިޔުންތައް

  • ފިރިހެނުންގެ ބައެއް ސިއްރު ކަންތައްތައް އެގެން ބޭނުންތަ؟
    ތި ކަނބަލުންގެ ހަޔާތުގެ ބައިވެރިޔާއަކީ ދިމާވާ ކަންތައްތައް ކިޔައިދީ ކަމެއް ދިމާވުމުން އެކަމާމެދު ވިސްނާ ފިކުރުކޮށް ނުވަތަ ...
  • ކައިވެނީގައި ޖެހޭ މައްސަލަތައް ހައްލުކުރާނެ ގޮތް
    ދެބަސްވުމާއި، ކަންކަމުގައި ހިޔާލުތަފާތުވުމާއި، ދެމީހުން އެކަކު އަނެކަކާއި މައްސަލަ ޖެހި ކުދިކުދި ހަމަނުޖެހުން ހި...
  • ފިރިހެނުން ދެކެ އަންހެނުން ލޯބިވަނީ ކީއްވެ؟
    ކޮންމެ އަންހެނަކުވެސް ތިމާ އެމީހަކު ދެކެ ލޯބިވާ ފިރިހެނެއް ބޭނުންވާނެ އެވެ. ކޮންމެ ފިރިހެނަކުވެސް ތިމާ ދެކެ ލޯބިވާ އަނ...
  • ދެމީހުންގެ މެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
    ޒަވާޖީ ހަޔާތެއް ނުވަތަ ލޯބި ވެގެންއުޅޭ ދެމީހުންގެ ދެމެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި، ދެމީހުންގެ ދެމެދުގައ...
  • ހަޔާތުގެ ބައިވެރިޔާއަށް އޮޅުވާލާ މަކަރު ހަދަނީ ކީއްވެ؟
    އެމެރިކާގައި ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ކައިވެނި ކޮށްގެން އުޅޭ މީހުންގެ ތެރެއިން %25 ފިރިހެނުންނަކީ، ...

Find Us on Facebook

About Me

Unknown
View my complete profile

Template modified by : Afey Afra
Copyright © 2011. Dhirun - All Rights Reserved