މިއަދު
ގިނަގައުމުތަކަށް ދިމާވެފައިވާ މައްސަލައަކީ ޓީ.ބީ ނުވަތަ ލެޕްރަސީއެއްނޫނެވެ.
މިއަށް ވުރެ ބޮޑަށް މިއަދު މުޖުތަމައުގައި އުޅޭ މީހުން ނަށް ދިމާވެފައިވާ އެންމެ
ބޮޑު މައްސަލަތަކުގެ ތެރޭގައި '' ކަންކަން ކުރަން ބޭނުންނުވުން، ކަންކަމުގައި
ބައިވެރިނުވުން އަދި ކަންތައްތަކާ އަޅާނުލުން ހިމެނެ" އެވެ.
ކުރަންބޭނުންވި
ކަމެއް ނުކުރެވިގެން ދެރަވެގެން ރޭނގަޑު
ހަތަރުދަމު އެކަމާއި މެދު ވިސްނާ ނުނިދާ އުޅެންތަ؟ އެ ދިމާވި ކަމަކާމެދު އެއްވެސް
ފަހަރަކު ރަނގަޅަށް ވިސްނާލިންތޯ؟ އަދި އެކަންނި ވެރިވާން ދިމާވި ސަބަބަކީ
ކޮބައިކަން ސާފުކުރިންތޯ؟ ނުވިސްނާލާ ކުރެވޭ ކަމަކުން، ބުނެވޭ އެއްޗަކުން ނުވަތަ
ދިމާވާ ހިތާމަވެރި ކަމަކުން ނަމަވެސް މިފަދަ ގޮތަކަށް އުޅެން ޖެހޭތަން އާދެއެވެ.
މީހާގެ
ދިރިއުޅުމުގެ ކަންތައްތައް ކިތައްމެ
ފަސޭހަ ކަމުގައިވިއަސް، ކަންތައްތަކުގައި ބައިވެރިވުން ނުވަތަ ކުރެވޭ ކަންތައްތަކުން
އެކަހެރިވެގެން އުޅެން ބޭނުންވާ ތަން އެބައާދެއެވެ.
ދިމާވާ ކަމަކުން އަމިއްލަ ނަފްސައް ގެންލުންދޭ ވިސްނާ މީހުންނަކީ
އެމީހުންގެ ވިސްނުން ވަރަށް ނާޒުކު ފައްތަރެއްގައި އެވަގުތު ގެންގުޅޭ
މީހުންނެއެވެ. މިފަދަ ކަމެއް ދިމާވެގެން އުޅޭހެން ހީވާނަމަ އެހެންމީހެއްގެ
އެހީތެރިކަމެއް ވީހާވެސް އަވަހަކަށް ހޯދުމަކީ ވަރަށް މުހިންމު ކަމެކެއެވެ.
އެކަނިވެރިކަން
އިހުސާސް ކުރެވޭނަމަ، އެހެންމީހުންނާއި ވީހާވެސް ބޮޑަށް ގުޅިގެން އުޅުމަކީ
މުހިންމު ކަމެކެއެވެ. އެކަނިވެރިވެ އުޅޭނަމަ، އެއީ ދިމާވާ ހިތްދަތިކަން އިތުރަށް
ގޯސްވުމަށް ދިމާވާ އެންމެ ބޮޑު އެއްސަބަބެއެވެ. އަމިއްލަ ގެދޮރު ދޫކޮށް
އެހެންތަންތަނުގައި ވަޒީފާ އަދާކުރާމީހުން، ކިޔަވާ މީހުން ނުވަތަ ކުދިން އެހެން
މީހުންނާއެކު ކޮޓަރި އިސްސާކޮށްގެން ނުވަތަ މީހުން އުޅޭ ގެއެއްގައި އުޅުމަކީ
އެމީހުންގެވެސް އެކަނިވެރިކަން ފިލާގެން ދާނެކަމެކެއެވެ. އެހެންމީހުންގެ
އެހީތެރިކަން ބޭނުންވާ މީހުން މުޖުތަމައުގައި ހިންގާ ރަނގަޅު ޕްރޮގްރާމުތަކުގައި
ބައިވެރިވެގެން އުޅެވިދާނެއެވެ. އެހެންނޫންނަމަ، ސްކޫލުގައި ހިންގާ ތަފާތު
އެކިއެކި ހަރަކާތްތަކުގައިވެސް އެހީތެރިކަން ފޯރުކޮށްދެވިދާނެއެވެ. މިކަމުގެ
އެންމެ މުހިންމު ކަމަކީ އެހެންމީހުންނާއެކު ވަގުތު ހޭދަކުރުމާއި ތިމާގެ
އެކަނިވެރިކަން ފިލުވާލުމާއި އެހެންމީހުން އެހީތެރިކަމާއި އޯގާތެރިކަން
ލިބުމެއެވެ.
ޗެޓްކުރުމާއި، އީ
މެއިލްއިން އެކަކުއަނެކަކާއި މުހާތަބު ކުރެވިދާނެއެވެ. ނަމަވެސް އެންމެ ފައިދާ
ހުރިގޮތަކީ ގާތް އެކުވެރިއަކާއި ބައްދަލުކޮށް ތިމާއަށް ދިމާވެފައިވާ ކަންތައްތައް
ހިއްސާކުރުމެއެވެ.
ހިތާމަވެރި
ހިތްދަތިކަން އެކަނިވެރިކަން އިހްސާސް ކުރާ ފަރާތަށް ބޭނުންވަނީ އަޅާލުމާއި
އޯގާތެރިކަމެއެވެ. މި އޯގާތެރިކަމާއި އަޅާލުން ޗެޓްކޮށްގެން ނުވަތަ އީ މެއިލްގެ
ޒަރިއްޔާއިން ނުލިބޭނެއެވެ.

No comments:
Post a Comment