އެކި މީހުން ގެ
މޫނުގެ ހަންގަނޑު ހުންނަނީ އެކި ގޮތަށެއެވެ. ބައެއް މީހުން މޫނުގެ ހަންގަނޑު
ހުންނަނީ ހިކި ކޮށެވެ. ނަމަވެސް އަނެއް ބައި މީހުންގެ މޫނުގެ ހަން ހުންނަނީ ތެޔޮކޮށެވެ.
މިގޮތަށް ތެޔޮކޮށް މޫނުގެ ހަންގަނޑު ހުންނަ މީހުންގެ މޫނުން ބިހި ނަގާގޮތްވެއެވެ. ތިރީގައި މިވަނީ މޫނު
މަތިން ބިހި ނަގާނަމަ، ގޭގައި ހުރެގެންވެސް އެކަމުގެ ފަރުވާ އެއްގެ ގޮތުން
ކުރެވިދާނެ ކަންތައްތަކެވެ.
ބޭނުންވާނެތަކެތި؛
·
1 ލުބޯ
· 1 ސައިސަމްސާ މާމުއި
ހައްދަވާނެ ގޮތް؛
1 ސައިސަމްސާގެ
ލުބޯ ހުތް ނެގުމަށްފަހު ރީތި ސާފު ތާހިރު ތައްޓެއްގެ ތެރެއަށް އަޅާށެވެ. އަދި
އެއަށްފަހުގައި ހަމަ 1 ސައިސަމްސާގެ މާމުއި ނެގުމަށްފަހު ލުބޯ ހުތުގެ ތެރެއަށް
އެޅުމަށް ފަހު ރަނގަޅަށް އެއްކުރައްވާށެވެ. ރަނގަޅަށް އެއްކުރުމުން ހުންނާނީ
ޕޭސްޓް އަކަށް ބަދަލުވެފައެވެ. އެއަށްފަހުގައި ކޮޓަން ބޯޅަގެ އެހީގައި މޫނާއި
ކަދުރާގައި ރަނގަޅަށް އުގުޅާށެވެ. އުގުޅުމަށްފަހު 15 މިނެޓާއި 20 މިނެޓް އިރުވަން
ދެން ބެހެއްޓުމަށްފަހު ފިނި ފެންފޮދަކުން މޫނު ދޮވެލާށެއެވެ. އޭރުން މޫނު މަތީގައި
ހުރި ބިހިތައް ހުންނާނީ ތިރިވެފައެވެ. އަދި ކުރިއަށްވުރެ މޫނު މަތި އަލިވެފައި
ތާޒާ ކަންމަތީ ދައްކާނެއެވެ. މިފަރުވާގެ އެހީގައި
މޫނު މަތީގައި ހުންނަ ލަކުނުވެސް ފިލާގެން ދާނެއެވެ.

No comments:
Post a Comment