ލޯބީގެ ގޮތުން ގުޅިގެން އުޅޭ
ނުވަތަ ކައިވެނި ކޮށްގެން އުޅޭ ދެމީހުން، ބައެއް ހާލަތްތަކުގައި އެކަކު އަނެކަކާއި
ވަކިން ދުރުގައި އުޅެންޖެހޭގޮތް ވެގެންދެއެވެ. މިހެން ވަކިން ދުރުގައި އުޅުމަކީ
އެހާ ފަސޭހަކަމެއް ނޫނެވެ. މިގޮތަށް އުޅެން ޖެހުމުގެ ސަބަބުން ދެމީހުންގެ
ދެމެދުގައި އޮންނަ ގުޅުންތެރިކަން ހީނަރުވާތަން އާދެއެވެ. ނަމަވެސް ބައެއް ފަހަރު
ދެމީހުންގެ ދެމެދުގައި އޮންނަ ލޯބީގެ ގުޅުމަށް އިތުރު ދިރުމެއް އަންނަގޮތްވެސް
ވެގެންދެއެވެ. ނަމަވެސް މިކަމަކީ ދެފަރާތުންވެސް ވަރަށް ވިސްނަށްޖެހޭ އެހާމެ
މުހިންމު ކަމެކެވެ.
މީހުން ބުނެއުޅެއެވެ. ނުފެންނަ
ހިސާބުގައި އުޅުމަކީ އެމީހާގެ މަތިން ހަނދާން ނެތޭ ގޮތް ވާކަމެކެވެ. ބައެއް ފަހަރު
ދެމީހުންގެ ވިސްނުން ބަދަލުވެ، ހަޔާތުގެ ބައިވެރިއެއްގެ ގޮތުގައި އިތުރު މީހަކު އިހުތިޔާރު
ކުރާތަންވެސް އާދެއެވެ. މިހެން ދިމާވާނަމަ، އެކަކު އަނެކަކަށް ކުރާ އިތުބާރާއި،ދެމީހުންގެ
ދެމެދުގައިވާ ގުޅުން ތެރިކަން އިތުރަށް ދެމެހެއްޓުމަށްޓަކައި ތިރީގައި މިވާ ބައެއް
ކަންތައް ކުރެވިދާނެއެވެ.
1.
ގިނަގިނައިން ގުޅާ ވާހަކަ ދެއްކުން؛ ކިތަންމެ ދުރުގައި ދެމީހުން އުޅުނު ކަމުގައިވިޔަސް ޒަމާނީ ޓެކުނޮލޮޖީގެ
އެހީގައި ދެމީހުންނަށްވެސް ވާހަކަ ދެއްކޭނެ މަގު މިޔަދުވަނީ ފަހި ވެފައެވެ. ވީމާ
ވީހާވެސް ގިނައިން ދެމީހުން އެކަކު އަނެކަކާއި ވާހަކަ ދައްކާ ހަދާށެވެ. ކިތަންމެ
ބުރަކޮން އުޅުނު ކަމުގައިވިޔަސް މިކަމަށް ވަގުތު ހޯދާށެވެ. ކުރެވިދާނެ ކަންތައްތަކުގައި
ތެރޭގައި ވީޑިއޯ ޗެޓުކުރުމާއި ފޯނުން ވާހަކަ ދެއްކުން ހިމެނެއެވެ. ތިމާ ވަށައިގެންވާ
މާހައުލުގައި ހިގާ ކަންތައްތައް ހަޔާތުގެ ބައިވެރިޔާއަށް ހިއްސާކުރާށެވެ.
2.
ދެމީހުންވެސް ހިތްހަމަ ޖެހޭ އެއްކަހަލަ ކަންތައް ކުރުން؛ މިސާލަކަށް ވާހަކަ ކިއުން، ޓީ.ވީ އިން ދައްކާ ޝޯ ބެލުން،
ނޫސް ކިއުން، މިޔުޒިކު އަދި ލަވަ އަޑުއެހުން ހިމެނެއެވެ. އޭރުން ދެމީހުން އެކަކު
އަނެކަކާއި ވާހަކަ ދައްކާއިރު، ވާހަކަ ދައްކާނެ، މައުލޫމާތާއި އަދި މައުލޫތައް ލިބި އަދި ދެމީހުންނަށް އެއްކަހަލަ
ކަންތައްތަކާއި ވާހަކަ ދެއްކުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ދެމީހުން ދެ ތަނެއްގައި
އުޅުނު ކަމުގައިވިޔަސް، ދެމީހުންނަށް ވެސް އެއްކަހަލަ ތަޖުރިބާތަކެއް ކުރެވި
ދެމީހުންގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެއެވެ.
3.
ދެމީހުންވެސް އެކަކު އަނެކަކު އުޅޭ ތަނަށް ޒިޔާރަތްކުރުން؛ ދެމީހުން ދެ ތަނެއްގައި އުޅުނު ކަމުގައި ވިޔަސް، ވަގުތު
ހޯދައިގެން އެކަކު އަނެކަކުގެ ގާތަށް ޒިޔާރަތްކޮށް ވަގުތު ހޭދަކުރާށެވެ. ބައެއްފަހަރު،
ކުރާ މަސައްކަތެއްގެ ގޮތުން ނުވަތަ އަދާކުރާ ވަޒީފާއެއްގެ ގޮތުން ދެމީހުންނަށް
ހަމަހަމަޔަށް މިކަން ނުކުރެވޭގޮތް ވެދާނެއެވެ. އެއީ މާބޮޑު މައްސަލައެއް ނޫނެވެ.
އެންމެ ބޮޑަށް ވަގުތު ނުވަތަ ޒިޔާރަތްކުރުމުގެ ތަނަވަސްކަން ލިބިފައިވާ މީހާ
އަނެކަކުގެ ގާތަށް ގިނަގިނައިން ޒިޔާރަތްކުރާށެވެ. އެއްގޮތަކަށްވެސް ގިނަދުވަހު
ދެމީހުން ބައްދަލު ނުކޮށް ދުރުގައި ނުހުންނާށެވެ.
4.
ދެމީހުން ދުރުގައި އުޅުނަސް، މިކަން ނިމުމަކަށް އަންނާނެ ދުވަހެއް
ކަޑައެޅުން؛ މުޅިއުމުރަށް ދެމީހުން
ދެތަނެއްގައި ވަކިން ނޫޅެވޭކަން ހަނދާންކުރާށެވެ. ދެމީހުން ދެތަނެއްގައި ވަކިން
މުޅި އުމުރަށް އުޅުމަކީ ދިރިއުޅުމެއްނޫނެވެ. ދުރުގައި ހުރެގެން ހާސިލުކުރަން
ބޭނުންވާ ކަމެއް، ހާސިލުކޮށް ނިމުމުން އެކަކު އަނެކަކާއި ވަކިން އުޅުން ނިމުމަކަށް
ގެންނާށެވެ. ދެމީހުންވެސް މިކަން ހައްލުކުރަން އެކަކު އަނެކަކާއި ވާހަކަ ދައްކާ
ހަދާށެވެ. އެއްކޮން އެއްތަނެއްގައި އުޅުމަކީ ދެމީހުންގެ މެދުގައި އުފެދިފައިވާ
ލޯބީގެ ގުޅުމަށް ކޮންމެ ދުވަހަކުވެސް އިތުރު ތާޒާކަމެއް ލިބި އިތުރަށް ހެދިބޮޑުވާ
ކަމެކެވެ.
5.
ތިމާގެ އުފަލަށް ކުރާ ކަންތައްތައް ހުއްޓާނުލުން؛ ވަކިން އުޅުނު ކަމުގައިވިޔަސް ދެމީހުންގެ ގާތް އެކުވެރި ރައްޓެހިން
ތިބޭނެކަން ދަންނާށެވެ. ގޭގައި އެކަނި ފޫހިވެފައި ނުހުރެ ރައްޓެހިންނާއި އެކު
ވަގުތު ހޭދަކުރާށެވެ. ދިރި އުޅުމަކީ އުފަލަކަށް ހަދާށެވެ. ކޮންމެވެސް
މަސައްކަތެއްގައި އުޅޭށެވެ. ކަމެއް ނެތި ހުންނަށްޖެހިއްޖެނަމަ، މީހާ ކަންނެތްވެ،
ކޮންމެ ދުވަހަކީވެސް ވަރަށް ފޫހި ދުވަހެއްގެ ގޮތުގައި ވެގެން ހިގައިދާނެއެވެ.
އޭރުން ދިރިއުޅުން މަތިން މުޅިން ފޫހިވާގޮތް ވެގެންދާނެއެވެ.

No comments:
Post a Comment