Dhirun
  • ފުރަތަމަ ސަފްހާ
  • ސިއްޚީ
    • ތަފާތު ބަލިތައް
    • ދުޅަހެޔޮކަން
    • ރަނގަޅު ކާނާ
    • ކާނާ
  • ޒީނަތްތެރިކަން
  • އިގުތިސާދު
    • ތިއަރީ
    • ހާލަތް
  • އިޖުތިމާއީ
    • މައްސަލަތައް
    • ނިޒާމު
  • ވާހަކަ
    • ހަޤިޤީ
    • ހިޔާލީ
  • މުނިފޫހި
  • އިތުރު ލިޔުންތެރިން

skip to main | skip to sidebar
Blogger Tips and TricksLatest Tips And TricksBlogger Tricks

Widgets

Home » ހާލަތު , ބަލިތައް , އިޤުތިޞާދު , އިޖުތިމާއީ , މައްސަލަތައް » ގޮތެއްފޮތެއްނެތި ހަޑިހުތުރު ބަހުންނާއި ހަރުކަށިކޮން މުޢާމަލަތް ކުރާމީހުންނާއި ކުރިމަތި ލާނެގޮތް

ގޮތެއްފޮތެއްނެތި ހަޑިހުތުރު ބަހުންނާއި ހަރުކަށިކޮން މުޢާމަލަތް ކުރާމީހުންނާއި ކުރިމަތި ލާނެގޮތް

Saturday, 1 August 2015 | 0 comments









ގޮތްކުޑަ، ހަޔާތްކުޑަ އަދި ގޮތެއްފޮތެއްނެތި ބައެއް މީހުން، މީހުންނާއި މުޚާތަބުކޮށް ހަދައެވެ. މިއީ ވަރަށް އާންމުކޮން އޮފިސް މާހައުލުން، ތިމާގެ ވެރިމީހާގެ ފަރާތުންނާއި، ގޭތެރޭގައި އުޅޭ އިރު ތިމާގެ އަނބި ނުވަތަ ފިރިމީހާގެ ފަރާތުންނާއި އަދި ކުދިންގެ ފަރާތުންވެސް ދިމާވާ ކަމެކެވެ. މިކަން ކިހާވަރަކަށް ދިޔައީމަތޯ ތިމާއަށް މިކަމުގެ ސަބަބުން އުދަގޫވަނީ، މިކަމާއި މެދު އެއްވެސް ވަރަކަށް ވިސްނާލިންތޯ؟ މިކަހަލަ ކަންތައް މިގޮތަށް ދިމާވާނަމަ، އެކަން ހައްލުކުރަން އެއްވެސް ވަރަކަށް މަސައްކަތް ކުރިންތޯ؟
ގޮތްކުޑަ، ހަޔާތްކުޑަ އަދި ގޮތެއްފޮތެއްނެތި ހުތުރު ބަހުން މުހާތަބު ކުރާމީހުންނާއި ކުރިމަތިލައިގެން އެމީހުންނާއެކު އުޅެން ބޭނުންނަމަ ތިރީގައި މިވާ ކަންތަކަށް ސަމާލުކަމެއް ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.
1.     މިކަން ވުމަށް މެދުވެރިވާ ސަބަބު ދެނެގަންނަށް މަސައްކަތްކުރުން؛ އަދި އެއަށްފަހުގައި ވީހާވެސް ބޮޑަށް އެމީހުން ރުޅިއަންނަ ކަންތައްތައް ކުރުމުން ދުރުވާށެވެ. އަދި އެމީހުން މުހާތަބު ކުރާއިރު ހަރުކަށިކޮން ބުނުމާއި ރުޅިއައިސްގެން ބުނާބުނުމަކީ ކޮބައިކަން ދެނެގަންނާށެވެ. ވަރަށް ވިސްނުންތެރިކަމާއި އެކު އެފަދަ މީހުންނާއި މުހާތަބު ކުރާށެވެ.
2.     މަސައްކަތުގެ މާހައުލު ތެރޭގައި އުޅެނިކޮން ހަޔާތްކުޑަކޮން، ގޮތެއްފޮތެއްނެތި މީހަކު ވާހަކަ ދައްކަން ފަށައިފިނަމަ، އެކަމާއި މާޔޫސްވެގެން އޮފީސް މާހައުލު ދޫކޮށް ނުދިޔުން؛ އެމީހަކު ހަމަޔަކަށް އެޅެންދެން މަޑުކުރާށެވެ. އަދި އެއަށްފަހުގައި އެކަމާއި މެދު ހަމަޖެހިގެން ވާހަކަ ދައްކާށެވެ. އަދި މިގޮތަށް ހަޔާތްކުޑަކޮން، ހުތުރުބަހުން މުހާތަބު ކުރީމަ ވަރަށް ހިތްހަމަ ނުޖެހޭ ކަމާއި، މިކަމުގެ ސަބަބުން މަސައްކަތަށް ބުރޫއަރާކަން ބުނެދޭށެވެ. ތިމާ ބޭނުންވާ ގޮތަށް ހިތްހަމަޖެހިގެން މަސައްކަތް ކުރަން އުދަގޫވާކަމަށް ބުނެދޭށެވެ. އެފަރާތަކީ ތިމާގެ ވެރިމީހާ ނަމަ، ރީތިކޮން މުހާތަބު ކުރާށެވެ. އަދި ތިމާގެ ދަށުގައި މަސައްކަތްކުރާ މުވައްޒަފެއް ނަމަ، އެފަރާތަށް ވިސްނައިދޭށެވެ.
3.     ހަޔާތުގެ ބައިވެރިޔާ ތިމާއާއި ދިމާލަށް އަޑުހަރުކޮން ގޮތެއްފޮތެއްނެތި ހަޑި ހުތުރު ބަހުން ވާހަކަ ދައްކާނަމަ، ތިއީ ގަސްތުގައި ކުރާ ކަމެއް ނޫންކަމާއި ނަމަވެސް، ހަޔާތްކުޑަކޮން ގޮތެއްފޮތެއްނެތި އަޑުހަރުކޮން ވާހަކަ ދައްކާތީވެ، އެކަމާއި ހިތްހަމަ ނުޖެހޭކަން ބުނާށެވެ. ކުދިންގެ ކުރިމަތީގައި މިގޮތަށް އުޅޭނަމަ، އެކުދިންނަށް މިކަމުގެ ސަބަބުން ގެއްލުން ވާނެކަމާއި އެއީ އިންސާނިޔަތާއި ހިލާފު އަމަލެއްކަން ބުނާށެވެ. ރުޅި ނައިސް މަޑުމައިތިރި ކަމާއި އެކު ވާހަކަދައްކާށެވެ. އެއް މައުލޫއަށް ފަށަފަށައިގެން ތަކުރާރުކޮން ވާހަކަ ނުދައްކާ ވީހާވެސް އަވަހަކަށް މިކަން ނިންމަން މަސައްކަތްކުރާށެވެ.
4.     ކުދިންގެ ފަރާތުން މިފަދަ ޢަމަލެއް ފެންނަމަ، އެވަގުތު ކުދިންނާއި ދިމާލަށް އަތްއިސްކޮށް ހަޅޭއްލަވާ އަޑުގަދަކޮށް ނުހަދާށެވެ. މިއީ ކަން ހައްލުކުރަން އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އެކުދިން ހަމަޔަކަށް އެޅުމުން ވަގުތުފާއިތުނުވަނީސް، އެކުދިންނާއި ވާހަކަ ދައްކާ އެކަން ހައްލުކުރާށެވެ. އެކަމުގެ ނުބައިކަމާއި، މީހުން މިކަހަލަ ކަންތަކާއި ދެކޭނެގޮތް އެކުދިންނަށް ވިސްނައިދޭށެވެ.
ތިމާއާއި ދިމާލަށް އެހެން މީހުންވެސް، މުޚާތަބު ކުރަން ނޭދޭ ބަހުރުވައިން ތިމާވެސް އެހެން މީހުންނާއި ދިމާލަށް މުޚާތަބު ނުކުރާށެވެ. ކަމެއް އިސްލާހުކުރަން ބާރަށް ވާހަކަ ދެއްކުމާއި އަދި މީހަކާއި މުޚާތަބު ކުރާއިރު، ހަޔާތްކުޑަކޮން، ގޮތްކުޑަކޮން ހަޑިހުތުރު ބަހުން ވާހަކަ ދެއްކުމުގެ ތަފާތު ދެނެގަންނާށެވެ. ކޮންމެ ކަމެއްގެވެސް ހައްލަކީ ސުލުހަވެރިކަމާއި އެކު ވާހަކަ ދެއްކުން ކަން ހަނދާންކުރާށެވެ.
Share this article :

ސުރުހީ އާއި ގުޅޭ ލިޔުންތައް

Posted by Unknown at 02:04
Email ThisBlogThis!Share to XShare to Facebook
Labels: ހާލަތު, ބަލިތައް, އިޤުތިޞާދު, އިޖުތިމާއީ, މައްސަލަތައް

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

މަޤުބޫލު ލިޔުންތައް

  • ފިރިހެނުންގެ ބައެއް ސިއްރު ކަންތައްތައް އެގެން ބޭނުންތަ؟
    ތި ކަނބަލުންގެ ހަޔާތުގެ ބައިވެރިޔާއަކީ ދިމާވާ ކަންތައްތައް ކިޔައިދީ ކަމެއް ދިމާވުމުން އެކަމާމެދު ވިސްނާ ފިކުރުކޮށް ނުވަތަ ...
  • ކައިވެނީގައި ޖެހޭ މައްސަލަތައް ހައްލުކުރާނެ ގޮތް
    ދެބަސްވުމާއި، ކަންކަމުގައި ހިޔާލުތަފާތުވުމާއި، ދެމީހުން އެކަކު އަނެކަކާއި މައްސަލަ ޖެހި ކުދިކުދި ހަމަނުޖެހުން ހި...
  • ފިރިހެނުން ދެކެ އަންހެނުން ލޯބިވަނީ ކީއްވެ؟
    ކޮންމެ އަންހެނަކުވެސް ތިމާ އެމީހަކު ދެކެ ލޯބިވާ ފިރިހެނެއް ބޭނުންވާނެ އެވެ. ކޮންމެ ފިރިހެނަކުވެސް ތިމާ ދެކެ ލޯބިވާ އަނ...
  • ދެމީހުންގެ މެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
    ޒަވާޖީ ހަޔާތެއް ނުވަތަ ލޯބި ވެގެންއުޅޭ ދެމީހުންގެ ދެމެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި، ދެމީހުންގެ ދެމެދުގައ...
  • ހަޔާތުގެ ބައިވެރިޔާއަށް އޮޅުވާލާ މަކަރު ހަދަނީ ކީއްވެ؟
    އެމެރިކާގައި ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ކައިވެނި ކޮށްގެން އުޅޭ މީހުންގެ ތެރެއިން %25 ފިރިހެނުންނަކީ، ...

Find Us on Facebook

About Me

Unknown
View my complete profile

Template modified by : Afey Afra
Copyright © 2011. Dhirun - All Rights Reserved