Dhirun
  • ފުރަތަމަ ސަފްހާ
  • ސިއްޚީ
    • ތަފާތު ބަލިތައް
    • ދުޅަހެޔޮކަން
    • ރަނގަޅު ކާނާ
    • ކާނާ
  • ޒީނަތްތެރިކަން
  • އިގުތިސާދު
    • ތިއަރީ
    • ހާލަތް
  • އިޖުތިމާއީ
    • މައްސަލަތައް
    • ނިޒާމު
  • ވާހަކަ
    • ހަޤިޤީ
    • ހިޔާލީ
  • މުނިފޫހި
  • އިތުރު ލިޔުންތެރިން

skip to main | skip to sidebar
Blogger Tips and TricksLatest Tips And TricksBlogger Tricks

Widgets

Home » ހާލަތު , އިޤުތިޞާދު , އިޖުތިމާއީ , މައްސަލަތައް , ސިއްހީ » ހަރަކާތްތެރިކަމާއެކު އުފަލުގައި އާއިލާ އާއި އެކު އުޅޭނީ ކިހިނެއް؟

ހަރަކާތްތެރިކަމާއެކު އުފަލުގައި އާއިލާ އާއި އެކު އުޅޭނީ ކިހިނެއް؟

Saturday, 3 October 2015 | 0 comments








ދުޅަހެޔޮ ސިއްހަތެއްގައި އުފަލާއެކު އުޅެން ބޭނުންނަމަ ހަމައެކަނި ތިމާގެ ސިއްހަތާމެދު ނުވިސްނަމާ ހިގާށެވެ. ތިމާ ދުޅަހެޔޮ ސިއްހަތެއްގައި އުފަލާއެކު އުޅެން ބޭނުންވާހެން ތިމާ އާއިލާގެ އެހެން މެމްބަރުންވެސް، ދުޅަހެޔޮ ސިއްހަތެއްގައި ބެހެއްޓުމަށްޓަކައި މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ތިރީގައި މިވަނީ މިގޮތުން ކުރެވިދާނެ ބައެއް ކަންތަކެވެ.
1.     ހެލިފެލިވެ، ހަރަކާތެރިވެ އުޅުމަށް އެހީތެރިކަން ފޯރުކޮށްދިނުން؛ ކުޑަކުދިން ބޮޑުވަމުން އަންނައިރު އުމުރު ފުރުއާއި ނުގުޅޭ ވަރަށް ފަލަކޮން ހުރުމަކީ އެކުދިންނަށް ތަފާތު ސިއްހީ މައްސަލަތަށް ޖެހޭ ކަމެކެވެ. ކޮންމެ މީހަކުވެސް އެމީހަކަށް ލިބޭ ކުއްޖަކީ ފުރިހަމަ ދުޅަހެޔޮ ސިއްހަތެއްގައި ހުރެގެން ބޮޑުވާ ކުއްޖަކަށް ހެދުމަށް ބޭނުންވާނެއެވެ. ފަހުގެ ދިރާސާ ތަކުން ދައްކާގޮތުގައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި އެކިއެކި ހަރަކާތްތަކުގައި ބައިވެރިވާ މީހުންނަށް ލިބޭ ކުދިންވެސް އެކުދިން ބޮޑުވަމުން އަންނަ އިރު ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ތަފާތު އެކިއެކި ހަރަކާތްތަކުގައި ބައިވެރިވަމުން ދެއެވެ.
2.     ގެއިން ބޭރަށް ގޮސް ކުރާ ކަހަލަ އެކިއެކި ހަރަކާތްތައް ކުރިއަށްގެންދިއުން؛ މިގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި، ދަތުރު ދިއުމާއި، ފަތަން ދިއުމާއި އަދި އާއިލާގެ ހުރިހާ މެމްބަރުން ހިމެނޭގޮތަށް ބައިސިކަލް ދުއްވާލަން ދިއުން ހިމެނެއެވެ.
3.     އާއިލާގެ މެމްބަރުން ހިމެނޭ ގޮތަށް ތަފާތު ކިލާސްތަކުގައި ބައިވެރިވުން؛ އާއިލާގެ މެމްބަރުންގެ އިތުރުން އަވައްޓެރިން ވެސް ބައިވެރިކޮށްގެން ތަފާތު ކިލާސްތައް ކުރިއަށް ގެންދެވިދާނެއެވެ. މިގޮތުން ކުރެވިދާނެ ކަންތައް ތަކުގެ ތެރޭގައި، އެއޮރެބިކްސް އަދި ޔޯގާ ކިލާސްތައް ހިމެނެއެވެ.
4.     ނިދާކޮޓަރިއަށް ކުޑަބަދަލެއް ގެނައުން؛ ގިނަފަހަރަށް ނިދާ ކޮޓަރި ވެގެންދަނީ ވަރަށް ފޫހި އެހާ ބޮޑަށް ޝައުގުވެރި ކުރުވަނިވި ކަންތައްތަކެއް ކުރުމަށްޓަކައި ނުހުންނަ ތަނެއްގެ ގޮތުގައެވެ. މިގޮތަށް ހުންނަ ކޮޓަރިއަށް ކުޑަބަދަލެއް ގެނެވިދާނެއެވެ. އަދި މީގެ އިތުރުން ކޮޓަރި ތެރޭގައި ކަސްރަތު ކުރަން ބޭނުންކުރާ މެޓެއް ބޭއްވިދާނެއެވެ. މި މެޓް މަތީގައި ނިދާ ހޭލައިގެން ގޭތެރޭގައި ކުރާ ބާވަތުގެ ލުއި ކަސްރަތެއް ކުރެވިދާނެއެވެ.
5.     މަޖާކޮށްގެން ގޭތެރޭގައި ކުރަން ޖެހޭ މަސައްކަތް ކުރުން؛ މިގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ވާދަޔަށް ގޭތެރޭގައި އެއްޗެހި ދޮވުމާއި، ގޭތެރެ ސާފުކުރުމުގެ ކަންތައް ކުރެވިދާނެއެވެ.
6.     ބައެއް ފަހަރު އާއިލާ ހުރިހާ މެމްބަރުން އެކުވެގެން ކެއްކުމުގެ ކަންތައް ކުރިއަށް ގެންދިއުން؛ އާއިލާގެ މެމްބަރުން އެކުވެގެން ކެއްކުމުގެ ކަންތައް ކުރިއަށް ގެންދެވިދާނެއެވެ. އެއްބަޔަކު ގޭތެރޭގައި ކެއްކުމުގެ މަސައްކަތުގައި އުޅޭއިރު އަނެއްބަޔަކު ބޭނުންވާތަކެތި ގަތުމައްޓަކައި ބާޒާރަށް ދެވިދާނެއެވެ. މިގޮތުން އާއިލާގައި ތިބި ކުޑަކުދިންވެސް ގޮވައިގެން ބާޒާރަށް ގޮސް، އެކުއްޖަކު ކެއުމަށް އެންމެ ޝައުގުވެރިވާ މޭވާއާއި، ތަރުކާރީ އެކުއްޖަކު ލައްވާ ނެގިދާނެއެވެ. އޭރުން އެކުދިންނަށްވެސް އެކަމުގެ ސަބަބުން އުފާވެރިކަން ލިބިގެންދާނެއެވެ.
Share this article :

ސުރުހީ އާއި ގުޅޭ ލިޔުންތައް

Posted by Unknown at 01:45
Email ThisBlogThis!Share to XShare to Facebook
Labels: ހާލަތު, އިޤުތިޞާދު, އިޖުތިމާއީ, މައްސަލަތައް, ސިއްހީ

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

މަޤުބޫލު ލިޔުންތައް

  • ފިރިހެނުންގެ ބައެއް ސިއްރު ކަންތައްތައް އެގެން ބޭނުންތަ؟
    ތި ކަނބަލުންގެ ހަޔާތުގެ ބައިވެރިޔާއަކީ ދިމާވާ ކަންތައްތައް ކިޔައިދީ ކަމެއް ދިމާވުމުން އެކަމާމެދު ވިސްނާ ފިކުރުކޮށް ނުވަތަ ...
  • ކައިވެނީގައި ޖެހޭ މައްސަލަތައް ހައްލުކުރާނެ ގޮތް
    ދެބަސްވުމާއި، ކަންކަމުގައި ހިޔާލުތަފާތުވުމާއި، ދެމީހުން އެކަކު އަނެކަކާއި މައްސަލަ ޖެހި ކުދިކުދި ހަމަނުޖެހުން ހި...
  • ފިރިހެނުން ދެކެ އަންހެނުން ލޯބިވަނީ ކީއްވެ؟
    ކޮންމެ އަންހެނަކުވެސް ތިމާ އެމީހަކު ދެކެ ލޯބިވާ ފިރިހެނެއް ބޭނުންވާނެ އެވެ. ކޮންމެ ފިރިހެނަކުވެސް ތިމާ ދެކެ ލޯބިވާ އަނ...
  • ދެމީހުންގެ މެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
    ޒަވާޖީ ހަޔާތެއް ނުވަތަ ލޯބި ވެގެންއުޅޭ ދެމީހުންގެ ދެމެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި، ދެމީހުންގެ ދެމެދުގައ...
  • ހަޔާތުގެ ބައިވެރިޔާއަށް އޮޅުވާލާ މަކަރު ހަދަނީ ކީއްވެ؟
    އެމެރިކާގައި ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ކައިވެނި ކޮށްގެން އުޅޭ މީހުންގެ ތެރެއިން %25 ފިރިހެނުންނަކީ، ...

Find Us on Facebook

About Me

Unknown
View my complete profile

Template modified by : Afey Afra
Copyright © 2011. Dhirun - All Rights Reserved