Dhirun
  • ފުރަތަމަ ސަފްހާ
  • ސިއްޚީ
    • ތަފާތު ބަލިތައް
    • ދުޅަހެޔޮކަން
    • ރަނގަޅު ކާނާ
    • ކާނާ
  • ޒީނަތްތެރިކަން
  • އިގުތިސާދު
    • ތިއަރީ
    • ހާލަތް
  • އިޖުތިމާއީ
    • މައްސަލަތައް
    • ނިޒާމު
  • ވާހަކަ
    • ހަޤިޤީ
    • ހިޔާލީ
  • މުނިފޫހި
  • އިތުރު ލިޔުންތެރިން

skip to main | skip to sidebar
Blogger Tips and TricksLatest Tips And TricksBlogger Tricks

Widgets

Home » ހާލަތު , ނިޒާމު , ބަލިތައް , އިޤުތިޞާދު , އިޖުތިމާއީ , މައްސަލަތައް , ސިއްހީ » ބީވެގެން ގޮސްފައިވާ ލޯބި އަނބުރާ ދިރިއުޅުމަށް ގެންނާނީ ކިހިނެއް؟

ބީވެގެން ގޮސްފައިވާ ލޯބި އަނބުރާ ދިރިއުޅުމަށް ގެންނާނީ ކިހިނެއް؟

Friday, 16 October 2015 | 0 comments









ބައެއް މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭއިރު ވަރަށް މަޖާކަންތައް ކޮށްއުޅެއެވެ. އަދި އަނެއްބައި މީހުންނަށް ބައެއްފަހަރު ލޯބީގައި ވަރަށް އަޖައިބު ކުރުވަނިވި ކަންތައްތަކާއި ކުރިމަތި ލާންޖެހެއެވެ. އެއްބަޔަކު އުފަލުގައި ދުވަސްތައް ހޭދަކުރަމުން ދާއިރު، އަނެއްބައި މީހުންނަށް ލޯތްބަކީ ހިތި ޒަހަރަކަށް ވެގެން ދެއެވެ. ބަލާލާ ބެލުމަށް،ދެމީހުންގެ ދެމެދުގައި އޮންނަ ގުޅުން ރަނގަޅު ހެން ހީވެގެން ދިޔަސް، ދެމީހުންގެ ދެމެދުގައި އޮންނަށް ޖެހޭ އެންމެ ގާތް ގުޅުން ނޯންނަހެން ހީވާ ފަހަރުވެސް އާދެއެވެ. މިހެން ހީވާނަމަ ތިރީގައި މިވާ ބައެއް ކަންތައް ކުރުމަކީ މުހިންމު ކަމެކެވެ. އޭރުން ހަޔާތުން ބީވެގެން ގޮސްފައިވާ ލޯބި އަނބުރާ ހޯދުމަކީ ވަރަށް ފަސޭހަ ކަމެކެވެ.

1.     އާދައިގެ ކަންތައްތަކުގައިވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ހިފާ މަޖާކުރުން؛ ހާއްސަ ބުނާސަބަތަކަށް މަޑުނުކުރާށެވެ. އަމިއްލައަށް އިސްނަގައިގެން ލޯބީގެ އެކިއެކި އިސާރަތް ބައިވެރިޔާއަށް ދޭށެވެ. ކޮންމެ ދުވަހަކީވެސް ދެމީހުންގެ ލޯބީގެ ގުޅުން އިތުރަށް ހަރުދަނާ ކުރާ ދުވަހެއްގެ ގޮތުގައި ހެދުމަކީ ވަރަށް މުހިންމު ކަމެކެވެ. ގޭގައި ހާއްސަ ކެއުމެއް ދޭތެރެއިން ތައްޔާރު ކުރާށެވެ. ނުވަތަ ހިތްފަސޭހަ ޕާރކަކަށް ގޮސް ދެމީހުން އެކުގައި ވަގުތު ހޭދަކޮށްލާށެވެ. އަދި އެކުގައި ދެމީހުން ބާޒާރަށް ދިއުން ނުވަތަ ދުއްވާލަންވެސް ދެވިދާނެއެވެ.
2.     ލިބޭ ހުސްވަގުތު ބޭނުން ކުރުމުގައި އަމިއްލަ އެދުން ބޮޑުމީހަކަށް ވުން؛ މިއީވެސް ވަރަށް މުހިންމު ކަމެކެވެ. ލިބޭ ހުސްވަގުތު ބޭކާރު ގޮތުގައި ހޭދަކުރުމުގެ ބަދަލުގައި ވަގުތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާށެވެ. ހަފާތާ ބަންދުގައި ގޭގައި ހުންނަށް ލިބޭ ދުވަސް، އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފާނެގޮތެއް ދުރާލާ ރާވާލާށެވެ. ރައްޓެހިންނާއި އެކު މުޅި ދުވަސް ހޭދަކުރުމުގެ ބަދަލުގައި ލިބޭ ބަންދު ދުވަސް، އާއިލާގެ މީހުންނާއި އަދި ތިމާ ލޯބިވެރިޔާއަށް ހުސްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ދެމީހުން އެކުގައި ބައްދަލުވެ، ވަގުތު ހޭދަނުކުރާނަމަ، އެއީ އެންމެ ފުރިހަމަ ގޮތުގައި ލިބޭ ވަގުތު ހޭދަކުރިކަމުގައި ނުވާނެއެވެ. ދެމީހުން އެކަހެރިވެލާ ބައްދަލު ކޮށްލުމަކީ ދެމީހުންގެ ލޯބީގެ ގުޅުމަށް އިތުރު ތާޒާ ކަމެއް ގެނުވައިދޭ ކަމެކެވެ.
3.     ހިތުތެރޭގައި ކަންތައްތައް ނުބަހައްޓާ ކަންތައް، ދިމާވާ ކަންތައްތަކުގައި ހިޔާލު ބަދަލުކުރުން؛ ދިމާވާ ކަންތައް ހިއްސާ ނުކޮށް ހިތުތެރޭގައި ބެހެއްޓުމަކީ، ތިމާގެ ބައިވެރިޔާ އާއި މެދު ނަފްރަތު އުފެދި ނުރުހުންތެރިކަން އުފެދޭނެ ކަމެކެވެ. މިކަމުގެ ސަބަބުން ދުވަހަކަށް ފަހު ދުވަހެއް ހިތުގައި ހުޅުކޮޅު ރޯވެ ފަޅައިގެން ދިއުމުގެ ފުރުސަތު ބޮޑުވާނެއެވެ. ވީމާ، ދިމާވާ ކަންތައްތަކުގައި ކުޑަކޮން ދެބަސްވާން ޖެހުނު ކަމުގައި ވިޔަސް، ބައިވެރިޔާއަށް ހިއްސާކޮށް ކަންތައްތައް ހައްލުކުރަން މަސައްކަތްކުރާށެވެ. ދުޅަހެޔޮ ގޮތެއްގައި ކަންކަމުގައި ހިޔާލު ބަދަލުކޮށް، ދިމާވާ ކަންތައް ހައްލުކުރުމަކީ ތިމާގެ ހިތާމަތަކާއި ދުރުކޮށްދޭ ކަމެކެވެ. ހީވެސް ނުކުރާހާ އުފާވެރިކަން ހަޔާތަށް ވެރިވާ ފަދަ ކަމެކެވެ.
4.     ދެމީހުންގެ ހިޔާލާ އެއްގޮތަށް ދިރިއުޅުމުގެ ކަންތައް ބައްޓަން ކުރުން؛ ފިރިހެން ބައިވެރިޔާގެ ފަރާތުން ބައްދަލުވާ ކޮންމެ ފަހަރަކު އަބަދުވެސް އޭނަގެ ލޯބި ހޯދަން، ހާސިލް ކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި ލޯތްބަކީ ދެމީހުންގެ ފަރާތުން، އެއްވަރަކަށް މަސައްކަތް ކުރުމުން އެކަކު އަނެކަކަށް ލިބޭ އެއްޗެއްކަން އަބަދުވެސް ދަންނާށެވެ. ވީމާ، ދެމީހުން އެކަކު އަނެކަކަށް ކަންކަމުގައި ދޫކޮށްގެން ދެމީހުންގެ ހިޔާލާ އެއްގޮތަށް ދިރިއުޅުމުގެ ކަންތައް ބައްޓަން ކުރާށެވެ. އޭރުން ދެމީހުންގެ ހަޔާތުންވެސް ބީވެގެން ގޮސްފައިވާ ލޯބީގެ ގުޅުން އަނބުރާ ހޯދުމަކީ ވަރަށް ފަސޭހަ ކަމެއްގެ ގޮތުގައި ވެގެން ދާނެއެވެ.
Share this article :

ސުރުހީ އާއި ގުޅޭ ލިޔުންތައް

Posted by Unknown at 08:54
Email ThisBlogThis!Share to XShare to Facebook
Labels: ހާލަތު, ނިޒާމު, ބަލިތައް, އިޤުތިޞާދު, އިޖުތިމާއީ, މައްސަލަތައް, ސިއްހީ

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

މަޤުބޫލު ލިޔުންތައް

  • ފިރިހެނުންގެ ބައެއް ސިއްރު ކަންތައްތައް އެގެން ބޭނުންތަ؟
    ތި ކަނބަލުންގެ ހަޔާތުގެ ބައިވެރިޔާއަކީ ދިމާވާ ކަންތައްތައް ކިޔައިދީ ކަމެއް ދިމާވުމުން އެކަމާމެދު ވިސްނާ ފިކުރުކޮށް ނުވަތަ ...
  • ކައިވެނީގައި ޖެހޭ މައްސަލަތައް ހައްލުކުރާނެ ގޮތް
    ދެބަސްވުމާއި، ކަންކަމުގައި ހިޔާލުތަފާތުވުމާއި، ދެމީހުން އެކަކު އަނެކަކާއި މައްސަލަ ޖެހި ކުދިކުދި ހަމަނުޖެހުން ހި...
  • ފިރިހެނުން ދެކެ އަންހެނުން ލޯބިވަނީ ކީއްވެ؟
    ކޮންމެ އަންހެނަކުވެސް ތިމާ އެމީހަކު ދެކެ ލޯބިވާ ފިރިހެނެއް ބޭނުންވާނެ އެވެ. ކޮންމެ ފިރިހެނަކުވެސް ތިމާ ދެކެ ލޯބިވާ އަނ...
  • ދެމީހުންގެ މެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
    ޒަވާޖީ ހަޔާތެއް ނުވަތަ ލޯބި ވެގެންއުޅޭ ދެމީހުންގެ ދެމެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި، ދެމީހުންގެ ދެމެދުގައ...
  • ހަޔާތުގެ ބައިވެރިޔާއަށް އޮޅުވާލާ މަކަރު ހަދަނީ ކީއްވެ؟
    އެމެރިކާގައި ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ކައިވެނި ކޮށްގެން އުޅޭ މީހުންގެ ތެރެއިން %25 ފިރިހެނުންނަކީ، ...

Find Us on Facebook

About Me

Unknown
View my complete profile

Template modified by : Afey Afra
Copyright © 2011. Dhirun - All Rights Reserved