މަސައްކަތުގެ މާހައުލުގައި އުޅޭ
އިރު ވިސްނަށްޖެހޭ ވަރަށް ގިނަ ކަންތައް ހުރެއެވެ. ތިރީގައި މިވާ ބައެއް ކަންތައް
ތަކަކީ މިގޮތުން ސަމާލުކަން ދޭންޖެހޭ ބައެއް ކަންތައްތަކެވެ.
1.
ހަގީގަތް ބެލުމެއް ނެތި ކަންތައްތަކަށް މާބޮޑަށް އުއްމީދު ކުރުން؛ ތިމާ ކުރާ މަސައްކަތް ނުވަތަ ކަންތައްތައް އެއްވެސް
ހުރަހެއްނެތި ކަމިޔާބު ވާނެކަމަށް އުއްމީދު ކުރުމަށްފަހު، އެހެން މީހުން ކުރާ މަސައްކަތް
ނުވަތަ ކަންތައްތައް ކާމިޔާބު ކުރުމުގައި މައްސަލަތައް ދިމާވާނެ ކަމަށް
ގަބޫލުކުރުން ހިމެނެއެވެ.
2.
ބޭނުންކުރާ ބަހުރުވަ؛ ބައެއް ފަހަރު
މީހާގެ ޢަމަލަށްވުރެ، އޭނަ ބުނެލާ ބަހުގައި ބާރުގަދައެވެ. ވީމާ، އޮފީސް
މާހައުލުގައި މަސައްކަތުގައި އުޅޭ އިރު ނޭދެވޭ ބަހުރުވައިން ނުވަތަ ހަޑިހުތުރު
ބަސް އެހެން މީހުންނާއި ދިމާލަށް ބުނެލުމަކީ އެކަމުގެ ސަބަބުން އެހެންމީހުންނަށް
ނޭދެވޭ އަސަރު ކުރާކަމެކެވެ. ތިމާ ކަމަކާއި ކިތަންމެ ހިތްހަމަ ނުޖެހިފައި ހުރި
ކަމުގައިވިޔަސް ބަހެއް ބުނެލުމުގެ ކުރިން އެކަމާއި މެދު ވިސްނާލުމަކީ ވަރަށް
މުހިންމު ކަމެކެވެ.
3.
މަސައްކަތުގެ މާހައުލުގައި އެކުގައި ކުރަން ޖެހޭ މަސައްކަތްތައް ސިއްރު
ކުރުމެއްނެތި ވީހާވެސް ހާމަކަން ބޮޑުގޮތެއްގައި ކުރުމަކީވެސް ވަރަށް މުހިންމު
ކަމެކެވެ. ދެމީހަކު ގުޅިން ކުރާ މިފަދަ
މަސައްކަތްތައް އެކަކު އަނެކަކަށް ސިއްރުކޮށްގެން ކުރުމުން ކުރާ މަސައްކަތުގެ
ފެންވަރު ދަށްވެ ދެމީހުންގެ ދެމެދުގައި އިތުރު މައްސަލަތައް ޖެހޭ ގޮތް
ވެގެންދެއެވެ.
4.
ޒިންމާތަކުން ސަލާމަތްވުމަށް މަސައްކަތް ނުކުރުން؛ ތިމާ އާއި ހަވާލުކުރެވިފައިވާ މަސްއޫލިޔަތާއި ޒިންމާ އެހެން މީހުންގެ ބޮލަށް
ޖެހުމަށްފަހު، އެކަމުން ތިމާ ސަލާމަތް ވުމަށް މަސައްކަތް ކުރުމަކީވެސް އެކަމުގެ
ސަބަބުން ނޭދެވޭ އަސަރު އެހެން މީހުންނަށާއި ތިމާ މަސައްކަތް ކުރާ އިދާރާއަށް ކުރާނެ
ކަމެކެވެ.
5.
ކަތިނަޒަރުން މީހުންނާއި ދިމާލަށް ބެލުން؛ އަންހެނަކު ނަމަ ފިރިހެނަކާއި ދިމާލަށް ނުވަތަ ފިރިހެނަކު ނަމަ އަންހެނަކާއި
ދިމާލަށް ކަތިނަޒަރަކުން ނުވަތަ ނޭދެވޭ ފަދަ ގޮތަކަށް ބެލުމަކީވެސް
އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫނެވެ.

No comments:
Post a Comment