ތިމާއަށް ބޭނުންވާ ވަރަށް
ފުރިހަމަ ނިދި ނުލިބުމަކީވެސް ހަށިގަނޑަށް ތަފާތު ނުރަގަނޅު އަސަރުތައް
ކުރާކަމެކެވެ. އަދި މީގެ އިތުރުން ތިމާއަށް ބޭނުންވާ ހަކަތަ، ބޭނުންވާ ވަރަށް
ނުލިބޭ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ނިދީގެ އިތުރުންވެސް ތިމާ ކުރާ
ތަފާތު އެކިއެކި ނޭދެވޭ ކަންތަކުގެ ސަބަބުން، ތިމާއަށް ބޭނުންވާ ވަރަށް ފުރިހަމަ
ހަކަތަ ނުލިބޭގޮތް ވެގެންދެއެވެ. އަދި މިގޮތަށް ކުރާ ކަންތަކުގެ ސަބަބުން ތިމާގެ
ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ތަފާތު ނުރަގަނޅު ބަދަލުތައް އަންނަ ގޮތްވެސް
ވެގެން ދެއެވެ.
ތިރީގައިމިވާ ބައެއް
ކަންތައްތަކަކީ ނޭގިނަމަވެސް ތިމާއަށް ކުރެވޭ ނުރަނގަޅު ކަންތަކެވެ. އަދި މިކަމުގެ
ސަބަބުން ތިމާއަށް ބޭނުވާ ވަރަށް ހަކަތަ ނުލިބި މިހާ ވަރުބަލިވާ ގޮތްވެގެންދެއެވެ.
1.
ތިމާ ކަސްރަތު ކުރާއިރު ވަރުބަލިވެގެންދާއިރު ކުރާ ކަސްރަތު ފުރިހަމަނުކޮށް
ވަގުތުން ހުއްޓާ ލުމަކީވެސް އެކަމުގެ ސަބަބުން ތިމާއަށް ބޭނުންވާވަރަށް ފުރިހަމަ ހަކަތަ
ނުލިބި ވަރުބަލިވާ ކަމެކެވެ.
2.
ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުބޮއެ ހުރުން.
3.
ހަށިގަނޑަށް ބޭނުންވާ މާއްދާއެއް ކަމަށްވާ އަޔަން އެކުލެވޭ ކާނާ ބޭނުން
ނުކުރުން؛ އަޔަން އެކުލެވޭ ކާނާ އަކީ މަސަލްސް އަދި ސެލްސްތަކަށް ބޭނުންވާ
އޮކްސިޖަން ދައުރުކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ. އަޔަން އެކުލެވޭ ކާނާގެ
ބާވަތްތަކުގެ ތެރޭގައި ފެހިފަތް ހިމެނޭ ތަރުކާރީއާއި، ނަޓްސް، ޕީނަޓް ބަޓަރ އަދި
ކިޑްނީ ބީންސް ހިމެނެއެވެ.
4.
ތިމާއަކީ އެންމެ ފުރިހަމަ މީހަކަށް ވުމަށް އަބަދު މަސައްކަތްކުރުން؛ ނުކުރެވޭ
ކަންތައް ތާ އަބަދު ކުރުމަށް ބުރަމަސައްކަތްކުރުން ހިމެނެއެވެ.
5.
ކުދިކުދި ކަންތައް ބޮޑުކޮށްލައިގެން އުޅުން؛ މިސާލަކަށް ބުނާނަމަ އޮފީހުގެ
ވެރިމީހާ ކުއްލިއަކަށް މީޓިންގ އަކަށް ކިޔާފާނެތި ބިރުން އުޅުން، އެކްސިޑެންޓެއް ވެދާނެކަމަށް
ހީކޮށް ބައިސްކަލް ނުވަތަ ސައިކަލް ދުއްވަން ބިރުގަތުން އަދި މިކަމުގެ ސަބަބުން މީހާ
ހާސްވެ ކަންބޮޑުވެފައި ހުރުން ހިމެނެއެވެ.
6.
ހެނދުނުގެ ނާސްތާ ނުނަގާ ދޫކޮށްލުން
7.
އަބަދު ޖަންކު ފުޑު ބޭނުންކުރުން
8.
ތަރުތީބެއްނެތި މޭޒުމަތީގައި އެއްޗެހި ބަހައްޓާފައި ހުރުން؛ މޭޒުމަތި
ތަރުތީބުކޮން ބަހައްޓާފައި ހުރުމަކީ ޖެހިގެން އަންނަ ދުވަހު ތިމާ އޮފީހަށް
އަންނައިރު ތިމާއަށް އިތުރު ހިތްހަމަ ޖެހުމަކާއި އުފާވެރިކަން ގެނުވައިދޭ
ކަމެކެވެ.
9.
ޗުއްޓީ ގައި ހުރެގެންވެސް އަބަދު އޮފީސް މަސައްކަތުގައި ވަގުތު ހޭދަކުރުން
10. ނިދާ ގަޑީގައި އީ-މެއިލް ޗެކުކުރުން؛ ނިދުމުގެ 2 ގަޑިއިރު ކުރިން ފޯނު،
ކޮމްޕިޔުޓަރ ފަދަ ތަކެތި ބޭނުން ނުކޮށް ހުއްޓާ ލުމަކީ ވަރަށް މުހިންމު ކަމެކެވެ.
މިފަދަ ކަންތައްތަކަކީ އެކަމުގެ ސަބަބުން ތިމާގެ ނިންޖަށް އަސަރު ފޯރާ ކަންތަކެވެ.
11. ދުވާލަކު ތިން ތައްޓަށްވުރެ ގިނައިން ކޮފީ ބުއިން ނުވަތަ އަބަދު ކޮފީ ބުއިން
12. ހަފްތާ ބަންދަށް ދާ ދުވަހު ނުނިދާ ހޭލާ ހުރެފައި ޖެހިގެން އަންނަ ދުވަހު
ދުވާލު ނިދަން މަސައްކަތްކުރުން ހިމެނެއެވެ. މިގޮތަށް ނިދުމުގެ ސަބަބުން ދެން
ޖެހިގެން، އޮފީހަށް ދާންޖެހޭ ދުވަހުގެ ރޭގަނޑު ނުނިދޭ ގޮތްވުމުން، އަނެއްދުވަހު
އޮފީހަށް ދިއުމަށް ހޭނުލެވޭ ގޮތްވެގެންދެއެވެ.

No comments:
Post a Comment