Dhirun
  • ފުރަތަމަ ސަފްހާ
  • ސިއްޚީ
    • ތަފާތު ބަލިތައް
    • ދުޅަހެޔޮކަން
    • ރަނގަޅު ކާނާ
    • ކާނާ
  • ޒީނަތްތެރިކަން
  • އިގުތިސާދު
    • ތިއަރީ
    • ހާލަތް
  • އިޖުތިމާއީ
    • މައްސަލަތައް
    • ނިޒާމު
  • ވާހަކަ
    • ހަޤިޤީ
    • ހިޔާލީ
  • މުނިފޫހި
  • އިތުރު ލިޔުންތެރިން

skip to main | skip to sidebar
Blogger Tips and TricksLatest Tips And TricksBlogger Tricks

Widgets

Home » ހާލަތު , ނިޒާމު , ބަލިތައް , އިޤުތިޞާދު , އިޖުތިމާއީ , މައްސަލަތައް , ސިއްހީ » ފިރިހެނުން، އެމީހުންގެ ހަޔާތުގެ ބައިވެރިޔާއަށް އިތުބާރު ނުކުރަނީ ކީއްވެ ؟

ފިރިހެނުން، އެމީހުންގެ ހަޔާތުގެ ބައިވެރިޔާއަށް އިތުބާރު ނުކުރަނީ ކީއްވެ ؟

Saturday, 31 October 2015 | 0 comments









ފިރިހެނުންނަށް، އެމީހުންނަށް ދިމާވާ ތަފާތު އެކިއެކި ކަންތަކުގެ ސަބަބުން، އެމީހުންގެ ހަޔާތުގެ ބައިވެރިޔާއަށް އޮންނަ އިތުބާރު ކުޑަވެ، އަދި އިތުބާރު ގެއްލޭގޮތް ވެގެންދެއެވެ. ތިރީގައި މިވަނީ ބައިވެރިޔާއަށް އޮންނަ ފުރިހަމަ އިތުބާރާ ޔަގީންކަން ގެއްލި ބައިވެރިޔާ އަށް ދެވިފައިވާ ލޯބި ފަޑުވުމަށް ދިމާވާ ބައެއް ކަންތައްތަކެވެ.

1.     އަންހެނުން އެމީހުންގެ ފިރިހެން ލޯބިވެރިޔާ ނުވަތަ ބައިވެރިޔާއަށް ދޭންޖެހޭ ވަރަށް، ވަގުތު ނުދިނުން ނުވަތަ ނުދެވުން؛ ފިރިހެނުންނަށް އެމީހުންގެ ލޯބިވެރިޔާގެ ފަރާތުން ބޭނުންވާ ވަރަށް ނުވަތަ ވަގުތު ދޭންޖެހޭ ވަރަށް ވަގުތު ނުދެވުމުގެ ސަބަބުން ދެމީހުންގެ މެދުގައި އުފެދިފައިވާ ލޯތްބަށް ހީނަރު ކަން އަންނަ ގޮތްވެގެން ދެއެވެ. މިސާލަކަށް ބުނާނަމަ އަދާކުރާ ވަޒީފާގެ ގޮތުން ތިމާއަކީ ގިނައިން ދަތުރުފަތުރު ކުރަން ޖެހޭ މީހަކަށް ވެދާނެއެވެ. ނަމަވެސް ބައިވެރިޔާ ތިމާއަށް ބައްދަލު ކުރަން ބޭނުންވާނެ ކަން ހަނދާންކުރާށެވެ. ވީވަރަކުން ބައިވެރިޔާ އަށް ވަގުތު ދޭށެވެ.
2.     އެހެން ފިރިހެނުންނާއި ގިނައިން ވާހަކަ ދައްކަނިކޮން ބައިވެރިޔާ އަށް ފެނުން؛ މިގޮތަށް ފެނުމުންވެސް ބައިވެރިޔާ ކުރިމަތީގައި އެއްވެސް ކަމެއް ވީކަމަށްވެސް ނުހަދާ އެކަންތައް ސިއްރުކުރަން މަސައްކަތްކުރުން ހިމެނެއެވެ.
3.     ލޯބިވެގެން އުޅޭ އަންހެންކުއްޖާ، އުޅޭ އެޕާރޓްމެންޓަށް ނުވަތަ އުޅޭ ތަނަށް ނުގެންދިއުމާއި އަދި އެއްވެސް ގާތް އެކުވެރިޔަކަށް ތަޢާރަފް ނުކޮށްދީ ބެހެއްޓުން؛ މިގޮތަށް ކަންތައް ކުރުމުން ކޮންމެވެސް ކަމެއް ސިއްރު ކުރަން އުޅޭހެން ބައިވެރިޔާއަށް ހީވާން ފަށާނެއެވެ.
4.     ފިރިހެނުންނަށް ތިމާގެ ބައިވެރިޔާއަކީ، ތިމާއަށް ވުރެ މާ ކާމިޔާބު މީހެއްކަމަށް ދެކެން ފެށުން؛ އަންހެނުންގެ ޢަމަލުތައް ހުންނަ ގޮތުން ނުވަތަ ހަގީގަތުގައިވެސް ފިރިހެނުންނަށް ވުރެ އަންހެން މީހާއަކީ ކަންކަމުގައި މާ ކާމިޔާބު މީހެއްކަމަށް ދެކި އެކަމަށް މާބޮޑަށް ވިސްނާ ހަސަދަ ވެރިކަން އުފެދޭ ހިސާބަށް ދިއުމުން ދެމީހުންގެ މެދުގައި އޮންނަ ގުޅުމަށް ހުރަސްތަކެއް ކުރިމަތިވެ، ބައިވެރިޔާއަށް ކަންކަމުގައި ޝައްކުގެ ނަޒަރަކުން ދެކޭގޮތް ވެގެންދެއެވެ.
5.     ފިރިހެން މީހާއަށް މީގެ ކުރިން އޭނާގެ ކުރީގެ ބައިވެރިޔާ މަކަރު ހަދާ އޮޅުވާ ލާފައިވުން؛ މިހެން ވެފައި ހުރި ފިރިހެނެއްނަމަ، ދެންވެސް އޭނަގެ ހަޔާތަށް އަންނަ މީހަކާއި މެދު ޝައްކުގެ ނަޒަރަކުން ދެކޭނެއެވެ. ވީމާ، މިފަދަ މީހެއްގެ ހަޔާތަށް އަންނަ ބައިވެރިޔަކު، ކޮންމެ އަންހެނަކީ މަކަރު ހަދާ މީހެއްނޫންކަން ސާބިތުކޮށްދެން ޖެހޭނެއެވެ. އަދި ތިމާއަކީ ހަމަ ހަގީގަތުގައިވެސް އޭނަ ދެކެ ވަރަށް ބޮޑަށް ލޯބިވާ މީހެއްކަން ބަހާއި ޢަމަލުން ދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ.
6.     ލޯބިވެރިޔަކަށް ވުރެ ބޮޑަށް އެކުވެރިޔަކަށް ކަންތައްތަށް ކޮށްދޭހެން ޢަމަލުތައް ބެހެއްޓުން؛ ތިމާގެ ޢަމަލުތައް ހުންނަ ގޮތުން ނުވަތަ ކަންތައްތައް ކޮށްދޭ ގޮތުން ހަޔާތުގެ ބައިވެރިޔަކަށް ނުވަތަ ލޯބިވެރިޔަކަށް ކަންތައް ކޮށްދޭގޮތާއި ޚިލާފަށް، ރައްޓެއްސަކަށް ކަންތައް ކޮށްދޭހެން ކަންތައް ކޮށްދެން ފެށުމުންވެސް ދެމީހުންގެ މެދުގައި އޮންނަން ޖެހޭ ލޯބި އަދި އިތުބާރު ކުޑަވާގޮތް ވެގެންދެއެވެ.
Share this article :

ސުރުހީ އާއި ގުޅޭ ލިޔުންތައް

Posted by Unknown at 04:01
Email ThisBlogThis!Share to XShare to Facebook
Labels: ހާލަތު, ނިޒާމު, ބަލިތައް, އިޤުތިޞާދު, އިޖުތިމާއީ, މައްސަލަތައް, ސިއްހީ

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

މަޤުބޫލު ލިޔުންތައް

  • ފިރިހެނުންގެ ބައެއް ސިއްރު ކަންތައްތައް އެގެން ބޭނުންތަ؟
    ތި ކަނބަލުންގެ ހަޔާތުގެ ބައިވެރިޔާއަކީ ދިމާވާ ކަންތައްތައް ކިޔައިދީ ކަމެއް ދިމާވުމުން އެކަމާމެދު ވިސްނާ ފިކުރުކޮށް ނުވަތަ ...
  • ކައިވެނީގައި ޖެހޭ މައްސަލަތައް ހައްލުކުރާނެ ގޮތް
    ދެބަސްވުމާއި، ކަންކަމުގައި ހިޔާލުތަފާތުވުމާއި، ދެމީހުން އެކަކު އަނެކަކާއި މައްސަލަ ޖެހި ކުދިކުދި ހަމަނުޖެހުން ހި...
  • ފިރިހެނުން ދެކެ އަންހެނުން ލޯބިވަނީ ކީއްވެ؟
    ކޮންމެ އަންހެނަކުވެސް ތިމާ އެމީހަކު ދެކެ ލޯބިވާ ފިރިހެނެއް ބޭނުންވާނެ އެވެ. ކޮންމެ ފިރިހެނަކުވެސް ތިމާ ދެކެ ލޯބިވާ އަނ...
  • ދެމީހުންގެ މެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
    ޒަވާޖީ ހަޔާތެއް ނުވަތަ ލޯބި ވެގެންއުޅޭ ދެމީހުންގެ ދެމެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި، ދެމީހުންގެ ދެމެދުގައ...
  • ހަޔާތުގެ ބައިވެރިޔާއަށް އޮޅުވާލާ މަކަރު ހަދަނީ ކީއްވެ؟
    އެމެރިކާގައި ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ކައިވެނި ކޮށްގެން އުޅޭ މީހުންގެ ތެރެއިން %25 ފިރިހެނުންނަކީ، ...

Find Us on Facebook

About Me

Unknown
View my complete profile

Template modified by : Afey Afra
Copyright © 2011. Dhirun - All Rights Reserved