އުފާވެރިކަމަކީ ދެމީހެއްގެ
ބުރަ މަސައްކަތުން ހޯދާކަމެކެވެ. އެއީ ކޮންމެހެން ތިމާ ނަސީބު ގަދަކަމުން ވާ
ކަމެއް ނޫނެވެ. އުފަލުގައި އުޅެން ބޭނުންނަމަ ވިސްނުންތެރިކަމާއި އެކު ވަރަށް ގިނަ
ކަންތަކާއި މެދު ވިސްނާ ފިކުރު ކޮށް އެކަންތައް ފުރިހަމަ ގޮތުގައި ދަމަހައްޓަން
ބޭނުންވާނަމަ، އެކަންތައް ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ވެސް
ކުރަންޖެހެއެވެ.
ތިރީގައި މިވާ ބައެއް
ކަންތައްތަކަކީ އުފަލުގައި އުޅޭ ބައިވެރިން، ހާއްސަ ސަމާލުކަމެއް ދޭ ކަންތައްތަކެވެ.
1.
އެމީހުން ދިރިއުޅުމުގައި ދިމާވާ ކަންތައްތަކާއި ގުޅޭ ގޮތުން ރަހުމަތްތެރިންނާއި
އާއިލާގެ މެމްބަރުން ގާތުގައި ޝަކުވާ ނުކުރުން؛ އެމީހުންނަށް އެގިގެންދާނެ ، އެހެން މީހުން އެމީހުންގެ ކަންތައްތަކުގައި
ބައިވެރި ކުރަންޖެހޭ މިންވަރު އަދި އެހެން މީހުން ގާތުގައި، ތިމާއަށް ދިމާވާ ކަންތުގެ
ޝަކުވާ ނުކުރަންޖެހޭ ކަންތައްތައް. ކަމެއް ދިމާވުމުން ދެމީހުން ވާހަކަ ދައްކައިގެން
ވިސްނުންތެރިކަމާއި އެކު ހައްލުކުރަން މަސައްކަތްކުރާނެއެވެ. ތިމާގައިގައި ހުންނަ
ނުރަގަޅު ސިފަތަކުގެ ވާހަކަ ދައްކާ އަޑުއިވުނަސް އެކަމާއި ރުޅިނައިސް ހައްލުކުރަން
މަސައްކަތްކުރާނެވެ. ރައްޓެހިންގާތުގައި ތާއަބަދު ބައިވެރިޔާގެ ޝަކުވާ ނުކުރާށެވެ.
2.
އެހެން މީހުންނާއި ކަންކަމުގައި ހަމަހަމަ ނުކުރުން؛ އެމީހުން އެމީހުންގެ ލޯބީގައި ދިމާވާ ކަންތައްތައް
ގަބޫލުކޮށް ނުރަގަޅު ސިފައެއް ވާނަމަ އެކަންތައް ރަނގަޅު ކުރަން
މަސައްކަތްކުރާނެއެވެ. އަދި މީގެ އިތުރުން، އެމީހުންގެ ހަޔާތުގެ ބައިވެރިޔާ،
އެހެންމީހުންނާއި ހަމަހަމަކޮށް އެކަމުގެ ޝަކުވާ ނުކުރާނެއެވެ. ތިމާ އެހެން
މީހުންގެ ބައިވެރިންނާއި އެކު ވަގުތު ހޭދަ ނުކުރާނަމަ، އެހެން މީހުންގައިގައި ހުންނަ
ރަނގަޅު އަދި ނުރަގަނޅު ސިފަތައް ނޭގޭނެއެވެ.
3.
ކަންކަމުގައި އެކަކު އަނެކަކު ކުށްވެރިނުކުރުން؛ ކަމެއް ދިމާވުމުން އެމީހަކަށް ކުރެވުނު ކަންތައްތަކުގެ ފުރިހަމަ ޒިންމާ
ނެގުމަށްފަހު، އެ ދިމާވި ކަމެއް ރަނގަޅު ކުރުމަށް ފުރިހަމަޔަށް
މަސައްކަތްކުރާނެއެވެ. އަދި ކަމެއް ދިމާވުމުން ބައިވެރިޔާ ކުށްވެރި ނުކުރާނެއެވެ.
4.
ކަންކަން ދިމާވުމުން އެހާ ސީރިޔަސްކޮން އެކަމެއް ނެގުމަށްފަހު، ތާއަބަދު
އެކަމުގެ ޝަކުވާ ނުކުރުން؛ އުފަލުގައި އުޅޭ ބައިވެރިންނަށް
ވަރަށް ރަނގަޅަށް އެމީހުންނަށް ދިރިއުޅުމުގައި ދިމާވާ ކަންތައް ތަކުގައި ލިބޭ
އުފާވެރިކަން ބައިވެރިޔާ އަށް ހިއްސާކޮށް ފުރިހަމަ ގޮތުގައި އުފާފާޅުކުރަން
އެނގޭނެއެވެ. އަދި މަޖާ ކުރަން ވާ ވަގުތުތަކުގައި މަޖާކުރަންވެސް އެގިގެން
ދާނެއެވެ. ދިރިއުޅުމުގައި ދިމާވާ ސްޓެރެސް ކަންތައްތަކުން ދުރުހެލިވެ، ކަމެއް
ދިމާވެއްޖެނަމަ އެކަމެއް ވީހާވެސް އާދައިގެ ގޮތެއްގައި ނަގާ އެކަމަކުން ދުރުވުމަށް
ކުރަންޖެހޭ މަސައްކަތްތައް ކުރަން ދަންނާނެއެވެ.
5.
ކަންކަމުގައި އެކަކަކު އަނެކަކަށް ނުރަގަޅު ފާޑު ނުކިއުން؛ ކަމެއް ދިމާވުމުން އެކަކު އަނެކަކާއި އޯގާތެރި ކަމާއި
އެކު އަޅާލުމަކީ ވަރަށް މުހިންމު ކަމެކެވެ. ކަމެއް ދިމާވުމުން އެކަމަކަށް ނޭދެވޭ
ފަޑުކިއުމަށްފަހު، ބައިވެރިޔާ ދެރަކޮށް ރޮއްވާލަން މަސައްކަތްކުރުމަކީ
އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫނެވެ.
6.
ފައިސާގެ އެހީތެރިކަމެއް ބޭނުންވާ ވަގުތު އެކަކު އަނެކަކަށް އެހީތެރި ނުވެ
އެކަމެއް ދޫނުކޮށްލާނެއެވެ.
7.
އެކަކު އަނެކަކުގެ ވިސްނުން ހުރިގޮތް ބެލުމަށް ދެމީހުން އެކަކު އަނެކާއި
ސިއްރުން މަސައްކަތެއް ނުކުރުން.
8.
އެކަކު އަނެކަކު ކަންކަން ކުރުމުގައި އެކަގެ މައްޗަށް އަނެކަކުގެ ނުފޫޒު
ނުފޯރުވުން.

No comments:
Post a Comment