Dhirun
  • ފުރަތަމަ ސަފްހާ
  • ސިއްޚީ
    • ތަފާތު ބަލިތައް
    • ދުޅަހެޔޮކަން
    • ރަނގަޅު ކާނާ
    • ކާނާ
  • ޒީނަތްތެރިކަން
  • އިގުތިސާދު
    • ތިއަރީ
    • ހާލަތް
  • އިޖުތިމާއީ
    • މައްސަލަތައް
    • ނިޒާމު
  • ވާހަކަ
    • ހަޤިޤީ
    • ހިޔާލީ
  • މުނިފޫހި
  • އިތުރު ލިޔުންތެރިން

skip to main | skip to sidebar
Blogger Tips and TricksLatest Tips And TricksBlogger Tricks

Widgets

Home » ނިޒާމު , އިޖުތިމާއީ » މުވައްޒަފުންގެ މެދުގައި މަސައްކަތުގެ މާހައުލުގެ ޝައުގުވެރިކަން އުފެއްދުން

މުވައްޒަފުންގެ މެދުގައި މަސައްކަތުގެ މާހައުލުގެ ޝައުގުވެރިކަން އުފެއްދުން

Wednesday, 11 June 2014 | 0 comments










ކޮންމެ އިންޑަސްޓްރީއެއްގައިވިޔަސް އަދި އާންމު ރައްޔިތުންނަށް ހިދުމަތްދޭ ބަޔަކު ކަމުގައި ވީނަމަވެސް އެތަނެއްގައި މަސައްކަތްކުރާ ވެރިން، އެތަނަކުން ދޭ ހިދުމަތް ނުވަތަ އުފައްދާ ތަކެއްޗަކީ އެންމެ ފެންވަރު ރަނގަޅު ތަކެތީގެ ގޮތުގައި ހެދޭތޯ މަސައްކަތް ކުރާނެއެވެ. އަދި ތަނުގައި ބޭނުންކުރާ ވަސީލަތްތަކަކީ އެންމެ ޒަމާނީ ފެންވަރުގެ އަދި އެންމެ ފުރިހަމަ ތަކެތީގެ ގޮތުގައި ހެދޭތޯވެސް މަސައްކަތްކުރާނެއެވެ.

މަސައްކަތް ކުރުމުގެ ފުރިހަމަ ނިޒާމެއް ގާއިމު ކުރެވިފައި ވީނަމަވެސް ތަނެއްގައި މަސައްކަތުގެ ފެންވަރު އެންމެ ރަނގަޅުވެގެން ދާނީ މަސައްކަތް ކުރަން ތިބި މުވައްޒަފުންގެ ގާބިލްކަމާއި އަދި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ހުންނަ ގޮތުގެ މައްޗަށް ބިނާކޮށެވެ. އަދި ގާބިލް ކަމާއި ޝައުގުވެރިކަމަކީ އެކީގައި މަސައްކަތް ކުރާ މުވައްޒަފުންގެ ކިބާގައި އަށަގަންނުވަންޖެހޭ ދެކަމެކެވެ. މަސައްކަތް ކުރުމުގެ ޤާބިލުކަން ހުއްޓަސް، މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން ނެތްނަމަ ތަނުގެ ފުއްދުން ތެރިކަމަށް އެކަމުގެ އަސަރުކުރާނެއެވެ.

މުވައްޒަފުންގެ މަސައްކަތުގެ ޝައުގުވެރިކަން އިތުރު ކުރުމަށްޓަކައި ތިރީގައި މިވާ ކަންތައްތައް ކުރެވިދާނެއެވެ.
·                    މަސައްކަތުގެ އަގުވަޒަންކުރުން
·                    އިތުރު އިނާޔަތް ދިނުން
·                    ވަޒީފާގެ ކުރިއެރުން ދިނުން
·                    މުސާރަ އިތުރު ކޮށްދިނުން
·                     މަސައްކަތް ނުކޮށްފިނަމަ، ލިބެންޖެހޭ އިތުރު އިނާޔަތް ނުވަތަ ކުރިއެރުން ނުލިބޭނެކަން މުވައްޒަފުންނަށް ދޭތެރެއިން ހަދާންކޮށްދިނުން
·                    ތަނުގައި ހެދިފައިވާ ގަވާއިދާ ހިލާފު ވާނަމަ މުވައްޒަފުންނަށް ނަސޭހަތްތެރިވުން އަދި އެކަން އިސްލާހު ނުކުރާނަމަ ކަޑައެޅިފައިވާ އަދަބެއް ލަސްނުކޮށް ވަގުތުން ދިނުން

މުވައްޒަފަކަށް އަދަބެއް ދީފިނަމަ ފަހަރެއްގައި ތަނުގައި މަސައްކަތްކުރާ ވެރިންނާއި މެދު އަދަބު ލިބޭ މުވައްޒަފަކު ހިތްހަމަ ނުޖެހި އަދި ތަނުގައި އިތުރު ފިތުނައާއި ފަސާދަ އުފެއްދުމަކީ އެކަށީގެން ވާކަމެކެވެ. މިގޮތަށް އަދަބު ލިބޭ މުވައްޒަފުންގެ ހަރަކާތްތައް ގާތުން ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ.

ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މަސައްކަތުގެ ޝައުގުވެރިކަން އިތުރުކުރުމުގެ އަސަރުތަކުގެ ތެރޭގައި ތިރީގައި މިވާ ކަންތައްތައް ހިމެނެއެވެ.

·                    ކުރާ ކަންތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރުން
·                    މަސައްކަތްކުރާ ތަން ދޫކޮށްފައި އެހެންތަނަކަށް މަސައްކަތް ކުރަންދާ މުވައްޒަފުންގެ އަދަދު މަދުވުން
·                    މަސައްކަތްކުރާ ތަނުގެ އަގު އެހެންމީހުންގެ ކުރިމަތީގައި މައްޗަށްދިއުން
·                    އެހެނިހެން އޮފީސް، އިންޑަސްޓްރީ އަދި އޮގަނައިޒޭޝަން ތަކާއި އޮންނަ ގުޅުން އިތުރުވެގެން ދިއުން
·                    ތަނުގައި ކުރާ މަސައްކަތުގެ ފެންވަރު ދުވަހުން ދުވަހަށް ފުރިހަމަ ވެގެން ދިއުން
Share this article :

ސުރުހީ އާއި ގުޅޭ ލިޔުންތައް

Posted by Unknown at 09:53
Email ThisBlogThis!Share to XShare to Facebook
Labels: ނިޒާމު, އިޖުތިމާއީ

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

މަޤުބޫލު ލިޔުންތައް

  • ފިރިހެނުންގެ ބައެއް ސިއްރު ކަންތައްތައް އެގެން ބޭނުންތަ؟
    ތި ކަނބަލުންގެ ހަޔާތުގެ ބައިވެރިޔާއަކީ ދިމާވާ ކަންތައްތައް ކިޔައިދީ ކަމެއް ދިމާވުމުން އެކަމާމެދު ވިސްނާ ފިކުރުކޮށް ނުވަތަ ...
  • ކައިވެނީގައި ޖެހޭ މައްސަލަތައް ހައްލުކުރާނެ ގޮތް
    ދެބަސްވުމާއި، ކަންކަމުގައި ހިޔާލުތަފާތުވުމާއި، ދެމީހުން އެކަކު އަނެކަކާއި މައްސަލަ ޖެހި ކުދިކުދި ހަމަނުޖެހުން ހި...
  • ފިރިހެނުން ދެކެ އަންހެނުން ލޯބިވަނީ ކީއްވެ؟
    ކޮންމެ އަންހެނަކުވެސް ތިމާ އެމީހަކު ދެކެ ލޯބިވާ ފިރިހެނެއް ބޭނުންވާނެ އެވެ. ކޮންމެ ފިރިހެނަކުވެސް ތިމާ ދެކެ ލޯބިވާ އަނ...
  • ދެމީހުންގެ މެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
    ޒަވާޖީ ހަޔާތެއް ނުވަތަ ލޯބި ވެގެންއުޅޭ ދެމީހުންގެ ދެމެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި، ދެމީހުންގެ ދެމެދުގައ...
  • ހަޔާތުގެ ބައިވެރިޔާއަށް އޮޅުވާލާ މަކަރު ހަދަނީ ކީއްވެ؟
    އެމެރިކާގައި ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ކައިވެނި ކޮށްގެން އުޅޭ މީހުންގެ ތެރެއިން %25 ފިރިހެނުންނަކީ، ...

Find Us on Facebook

About Me

Unknown
View my complete profile

Template modified by : Afey Afra
Copyright © 2011. Dhirun - All Rights Reserved