Dhirun
  • ފުރަތަމަ ސަފްހާ
  • ސިއްޚީ
    • ތަފާތު ބަލިތައް
    • ދުޅަހެޔޮކަން
    • ރަނގަޅު ކާނާ
    • ކާނާ
  • ޒީނަތްތެރިކަން
  • އިގުތިސާދު
    • ތިއަރީ
    • ހާލަތް
  • އިޖުތިމާއީ
    • މައްސަލަތައް
    • ނިޒާމު
  • ވާހަކަ
    • ހަޤިޤީ
    • ހިޔާލީ
  • މުނިފޫހި
  • އިތުރު ލިޔުންތެރިން

skip to main | skip to sidebar
Blogger Tips and TricksLatest Tips And TricksBlogger Tricks

Widgets

Home » ބަލިތައް , އިޤުތިޞާދު , އިޖުތިމާއީ , މައްސަލަތައް , ސިއްހީ » އަންހެނުންނަށް ދިމާވާ ޖިންސީ މައްސަލަތައް

އަންހެނުންނަށް ދިމާވާ ޖިންސީ މައްސަލަތައް

Sunday, 26 July 2015 | 0 comments









ޖިންސީ މައްސަލަތަކަކީ، އެކަމެއްގެ ސަބަބުން ޖިންސީ ގުޅުން ހިންގާއިރު އެކަމުގެ ސަބަބުން ލިބެންޖެހޭ އުފާވެރިކަމާއި އެކަމާއި ދެތެރޭގައި ދެކޭ އެންމެ ރަނގަޅުގޮތް ދަށް ވެގެން ދާކަމެކެވެ. މިޔަދު ބައެއް އަންހެނުންނަކީ މިފަދަ މައްސަލަތަކުގައި އުޅެން ޖެހިފައިވާ ބަޔެކެވެ. އަންހެނުންނަށް ދިމާވާ މިފަދަ މައްސަލަތަކުގައި، ކުރިމަތިވާ އެކިއެކި އަލާމަތްތައް ގިނަ ދުވަހަށް ދެމިގެންދާގޮތް ވެގެންދެއެވެ. މިފަދަ މައްސަލަތައް ހުންނަ މީހުންނަށް ތަފާތު މައްސަލަތައް ދިމާވުމުގެ އިތުރުން ކައިވެނި ކޮށްގެން އުޅޭނަމަ މި ކަމުގެ ސަބަބުން ދެމީހުންގެ ގުޅުންތެރިކަމަށް ބުރޫއަރާގޮތް ވެގެން ދެއެވެ.

އަންހެނުން ޖިންސީ ގުޅުމަށް ބޭނުންވާ ސީދާ ވަކިމިންވަރެއް ކަނޑައެޅިގެން ނުވިޔަސް، މިކަމުގައި ތަފާތު އަންހެނުން ބޭނުންވާ މިންވަރު ތަފާތުވެގެންދެއެވެ. އަދި އެއްމަރުހަލާއިން އަނެއް މަރުހަލާއަށް ހާލަތް ބަދަލުވެގެން ދާއިރު ބޭނުންވާ މިންވަރު ތަފާތުވެގެންދެއެވެ. މިސާލަކަށް ބުނާނަމަ، ކުއްޖަކު ވިހައިގެން، ވަރުބަލިކަންމަތީގައި ދުވާލު ހަތަރުދަމު އެކުއްޖާގޮވައިގެން އުޅޭމީހަކު މިކަމަށް ބޭނުންވާ މިންވަރު ދަށްވެގެން ދެއެވެ. ދެމީހުންގެ އުމުރަށް އަންނަ ތަފާތު ބަދަލުތަކާއި ގުޅިގެން އަންހެނުންގެ އިތުރުން ފިރިހެނުންނަށްވެސް މިކަމުގައި ތަފާތު ބަދަލުތައް އަންނަމުންދެއެވެ.

އަންހެނުންގެ، ޖިންސީ އެދުންތަކަކީ ވަރަށް ތަފާތު ކަމެކެވެ. އަންހެނުން މިކަމަށް ޝައުގުވެރިކުރަން ނުވަތަ މިކަން ކުރަން ބޭނުންނަމަ އެމީހެއްގެ ބައިވެރިޔާއާއި އެކު ވަރަށް ގާތްކޮން ގައިގޯޅިވެގެން އުޅެން ޖެހޭނެއެވެ. އަދި ޖިންސްމާނީ އަދި ނަފްސާނީ މައްސަލަތައް ހުންނަ ނަމަވެސް، މިކަމަށް ތަފާތު އަސަރުތައް ކުރަމުންދެއެވެ.

މިގޮތުން މައްސަލަތައް ދިމާވާ ބައެއް ސަބަބުތަކުގެ ތެރޭގައި ތިރީގައި މިވާ ބައެއް ކަންތައް ހިމެނެއެވެ.
·        ނަފްސާނީ މައްސަލަތައް؛ މީގެ ތެރޭގައި ކަންކަމުގައި ހާސްވެ ކަންބޮޑުވުމާއި، ޑިޕްރެޝަންގެ އަލާމަތްތައް ހުރުން.
·        ރޭޕްކުރުން އަދި ތިމާގެ ހަށިގަނޑު އުފެދިފައިވާ ގޮތާއި މެދު ހިތްހަމަނުޖެހުން
·        ޖިސްމާނީ މައްސަލަތަކުގެ ތެރޭގައި ، ހޯމޯން މައްސަލަތަކާއި، ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ގައިގައި ރިއްސުމާއި އަދި ރާއްޖެބަލި އެމީހެއްގެ ގައިގައި ހުރުން
·        ހަކުރުގެ މައްސަލަހުރުން
·        އުމުރަށް އަންނަ ބަދަލާއި ގުޅިގެން އިއްދައިގެ މައްސަލަ
·        ތަފާތު ބޭސް ބޭނުންކުރުން؛ ޑިޕްރެޝަން، ލޭގެ ޕްރެޝަރ އަދި ހަކުރު ބައްޔަށް

އަންހެނުންނަށް ދިމާވާ ބައެއް ޖިންސީ މައްސަލަތަކުގެ ތެރޭގައި ތިރީގައި މިވާ ބައެއް މައްސަލަތައް ހިމެނެއެވެ.
·        ޖިންސީ އެދުންވެރިކަން ދަށްވުން
·        ގިނަވަގުތު ނެގުން
·        ޖިންސީ ގުޅުން ހިންގާވަގުތު ތަދުވުން ނުވަތަ ތަދުވާކަން އިހުސާސްކުރެވުން
·        އެދުންވެރިކަން ނޫފެދުން
މިފަދަ ކަމެއް ދިމާވެއްޖެނަމަ ވީހާވެސް އަވަހަކަށް އެކަމާއި މެދު ވިސްނާ ފިކުރުކުރާށެވެ. ތިމާގެ ޖިންސީ ކަންކަމަށް އެއްވެސް ޝައުގުވެރިކަމެއް ނެތްނަމަ އެއީ ތިމާއަށް ކޮންމެވެސް މައްސަލައެއް ދިމާވަނީއެވެ.

ތިރީގައިމިވާ ބައެއްކަންތައްތަކަކީ މިކަމަށް ޝައުގުވެރިކަން ނެތްނަމަ ވިސްނާލަންޖެހޭ ކަންތައްތަކެވެ.
·        ތިމާއަކީ ބަލިމީހެއްތަ؟ ނުވަތަ އެއްވެސް ބައްޔަކަށް ބޭސްކަންތަ؟ އެކަމުގެ ސަބަބުން ޖިންސީ ކަންތައްތަކަށް އެ ބޭނުންކުރާ ބޭހެއްގެ ސަބަބުން އަސަރުކުރޭތޯ ބެލުން
·        ތިމާއަކީ ކަންކަމާއި ހާސްވެ ކަންބޮޑުވެ ސްޓްރެސްގައި އުޅޭމީހެއްތަ؟ ނުވަތަ އަވަސް އަވަހަށް ވަރުބަލިވާ މީހެއްތަ؟
·        ތިމާގެ ބައިވެރިޔާއާއި ދެމީހުން ދެމެދުގައި އެއްވެސް ހަމަނުޖެހުމެއް އުޅޭތަ؟
·        ތިމާއާއި ހަޔާތުގެ ބައިވެރިޔާ އާއި ދެމީހުންނަށް، ދެމީހުން އެކަހެރިވެލާ އަރާމުކޮށްލާނެ ވަގުތު ވޭތަ؟
·        ޖިންސީ އެއްވެސް ކަމެއްގައި ތިމާއަށް އެއްވެސް ކަހަލަ ހިތާމަވެރި ކަމަކާއި ދިމާވެފައިވޭތަ؟
މިފަދަ ކަމެއް އުޅޭކަމަށް ފާހަގަކުރެވޭނަމަ، ކަމާއި ބެހޭ ފަރާތެއްގެ ލަފާހޯދާށެވެ. ނޫނީ ޑޮކްޓަރ އަށް ދައްކާށެވެ.
Share this article :

ސުރުހީ އާއި ގުޅޭ ލިޔުންތައް

Posted by Unknown at 00:21
Email ThisBlogThis!Share to XShare to Facebook
Labels: ބަލިތައް, އިޤުތިޞާދު, އިޖުތިމާއީ, މައްސަލަތައް, ސިއްހީ

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

މަޤުބޫލު ލިޔުންތައް

  • ފިރިހެނުންގެ ބައެއް ސިއްރު ކަންތައްތައް އެގެން ބޭނުންތަ؟
    ތި ކަނބަލުންގެ ހަޔާތުގެ ބައިވެރިޔާއަކީ ދިމާވާ ކަންތައްތައް ކިޔައިދީ ކަމެއް ދިމާވުމުން އެކަމާމެދު ވިސްނާ ފިކުރުކޮށް ނުވަތަ ...
  • ކައިވެނީގައި ޖެހޭ މައްސަލަތައް ހައްލުކުރާނެ ގޮތް
    ދެބަސްވުމާއި، ކަންކަމުގައި ހިޔާލުތަފާތުވުމާއި، ދެމީހުން އެކަކު އަނެކަކާއި މައްސަލަ ޖެހި ކުދިކުދި ހަމަނުޖެހުން ހި...
  • ފިރިހެނުން ދެކެ އަންހެނުން ލޯބިވަނީ ކީއްވެ؟
    ކޮންމެ އަންހެނަކުވެސް ތިމާ އެމީހަކު ދެކެ ލޯބިވާ ފިރިހެނެއް ބޭނުންވާނެ އެވެ. ކޮންމެ ފިރިހެނަކުވެސް ތިމާ ދެކެ ލޯބިވާ އަނ...
  • ދެމީހުންގެ މެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
    ޒަވާޖީ ހަޔާތެއް ނުވަތަ ލޯބި ވެގެންއުޅޭ ދެމީހުންގެ ދެމެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި، ދެމީހުންގެ ދެމެދުގައ...
  • ހަޔާތުގެ ބައިވެރިޔާއަށް އޮޅުވާލާ މަކަރު ހަދަނީ ކީއްވެ؟
    އެމެރިކާގައި ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ކައިވެނި ކޮށްގެން އުޅޭ މީހުންގެ ތެރެއިން %25 ފިރިހެނުންނަކީ، ...

Find Us on Facebook

About Me

Unknown
View my complete profile

Template modified by : Afey Afra
Copyright © 2011. Dhirun - All Rights Reserved