ޕުއްޓަކީ ރާޅުކޮން
ހުންނަ ހަޑުލުފުށުން ހަދާ އެއްޗެކެއެވެ. މިއީ ކެރަލާގައި މީހުން ބޭނުންކުރާ
އެއްޗެކެއެވެ. އާންމު ކޮން ބޭނުންކުރަނީ ބީފް ރިހަޔާއެކު ނުވަތަ އަޅުވި ރިހަޔާއެކުއެވެ. ދޮންކޭލާއެކު ހަކުރާ އެއްކޮށްގެންވެސް ބޭނުންކުރެވިދާނެއެވެ.
ބޭނުންވާތަކެތި
1 ޖޯޑު ހަނޑުލުފުއް ( ޕުއްޓު
ހަދާވައްތަރުގެ ފުށް، ކުޑަކޮން ރާޅުކޮން ހުންނަ ހަނޑުލުފުށް )
1/4 ސަމްސާގެ ލޮނު ( ސައިސަމްސާ )
ފެންފޮދެއް
1ޖޯޑު ކާށިހުނި
ހައްދަވާނެގޮތް
·
ޕުއްޓު ކުކަރުގެ
ތިރީބަޔަށް ފެންއެޅުމަށްފަހު ކައްކަން އުދާށެއެވެ.
·
ފެންކެކުމުގެ ކުރިން
ޕުއްޓުހެދުމަށް ބޭނުންކުރާ ފުށްކޮޅު ތެރެއަށް ލޮނުކޮޅު އެޅުމަށްފަހު މަދުމަދުން
ފެން އަޅަމުން އެއްކުރާށެއެވެ. ފުށްކޮޅު ތެމޭވަރަށް ފެންއެޅުމުން ހުންނާނީ ފާރޮށި
މޮޑުނީމަ ހުންނަ ކަހަލަ ގޮތަކަށް އެއްވެފައެވެ.
·
ފުއްޓު ކައްކަން
ބޭނުންކުރާ '' ޕުއްޓު ކުކަރުގެ '' މަތީބައި
( ހޮޅިވައްތަރުގެ ) ތެރެއަށް އޭގެ އެންމެ އަޑިޔަށް
ހުނިކޮޅެއް އެޅުމަށްފަހު، އަތުގެ މުށެއްހާ ފުށްކޮޅެއް ހުނިކޮޅުގެ މައްޗަށް
ވާގޮތަށް އަޅާށެއެވެ. އަދި އޭގެފަހުގައި ހުނިކޮޅެއް އެޅުމަށްފަހު ފުށްމުށެއް
އަޅާށެއެވެ. މި ގޮތަށް ޕުއްޓު ކައްކަން ބޭނުންކުރާ އެތި ފުރެންދެން ހުނިކޮޅުގެ
މައްޗަށް ފުއްކޮޅު އަޅަމުން ގެންދާށެއެވެ.
·
އޭގެ ފަހުގައި ކައްކަން
އުދި ފެން ހޫނުވުމުން، ކުކަރުގެ މައްޗަށް ޕުއްޓު ހަދަން ބޭނުންވާ ތަކެތި އެޅި ހޮޅިވައްތަރުގެ
އެތި ޕުއްޓު ކުކަރުގެ މަތީބައި ޖަހާށެއެވެ.
·
މަތިން އާވިއަރަން
ފެށުމުންވެސް މަޑުގިނީގައި 10 މިނެޓް ވަންދެން ކައްކާށެއެވެ.
·
އޭގެ ފަހުގައި ކައްކަން
ބޭނުންކުރި އެތި ބޭލުމަށްފަހު، ކުޑަކޮން އިހޫވުމުން، ދޭފަތުގެ އެހީގައި ޕުއްޓު ނަގާށެއެވެ.

No comments:
Post a Comment