Dhirun
  • ފުރަތަމަ ސަފްހާ
  • ސިއްޚީ
    • ތަފާތު ބަލިތައް
    • ދުޅަހެޔޮކަން
    • ރަނގަޅު ކާނާ
    • ކާނާ
  • ޒީނަތްތެރިކަން
  • އިގުތިސާދު
    • ތިއަރީ
    • ހާލަތް
  • އިޖުތިމާއީ
    • މައްސަލަތައް
    • ނިޒާމު
  • ވާހަކަ
    • ހަޤިޤީ
    • ހިޔާލީ
  • މުނިފޫހި
  • އިތުރު ލިޔުންތެރިން

skip to main | skip to sidebar
Blogger Tips and TricksLatest Tips And TricksBlogger Tricks

Widgets

Home » އިޖުތިމާއީ , ތިއަރީ » ވާހަކަ ދައްކާއިރު ބޭނުންކުރާ ބައެއް ހަރަކާތްތައް؛ މިފަދަ ހަރަކާތުން މީހުން ދެނެގަންނާނެ ގޮތް

ވާހަކަ ދައްކާއިރު ބޭނުންކުރާ ބައެއް ހަރަކާތްތައް؛ މިފަދަ ހަރަކާތުން މީހުން ދެނެގަންނާނެ ގޮތް

Sunday, 29 June 2014 | 0 comments













ދުނިޔޭގެ ހުރިހާ ކަންކޮޅު ތަކެއްގައިވެސް އާންމު ގޮތެއްގައި ވާހަކަ ދައްކާއިރު ބޭނުންކުރަނީ އެއްކަހަލަ ހަރަކާތްތަކެއެވެ. އަހަރެމެން އުފާވާއިރު ހިނިތުންވެލާނެއެވެ. ރުޅިއައުމުން ދެބުމަ ގޮއްޖާލާނެއެވެ. ދެރަވުމުން ރޯލާނެއެވެ. މީހަކަ ދައްކާ ވާހަކަޔާ އެއްބަސްނުވާނަމަ ދެފަރާތަށް ބޯތަޅުވާލާނެއެވެ. އަދި މީހަކު ދައްކާ ވާހަކައެއް ރަނގަޅަށް ދޭހަނުވާނަމަ ކޮނޑު މައްޗަށް އަރުވާލައެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތަފާތު އެކި ހިސާބުތަކުގައި އެކިމީހުން ވާހަކަ ދައްކަނީ  އެކިބަހުރުވައިންނެއެވެ. އަދި އެއްބަޔަކާއި އަނެއްބަޔަކު މެދުގައި ވާހަކަ ދައްކާ ބަހުރަވައިގެ އިތުރުން ވާހަކަ ދައްކާ ރާގުވެސް ތަފާތެއެވެ. އަދި މީގެ އިތުރުން ވާހަކަ ދައްކާއިރު ތަފާތު އެކިއެކި އަތުގެ ހަރަކާތްތައްވެސް ބޭނުންކުރެއެވެ. މިހަރަކާތް ތަކުން ތަފާތު އެތައްމާނައެއް ދޭހަވެއެވެ.

ތިރީގައި މިވަނީ ވާހަކަ ދައްކާއިރު ބޭނުންކުރާ ތަފާތު އެކިއެކި އަތުގެ ހަރަކާތްތަކެއެވެ.

·        ރިންގު ނުވަތަ އޯކޭ އަތުން ދައްކާލުން؛ '' އޯކޭ '' މި އަތުގެ ހަރަކާތަކީ 19 ވަނަ ގަރުނުގެ ކުރީކޮޅު އެމެރިކާގައި އާންމުކޮން ބޭނުންކޮށް އުޅުނު އަތުގެ ހަރަކާތެކެއެވެ. މިއީ ހުރިހާ ކަމެއް ރަނގަޅުވުމުން އެކަން ދައްކާލުމުގެ ގޮތުން ބޭނުންކޮށްއުޅުނު ހަރަކާތެކެއެވެ. އިންގުލޭންޑު ގައިވެސް '' އޯކޭ '' ބޭނުން ކުރަނީ ހަމަ އެމެރިކާގެ މީހުން ބޭނުންކުރާ އުސޫލުންނެއެވެ. ނަމަވެސް ފުރާންސް ގައި މިހަރަކާތް މީހުން ބޭނުންކޮށްއުޅެނީ އެއްވެސް އެއްޗެއް ނެތްކަމަށް ދެއްކުމަށެއެވެ. ޖަޕާނުގައި މިހަރަކާތް ބޭނުންކޮށްއުޅެނީ ފައިސާ ހުރިކަން ދެއްކުމުގެ ގޮތުންނެވެ.  އަދި ބައެއް ގައުމު ތަކުގައި އެއް ޖިންސުގެ ދެމީހަކު އެކަކު އަނެކަކާ ގަޔާވާކަމަށް ނުވަތަ ލޯބިވާ ކަމަށް ދެއްކުމުގެ ގޮތުންވެސް މި ހަރަކާތް ބޭނުންކޮށް އުޅެއެވެ.

·        އަތުގެ ހަރަކާތުން '' ވީ '' ދެއްކުން؛ މި ހަރަކާތަކީ ވެސްޓަން ގައުމު ތަކުގަޔާއި އަދި ދުނިޔޭގެ އެހެނިހެން ބައެއް ގައުމު ތަކުގައިވެސް ވަރަށް މަސްހޫރު ހަރަކާތެކެވެ. މި ހަރަކާތް ބޭނުންކުރަނީ ކާމިޔާބު ވީ ކަން އެންގުމުގެ ގޮތުންނެއެވެ. މިއީ ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމަ ދުވަސް ވަރު ސަރ ވިންސްޓަން ޗާރޗިލް ވަރަށް އާންމުކޮން ބޭނުންކޮށް އުޅުނު ހަރަކާތެކެއެވެ. އަދި އިންޑިޔާގެ ސިޔާސީ ލީޑަރުން އެމީހުންގެ ސިޔާސީ އެކިއެކި ހަރަކާތަކުގައި އާންމުގެ ތެރޭގައި އުޅޭއިރު މި ހަރަކާތް ބޭނުންކޮށް އުޅެއެވެ.


·        އަތުގެ ބޮޑުވާއިގިލި މައްޗަށް ނަގާ ދައްކާލުން؛ އެކި ގައުމު ތަކުގައި އެކިމީހުން މިހަރަކާތް ބޭނުންކުރަނީ އެކި މާނައިގައެވެ. '' އޯކޭ '' ދިނުމުގެ ގޮތުންވެސް ބައެއް މީހުން ބޭނުންކޮށް އުޅެއެވެ. އަނެއް ބަޔަކު މި ހަރަކާތް ބޭނުން ކޮށް އުޅެނީ އެކި ހާލަތައް ދައްކުވައި ދިނުމުގެ ގޮތުންނެއެވެ. މީގޮތުން ހިމެނޭ ބައެއް ހާލަތް ތަކަކީ ދެ ރަހުމަތްތެރިޔަކު ދިމާވުމުން ހާލުކިހިނެއްހާ އަހާލުމުން، ރަނގަޅު ކަމަށް ނުވަތަ ބަރާބަރު ކަމަށް ބުނުމުގެ ގޮތުން އަތުގެ ބޮނޑުވާ އިގިލި މައްޗަށް ނަގާދައްކާލައެވެ. ދެ ވާދަވެރިން ކަމަކަށް ވާދަކުރާއިރު، މޮޅުވާ މީހަކު އޭނަގެ މޮޅުކަން ދައްކުވައި ދިނުމުގެ ގޮތުން ވެސް މި ހަރަކާތް ދައްކާލައެވެ. ކޮލެޖު އަދި ސުކޫލަށް ދާ ދަރިވަރުން، ސަވާރީ އެއް ހޯދުމުގެ ގޮތުން މަގުމަތިން ދާ އެއްގަމުގެ އުޅަދު ހުއްޓުވުމަށްޓަކައި އަތުގެ ބޮނޑުވާ އިގިލި މައްޗަށް ނަގާ އަރިޔަކަށް އިސާރަތްކޮށް ހަދާލައެވެ.

·        ބާރުވެރިކަން ނުވަތަ ގަދަރުވެރިކަން ދެއްކުމުގެ ގޮތުން ބޭނުންކުރާ ބައެއް ހަރަކާތް؛ ދިރާސާތަކުން ދައްކާގޮތުގައި ބާރުވެރިކަން ނުވަތަ ގަދަރުވެރިކަން ވެސް ގުޅިފައިވަނީ މީހުންގެ ފަރާތުން ފެންނަ ތަފާތު ހަރަކާތް ތަކުގެ މައްޗަށެއެވެ. އަދި މީހާގެ މުއްސަނދިކަމާއި މުޖުތަމަޢުގައި އެމީހަކު ގަދަރު އުފުލިގެން ދާ ވަރަކަށް އެފަދަ މީހުން ވާހަކަ ދައްކާއިރު ތަފާތު އެކި ހަރަކާތް ބޭނުންކުރާލެއް މަދެއެވެ.

މީހުން ދުވަސް ވަމުން އަންނައިރު، އެމީހުން ވާހަކަ ދައްކާއިރު ބޭނުންކުރާ ތަފާތު އެކި ހަރަކާތްތައް ކުޑަކުދިން ބޭނުންކުރާ އެކި ހަރަކާތްތަކާއި އަޅާބަލާއިރު ތަފާތެއެވެ. މިސާލަކަށް ބުނާނަމަ، ކުޑަކުދިން ވާހަކަ ދައްކަމުން ދާއިރު ދޮގެއް ހަދާނަމަ، ވަގުތުން އަނގަމަތީގައި އެއް އަތް ނުވަތަ ދެ އަތް އަޅައެވެ. ފުރާވަރަށް އަރާކުދިން ވާހަކަ ދައްކާއިރު ދޮގެއް ހަދާނަމަ، އެކުދިންގެ އަނގަމަތީގައި އަތުގެ އިގިލިން ކޮއްޓާ ނުވަތަ ކަހާލާދައެވެ. ބޮޑެތި މީހުން ވާހަކަ ދައްކާއިރު ދޮގު ހަދާއިރު އަނގަމަތި ނިވާކުރުމުގެ ބަދަލުގައި ނުވަތަ އަތުގެ އިގިލިން އަގަމަތީގައި ކޮއްޓުމުގެ ބަދަލުގައި އެމީހުން ގެ ނޭފަތުގެ މަތީގައި ނުވަތަ ތިރީގައި އަތްލާ ހަދައެވެ.  

އަދި މީހާ އިތުރަށް ދުވަސް ވަމުން އަންނައިރު ވާހަކަ ދައްކާއިރު ދޮގު ހަދާނަމަ އެކަން ދެނެ ގަތުމަކީ އުދަނގޫ ކަމެކެއެވެ. އާންމު ގޮތެއްގައި ވަރަށް މައްޗަށް ކިޔަވާގެން ތިބޭ މީހުން ވާހަކަ ދައްކާއިރު މިފަދަ ހަރަކާތްތައް ބޭނުންކުރަނީ ވަރަށް މަދުންނެއެވެ. 
Share this article :

ސުރުހީ އާއި ގުޅޭ ލިޔުންތައް

Posted by Unknown at 23:18
Email ThisBlogThis!Share to XShare to Facebook
Labels: އިޖުތިމާއީ, ތިއަރީ

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

މަޤުބޫލު ލިޔުންތައް

  • ފިރިހެނުންގެ ބައެއް ސިއްރު ކަންތައްތައް އެގެން ބޭނުންތަ؟
    ތި ކަނބަލުންގެ ހަޔާތުގެ ބައިވެރިޔާއަކީ ދިމާވާ ކަންތައްތައް ކިޔައިދީ ކަމެއް ދިމާވުމުން އެކަމާމެދު ވިސްނާ ފިކުރުކޮށް ނުވަތަ ...
  • ކައިވެނީގައި ޖެހޭ މައްސަލަތައް ހައްލުކުރާނެ ގޮތް
    ދެބަސްވުމާއި، ކަންކަމުގައި ހިޔާލުތަފާތުވުމާއި، ދެމީހުން އެކަކު އަނެކަކާއި މައްސަލަ ޖެހި ކުދިކުދި ހަމަނުޖެހުން ހި...
  • ފިރިހެނުން ދެކެ އަންހެނުން ލޯބިވަނީ ކީއްވެ؟
    ކޮންމެ އަންހެނަކުވެސް ތިމާ އެމީހަކު ދެކެ ލޯބިވާ ފިރިހެނެއް ބޭނުންވާނެ އެވެ. ކޮންމެ ފިރިހެނަކުވެސް ތިމާ ދެކެ ލޯބިވާ އަނ...
  • ދެމީހުންގެ މެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
    ޒަވާޖީ ހަޔާތެއް ނުވަތަ ލޯބި ވެގެންއުޅޭ ދެމީހުންގެ ދެމެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި، ދެމީހުންގެ ދެމެދުގައ...
  • ހަޔާތުގެ ބައިވެރިޔާއަށް އޮޅުވާލާ މަކަރު ހަދަނީ ކީއްވެ؟
    އެމެރިކާގައި ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ކައިވެނި ކޮށްގެން އުޅޭ މީހުންގެ ތެރެއިން %25 ފިރިހެނުންނަކީ، ...

Find Us on Facebook

About Me

Unknown
View my complete profile

Template modified by : Afey Afra
Copyright © 2011. Dhirun - All Rights Reserved