ކެތުރީނާ އާއި ރިތިކް ލީޑް ރޯލް ކުޅޭ ފިލްމެއްކަމަށްވާ ''
ބޭންގު ބޭންގު " ގެ ފުރަތަމަ ޕޯސްޓަރ އާންމުންނަށް ދައްކާލައިފިއެވެ.
މި ފިލްމުގެ ޕޯސްޓަރުން ފެންނަނީ ރިތިކު ގަޔާއި ކެތުރީނާ
ކައިރިކޮށްލައިގެން އަނެއްއަތުން ބަޑިޔެއް ރިތިކު ހިފައިގެން މަންޒަރެވެ. އަދި މި
ދެ ތަރިންގެ ފުރަގަހުން ޖެޓް ސްކީ އާއި މަތިން ދާ ބޯޓްގެ އެކި ހަރަކާތްތައް
ފެނެއެވެ. މި ފިލްމަކީ މި އަހަރު ނިކުންނާނެ ކަމަށް ލަފާކުރެވޭ ފިލްމު ތަކުގެ
ތެރެއިން އާންމުންގެ ޝައުގުވެރިކަން ހޯދާނެކަމަށް ބެލެވޭ ފިލުމެކެވެ. މި ފިލްމުގެ
މިޔުޒިކު ތައްޔާރު ކޮށްދީފައިވަނީ ވިޝާލު އަދި ސޭކަރު އެވެ.
މި ފިލްމު އެޅުވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ
އޮކްޓޯބަރު 02 ވަނަ ދުވަހުއެވެ.

No comments:
Post a Comment