Dhirun
  • ފުރަތަމަ ސަފްހާ
  • ސިއްޚީ
    • ތަފާތު ބަލިތައް
    • ދުޅަހެޔޮކަން
    • ރަނގަޅު ކާނާ
    • ކާނާ
  • ޒީނަތްތެރިކަން
  • އިގުތިސާދު
    • ތިއަރީ
    • ހާލަތް
  • އިޖުތިމާއީ
    • މައްސަލަތައް
    • ނިޒާމު
  • ވާހަކަ
    • ހަޤިޤީ
    • ހިޔާލީ
  • މުނިފޫހި
  • އިތުރު ލިޔުންތެރިން

skip to main | skip to sidebar
Blogger Tips and TricksLatest Tips And TricksBlogger Tricks

Widgets

Home » އިޖުތިމާއީ , މައްސަލަތައް » އަންހެނުންނަށް ލިބޭ އަނިޔާ

އަންހެނުންނަށް ލިބޭ އަނިޔާ

Sunday, 15 June 2014 | 0 comments








"އަހަރެންގެ ފިރިމީހާ އަހަންނަށް ކުރާ އަނިޔާގެ ސަބަބުން ކެތް ނުކުރެވިގެން އެތައް ރެޔަކު ގަދަ ފިނީގައި ގެއިން ބޭރުގައި އަހަރެންގެ ދެ ކުދިންނާއެކު ނިދާ ހެދީމެވެ. އަދި ބައެއް ރޭރޭ ގެއިން ބޭރުގައިވެސް ނިދަން ނޯށުއިވެގެން ކައިރީގައި ހުންނަ ފަރުބަދަ ތައް މައްޗަށް އަރާވެސް ހަދަމެވެ. މި ގޮތަށް އެތައް ރެޔަކު ނިދާ ހަދާފައިވާނެއެވެ." މިއީ ގެވެށި އަނިޔާ ލިބިފައިވާ އިންޑިޔާގެ އަންހެނެއް ކަމަށްވާ ލަކްސްމީގެ ވާހަކަ ކޮޅެކެވެ. މިގޮތަށް ކިތައްމެ އަންހެނުންނަކަށް އެމީހުންގެ ފިރިންނާއި އަދި ފިރިމީހާގެ އާއިލާގެ އެހެން މެމްބަރުންގެ ފަރާތުންވެސް ތަފާތު އެކިއެކި އަނިޔާ ލިބިފައި ހުންނާނެއެވެ.

ސުވޭތާ އަކީ އުމުރުން 19 އަހަރުގެ އަންހެންކުއްޖެކެވެ. ސުވޭތާ ކިޔާދިން ގޮތުގައި އޭނާގެ އުމުރުން 13 އަހަރުގައި ވަނީ އުމުރުން 38 އަހަރުގެ މީހަކާއި ކައިވެނި ކޮށްފައެވެ. މި ގޮތަށް ކައިވެނި ކުރަން ޖެހިފައިވަނީ އާއިލާއިން މަޖުބޫރު ކޮށްގެންނެވެ. " އަހަރެން ބައެއް ފަހަރު ރޯންވެސް އަދި ހިނިއަންނަން ވެސް  ނޭނގިފައި ހުންނަން އެބަޖެހެއެވެ. ގޭތެރޭގައި ދިމާވާ ކުދިކުދި ކަންތަކުގައި އަހަރެންނަށް ތަފާތު އަނިޔާ ކޮށް ހަދައެވެ. އަހަރެން ކިތައްމެ ފަހަރަކުވެސް ފިލަން މަސައްކަތް ކުރީމެވެ. ނަމަވެސް އަހަރެންނަކަށް އެކަން ވާގޮތެއް ނުވިއެވެ. އަހަރެންނާ ދޭތެރޭގައި އެމީހުން ކަންތައް ކުރަނީ އަޅުންނަށްވެސް ކަންތައް ނުކުރާހާ ދަށު ދަރަޖާގައެވެ. " ސުވޭތާ ގެ ވަހަކަ ކޮޅު ހިއްސާ ކޮށްފައިވަނީ އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމުއިއްޔާ އަކަށެވެ.

ގެވެށި އަނިޔާގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި އާންމު ގޮތެއްގައި ހިމެނޭ އެއްކަމަކީ ފިރިމީހާގެ ފަރާތުން އަނބިމީހާއަށް ލިބޭ ޖިންސީ، ނަފްސާނީ އަދި ޖިސްމާނީ އަނިޔާއެވެ. މީގެ އިތުރުންވެސް، ރައްޓެހިވެގެން ނުވަތަ ލޯބިވެގެން އުޅޭ ދެމީހުންގެ ފަރާތުންވެސް އެކަކު އަނެކަކަށް ލިބޭ ތަފާތު އަނިޔާއާއި އަނބިމީހާގެ ފަރާތުން ފިރިމީހާއަށް ލިބޭ ތަފާތު އަނިޔާތަށްވެސް ހިމެނެއެވެ.
މިފަދަ އަނިޔާތައް އާންމު ގޮތެއްގައި ލިބެނީ ތިރީގައި ބަޔާން ކޮށްފައިވާ ބައެއް ފަރާތްތަކުގެ ސަބަބުންނެވެ.

1.    އާއިލާ:
އާއިލާގެ ފަރާތުން އެންމެ ބޮޑަށް ލިބޭ އަނިޔާ ތަކުގެ ތެރޭގައި ތަކުރާރުކޮށް ތަފާތު ގޮތްގޮތަށް ގަޔަށް އަތްލާ މާރާމާރީ ހިންގުމާއި، ގޭގައި ދިރިއުޅޭ އަންހެން ކުދިންނާއި އަންހެނުންނަށް ތަފާތު ޖިންސީ އަނިޔާ ކުރުމާއި، ކައިވެނިކޮށްގެން އުޅޭ އިރުވެސް ގަދަކަމުން ޖިންސީ ގުޅުން ހިންގުމާއި، ކައިވެނިކޮށްގެން ގެޔަށް އަންނަ އަންހެން ކުއްޖާއަށް މަޖުބޫރު ކޮށްގެން ކައިވެނީގެ މައްޗަށް މުދަލާއި ފައިސާ ނެގުމާއި އަދި ގޭތެރޭގައި ކުރަންޖެހޭ ހުރިހާ ކަމެއް ބޭރުން ގެޔަށް އަންނަ އަންހެން ކުއްޖާ ލައްވާ ކުރުވުން ހިމެނެއެވެ.

2.    މުޖުތަމައު:
މުޖުތަމައުގައި ދިރިއުޅޭ އެކިއެކި ފަރުދުންގެ ފަރާތުން ލިބޭ އަނިޔާ ތަކުގެ ތެރޭގައި އަންހެން ކުދިން ރޭޕް ކުރުމާއި، ޖިންސީ ފުރައްސާރަ ކުރުމާއި، މަސައްކަތުގެ މާހައުލުގައި އުޅޭ މީހުންގެ ފަރާތުން ތަފާތުއެކިއެކި ޖިންސީ ގޯނާދިނުމާއި، ފައިސާއަށް ހަށިވިއްކަން މަޖުބޫރު ކުރުމާއި އަދި އަންހެނުން ގަނެ ވިއްކުމުގެ ވިޔާފާރި ކުރުން ހިމެނެއެވެ.

3.    ގައުމުގެ އަމަންއަމާންކަން ބަލަހައްޓާ ފަރާތް ތަކުގެ ސަބަބުން ލިބޭ އަނިޔާ:
·       ޕޮލިސް: ބައެއް ގައުމުތަކުގައި މަސައްކަތްކުރާ ފުލުހުންގެ ފަރާތުން ލިބޭ މިފަދަ އަނިޔާ ތަކުގެ ތެރޭގައި މައްސަލަ އެއްގައި ތުހުމަތުގައި ހައްޔަރު ކުރެވޭ އަންހެނާއަށް ތަފާތު ޖިސްމާނީ އަދި ނަފްސާނީ އަނިޔާކުރުން ހިމެނެއެވެ.
·       ސިފައިން: މިފަދަ އަނިޔާ ތަކުގެ ތެރޭގައި އެއް ގައުމާއި އަނެއް ގައުމާއި ދެމެދު ހަނގުރާމަ ކުރާއިރު އެތަނެއްގައި ދިރިއުޅޭ އަންހެނުންނާއި ބާލިޣުނުވާ އަންހެން ކުދިން ގަދަކަމުން ރޭޕްކުރުން ހިމެނެއެވެ. މިފަދަ އަމަލު އާންމު ގޮތެއްގައި ހިންގާ ގައުމުތަކުގެ ތެރޭގައި ކޮލަންބިޔާ، މެކްސިކޯ ހިމެނެއެވެ.

" އަހަރެންނަކީ މާބަނޑު އަންހެނެކެވެ. އަހަރެން މިހާރު މީދީ ދުވަސްފުރާ ވިހަން ގާތްވެފައެވެ. އަހަރެންނަށް އެއްވެސް އަނިޔާއެއް ނުކުރުމަށް އާދެސްކޮށް ރޮޔެ ހެދީމެވެ. ނަމަވެސް އެމީހުން އަހަރެންނަށް ތަފާތު ޖިސްމާނީ، ނަފްސާނީ އަނިޔާކޮށް ހެދުމަށްފަހު ގަދަކަމުން އަހަރެން ރޭޕްކުރިއެވެ. " މިއީ މެކްސިކޯގައި ދިރިއުޅޭ އަންހެނަކަށް ދިމާވި ހިތާމަވެރި ހާދިޘާ އެކެވެ.

 ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އުމުރުން 15 އަހަރާއި 44 އަހަރާއި ދެމެދުގެ އަންހެނުނަށް ލިބޭ އަނިޔާގެ ސަބަބުން މުޖުތަމައުގައި ނުކުޅެދޭ މީހުންނަށް ވުމާއި އަދި މަރުވުން ހިމެނެއެވެ. އަދި އަންހެނުންނަށް އެންމެ ގިނައިން އަނިޔާ ލިބެނީ ހަޔާތުގެ ބައިވެރިޔާގެ ފަރާތުންނާއި ގާތް އެކުވެރި ރަހުމަތްތެރިންގެ ފަރާތުންނެވެ. ޕެރޫގައި އަނިޔާ ލިބޭ %70 އަންހެނުނަށް އަނިޔާ ލިބެނީ އެމީހުންގެ ފިރިންގެ ފަރާތުންނެވެ. އަދި އެމެރިކާގައި ކޮންމެ 18 މިނެޓަކުން އަންހެނުންނަށް، އެމީހުންގެ އެކުވެރިން ނުވަތަ ހަޔާތުގެ ބައިވެރިންގެ ފަރާތުން އަނިޔާ ލިބިގެން ރިޕޯރޓްކޮށް ހަދައެވެ. 
Share this article :

ސުރުހީ އާއި ގުޅޭ ލިޔުންތައް

Posted by Unknown at 05:34
Email ThisBlogThis!Share to XShare to Facebook
Labels: އިޖުތިމާއީ, މައްސަލަތައް

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

މަޤުބޫލު ލިޔުންތައް

  • ފިރިހެނުންގެ ބައެއް ސިއްރު ކަންތައްތައް އެގެން ބޭނުންތަ؟
    ތި ކަނބަލުންގެ ހަޔާތުގެ ބައިވެރިޔާއަކީ ދިމާވާ ކަންތައްތައް ކިޔައިދީ ކަމެއް ދިމާވުމުން އެކަމާމެދު ވިސްނާ ފިކުރުކޮށް ނުވަތަ ...
  • ކައިވެނީގައި ޖެހޭ މައްސަލަތައް ހައްލުކުރާނެ ގޮތް
    ދެބަސްވުމާއި، ކަންކަމުގައި ހިޔާލުތަފާތުވުމާއި، ދެމީހުން އެކަކު އަނެކަކާއި މައްސަލަ ޖެހި ކުދިކުދި ހަމަނުޖެހުން ހި...
  • ފިރިހެނުން ދެކެ އަންހެނުން ލޯބިވަނީ ކީއްވެ؟
    ކޮންމެ އަންހެނަކުވެސް ތިމާ އެމީހަކު ދެކެ ލޯބިވާ ފިރިހެނެއް ބޭނުންވާނެ އެވެ. ކޮންމެ ފިރިހެނަކުވެސް ތިމާ ދެކެ ލޯބިވާ އަނ...
  • ދެމީހުންގެ މެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
    ޒަވާޖީ ހަޔާތެއް ނުވަތަ ލޯބި ވެގެންއުޅޭ ދެމީހުންގެ ދެމެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި، ދެމީހުންގެ ދެމެދުގައ...
  • ހަޔާތުގެ ބައިވެރިޔާއަށް އޮޅުވާލާ މަކަރު ހަދަނީ ކީއްވެ؟
    އެމެރިކާގައި ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ކައިވެނި ކޮށްގެން އުޅޭ މީހުންގެ ތެރެއިން %25 ފިރިހެނުންނަކީ، ...

Find Us on Facebook

About Me

Unknown
View my complete profile

Template modified by : Afey Afra
Copyright © 2011. Dhirun - All Rights Reserved