Dhirun
  • ފުރަތަމަ ސަފްހާ
  • ސިއްޚީ
    • ތަފާތު ބަލިތައް
    • ދުޅަހެޔޮކަން
    • ރަނގަޅު ކާނާ
    • ކާނާ
  • ޒީނަތްތެރިކަން
  • އިގުތިސާދު
    • ތިއަރީ
    • ހާލަތް
  • އިޖުތިމާއީ
    • މައްސަލަތައް
    • ނިޒާމު
  • ވާހަކަ
    • ހަޤިޤީ
    • ހިޔާލީ
  • މުނިފޫހި
  • އިތުރު ލިޔުންތެރިން

skip to main | skip to sidebar
Blogger Tips and TricksLatest Tips And TricksBlogger Tricks

Widgets

Home » ހާލަތު , ނިޒާމު , އިޤުތިޞާދު , އިޖުތިމާއީ » ތިޔާގި މުޖުތަމައުއެއް ޤާއިމު ކުރުން

ތިޔާގި މުޖުތަމައުއެއް ޤާއިމު ކުރުން

Tuesday, 17 June 2014 | 0 comments









ގައުމެއްގައި ދިރިއުޅޭ ރައްޔިތުންނަށް އެ ގައުމެއްގައި އޮންނަ ސަރުކާރަކުން ތިޔާގި މުޖުތަމައުއެއް ގާއިމު ކޮށްދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. މި ގޮތަށް ތިޔާގި މުޖުތަމައުއެއް ގާއިމު ކޮށްދީފައިވާ ސަރުކާރެއް އޮންނަ ގައުމު ތަކުގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތި، ވަޒީފާގެ ފުރުސަތު ހޯދައި ދިނުމާއި، ދުޅަހެޔޮ ސިއްހަތެއްގައި ބެހެއްޓުމަށް ފުރިހަމަ ސިއްހީ ވަސީލަތްތައް ފޯރުކޮށްދިނުމާއި އަދި އެ ގައުމެއްގައި ދިރިއުޅޭ ރައްޔިތު މީހާ ގައިގަ ހުންނަ ތަފާތު އެކިއެކި ހުނަރުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތުތައް ހޯދައި ދިނުން ހިމެނެއެވެ. އަދި މީގެ އިތުރުންވެސް ތަފާތު ކުރުމެއްނެތި ކުރާ މަސައްކަތާއި ގުޅޭ އުޖޫރައެއް ދިނުމާއި، ތައުލީމު އުގެނުމުގެ ފުރުސަތު ހޯދައިދިނުމާއި ދުވަސްވީ މީހުންނަށް ޕެންޝަން ދިނުމުގެ ނިޒާމެއް ގާއިމު ކޮށްދިނުމުގެ އިތުރުން އެގައުމެއްގައި ދިރިއުޅޭ ރައްޔިތުންނަށް ފުރިހަމަ ބޯހިޔާވަހިކަމަކާއި އަދި ނަރުދަމާގެ ނިޒާމު ގާއިމު ކޮށްދިނުން ހިމެނެއެވެ.

ތިޔާގި މުޖުތަމައުއެއް ގާއިމު ކުރުމަށްޓަކައި ސަރުކާރުން ކުރެވިދާނެ މުހިންމު ބައެއް ކަންތައްތަކުގެ ތެރޭގައި ތިރީގައި މިވާ ކަންތައްތައް ހިމެނެއެވެ.
·       ގައުމުގައި އަމަން އަމާންކަން ޤާއިމުކޮށްދިނުން
·       ގައުމެއްގައި ދިރިއުޅޭ ރައްޔިތުންނަށް ލިބެންޖެހޭ ފުރިހަމަ އަސާސީ ހައްގުތަކާއި މިނިވަންކަމާއި، އުފާވެރިކަން ގާއިމު ކޮށްދިނުން
·       ގައުމުގައި ހުންނަ ވަސީލަތްތަކާއި އަދި ތަފާތު އެކިއެކި ރިސޯސް ފަހުގެ ޖީލުތަކަށްވެސް ބޭނުންކުރެވޭ ގޮތަށް ރައްކާތެރިކޮށް ބެލެހެއްޓުން
·       ތަފާތުކުރުމެއްނެތި އެންމެންނަށްވެސް ތައުލީމު އުގެނުމުގެ ފުރުސަތު ހޯދައި ދިނުން
·       އެއްތަނުން އަނެއްތަނަށް ދަތުރުފަތުރު ކުރޭވެނެ ގޮތާއި، ކަރަންޓާއި އަދި ސާފު ބޯފެން ލިބޭނެ ނިޒާމެއް ގާއިމު ކޮށްދިނުން
·       ގައުމުގެ އުފެއްދުންތެރިކަން ރަނގަޅުކުރުމަށް ހިތްވަރު ދިނުމާއި، އަދި މިކަންތައް ކުރުމަށް ސަރުކާރުން ކޮށްދޭންޖެހޭ ހުރިހާކަމެއް ފުރިހަމަ ގޮތުގައި ކޮށްދިނުން
·       ގައުމުގައި ތަފާތު އެކިއެކި އިންޑަސްޓްރީ ، ވިޔާފާރި، ޓުވަރިޒަމް، މަސްވެރިކަން އަދި ދަނޑުވެރިކަން ކުރުމަށް މަގުފަހި ކޮށްދިނުން
·       ވަޒީފާ ނެތް މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދާދިނުމަށް މަސައްކަތްކުރުން
·       މުސްކުޅިންނާއި، ފަގީރުންނާއި އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހައްގުތައް ހޯދައިދީ އެމީހުންވެސް އެހެންމީހުންނެކޭ އެއްފަދައިން މުޖުތަމައުގައި އުޅެވޭނެ ގޮތް ހަދައިދިނުން (މިސާލަކަށް މުސްކުޅިންނަށް ޕެންޝަންދިނުމާއި އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި ފަގީރުންނަށް ފައިސާގެ އިނާޔަތް ދިނުން)
·       ފުރިހަމަ ސިއްހީ ނިޒާމެއް ގާއިމުކޮށްދިނުން
·       ތަފާތު އެކިއެކި ކުޅިވަރު ކުޅެވޭނެ ފަދަ ތަންތަން ގާއިމުކޮށްދިނުން

·       ގައުމުގެ އެތެރޭންނާއި ބޭރުން ދީފާނެ ހަމަލާއަކަށް ތައްޔާރުވެގެން ތިބުން 
Share this article :

ސުރުހީ އާއި ގުޅޭ ލިޔުންތައް

Posted by Unknown at 06:05
Email ThisBlogThis!Share to XShare to Facebook
Labels: ހާލަތު, ނިޒާމު, އިޤުތިޞާދު, އިޖުތިމާއީ

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

މަޤުބޫލު ލިޔުންތައް

  • ފިރިހެނުންގެ ބައެއް ސިއްރު ކަންތައްތައް އެގެން ބޭނުންތަ؟
    ތި ކަނބަލުންގެ ހަޔާތުގެ ބައިވެރިޔާއަކީ ދިމާވާ ކަންތައްތައް ކިޔައިދީ ކަމެއް ދިމާވުމުން އެކަމާމެދު ވިސްނާ ފިކުރުކޮށް ނުވަތަ ...
  • ކައިވެނީގައި ޖެހޭ މައްސަލަތައް ހައްލުކުރާނެ ގޮތް
    ދެބަސްވުމާއި، ކަންކަމުގައި ހިޔާލުތަފާތުވުމާއި، ދެމީހުން އެކަކު އަނެކަކާއި މައްސަލަ ޖެހި ކުދިކުދި ހަމަނުޖެހުން ހި...
  • ފިރިހެނުން ދެކެ އަންހެނުން ލޯބިވަނީ ކީއްވެ؟
    ކޮންމެ އަންހެނަކުވެސް ތިމާ އެމީހަކު ދެކެ ލޯބިވާ ފިރިހެނެއް ބޭނުންވާނެ އެވެ. ކޮންމެ ފިރިހެނަކުވެސް ތިމާ ދެކެ ލޯބިވާ އަނ...
  • ދެމީހުންގެ މެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
    ޒަވާޖީ ހަޔާތެއް ނުވަތަ ލޯބި ވެގެންއުޅޭ ދެމީހުންގެ ދެމެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި، ދެމީހުންގެ ދެމެދުގައ...
  • ހަޔާތުގެ ބައިވެރިޔާއަށް އޮޅުވާލާ މަކަރު ހަދަނީ ކީއްވެ؟
    އެމެރިކާގައި ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ކައިވެނި ކޮށްގެން އުޅޭ މީހުންގެ ތެރެއިން %25 ފިރިހެނުންނަކީ، ...

Find Us on Facebook

About Me

Unknown
View my complete profile

Template modified by : Afey Afra
Copyright © 2011. Dhirun - All Rights Reserved