Dhirun
  • ފުރަތަމަ ސަފްހާ
  • ސިއްޚީ
    • ތަފާތު ބަލިތައް
    • ދުޅަހެޔޮކަން
    • ރަނގަޅު ކާނާ
    • ކާނާ
  • ޒީނަތްތެރިކަން
  • އިގުތިސާދު
    • ތިއަރީ
    • ހާލަތް
  • އިޖުތިމާއީ
    • މައްސަލަތައް
    • ނިޒާމު
  • ވާހަކަ
    • ހަޤިޤީ
    • ހިޔާލީ
  • މުނިފޫހި
  • އިތުރު ލިޔުންތެރިން

skip to main | skip to sidebar
Blogger Tips and TricksLatest Tips And TricksBlogger Tricks

Widgets

Home » ނިޒާމު , އިޖުތިމާއީ » ވަޒީފާގެ ހިތްހަމަޖެހުން

ވަޒީފާގެ ހިތްހަމަޖެހުން

Thursday, 19 June 2014 | 0 comments

 








ވަޒީފާގެ ހިތްހަމަޖެހުމަކީ މުވައްޒަފުން މަސައްކަތަށް ޝައުގުވެރިވުމުގެ މުހިންމު އެއް ސަބަބެވެ. މީގެ އިތުރުން އެތަނެއްގެ އުފެއްދުންތެރިކަންވެސް ރަނގަޅުވެގެން ދިއުމަށް ބާރުއަޅާ ކަމެކެވެ. އަދި ވަޒީފާގެ ހިތްހަމަ ޖެހުމުގެ މުހިންމު އަނެއްކަމަކީ، ބައެއް މުވައްޒަފުން ދުވަހުގެ ގިނަވަގުތު މަސައްކަތު މާހައުލުގައި އުޅުމަށް ހިތްވަރުލިބިގެން ދިއުމެވެ. ވީމާ، ވަޒީފާގައި ހިތްހަމަޖެހިގެން މަސައްކަތް ކުރާނަމަ އެކަމުގެ ސަބަބުން އެމީހުންގެ ދިރިއުޅުމަށްވެސް އެކަމުގެ ރަނގަޅު އަސަރުކުރެއެވެ. އަދި އެފަދަ މީހުންނަކީ އާންމު ދިރިއުޅުމުގައިވެސް ހިތްހަމަޖެހިގެން އުޅޭ ބަޔަކަށް ވެދެއެވެ.

ވަޒީފާގެ ހިތްހަމަ ޖެހުން ލިބުމާއި ނުލިބުމުގެ އަސާސަކީ އެމީހަކު ކުރާ މަސައްކަތާ ދެތެރޭގައި އެމީހަކު ދެކޭ ގޮތެވެ. އެމީހަކު މަސައްކަތް ކުރާ ގޮތާ ދޭތެރޭގައި ރަނގަޅަށް ދެކޭނަމަ، އަބަދުވެސް މަސައްކަތުގެ ހިތްހަމަ ޖެހުންލިބޭނެއެވެ. އަދި އަމިއްލަޔަށް ކުރާ މަސައްކަތަކީ އެއްވެސް ތާކުންތާކުނުޖެހޭ ނުރަނގަޅު ކަމެއް ކަމުގައި ދެކޭނަމަ، އަބަދުވެސް ހުންނަން ޖެހޭނީ ހިތްހަމަ ނުޖެހިފައެވެ.

މުވައްޒަފުންގެ މަސައްކަތުގެ ހިތްހަމަޖެހުން ލިބުމަށް މުހިންމު ދައުރެއް އަދާކުރާ ކަންތައް ތަކުގެ ތެރޭގައި ތިރީގައި މިވާ ކަންތައްތައް ހިމެނެއެވެ.

1.     މަސައްކަތް ކުރާ އޮގަނައިޒޭޝަނުން ލިބޭ ކަންތައްތައް

·        މުސާރަ ނުވަތަ ދުވަހުގެ މަޖޫރީ؛
މުސާރަ އަކީ މަސައްކަތުގެ ހިތްހަމަ ޖެހުން ލިބުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްކަމެކެވެ. ފައިސާ އަކީ ކޮންމެ އިންސާނަކަށްވެސް ވަރަށް މުހިންމު ހަމަ އެހާމެ ބޭނުންތެރި އެއްޗެކެވެ. ދުނިޔޭގައި ދިރި އުޅޭއިރު އެއްވެސް މީހަކަށް ފައިސާއާއި ނުލާ ނޫޅެވޭނެއެވެ. އަދި މީގެ އިތުރުން ލިބޭ އެހެނިހެން އިނާޔަތް ތަކަކީވެސް މުވައްޒަފުންނަށް ވަރަށް މުހިންމު އެއްޗެކެވެ. ކޮންމެ މުވައްޒަފަކުވެސް އެބަޔަކު ކުރާ މަސައްކަތާ އެކަށީގެންވާ މުސާރައާއި އެހެނިހެން އިނާޔަތްތައް ލިބުމަށް ބޭނުންވެއެވެ.

·        ވަޒީފާގެ ކުރިއެރުމާއި، އަދި ވަޒީފާގައި ކުރިއެރުމަށް މަގުފަހިވެގެން ދިއުން؛
މިކަމަކީވެސް މަސައްކަތުގެ ހިތްހަމަ ޖެހުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. ވަޒީފާގެ ކުރިއެރުމަކީ އެމީހަކު، އޮގަނައިޒޭޝަންގައި މުހިންމު ކަން އަންގައިދޭ ކަމެކެވެ. އަދި މީގެ އިތުރުން އެހެން މީހުންގެ ކުރިމަތީގައިވެސް އެމީހާގެ އަގު މައްޗަށް ދާކަމެކެވެ.

·        މަސައްކަތް ކުރާ ތަނެއްގައި ހެދިފައިހުންނަ ތަފާތު ޕޮލިސީތައް؛
މިކަމުގެ ސަބަބުންވެސް މަސައްކަތުގެ ހިތްހަމަ ޖެހުމަށް މުހިންމު ދައުރެއް އަދާކުރެއެވެ. ކަންތައް ކުރުމުގެ ފުރިހަމަ މަގުފަހިވެފައިވާނަމަ، އިތުރު ހުރަސްތަކަކާއި ނުލާ މަސައްކަތްކުރެވޭނަމަ، އެތަނެއްގެ އުފެއްދުންތެރިކަން ރަނގަޅުވެފައި އަދި މަސައްކަތްކުރާ ހަލުވިމިންވެސް އިތުރުވެގެން ދެއެވެ.

2.     މަސައްކަތްކުރާ މާހައުލުން ފެންނަ ކަންތައްތައް

·        ކުރާ މަސައްކަތް ގާތުން ސުޕަވައިޒުކުރުން؛
މިގޮތަށް ކަންތައްކުރާނަމަ، މުވައްޒަފުންގެ މަސައްކަތް ކުރުން އިތުރުވެގެންދެއެވެ. އަދި މީގެ އިތުރުންވެސް އެމީހުންގެ މަސައްކަތުގެ ހިތްހަމަޖެހުން ލިބިގެންދެއެވެ. އަދި ސުޕަވައިޒު ކުރާމީހުން، މަސައްކަތް ކުރާ މުވައްޒަފުންނާ ގާތް ގުޅުމެއްބާއްވާ، އެމީހުންނަށް ދިމާވާ ކަންތައްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުންވެސް މަސައްކަތުގެ ހިތްހަމަޖެހުން މުވައްޒަފުންގެ މެދުގައި އިތުރުވެގެން ދެއެވެ.

·        އެކުގައި މަސައްކަތްކުރާ މީހުން؛
އެކުގައި މަސައްކަތްކުރާ އެންމެން ގުޅިގެން، އެއްބަޔަކު އަނެއްބަޔަކު އެހީތެރިވެ، އަޅާލައިގެން މަސައްކަތް ކުރާނަމަ އެތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި މަސައްކަތުގެ ހިތްހަމަޖެހުން ލިބިގެންދެއެވެ.

·        މަސައްކަތުގެ މާހައުލު؛
މަސައްކަތް ކުރާ މާހައުލަކީ، ސާފުތާހިރު، ސާފުވައިލިބޭ،  ސިއްހަތަށް އެއްވެސް ނުރައްކާތެރި އަސަރެއް ނުކުރާ ފަދަ ތަނަކަށް ވާނަމަ، މުވައްޒަފުން ހިތްހަމަ ޖެހިގެން އެތަނެއްގައި މަސައްކަތްކުރެއެވެ. އަދި މީގެ އިތުރުންވެސް، އެތަނެއްގައި މަސައްކަތް ކުރަން ބޭނުން ކުރާ ތަފާތު އާލާތްތަކަކީ ހަލާކުނުވެ، މަސައްކަތްކުރެވޭ ފަދަ ހާލަތެއްގައި ހުރި ތަކެއްޗަށް ވުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.

3.     ކުރާ މަސައްކަތް؛

·        ކުރާ މަސައްކަތް އިތުރަށް ތަރައްގީކުރުމުގެ މަގުފަހިވުން؛
ކުރާ މަސައްކަތުގައި ކުރިޔަށް ދެވޭގޮތް ވާނަމަ، ދުވަހުން ދުވަހަށް މުވައްޒަފުންގެ ޒިންމާ އިތުރުވެ، މަސައްކަތުގެ އިތުރު ހިތްހަމަ ޖެހުން ލިބިގެންދެއެވެ.

·        ތަފާތު މަސައްކަތްކުރުން؛
އަބަދު އެއްކަމެއް އެއްގޮތަށް ކުރުމުގެ ބަދަލުގައި މުވައްޒަފުންނަށް އިތުރު ބުރައެއް ނުވާގޮތަށް ތަފާތު މަސައްކަތް ކުރުމުގެ މަގުފަހިވެގެން ހިނގައްޖެނަމަ، އެއްކަމެއް އެއްގޮތަކަށް މަސައްކަތް ކޮށް ކޮށް ފޫހިވެފަ ހުންނަ މީހާ، މަސައްކަތަށް އިތުރު ޝައުގުވެރިކަން އުފެދިގެން ދެއެވެ.

·        ޝައުގުވެރިކަން ހުންނަ މަސައްކަތް؛
ކުރާ މަސައްކަތަކީ ވަރަށް ފޫހި، އަދި އަބަދު އެއްގޮތަކަށް ކޮށްލަ ކޮށްލާ ހުންނަ ކަހަލަ މަސައްކަތުގެ ބަދަލުގައި ވަރަށް ޗެލެންޖިން އަދި ވަރަށް ޝައުގުވެރިކަމާއެކު ކުރާހިތްވާ ފަދަ މަސައްކަތަކަށް ވާނަމަވެސް މުވައްޒަފުން ކުރާ މަސައްކަތުގެ ޝައުގުވެރިކަން އިތުރުވެގެން ދެއެވެ.


އަބަދުވެސް ކަންތައްތަކާއި ދޭތެރޭގައި މާ ނެގެޓިވު ކޮން ވިސްނާ މީހުން ދުވަހަކުވެސް އެމީހަކު ކުރާ މަސައްކަތުގެ ހިތްހަމަ ޖެހުމެއް ނުލިބޭނެއެވެ. އަދި އެފަދަ މީހުންނަކަށް ދުވަހަކުވެސް އޮގަނައިޒޭޝަނުން ކުރާ އެއްވެސް ކަމެއް ރަނގަޅެއް ނުވާނެއެވެ. އެފަދަ މީހުންގެ މަސައްކަތަކީ ކޮންމެ ކަމެއްގައިވެސް ކުށް ހޯދާ، އަބަދުވެސް އެކިއެކި ޝަކުވާ ކުރުމެވެ.
Share this article :

ސުރުހީ އާއި ގުޅޭ ލިޔުންތައް

Posted by Unknown at 10:30
Email ThisBlogThis!Share to XShare to Facebook
Labels: ނިޒާމު, އިޖުތިމާއީ

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

މަޤުބޫލު ލިޔުންތައް

  • ފިރިހެނުންގެ ބައެއް ސިއްރު ކަންތައްތައް އެގެން ބޭނުންތަ؟
    ތި ކަނބަލުންގެ ހަޔާތުގެ ބައިވެރިޔާއަކީ ދިމާވާ ކަންތައްތައް ކިޔައިދީ ކަމެއް ދިމާވުމުން އެކަމާމެދު ވިސްނާ ފިކުރުކޮށް ނުވަތަ ...
  • ކައިވެނީގައި ޖެހޭ މައްސަލަތައް ހައްލުކުރާނެ ގޮތް
    ދެބަސްވުމާއި، ކަންކަމުގައި ހިޔާލުތަފާތުވުމާއި، ދެމީހުން އެކަކު އަނެކަކާއި މައްސަލަ ޖެހި ކުދިކުދި ހަމަނުޖެހުން ހި...
  • ފިރިހެނުން ދެކެ އަންހެނުން ލޯބިވަނީ ކީއްވެ؟
    ކޮންމެ އަންހެނަކުވެސް ތިމާ އެމީހަކު ދެކެ ލޯބިވާ ފިރިހެނެއް ބޭނުންވާނެ އެވެ. ކޮންމެ ފިރިހެނަކުވެސް ތިމާ ދެކެ ލޯބިވާ އަނ...
  • ދެމީހުންގެ މެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
    ޒަވާޖީ ހަޔާތެއް ނުވަތަ ލޯބި ވެގެންއުޅޭ ދެމީހުންގެ ދެމެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި، ދެމީހުންގެ ދެމެދުގައ...
  • ހަޔާތުގެ ބައިވެރިޔާއަށް އޮޅުވާލާ މަކަރު ހަދަނީ ކީއްވެ؟
    އެމެރިކާގައި ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ކައިވެނި ކޮށްގެން އުޅޭ މީހުންގެ ތެރެއިން %25 ފިރިހެނުންނަކީ، ...

Find Us on Facebook

About Me

Unknown
View my complete profile

Template modified by : Afey Afra
Copyright © 2011. Dhirun - All Rights Reserved