އިމްތިހާނުގެ ދުވަސް ކައިރިވުމުން، ގިނަ ކުދިންގެ ބެލެނިވެރިން
ނުވަތަ މައިންބަފައިން ސަމާލުކަންދޭ އެއް ކަމަކީ، ކުއްޖާ ހުރީ ދުޅަހެޔޮ
ސިއްހަތެއްގައިކަން ބެލުމެވެ. އަބަދުވެސް ކުއްޖާގެ ސިއްހީ ހާލަތާ މެދު ކަންބޮޑުވެ
ފިކުރުކޮށް ހަދައެވެ. ކުއްޖާ އަށް އިމްތިހާނު ނުލިބިދާނެތީ ދެރަވެއެވެ. އަބަދުވެސް
ރަނގަޅު ނަތީޖާ ލިބޭ ތޯ ދުޢާކޮށް ހަދައެވެ.
އިމްތިހާނު ދުވަސްވަރު ކުދިންނަށް ތަފާތު އެކިއެކި ސިއްހީ
މައްސަލަތައް ދިމާވެއެވެ. އަދި މީގެ އިތުރުން ކުއްޖާގެ ބޮލުގައި ރިހުމާއި، ހާސްވެ
ކަންބޮޑުވާ ގޮތްވެއެވެ. އަދި މާގިނައިން އިނގިލީގެ ނިޔަފަތި ކެޔުމާއި އަދި ލޯ
ދުޅަވުމާއި ގައިގައި ބިހިނަގާ ގޮތް ދިމާވެއެވެ. ބައެއް ކުދިން ޓެސްޓަށް ދާން
ބޭނުން ނުވުމުންވެސް ތަފާތު ބަހަނާ ދައްކާ ބަލިކަމަށް ހެދިގެން ވެސް އުޅެއެވެ.
އަދި އެދުވަސްވަރު ގަސްދުގައިވެސް ކުދިން އަމިއްލަޔަށް އަނިޔާ ލިބިގަނެއެވެ. އެއީ
ޓެސްޓަށް ދާ ހިތްނުވާތީ އަދި ރަނގަޅަށް ކުއްޖާ އަށް އިމްތިހާނަށް ތައްޔާރު
ވެވިފައި ނެތުމުން ދިމާވާ ކަންކަމެވެ.
ނަމަވެސް ބައެއް ފަހަރު ހަމަ އިމްތިހާނު ދުވަސްވަރު ބައެއް
ކުދިން ބަލިވެއެވެ. މި ކަމާ ވިދިގެން، ބައެއް ކުދިން އެކުދިންނަށް އިމްތިހާނު ނުލިބިދާނެތީ
ދެރަވެ ހިތާމަ ކޮށް ހަދައެވެ. އަދި ކިތައްމެ ބަލިވެ އުޅުނު ކަމުގައިވިޔަސް
އެއްގޮތަކަށްވެސް އިމްތިހާނު ނުހަދާ ދޫކޮށްލާކަށް ބޭނުމެއް ނުވެއެވެ. ކޮންމެ
ހާލެއްގައިވެސް އިމްތިހާނު ހަދައެވެ. އިމްތިހާނު ދުވަސްވަރު ކުދިންނަށް ދިމާވާ
ގިނަ ކަންތައްތަކަކީ ހާސްވުމާއި ކަންބޮޑުވުމުގެ ސަބަބުން ދިމާވާ ކަންތައްތަކެއެވެ.
ތިރީގައި މިވަނީ އިމުތިހާނު ދުވަސްވަރު ކުއްޖާއަށް ދިމާވާ
ތަފާތު ބައެއް މައްސަލަތަކެވެ.
1.
ގައިގެ އެކިއެކި ތަންތަނުގައި ރިއްސުން
ތަންތަނުގައި ރިއްސުމަކީ
އާންމުކޮން ކުދިން ކުރާ އެއް ޝަކުވާއެވެ. ހާއްސަ ގޮތެއްގައި ކަނދުރާގައި
ރިއްސުމާއި، ބުރަކަށީގައި ރިއްސުން ހިމެނެއެވެ. މި ގޮތަށް ދިމާވާ މައިގަނޑު
ސަބަބަކުގެ ތެރޭގައި ގިނަ ވަގުތު ފޮތް ކިޔަން އިންނައިރު ރަނގަޅަށް
ހަމަޖެހިލައިގެން އިނުމުގެ ބަދަލުގައި މާބޮޑަށް ގުދުވެގެން އިނުމާއި، އެކިއެކި
ގޮތްގޮތަށް އަރިއަރިއަށް ގިނަވަގުތު އިނުމާއި، ކުއްޖާގެ އިސްކޮޅާ ނުގުޅޭ ގޮތަށް
ތިރިކޮށް ހުންނަ ގޮނޑި ބޭނުންކުރުމާއި އަދި ލެގިލައިގެން އިށީދެވޭ ގޮތަށް ހުންނަ
ގޮނޑި ބޭނުން ނުކުރުން ހިމެނެއެވެ. މިކަންތައް ރަނގަޅު ކުރުމަށްޓަކައި ހަވީރު
ފިނިވާ ވަގުތު ކުޑަދޮރު ކައިރީގައި ނުވަތަ ފިނިވައިޖެހޭ ރަނގަޅު ދިމާލެއްގައި
ފިނިކޮށްލުމަށްޓަކައި ހަމަޖެހިލައިގެން 15 މިނެޓާއި 20 މިނެޓް ވަންދެން އިށީނުން
ވަރަށް މުހިއްމެވެ.
2.
ލޮލަށް ތަދުވުން
ލޮލަށް ތަދުވުމާއި، ލޮލުގެ
ވަށައިގެންވާ އެކި ހިސާބުތަކަށް ތަދުވުމާއި އަދި ބޮލުގައި ރިއްސުމަކީވެސް
ކުދިންނަށް އާންމުކޮން ދިމާވާ ކަމެކެވެ. މިގޮތަށް ލޮލުގައި ރިއްސުމަކީ މާ
ގިނައިރުވަންދެން އެއްވެސް ރެސްޓެއް ނުނަގާ ފޮތްކިޔަން އިނުމުގެ ސަބަބުން ވެދާނެ
ކަމެކެއެވެ. އަދި ބޮލުގައި ރިއްސުމަކީވެސް މާ މޮޑަށް ލޮލުގައި ރިއްސުމުގެ
ސަބަބުންނާއި އަދި އެގްޒާމާއި މެދު މާބޮޑަށް ހާސްވެ، ވިސްނުމުގެ ސަބަބުން ވެދާނެ
ކަމެކެވެ. މިގޮތަށް ރިހުން ގިނަވަގުތު ހުންނަ ނަމަ، ވީހާވެސް އަވަހަކަށް
ޑޮކްޓަރަށް ދައްކާ ފަރުވާ ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. ލޮލުގައި
ރިއްސާނަމަ، އަމިއްލަޔަށްވެސް ލޮލުގެ ކަސްރަތު ކުރެވިދާނެއެވެ. މިސާލަކަށް
ދޭތެރެއިން ލޯމަރާލުމާއި، އެއްދިމާލަކަށް މާގިނައިރު ބަލައިގެން އިނުމުގެ
ބަދަލުގައި ދޭތެރެއިން ލޮލުގެ ނަޒަރު އެކިދިމާލަށް ހިންގާލުން ހިމެނެއެވެ.
3.
ރަނގަޅަށް ނިދިނުލިބުން
ޓެސްޓު ދުވަސްވަރުވެސް، ރަނގަޅަށް އަރާމުކުރުމަކީ ވަރަށް މުހިންމު ކަމެކެއެވެ.
އަދި އުމުރުން 12 އަހަރުން ދަށުގެ ކުއްޖެއްނަމަ، މަދުވެގެން 08 ގަޑިއިރު ނިދުމާއި
އަދި 12 އަހަރުން މަތީގެ ކުއްޖެއްނަމަ މަދުވެގެން 06 ގަޑިއިރު ނިދުމަކީ ވަރަށް
މުހިންމު ކަމެކެއެވެ.
4.
ކާތަކެތި ރަނގަޅަށް
ހަޖަމުނުވުމާއި އަދި ބޭރަށް ހިންގުން
ކުދިންނަށް ގަދަކަމުން،
އިރުކޮޅަކާ ކާންދިނުމުގެ ސަބަބުން ރަނގަޅަށް ކާތަކެތި ހަޖަމު ނުވާގޮތް ދިމާވެއެވެ.
އަދި އިމްތިހާނު ދުވަސްވަރު އެކަމާއި މާބޮޑަށް ވިސްނާ ފިކުރު ކުރުމުގެ ސަބަބުން
ބަނޑުގައި ގޭސްހެދި ބޭރަށް ހިންގާ ގޮތް ދިމާވެއެވެ.

No comments:
Post a Comment