ގެވެށިއަނިޔާގެ ސަބަބުން އެންމެ ބޮޑަށް އަނިޔާ ލިބެނީ
ކޮންބަޔަކަށްތޯ ބެލުމަށްޓަކައި ތަފާތު އެތައް ދިރާސާއެއްވަނީ ހެދިފައެވެ. އަދި މި
ދިރާސާ ރިޕޯރޓު ތަކުން ދައްކާ ގޮތުގައި މިފަދަ އަނިޔާ ކޮންމެމީހަކަށްވެސް
ލިބިދާނެއެވެ. ގައިގެ ކުލަޔަކަށް ބެލުމެއްނެތި، ފަގީރުންނާއި، މުއްސަދިންނާއި،
ތައުލީމު ހާސިލު ކޮށްގެން ތިބިމީހުންނާއި، ނުކިޔަވާތިބިމީހުންނާއި އަދި އެކި
އުމުރުފުރާގެ ދެ ޖިންސުގެ މީހުންނަށްވެސް މިކަމުގެ އަނިޔާ ލިބެއެވެ.
ތިރީގައިމިވަނީ މިކަމުގެ ސަބަބުން ލިބިދޭ ބައެއް
ގެއްލުންތަކެކެވެ.
· މިފަދަ އަނިޔާ ލިބޭމީހުން އެމީހުން ދިރިއުޅޭ ގެދޮރު ދޫކޮށްފައި ދިޔުމަށް
ވިސްނުން ނުވަތަ ދޫކޮށްލާފައި ދިޔުން
· ނިކަމެތި ދިރިއުޅުމެއް އުޅެން ޖެހުން
· އަދާކުރާ ވަޒީފާ ގެއްލުން ނުވަތަ ވަޒީފާ ނުލިބި އެތައް ދުވަހެއް ވަންދެން
ހުންނަށް ޖެހުން
· ޒަވާޖީ ހަޔާތެއް ފައްޓައިގެން އުޅޭ ދެމަފިރިން ވަކިވުން ނުވަތަ ވަރިވުން
· އާއިލާ އާއި ރަހުމަތްތެރިންނާއި އަދި އެހެނިހެން މީހުންނާއި ވަކިން
އެކަނިމާއެކަނި އުޅުން
· ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ ކުދިންނަށް ތަފާތު ނަފްސާނީ ގެއްލުން
ލިބުން

No comments:
Post a Comment