Dhirun
  • ފުރަތަމަ ސަފްހާ
  • ސިއްޚީ
    • ތަފާތު ބަލިތައް
    • ދުޅަހެޔޮކަން
    • ރަނގަޅު ކާނާ
    • ކާނާ
  • ޒީނަތްތެރިކަން
  • އިގުތިސާދު
    • ތިއަރީ
    • ހާލަތް
  • އިޖުތިމާއީ
    • މައްސަލަތައް
    • ނިޒާމު
  • ވާހަކަ
    • ހަޤިޤީ
    • ހިޔާލީ
  • މުނިފޫހި
  • އިތުރު ލިޔުންތެރިން

skip to main | skip to sidebar
Blogger Tips and TricksLatest Tips And TricksBlogger Tricks

Widgets

Home » ހާލަތު , ބަލިތައް , އިޖުތިމާއީ , މައްސަލަތައް » ގެވެށި އަނިޔާ ލިބޭ އަންހެނުން މަޑުން ތިބެނީ ކިއްވެބާ؟

ގެވެށި އަނިޔާ ލިބޭ އަންހެނުން މަޑުން ތިބެނީ ކިއްވެބާ؟

Sunday, 22 June 2014 | 0 comments









ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނައިން މިފަދަ އަނިޔާ ލިބޭ ބައެއް މީހުންނަކީ ހަމައެކަނި ފިރިމީހާއަށް ލިބޭ އެއްޗަކަށް ބަރޯސާވެގެން ތިބޭ މީހުންނެވެ. އަންހެން މީހާ އަށް ލިބޭ އެއްޗަކުން އެކަނި ކުދިން ކޮޅު ގޮވައިގެން އުޅެވޭނެ ގޮތެއްނެތް އެތައްބަޔަކު މިކަމުގެ ޝިކާރަޔަކަށްވެގެން ފިރިމީހާކައިރީގައި އުޅެންޖެހިފައި އެބަތިއްބެވެ.

މިފަދައަނިޔާ ލިބޭ އަންހެނުން މަޑުމަޑުން ތިބޭ ސަބަބު ތަކުގެ ތެރޭގައި ހިމެނޭ އަނެއް ކަމަކީ މުޖުތަމައުގައި އެމީހުންގެ އަގުވެއްޓިދާނެކަމުގެ ބިރުންނާއި އަދި ފަހުން ފިރިމީހާގެ ފަރާތުން ދިމާވެދާނެ ނުރައްކާތެރި އަނިޔާގެ ސަބަބުންނެވެ. މިފަދަ ކަންކަމުގެ ސަބަބުން އަންހެނުންނަށް ކަމާއި ބެހޭ ފަރާތްތަކަށް އެމީހުންނަށް ލިބޭ އެކިއެކި އަނިޔާގެ ވާހަކަ ރިޕޯރޓުކުރަން ފަސްޖެހި ބިރުގަނެއެވެ. އަދި ރިޕޯރޓް ކުރަން ހަނދާނެގޮތް ނޭގިފައި ތިބޭ މީހުންނާއި އަދި ރިޕޯރޓްކުރަން ޖެހޭ ފަރާތްތައް ވެސް ނޭގިފައި ތިބޭ މީހުން، ލިބޭ އަނިޔާއަށް ކެތްކޮށްލައިގެން، ގޭގެ ހަތަރުފާރުގެ އެތެރޭގައި ބަންދުވެފައި އެބަ ތިބެން ޖެހެއެވެ.  

ބައެއް ގައުމުތަކުގައި ދިރިއުޅޭ އަންހެނުން ދެކޭ ގޮތުގައި އެމީހުންނަށް އަނިޔާ ލިބެނީ އެމީހުންނަކީ ފިރިހެނުންނަށް ވުރެ ނިކަމެތި ބަޔަކަށް ވާތީއެވެ. އަދި އެމީހުނަށް ކުޑައިރުންސުރެންވެސް ދަސްކޮށްދީފައިވަނީ ފިރިމީހާއަށް އަބަދުވެސް ކިޔަމަންތެރިކަން އަދާކުރުމަށާއި، ކޮންމެ ފަދަ އަނިޔާއެއް ލިބިނުކަމުގައި ވިޔަސް ފިރިމީހާ ގާތުން ވަކިނުވުމަށާއި މަރުވަންދެންވެސް ފިރިމީހާއާއެކު ދިރިއުޅުމަށެވެ.

މިފަދަ އަނިޔާ އަންހެނުނަށް ކުރުމަކީ ހުރިހާ ގައުމެއްގައިވެސް ހިޔުމަން ރައިޓްސް އާއި ހިލާފު ކަމެކެވެ. މިފަދަ އަނިޔާ މުޖުތަމައުން ފުހެލުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ރޭޑިއޯއިންނާއި، ޓީވީ އިންނާއި އަދި ތަފާތު ސޯސިއަލް ނެޓްވޯރކު ބޭނުންކޮށްގެން އަންހެނުންނާއި ފިރިހެނުންވެސް މިކަމަށް ހޭލުންތެރިކުރުމުގެ ޕްރޮގުރާމު ހިންގުމަކީ ވަރަށް މުހިންމު ކަމެކެއެވެ. މީގެ އިތުރުން ޤާނޫނާއި ގަވާއިދު ހަދާފަރާތްތަކާއި އަދި ތަންފީޒު ކުރާ ފަރާތްކާއި އެކިއެކި ޖަމުއިއްޔާ ގުޅިގެން ވެސް މިފަދަ އަނިޔާތައް މުޖުތަމައުއިން ފުހެލުމަށްޓަކައި މަސައްކަތް ކުރެވިދާނެއެވެ.
Share this article :

ސުރުހީ އާއި ގުޅޭ ލިޔުންތައް

Posted by Unknown at 06:49
Email ThisBlogThis!Share to XShare to Facebook
Labels: ހާލަތު, ބަލިތައް, އިޖުތިމާއީ, މައްސަލަތައް

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

މަޤުބޫލު ލިޔުންތައް

  • ފިރިހެނުންގެ ބައެއް ސިއްރު ކަންތައްތައް އެގެން ބޭނުންތަ؟
    ތި ކަނބަލުންގެ ހަޔާތުގެ ބައިވެރިޔާއަކީ ދިމާވާ ކަންތައްތައް ކިޔައިދީ ކަމެއް ދިމާވުމުން އެކަމާމެދު ވިސްނާ ފިކުރުކޮށް ނުވަތަ ...
  • ކައިވެނީގައި ޖެހޭ މައްސަލަތައް ހައްލުކުރާނެ ގޮތް
    ދެބަސްވުމާއި، ކަންކަމުގައި ހިޔާލުތަފާތުވުމާއި، ދެމީހުން އެކަކު އަނެކަކާއި މައްސަލަ ޖެހި ކުދިކުދި ހަމަނުޖެހުން ހި...
  • ފިރިހެނުން ދެކެ އަންހެނުން ލޯބިވަނީ ކީއްވެ؟
    ކޮންމެ އަންހެނަކުވެސް ތިމާ އެމީހަކު ދެކެ ލޯބިވާ ފިރިހެނެއް ބޭނުންވާނެ އެވެ. ކޮންމެ ފިރިހެނަކުވެސް ތިމާ ދެކެ ލޯބިވާ އަނ...
  • ދެމީހުންގެ މެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
    ޒަވާޖީ ހަޔާތެއް ނުވަތަ ލޯބި ވެގެންއުޅޭ ދެމީހުންގެ ދެމެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި، ދެމީހުންގެ ދެމެދުގައ...
  • ހަޔާތުގެ ބައިވެރިޔާއަށް އޮޅުވާލާ މަކަރު ހަދަނީ ކީއްވެ؟
    އެމެރިކާގައި ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ކައިވެނި ކޮށްގެން އުޅޭ މީހުންގެ ތެރެއިން %25 ފިރިހެނުންނަކީ، ...

Find Us on Facebook

About Me

Unknown
View my complete profile

Template modified by : Afey Afra
Copyright © 2011. Dhirun - All Rights Reserved