ބްލެކް މަނީ ނުވަތަ ކަޅުފައިސާއަކީ ރަސްމީ އިގްތިޞާދީ
ގަވާއިދު ތަކުގެ ބޭރުން ކުރާ ވިޔާފާރީގެ މުއާމަލާތްތަކުން ލިބޭ ފައިދާއާއި އަދި
މީގެ އިތުރުން ޓެކްސް ދައްކަން ޖެހޭ ފަރާތަކުން ޓެކްސް ދެއްކުމަށް މަކަރު
ހެދުމަށްފަހު ނުދައްކާ އޭގެން ލިބޭފައިދާއެވެ. ބްލެކް މަނީ އުފެދޭ ވިޔާފާރީގެ
މުއާމަލާތްތަކުގައި ހިމެނޭ މައިގަނޑު ބާވަތްތަކަކީ މަސްތުވާ ތަކެތީގެ ވިޔާފާރިއާއި،
ގަވާއިދާ ޚިލާފަށް ހަތިޔާރު ވިއްކުމާއި، ޓެރަރިޒަމްގެ މުޢާމަލާތްތައް ހިންގައިގެން
ލިބޭ ފައިދާއާއި، ފައިސާއަށް ހަށިވިއްކައިގެން ލިބޭފައިދާއާއި، ވަގަށް ނަގާފައިވާ މުދާ
ވިއްކާގެން ލިބޭފައިދާއާއި، އެހެންމީހުން ތައްޔާރުކޮށްފައި ހުންނަ
އެކިއެކި މިޔުޒިކުލަވަޔާއި ފިލްމާއި އަދި ސޮފްޓްވެއާރ ފަދަތަކެތި އޭގެވެރި
ފަރާތުގެ ހުއްދަ ނުހޯދާ ވިއްކާގެން ލިބޭ ފައިދާއެވެ.
ބްލެކް މަނީ އުފެދެން މެދުވެރިވާ މައިގަނޑު ސަބަބު ތަކުގެ
ތެރޭގައި ހިމެނެނީ:
·
ކަރަޕްޝަން
·
ޓެކްސްނަގާ ރޭޓް
މަތިވުން
·
ސިޔާސީ ޕާޓީތަކުން
ވޯޓްހޯދުމަށްޓަކައި ބައެއް އިންޑަސްޓްރީތަކަށް ޚަރަދުކުރުން
·
ޓެކްސް ނަގާ ނިޒާމްގެ
ދޯހަޅިވުން
·
ސަރުކާރުގެ އާންމުދަނީއާއި
ނުބައްދަލުވާވަރަށް ހަރަދުކުރުން އިތުރުވުމާއި، ބޮޑެތި ޕްރޮޖެކްތަކަށް
ހަރަދުކުރާއިރު ރަނގަޅަށް މޮނީޓަރ ނުކުރުން.
·
ބިން ނުވަތަ
އިމާރަތްތައް ގަނެ ރަޖިސްޓްރީކުރާއިރު ގަންނަ ފަރާތްނޫން އެހެން މީހުންގެ ނަމުގައި
ރަޖިސްޓްރީ ކުރުން.
·
އިންފްލޭޝަން
މައްޗަށްދިއުން

No comments:
Post a Comment