ބޮލުން
ހަންފޮޅޭނަމަ، ގޭގައި ހުރެގެންވެސް އެކަމުގެ ފަރުވާ ކުރެވިދާނެއެވެ. ތިރީގައި
މިވަނީ ހަންފޮޅޭނަމަ އަމިއްލަޔަށްވެސް އެކަމުގެ ފަރުވާ އެއްގެ ގޮތުން ކުރެވިދާނެ
ކަމެކެވެ.
ބޭނުންވާނެ ތަކެތި
ލުބޯހުތްކިބައެއް
1 މޭޒުމަތީ ސަމްސާ
މާމުއި
1 މޭޒުމަތީ ސަމްސާ
ޒައިތޫނި ތެޔޮ
ހަދާނެގޮތް:
ލުބޯހުތްކިބާގައި
މާމުއި އުގުޅުމަށްފަހު ބޮލުގައި ހަންފޮޅިފައި ހުރި ތަންތަނުގައި ރަނގަޅަށް
އުގުޅާށެވެ. މި ގޮތަށް އުގުޅުމަށްފަހު 10 މިނެޓް ވަންދެން ބަހައްޓާށެވެ. އަދި އޭގެ
ފަހުގައި ރަނގަޅަށް ބޮލުގެ އިސްތަށިގަނޑުގައި ޒައިތޫނި ތެޔޮ އުގުޅާށެއެވެ. މި
ގޮތަށް ޒައިތޫނި ތެޔޮ އުނގުޅަނީ ބޮލުގައި ހޭކިފައި ހުރި މާމުއި ފިލުވުމަށްޓަކައެވެ.
އަދި 05 މިނެޓް ވަންދެން ބެހެއްޓުމަށްފަހު ބޮލުގެ އިސްތަށިގަނޑު ރަނގަޅަށް
ދޮވެލާށެވެ. މި ގޮތަށް ދޮންނައިރު ފިނިކޮށް ހުންނަ ފެން ބޭނުން ކުރުން
ރަނގަޅުވާނެއެވެ. އަދި ދޮންނައިރު މޫނު މައްޗަށް ނޭޅޭ ގޮތަށް ދޮވުމަކީ ވަރަށް
މުހިންމު ކަމެކެވެ. އަދި ބޮލުގެ އިސްތަށިގަނޑު ދޮވެލާއިރު ބޮލުގެ އިސްތަށިގަނޑާ
ގުޅޭ ޝޭމްޕޫއެއް ބޭނުން ކުރެވިދާނެއެވެ.

No comments:
Post a Comment