ބޭނުންވާތަކެތި:
2 ޖޯޑު ހިކި މޭބިސްކަދުރު
1 ޖޯޑު މުގުރި
ފާރޮށި
2 މޭޒުމަތީ ސަމްސާ ބަޓަރ
4 ބިސް
2 ސައިސަމްސާ ޒުވާރި ފުށް
2 ޖޯޑު ފެން
1 ސައިސަމްސާ ބޭކިންޕައުޑަރ
1 ދަޅު ގެރިކިރު
2 ސައިސަމްސާ ވެނީލާ އެސެންސް
1/2 ޖޯޑު ހަކުރު
ހަދާނެގޮތް:
ބިސް، ކިރު، ބަޓަރ އަދި ބާކީހުރި ތަކެތި
ރަނގަޅަށް އެއްކުރުމަށްފަހު މިކްސްޗަރަކުން ގިރާށެވެ. އަދި އޭގެ ފަހުގައި ޓްރޭއެއްގައި
ބަޓަރ ހާކާލުމަށްފަހު ފުށްގަނޑު އަޅާފައި އަވަނެއްގެ ތެރެއަށް ލާފައި ފިހެލާށެވެ.
ހޫނުމިން ބަހައްޓާނީ 180 ޑިގްރީގައެވެ. 45 މިނެޓް ވަންދެން ބެހެއްޓުމުން ހުންނާނީ
ރަނގަޅަށް ފިހެވިފައެވެ.

No comments:
Post a Comment