އެކްޒީމާ އަކީ
ހަށިގަނޑުގެ ހަންގަޑަށް ޖެހޭ ބައްޔެކެވެ. މި ބަލިޖެހުމުން ހަމުގެ އެތަންމިތަން
ދުޅަވެ ފުއްޕަން ފަށައެވެ. މި ބައްޔަށް '' ޑާމަރޓައިޓިސް'' ވެސް ކިޔާއުޅެއެވެ.
މިއީ އެހާ ނުރައްކާތެރި ބައްޔަކަށް ނުވިނަމަވެސް މި ބަލީގެ ސަބަބުން ހަންގަނޑު ރަތްވެ،
ދުޅަވެ އަދި ހިރުވާގޮތްވެއެވެ.
މިބަލި ޖެހުމަށް
މެދުވެރިވާ ބައެއް ސަބަބުތަކުގެ ތެރޭގައި ހަމަށްޖެހޭ އެހެން ބައެއް ބައްޔާއި، ހިރުވާޒާތުގެ އެއްޗެއް ހަންގަނޑުގައި އުނގުޅުމާއި، އެލާރޖިކުވުމާއި
އަދި ވިރާސީބަހާ އުފެދިފައިވާ ގޮތް ހިމެނެއެވެ.
އާންމުކޮށް ޖެހޭ
އެކްޒީމާ އަކީ " އެޓޮޕިކު ޑާމަރޓައިޓިސް '' އެވެ. މި ބަލިޖެހުމުން އެލާރޖިކުވެ،
ހަންގަނޑު ހިކި އަދި ހިރުވާގޮތްވެ. މި ބަލި އާންމުކޮށް ޖެހެނީ ތުއްތުކުދިންނާއި
ކުޑަކުދިންނަށެވެ. މިއީ ދިގުމުއްދަތަކަށް ދެމިގެންވާ ބައްޔަކެއެވެ.
މިބަލި ޖެހުން
ހުއްޓުވުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި އެލާޖިކުވާ ތަކެއްޗާއި
ދުރުހެލިވުމާއި އަދި މީހާ ސްޓްރެސްވާ ހާލަތްތަކުން އެއްކިބާވުން ހިމެނެއެވެ.
.jpg)
No comments:
Post a Comment