Dhirun
  • ފުރަތަމަ ސަފްހާ
  • ސިއްޚީ
    • ތަފާތު ބަލިތައް
    • ދުޅަހެޔޮކަން
    • ރަނގަޅު ކާނާ
    • ކާނާ
  • ޒީނަތްތެރިކަން
  • އިގުތިސާދު
    • ތިއަރީ
    • ހާލަތް
  • އިޖުތިމާއީ
    • މައްސަލަތައް
    • ނިޒާމު
  • ވާހަކަ
    • ހަޤިޤީ
    • ހިޔާލީ
  • މުނިފޫހި
  • އިތުރު ލިޔުންތެރިން

skip to main | skip to sidebar
Blogger Tips and TricksLatest Tips And TricksBlogger Tricks

Widgets

Home » ހާލަތު , އިޖުތިމާއީ , މައްސަލަތައް » ޒުވާނުން އިޖުތިމާއީ ކަންކަމުގައި ބައިވެރިވުމަށް ނުފޫޒުފޯރުވާ ކަންތައްތަކަކީ ކޮބާ؟

ޒުވާނުން އިޖުތިމާއީ ކަންކަމުގައި ބައިވެރިވުމަށް ނުފޫޒުފޯރުވާ ކަންތައްތަކަކީ ކޮބާ؟

Friday, 25 July 2014 | 0 comments









ފުރާވަރަށް އަރާ ކުދިން އިޖުތިމާއީ ކަންކަމުގައި ބައިވެރިވުމަކީ ވަރަށް މުހިންމުކަމެކެވެ. އެއީ މުޖުތަމައުގައި އެކުދިންގެ ގަދަރު އުފުލިގެންދާކަމެކެވެ. ނަމަވެސް ޒުވާން އުމުރުފުރާގެ މީހުން މިފަދަ ކަންކަމުގައި ބައިވެރިވާލެއް މަދެވެ. އެމީހުން ގިނަވަގުތު ހޭދަކުރަނީ ގޭތެރޭގައި އާއިލާއެކު އަދި އެމީހުންގެ ރައްޓެހި ރަހުމަތްތެރިންނާއެކު އެކިއެކި ކަންކަމުގައެވެ.

އެކިމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަނީ ތަފާތު އެކިގޮތްގޮތަށެވެ. މިހެން ވުމުގެ ސަބަބުން އިޖުތިމާއީ ކަންކަމުގައި އެކިމީހުން ބައިވެރިވާ މިންވަރު ތަފާތެވެ. އުމުރުގެ 20ގެ އަހަރު ތަށް ގުނަމުންދާ ޒުވާނުންނަށް ވުރެ 30 ގެ އަހަރު ތެރޭގައި އުޅޭ ޒުވާނުން އިޖުތިމާއި ކަންކަމުގައި ބައިވެރިވާލެއްގިނައެވެ. ކައިވެނި ކޮށްގެން އުޅޭ މީހުންނާއި އަދި ކައިވެނި ނުކޮށް އުޅޭ މިހުންގެ މެދުގައިވެސް އިޖުތިމާއި ކަންކަމުގައި ބައިވެރިވާ މިންވަރު ތަފާތެއެވެ.

ޒުވާނުން މިފަދަ އިޖުތިމާއި ކަންކަމުގައި ބައިވެރިވުމަށް ނުފޫޒު ފޯރުވާ ބައެއް ކަންތައްތައް ތިރީގައި މިވަނީއެވެ.

1. އެއްތަނުން އަނެއްތަނަށް ބަދަލުވުމުގެ ރޫހު؛ ޒުވާނުން އެއްތަނުން އަނެއްތަނަށް ބަދަލުވެ އަދި އެކިއެކި މަސައްކަތް ކުރަން ބޭނުންވާ މީހުން، ސޮސައިޓީ ތެރޭގައި ހުންނަ ތަފާތު އެކިއެކި އޮގަނައިޒޭޝަންތަކުގައި ބައިވެރިވާލެއް ގިނައެވެ. އަދި މިފަދަ މީހުންނަށް މުޖުތަމައުގައި މަތީ ހަރުފަތްތަކަށް ދިޔުމުގެ ފުރުސަތު ހުޅުވިގެން ދެއެވެ.

2.  އެމީހެއްގެ އިގުތިޞާދީ އަދި އިޖުތިމާއީ ހާލަތް؛ މީހަކާއި ކައިވެނި ކޮށްގެން ހުރިކަމުގައި ވިޔަސް އަދި ކައިވެނި ނުކޮށް ހުރިކަމުގައި ވިޔަސް، ޒުވާނުން އަދި މެދު އުމުރުފުރައިގެ މީހަކަށް އެމީހެއްގެ އިގުތިޞާދީ އަދި އިޖުތިމާއީ ހަލަތް މުހިންމު ދައުރެއް އަދާކުރެއެވެ.

3. ދިރިއުޅޭ މާހައުލެއްގެ މީހުން ދިރިއުޅޭ ނިސްބަތް؛ އުޅޭ މަހައުލުން އެހެން މާހައުލަކަށް ދިރިއުޅުން ބަދަލުވާއިރު، ބަދަލުވާ މާހައުލެއްގައި ދިރިއުޅޭ މީހުން ގިނަކަމަށްވާނަމަ، އަބަދުވެސް އެތަނެއްގައި އުޅޭ ބަޔަކާ ރައްޓެހިވެ ރަހުމަތްތެރިކަން އުފައްދާ ގުޅުން ބަދަހިކުރެވޭތޯ ބަލައެވެ.

4.  ތަފާތު ކާސްޓް/ ދަރަޖަ؛ ކާސްޓް ނުވަތަ ދަރަޖައިގެ ގޮތުން ދަށް ފަންތީގެ މީހުންނާއި އަޅާ ބަލާއިރު ކާސްޓް ނުވަތަ ދަރަޖައިގެ ގޮތުން މަތީމީހުން އިޖުތިމާއީ ހަރަކާތްތަކުގައި ބައިވެރިވާ މިންވަރު އިތުރުވެގެންދެއެވެ.

5. ދިރިއުޅޭ މާހައުލު؛ ރަށްފުށުގައި ނުވަތަ ތަރައްގީ ވަމުން އަންނަ މާހައުލުގައި ދިރިއުޅޭ މީހުންނާއި އަޅާބަލާއިރު ތަރައްގީވެފައިވާ ސިޓީ ފަދަ ތަންތަނުގައި ދިރިއުޅޭ މީހުން އިޖުތިމާއީ ކަންކަމުގައި ބައިވެރިވާ މިންވަރު އިތުރުވެފައި ގިނައެވެ.

6. ޖިންސު ؛ ދެ ޖިންސުގެ މީހުންނާއި އަޅާބަލާއިރު ކައިވެނި ކޮށްގެން އުޅޭ އަންހެނުންނަށް ވުރެ ކައިވެނި ކޮށްގެން އުޅޭ ފިރިހެނުން މިފަދަ އިޖުތިމާއީ ކަންކަމުގައި ބައިވެރިވާލެއް ގިނައެވެ. އަދި މީހުންނާއި ނުއިދެ އުޅޭ ފިރިހެނުންނަށްވުރެ މީހުންނާއި ނުއިދެ އުޅޭ އަންހެނުން އެމީހުން ދިރިއުޅޭ މަހައުލުގައި އިޖުތިމާއި ކަންކަމުގައި ބައިވެރިވާ މިންވަރު ގިނައެވެ.

7.  ފުރަތަމަ އުފަންވާ ކުދިން؛ އާއިލާ އަށް އުފަންވާ އެންމެ ހަގުދަރިފުޅާ އަޅާބަލާއިރު އެންމެ ދޮއްޓަށް އުފަންވާ ކުއްޖާ ކަންކަމުގައި ބައިވެރިވެ ކުރިމަތިލާން ޖެހެލުންވެ، އަމިއްލަ ރައްކާތެރިކަން ބޭނުންވާ ކަމަށް އިހްސާސްކުރެވެ. އަދި މިފަދަ ކުދިން އަމިއްލަ ނަފްސަށް ކުރާ އިތުބާރުވެސް ވަރަށް ކުޑައެވެ.
Share this article :

ސުރުހީ އާއި ގުޅޭ ލިޔުންތައް

Posted by Unknown at 13:57
Email ThisBlogThis!Share to XShare to Facebook
Labels: ހާލަތު, އިޖުތިމާއީ, މައްސަލަތައް

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

މަޤުބޫލު ލިޔުންތައް

  • ފިރިހެނުންގެ ބައެއް ސިއްރު ކަންތައްތައް އެގެން ބޭނުންތަ؟
    ތި ކަނބަލުންގެ ހަޔާތުގެ ބައިވެރިޔާއަކީ ދިމާވާ ކަންތައްތައް ކިޔައިދީ ކަމެއް ދިމާވުމުން އެކަމާމެދު ވިސްނާ ފިކުރުކޮށް ނުވަތަ ...
  • ކައިވެނީގައި ޖެހޭ މައްސަލަތައް ހައްލުކުރާނެ ގޮތް
    ދެބަސްވުމާއި، ކަންކަމުގައި ހިޔާލުތަފާތުވުމާއި، ދެމީހުން އެކަކު އަނެކަކާއި މައްސަލަ ޖެހި ކުދިކުދި ހަމަނުޖެހުން ހި...
  • ފިރިހެނުން ދެކެ އަންހެނުން ލޯބިވަނީ ކީއްވެ؟
    ކޮންމެ އަންހެނަކުވެސް ތިމާ އެމީހަކު ދެކެ ލޯބިވާ ފިރިހެނެއް ބޭނުންވާނެ އެވެ. ކޮންމެ ފިރިހެނަކުވެސް ތިމާ ދެކެ ލޯބިވާ އަނ...
  • ދެމީހުންގެ މެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
    ޒަވާޖީ ހަޔާތެއް ނުވަތަ ލޯބި ވެގެންއުޅޭ ދެމީހުންގެ ދެމެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި، ދެމީހުންގެ ދެމެދުގައ...
  • ހަޔާތުގެ ބައިވެރިޔާއަށް އޮޅުވާލާ މަކަރު ހަދަނީ ކީއްވެ؟
    އެމެރިކާގައި ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ކައިވެނި ކޮށްގެން އުޅޭ މީހުންގެ ތެރެއިން %25 ފިރިހެނުންނަކީ، ...

Find Us on Facebook

About Me

Unknown
View my complete profile

Template modified by : Afey Afra
Copyright © 2011. Dhirun - All Rights Reserved