ތުއްތުކުދިން ކުއްތައް ކުރާކަން އެގެން ފަށަނީ
އެކުދިން އަމަލު ކުރުމަށް ހެދިފައިވާ ގަވާއިދުތައް މުގުރާލާ ހިސާބުންނެއެވެ. އަދި
އެއްވެސް ތަނެއްގައި މިފަދަ ކުދިން ސީދާ ކަންތައް ކުރަންޖެހޭނީ ކިހިނެއްކަމެއް
ބުނެ ދިނުމުގެ ގޮތުން އެއްވެސް ކަހަލަ ގަވައިދެއް ހެދިފައިނުވެއެވެ. ގޭތެރޭގައި އެކުދިން
އުޅެންޖެހޭ ގޮތާއި އަދި ސްކޫލުގައި އެކުދިން އުޅެންޖެހޭ ގޮތް ތަފާތެވެ. އަދި
ސްކޫލުގައި ކުދިން ކުރާ ކުއްތަކާއި އަދި ގޭތެރޭގައި ކުރާ ކުއްތައްވެސް ތަފާތެއެވެ.
އެކުދިން ތުއްތު އިރު ގޭތެރޭގައި ހެދިފައި
ހުންނަ ގަވާއިދުތަކަށް އަމަލު ކުރިކަމުގައިވިޔަސް ކުދިން ބޮޑުވަމުން އަންނައިރު
ހެދިފައިވާ މިފަދަ ގަވާއިދުތަކަށް އަމަލުކުރާ މިންވަރު މަދުކަން ފާހަގަކުރެވެއެވެ.
އަދި މިފަދަ ކުދިން ބޮޑަށް އުޅެން ބޭނުންވަނީ އެކުދިންގެ އަމިއްލަ ވަންތަކަމާއި
އަދި މިނިވަންކަމާއެކު އެއްވެސް ފަރާތެއްގެ ނުފޫޒެއްނެތި އުޅުމަށެވެ.
ކުދިން ކުޑައިރު މުދައްރިސުންދެކެ ލޯބި ވިޔަސް
ކުދިން ބޮޑުވަމުން އަންނައިރު ކިޔަވައިދޭ މުދައްރިސުންނާއި އަދި ކިޔަވާ މާއްދާ
މަތިން ފޫހިވާތަންވެސް އާދެއެވެ. މިފަދަ ގޮތްތައް ކުދިން ނަށް ދިމާވުމަށް ބޮޑަށް މެދުވެރިވާ
ސަބަބުތަކުގެ ތެރޭގައި ކުއްޖާ ބޮޑުވަމުން އަންނައިރު ހަށިގަނޑަށް އަންނަ
ބަދަލުތަކާއި އަދި މި ބަދަލުތައް އަންނައިރު ކުއްޖާ ބޭނުންވާ ފުރިހަމަ ކާނާއާއި
ހަކަތަ ނުލިބުން ހިމެނެއެވެ. ގޭތެރޭގައި އުޅޭ އުޅުމުގައި އާއި އަދި ބޭރުގައި އުޅޭ
އިރުވެސް އަންހެން ކުދިންނާއި އަޅާބަލާއިރު ފިރިހެން ކުދިން މާބޮޑަށް ހެދިފައިވާ ގަވާއިދުތަކަށް
އަމަލު ނުކުރާގޮތްވެއެވެ. މިހެން ދިމާވަނީ އަންހެން ކުދިންނަށްވުރެ ބޮޑަށް
ފިރިހެން ކުދިންނަށް މިނިވަންކަން ދީފައިވާތީއާއި އަދި ކަމެއް ދިމާވުމުންވެސް
ފިރިހެން ކުދިންނަށް ލިބޭ އަދަބު ލުއިކަމުގެ ސަބަބުންނެއެވެ.
ތުއްތު ކުދިން ކުރާ އާދައިގެ ބައެއް ކުއްތައް
ތިރީގައި މިވަނީއެވެ.
ގޭތެރޭގެ މާހައުލުގައި އުޅޭ އިރު ކުރާ ބައެއް
ކަންތައްތައް؛
1.
ގޭތެރޭގައި އުޅޭ
އާއިލާގެ ކުދިންނާއި މެދު މައްސަލަޖެހި އެކަކު އަނެކާ ގަޔަށް އަތްލާ ތަޅާފޮޅުން
2.
އެއްބަޔަކު އަނެއްބަޔަކާ
މެދު އޮންނަ ގުޅުން ނެތިގެން ދިޔުން
3.
އާއިލާގެ ބޮޑެތި
މީހުންނާއި ޒުވާބުކުރުމާއި އަދި އެމީހުންނަށް އަދަބު އިހްތިރާމު ނުކުރުން
4.
ދުވަހުން ދުވަހަށް
ކުރަންޖެހޭ ކަންތައްތައް ނުކޮށް ވަގުތު ބޭކާރުކުރުން
5.
ގޭގެ ޒިންމާއަށް ފަރުވާ
ކުޑަކުރުން
6.
ދޮގުހެދުން
7.
ސިއްރުސިއްރުން
ފިލަފައިގެން އުޅުން
8.
އާއިލާގެ މީހުން
ގެންގުޅޭ ތަކެތި އެމީހުންގެ ހުއްދަނެތި ބޭނުންކުރުން
9.
މީހުންނާއި ދިމާލަށް
ތަކެތި އުކާހެދުން
ސްކޫލުގައި އުޅޭ އިރު ކުރާ ބައެއް ކަންތައްތައް؛
1.
ވައްކަންކުރުން
2.
މަކަރު ހެދުން
3.
ދޮގު ހެދުން
4.
ހަޑިހުތުރު ބަހުރުވައިން
ވާހަކަދެއްކުން
5.
ސުކޫލުގެ މުދަލައް
ގެއްލުން ދިނުން
6.
ސްކޫލަށް ނައިސް
ބޭރުގައި އުޅުމާއި އަދި ކުލާހުން ފިލައިގެން ގެޔަށް ދިއުން
7.
އެހެން ކުދިންނަށް
އުދަގޫކޮށް ޖެއްސުންކުރުން
8.
ކުލާހުގައި އިންނައިރު
ޗުއިންގަމު ކެއުމާއި އަދި ކިޔެވުމުގެ ބަދަލުގައި ވާހަކަ ފޮތްކިއުން
9.
ކުލާސްތެރޭގައި ތުމުން
ފުމުމާއި އަދި ފަހަތުގައި އިދެގެން ތަކެތި އުކުން
10. ކުލާހުގައި ކިޔަވާ
އެހެންކުދިންނާއި ތަޅާފޮޅުން
11. ބައެއް ފަހަރު
ސްކޫލުތެރޭގައި މަސްތުވާތަކެތި ބޭނުންކުރުން

No comments:
Post a Comment