Dhirun
  • ފުރަތަމަ ސަފްހާ
  • ސިއްޚީ
    • ތަފާތު ބަލިތައް
    • ދުޅަހެޔޮކަން
    • ރަނގަޅު ކާނާ
    • ކާނާ
  • ޒީނަތްތެރިކަން
  • އިގުތިސާދު
    • ތިއަރީ
    • ހާލަތް
  • އިޖުތިމާއީ
    • މައްސަލަތައް
    • ނިޒާމު
  • ވާހަކަ
    • ހަޤިޤީ
    • ހިޔާލީ
  • މުނިފޫހި
  • އިތުރު ލިޔުންތެރިން

skip to main | skip to sidebar
Blogger Tips and TricksLatest Tips And TricksBlogger Tricks

Widgets

Home » ހާލަތު , އިޤުތިޞާދު , އިޖުތިމާއީ , ސިއްހީ » ކުއްޖަކު ލިބުމުންވެސް ދެމީހުންގެ ޒަވާޖީ ހަޔާތުގެ ގުޅުން ބާއްޖެވެރިކޮށް ދަމަހައްޓާނީ ކިހިނެއް؟

ކުއްޖަކު ލިބުމުންވެސް ދެމީހުންގެ ޒަވާޖީ ހަޔާތުގެ ގުޅުން ބާއްޖެވެރިކޮށް ދަމަހައްޓާނީ ކިހިނެއް؟

Friday, 22 May 2015 | 0 comments










ކުއްޖަކު ލިބުމަކީ ޒަވާޖީ ހަޔާތުގެ ގުޅުމަށް ހީނަރުކަމެއް އަންނަ ކަމެއް ކަމަށް ދެކޭނަމަ އެކަމަކީ ވަރަށްބޮޑު ކުށްހީއެކެވެ. ކުއްޖަކު ލިބުމަކީ މި ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމެކެވެ. އެކަމުކު މި ގުޅުން އިތުރަށް ބަދަހި ކުރެވޭނީ ދެމީހުންގެވެސް އެހީތެރިކަމާއި އެއްބާރުލުމާއެކުގައެވެ.

ނަމަވެސް ކުއްޖަކު ލިބުމުން ބައެއް ފަހަރު ދެމަފިރިންގެ ގުޅުން ހީނަރުވެގެން ދާތަން ވެސް އާދެއެވެ. އެކަކު އަނެކަކާ އަޅާލުން ކުޑަވެ، ދިމާވާ ކަންކަމުގައި އެކަކު އަނެކަކު ކުށްވެރިކޮށް އިތުރު މައްސަލަތަކުގެ ތެރެއަށް ދެމީހުންވެސް ވެއްޓޭތަން ދިމާވެއެވެ.

ތުއްތު ކުއްޖާ ބޮޑުވަމުން އަންނައިރު، ދެމަފިރިން ހަމަޖެހިގެން އެކަކު އަނެކާ އަޅާލާ އިހުތިރާމު ކޮށްގެން އުޅޭނަމަ، މިކަމުގެ އެދެވޭ އަސަރު ކުއްޖާގެ މުސްތަގުބަލަށް ކުރާނެއެވެ.

ތިރީގައި މިވަނީ ދެމަފިރިންގެ ގުޅުން އިތުރަށް ހަރުދާނާ ކުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަންތައް ތަކެވެ.

1. ތިމާ އަކީ ކުއްޖާގެ ބެލެނިވެރިޔާ ކަން ހަނދާންކުރުން؛ ކުއްޖާގެ މުސްތަގުބަލާމެދު ކަމެއް ކުރަން ނިންމާނަމަ، ދެމީހުންގެ މަސްވަރާގެ މަތިން ނިންމާށެވެ.
2.ދެމީހުން ހިނިތުންވުމާއެކު މުއާމަލާތް ކުރުން؛ ތިމާމެންނަކީ ކުއްޖާގެ ބެލެނިވެރިންގެ އިތުރުން ދެމީހުންނަކީވެސް ހަޔާތުގެ ބައިވެރިންކަން ހަދާންކުރާށެވެ. އެކަކު އަނެކާ މުހާތަބުކޮށް ވާހަކަ ދައްކާއިރު ހިނިތުންވުމާއެކު ވާހަކަ ދައްކާށެވެ.
3. އެކަކު އަނެކަކަށް އަދަބު އިހުތިރާމު އަދާކުރުން؛ ދެމީހުންނަކީ ހިޔާލު އެއްގޮތް ދެމީހުން ކަމުގައި ނުވެދާނެއެވެ. ނަމަވެސް އެކަކު އަނެކަކުގެ އިހުސާސް ތަކަށް އިހުތިރާމު ކުރާށެވެ.
4. ދެމީހުންގެ ތަފާތު މިޒާޖު އެކަކު އަނެކަކަށް ބުނެދިނުން؛ ދެމީހުންގެ ތަފާތު ކަމެއް ވާނަމަ އެކަން ހާމަ ކުރާށެވެ. މީގެ މާނައަކީ ދެމީހުން ޒުވާބު ކުރުމެއް ނޫނެވެ. މިއީ ދެމީހުން އެކަކު އަނެކަކު ދަސްކުރުމަށް ލިބޭނެ ރަނގަޅު ފުރުސަތެކެވެ.
5. ކުރާ މަސައްކަތުގެ ވާހަކަ ނުކިއުން؛ އެކަކު އަނެކު ކުރާ މަސައްކަތުގެ ވާހަކަ ރުޅި އަންނަ ކޮންމެ ފަހަރަކު ނުކިޔާށެވެ. ދަރިފުޅު ބަލަންޖެހިގެން އެކަމުގެ ޝަކުވާ ނުކުރާށެވެ. ދެމީހުންވެސް މަސައްކަތްކުރަނީ ދިރިއުޅުމުގެ ހަޔާތް ބާއްޖަވެރި ކުރާށެވެ.
6. ކުއްޖަކު ހޯދަން ބިރު ނުގަތުން؛ ގިނަ މީހުން ކުދިން ހޯދަން ބިރު ގަންނަނީ ކުއްޖަކު ލިބުމުން ދެމީހުންގެ ގުޅުމަށް ހީނަރު ކަމެއް އަތުވެދާނެތީއާއި ހަށިގަނޑުގެ ބައްޓަމަށް ބަދަލުތަކެއް އަތުވެދާނެތީއެވެ.  މިގޮތަށް މިކަން ހިތުރޭގައި ބަހައްޓައިގެން އުޅޭނަމަ ދެމީހުންގެ ގުޅުން ހީނަރުވެގެން ހިނގައިދާނެއެވެ. ކުއްޖަކު ލިބުމަކީ ދެމީހުންގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމުގެ އިތުރުން މުޅި ޢާއިލާއަށް ހިތްހަމަޖެހުން ގެނެސްދޭ ކަމެކެވެ.
7. ހަޔާތުގެ ބައިވެރިޔާއަކީވެސް މުހިންމު މީހެއްކަމުގައި ދެކުން؛ ކުއްޖަކު ލިބުނު ކަމުގައިވިޔަސް ހަޔާތުގެ ބައިވެރިޔާއަށްވެސް ދޭންވާ ސަމާލުކަމާއި އެހީތެރިކަން ދޭށެވެ. އޭނަ އަކީވެސް ހަމަ ތިމާގެ ޢާއިލާގެ މުހިންމު މީހެއްގެ ގޮތުގައި ދެކޭށެވެ.
8.  ދިރިއުޅުމަށް އަންނަ ބަދަލުތައް ދެނަގަތުން؛ ކުއްޖަކު ލިބުމުން ކުރިން ނުފެންނަ ބަދަލު ތަކެއް ފިރިމީހާގެ ފަރާތުން ފެންނަން ފަށާނެވެ. މިކަމުގެ ސަބަބުން ނޭދެވޭ ބަދަލުތަކެއް ހަޔާތައް ކުރާނަމަ އެކަމާއި މެދު ވީހާވެސް އަވަހަށް މަސްވަރާ ކުރާށެވެ.
9.  ކުރާ ރަނގަޅު ކަންތައް ފާހަގަ ކުރުން؛ ތުއްތު ކުއްޖާއަށް ޓަކައި  ދެފަރާތުގެ ޢާއިލާ އިން ކޮށްދޭ ރަނގަޅު ކަންތައްތައް ފާހަގަކުރާށެވެ.
10. އެއްވެސް ހިތްނުތަނަވަސްކަމެއް ދިމާވާނަމަ އެކަން ފާހަގަ ކުރުން؛ ކުއްޖަކު ލިބުމުން އަނބިމީހާ ގައިން ނުތާހިރުވެ، ހަޑިކޮށް ހުންނަ ނަމަ އެކަން އަނބިމީހާއަށް ވިސްނައި ދޭށެވެ. ކުރިން ހުންނަހެން ރީތި ކޮށް ހުރުމަށް ހިތްވަރު ދޭށެވެ.
11. ނިދާ ކޮޓަރި ސާފުތާހިރު ކޮށް ބެހެއްޓުން؛ ކުއްޖަކު ލިބުނު ކަމުގައި ވިޔަސް ކޮޓަރި ތެރެ ސާފުކޮށް ބެހެއްޓުމަށް އާދަކުރާށެވެ. ދެމީހުންވެސް ހިތްހަމަޖެހިގެން ނިދާލެވޭ ގޮތަށް ކޮޓަރިތެރެ ބައްޓަން ކޮށްފައި ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ.
12.  އެކަކު އަނެކަކާ ސަމާސާ ކުރުން؛ ހިނިތުންވުމާއެކު އެކަކު އަނެކަކާ ސަމާސާ ކުރާށެވެ. ތިމާ އަމިއްލައަށްވެސް ކަންކަންކޮށް ނިމުމުން ހިނިތުން ވެލާށެވެ. އުފާވެރި ހިނިތުންވުމަކީ ހާސްވުމާއި ކަންބޮޑުވުމުން މީހާ ދުރުކޮށްދޭ ކަމެކެވެ.
Share this article :

ސުރުހީ އާއި ގުޅޭ ލިޔުންތައް

Posted by Unknown at 06:36
Email ThisBlogThis!Share to XShare to Facebook
Labels: ހާލަތު, އިޤުތިޞާދު, އިޖުތިމާއީ, ސިއްހީ

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

މަޤުބޫލު ލިޔުންތައް

  • ފިރިހެނުންގެ ބައެއް ސިއްރު ކަންތައްތައް އެގެން ބޭނުންތަ؟
    ތި ކަނބަލުންގެ ހަޔާތުގެ ބައިވެރިޔާއަކީ ދިމާވާ ކަންތައްތައް ކިޔައިދީ ކަމެއް ދިމާވުމުން އެކަމާމެދު ވިސްނާ ފިކުރުކޮށް ނުވަތަ ...
  • ކައިވެނީގައި ޖެހޭ މައްސަލަތައް ހައްލުކުރާނެ ގޮތް
    ދެބަސްވުމާއި، ކަންކަމުގައި ހިޔާލުތަފާތުވުމާއި، ދެމީހުން އެކަކު އަނެކަކާއި މައްސަލަ ޖެހި ކުދިކުދި ހަމަނުޖެހުން ހި...
  • ފިރިހެނުން ދެކެ އަންހެނުން ލޯބިވަނީ ކީއްވެ؟
    ކޮންމެ އަންހެނަކުވެސް ތިމާ އެމީހަކު ދެކެ ލޯބިވާ ފިރިހެނެއް ބޭނުންވާނެ އެވެ. ކޮންމެ ފިރިހެނަކުވެސް ތިމާ ދެކެ ލޯބިވާ އަނ...
  • ދެމީހުންގެ މެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
    ޒަވާޖީ ހަޔާތެއް ނުވަތަ ލޯބި ވެގެންއުޅޭ ދެމީހުންގެ ދެމެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި، ދެމީހުންގެ ދެމެދުގައ...
  • ހަޔާތުގެ ބައިވެރިޔާއަށް އޮޅުވާލާ މަކަރު ހަދަނީ ކީއްވެ؟
    އެމެރިކާގައި ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ކައިވެނި ކޮށްގެން އުޅޭ މީހުންގެ ތެރެއިން %25 ފިރިހެނުންނަކީ، ...

Find Us on Facebook

About Me

Unknown
View my complete profile

Template modified by : Afey Afra
Copyright © 2011. Dhirun - All Rights Reserved