އެންޓިސޯޝަލް ޕާރސަނަލަޓީ
ޑިސްއޯޑަރ ހުންނަ މީހުންނަކީ މެދުނުނކެޑި ހަމަނުޖެހުން ހިންގާ އަދި ހެދިފަ ހުންނަ ގާނޫނާއި
ޤަޥާއިދުތަކަށް ހުރުމަތްތެރިކޮށްނުހިތާ، ދޮގުހަދާ،
ކުށެއްކުރެވުނަސް އެކަމަށް އެހާބޮޑަށް ދެރަނުވާ، ތެދުވެރިނޫން އަދި ރުޅިގަދަ މީހުންނެވެ.
މިފަދަ މީހުންނަކީ
ގަސްތުގައި ރުޅިއަންނަ އަދި އެހެންމީހުން ރުޅިއަރުވާ އަދި ޒިންމާދާރުކަން ކުޑަ ތަފާތު
އަމަލުތައް ކުރާ ބަޔެކެވެ. މިފަދަ މައްސަލަތައް ހުންނަ މީހުންގެ ފަރާތުން މިފަދަ އަލާމަތްތައް
އާންމުގޮތެއްގައި އުމުރުން 15 އަހަރުގައި ފެންނަން ފަށައެވެ. އަދި އުމުރުން 15 އަހަރު
ނުވި ކަމުގައިވިޔަސް ތަފާތު އަހުލާގީ މައްސަލަތައް ދިމާވުމުގެ އިތުރުން، އުމުރުން ފުރާވަރަށް
އަރާ ކުދިންގެ ފަރާތުން އެހެންމީހުންނަށާއި ޖަނަވާރުންނަށް ރުޅިވެރިކަމުގެއަމަލުތައް
ބައެއް ފަހަރު ފެނެއެވެ. މީގެ އިތުރުން މުދަލަށް ގެއްލުންދިނުމާއި ސުކޫލުގައި ހެދިފައި
ހުންނަ ގަވާއިދު ތަކަށް ހުރުމަތްތެރިކޮށް ނުހިތުންވެސް ހިމެނެއެވެ.
މި ޑިސްއޯޑަރ ހުންނަ
މީހުންނަކީ އެހެން މީހުންނާ ޚިލާފަށް ތަފާތު ގޮތްގޮތަށް ކަންތައްތަކާމެދު ވިސްނާ އަދި
ފެންނަ މަންޒަރުތަކާއި ކަންތައްތަކާމެދުވެސް އެހެންމީހުންނާ ޚިލާފަށް ނުރަގަޅު ގޮތަށް
ވިސްނާ ހަދާބަޔެކެވެ. އެހެންމީހުންނާއި ގާތްގުޅުމެއް އުފައްދަން ބޭނުންނުވާބަޔެކެވެ.
ކަންތައްތައް އެހެންމީހުންނަށް އޮޅުވާލައިގެން ކުރުމާއި އަދި ވަރަށް އިހާނެތިކޮން އެހެންމީހުންނާއި
މެދު ޢަމަލުކުރުމަށް އެއްވެސް ޖެހެލުމެއް ނުވާނެއެވެ.
މިފަދަ މީހުންގެ ފަރާތުން
ފެންނަ ޢަމަލުތަކުގެތެރޭގައި ތިރީގައި މިވާ ބައެއް ކަންތައްތައް ހިމެނެއެވެ.
1.
މަސްތުވާތަކެތި ބޭނުންކުރުން
2.
ކުޑަކުދިންނަށް ނަފްސާނީ، ޖިސްމާނީ އަދި ޖިންސީ އަނިޔާ ކުރުން
3.
ހެދިފައި ހުންނަ ގަވާއިދުތަކަށް ތަކުރާރުކޮށް ޚިލާފުވުން
4.
އެހެންމީހުންށްޓަކައި އެއްވެސް ކަހަލަ ހަމްދަރުދީއެއް ނެތުން
5.
ތަފާތު ނުރައްކާތެރި ޢަމަލުތައް ކުރުން އަދި މީހާގެ ފަރާތުން ނުރައްކާތެރި ޢަމަލުތައް
ފެނުން
6.
އެހެންމީހުންނާއި ގާތް ގުޅުމެއްނެތުން
7.
ކުރާ މަސައްކަތުގައި އެއްވެސް ޒިންމާދާރުކަމެއް ނެތުން
8.
ދިމާވާ ކަންތައްތަކުން އިބުރަތް ހާސިލުކުރަން އުނދަގޫވުން
ބައެއްފަހަރު މިކަމީ
މުޅިއުމުރަށް ދެމިގެންދާ ނުރައްކާތެރި ބައްޔަކަށް ވެގެންދެއެވެ. މި ޑިސްއޯޑަރ ހުންނަ
މީހުން މުޖުތަމަޢުގައި ބޮޑެތި ނުރައްކާތެރި ކުއްވެރިންނަށް ބަދަލުވެގެންދެއެވެ.
މި ޑިސްއޯޑަރ ޖެހުމަށް
ދިމާވާ ކަންތައްތަކަކީ ކޮބާ؟
މިޑިސްއޯޑަރ ޖެހުމަށް
މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ވިރާސީބަހާގެ ތެރެއިން ވާރުތަވާ ކަމެއްގެ ގޮތުގައި
ވެގެންދެއެވެ. މީގެ އިތުރުން ކުއްޖާ އުޅެބޮޑުވާ މާހައުލުގެ ތެރެއިން ކުއްޖާއަށް ފެންނަ
ތަފާތު ކަންތައްތަކާއި އާއިލާގެ މެމްބަރުންނާއި ރައްޓެހި ރަހުމަތްތެރިންގެ ފަރާތުން
ކުއްޖާއަށް ދިމާވާ ތަފާތު ހިތާމަވެރި ކަންތައްތަކުގެ ސަބަބުންވެސް މިފަދަ މައްސަލަތައް
ދިމާވާގޮތްވެގެންދެއެވެ.
މީގެ އިތުރުން ތިރީގައި
މިވާ ބައެއް ކަންތައްތައް ހިމެނެއެވެ.
1.
ކުޑައިރު ކުއްޖާގެ ފަރާތުން ތަފާތު އަޚުލާޤީ މައްސަލަތައް ފެނުން
2.
ޢާއިލާގައި މިފަދަ މީހަކު ހުރުން ނުވަތަ ސިކުޑީގެ އުނިކަމެއްހުރުން
3.
ކުޑައިރުގައި ޖިސްމާނީ، ނަފްސާނީ އަދި ޖިންސީ އަނިޔާ ލިބިފައިވާ ކުއްޖެއްކަމުގައިވުން
4.
ކުޑައިރު މަންމައާއި ބައްޕަގެ ލޯބިން މަހުރޫމްވެފައިވާ ކުއްޖެއް ކަމުގައިވުން
5.
ހަމަނުޖެހޭ، މައްސަލަ ބޮޑު ޢާއިލާއެއްގައި އުޅެ ބޮޑުވާ ކުއްޖެއް ކަމުގައިވުން
6.
މަސްތުވާތަކެތި ބޭނުންކުރާ އާއިލާއެއްގައި އުޅެ ބޮޑުވާ ކުއްޖެއް ކަމުގައިވުން
އަންހެނުންނާއި އަޅާބަލާއިރު
ފިރިހެނުންގެ ފަރާތުން މިފަދަ މައްސަލަތައް ފެންނަލެއް ގިނައެވެ. އަދި ތަފާތު އެކިއެކި
ނުރައްކާތެރި ހަދިސާތަކުގައި މިހާގެ ފުރާނައަށް ނުރައްކާވެގެން ދެއެވެ.

No comments:
Post a Comment