Dhirun
  • ފުރަތަމަ ސަފްހާ
  • ސިއްޚީ
    • ތަފާތު ބަލިތައް
    • ދުޅަހެޔޮކަން
    • ރަނގަޅު ކާނާ
    • ކާނާ
  • ޒީނަތްތެރިކަން
  • އިގުތިސާދު
    • ތިއަރީ
    • ހާލަތް
  • އިޖުތިމާއީ
    • މައްސަލަތައް
    • ނިޒާމު
  • ވާހަކަ
    • ހަޤިޤީ
    • ހިޔާލީ
  • މުނިފޫހި
  • އިތުރު ލިޔުންތެރިން

skip to main | skip to sidebar
Blogger Tips and TricksLatest Tips And TricksBlogger Tricks

Widgets

Home » ހާލަތު , ބަލިތައް , އިޤުތިޞާދު , އިޖުތިމާއީ , މައްސަލަތައް , ސިއްހީ » އިޖުތިމާއީ ކަންކަމުގައި ކުރިމަތިލާން ޖެހެލުންވެ އަދި ހިތްނުތަނަވަސްވެ ހާސްވެ ކަންބޮޑުވަނީ ކީއްވެ؟

އިޖުތިމާއީ ކަންކަމުގައި ކުރިމަތިލާން ޖެހެލުންވެ އަދި ހިތްނުތަނަވަސްވެ ހާސްވެ ކަންބޮޑުވަނީ ކީއްވެ؟

Thursday, 18 June 2015 | 0 comments










ގިނަ މީހުން އެއްވެފައި ތިބޭ ތަނެއްގައި ނުވަތަ ސްޓޭޖެއްމަތީގައި ހުރެގެން އެހެން ބަޔަކާއި މުޚާތަބުކޮށް ވާހަކަ ދެއްކުމަށް ވަރަށް ގިނަމީހުން ޖެހިލުންވެއެވެ. މި ގޮތަށް ވާހަކަ ދެއްކުމަށް ޖެހިލުންވުމަކީ އެމީހަކު ކަންކަމާއި މެދު ހާސްވެ ބިރުގަންނާތީވެ، ދިމާވާ ކަމެކެވެ. އެއީ ލަދުގަތުމާއި އަދި ހާސްވެ، ކަންބޮޑުވުމާއި އަދި ފިކުރު ބޮޑުވުމުގެ ސަބަބުން ދިމާވާ ކަމެކެވެ. މިހެން ވުމުގެ ނަތީޖާއެއްގެ ގޮތުން މުޖުތަމަޢުގެ ތެރޭގައި ހިގާ އެކިއެކި ހަރަކާތްތަކުގައި ބައިވެރިވުމަށް ޖެހެލުންވާގޮތް ދިމާވެއެވެ.

މިކަން މިހެން ދިމާވާ މީހުން ގާތް ރައްޓެހިންނާއި އާއިލާގެ މެމްބަރުންނާއި ވާހަކަދައްކާ ހަދާކަށް އެއްވެސް ޖެހެލުމެއްނުވާނެއެވެ. ނަމަވެސް، އާ ރައްޓެހިންހޯދުމާއި، އެކިއެކި ގްރޫޕްތަކުގެ މެދުގައި ވާހަކަދެއްކުމާއި އަދި ގިނަ މީހުންނާއި މުޚާތަބުކޮށް ވާހަކަ ދެއްކުމަށް ޖެހެލުންވެގެން ދެއެވެ.

މިހެން ދިމާވާ މީހުންންނަކީ ކަންތައްތަކާއި ލަދުގަތުމުގެ މައްސަލަތަކާއި އަދި މީހަކު ކިޔާފާނެ އެއްޗަކާއި މެދު ވަރަށްބޮޑަށް ޖެހެލުންވާ މީހުންނެވެ. މިފަދަ މީހުން މީހުންގެ ތެރޭގައި އުފާކޮށް މަޖާކުރުމުގެ ބަދަލުގައި އެކަހަލަ ކަންތައްތަކުން އެކަހެރިވެގެން ހުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތްކުރާނެއެވެ. މިފަދަ މީހުންގެ ފަރާތުން ދިމާވާ ބައެއް ކަންތައްތައް ތިރީގައި މިވަނީއެވެ.

·     ބިރުގަތުން؛ މަތީގައި ބަޔާންކޮށްފައިވާ އަލާމަތްތައް ހުންނަމީހުން، ކަންތައްތަކާއި ޖެހިލުންވެއެވެ. ބިރުގަންނަގޮތް ދިމާވެގެންދެއެވެ. އަދި ހިތުގެ ވިންދު ހިގުން އަވަސްވެ، ފޫންކޮށް އަވަސް އަވަހަށް ނޭވާލާގޮތް ދިމާވެގެންދެއެވެ.
·     ބިރުގަންނަނީ ކޮންކަހަލަ ކަންތައްތަކެއް ކުރުމަށް؛ މިގޮތަށް ދިމާވާ މީހުން، އެހެން މީހުންގެ ކުރިމަތީގައި އެމީހުންގެ ހުންނަ ހުނަރު ދެއްކުމަށް ޖެހެލުންވެގެންދެއެވެ. ކުލާހެއްގައި ޕްރެޒެންޓޭޝަނެއް ދޭންޖެހުނަސް އަދި ކުޑަވަރެއްގެ ގްރޫޕެއްގެ ކުރިމަތީގައި ވާހަކަ ދައްކަން ޖެހުނަސް ޖެހެލުންވެގެން ދެއެވެ. އެހެން މީހުން، އެމީހުންކުރާ ކަންތައްތަކާއި ފާޑުކިޔާފާނެތީ ވަރަށް ބޮޑަށް ޖެހެލުންވެގެން ދެއެވެ.
·     މިކަމުގެ ސަބަބުން އެމީހާގެ ދިރިއުޅުމަށްކުރާ ނެދޭވޭ އަސަރު؛ މިހެން ވުމުގެ ސަބަބުން ދިރިއުޅުމަށް ތަފާތު ނޭދެވޭ އަސަރުތައް ކުރެއެވެ. މީގެ ތެރޭގައި އެމީހަކާ ދިމާވާ ހާލަތް، އިތުރަށް ގޯސްވެގެންދިއުމާއި، އެކަނިވެރިވުމާއި، ރައްޓެހިންނާއެކު މަޖާކުރަން ލިބޭ ފުރުސަތުތައް ގެއްލިގެންދިއުމާއި، ސްކޫލުގައި އުޅޭ އިރުވެސް ލިބޭ އެކިއެކި ފުރުސަތުތައް ގެއްލިގެން ދިއުމާއި އަދި ހުރި ހުނަރު ދައްކާލުމަށްލިބޭ ފުރުސަތުތައް ގެއްލިގެން ދިއުމުގެ އިތުރުން އައު ހުނަރު ދަސްކުރަން ލިބޭ ފުރުސަތުތައްވެސް ގެއްލިގެންދެއެވެ.

މިކަން ޖެހުމަށް މެދުވެރިވަނީ ކީއްވެ؟

·    މިއީ ވިރާސީބަހާގެ ތެރެއިން ވާރުތަވާ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.
·    ތިމާ އެންމެ ގަޔާވާ މީހުންގެ ކިބާގައި މިފަދަ އަމަލުތައް ހުންނަ ނަމަ ކުދިން ކުޑައިރުގައި މިކަންތައް ދަސްކުރާގޮތް ވަރަށް ފަސޭހަވާނެއެވެ. މިސާލަކަށް ބުނާނަމަ، މައިންބަފައިންގެ ފަރާތުން މިފަދަ ކަމެއް ފެންނަނަމަ، ކުދިން އެކަންތައް ދަސްކުރާލޭ ވަރަށް އަވަސްވާނެއެވެ.

މިކަމުން ސަލާމަތް ކުރެވިދާނެ ބައެއް ކަންތައްތައް ތިރީގައި މިވަނީއެވެ.
·   ތެރަޕީދިނުން؛ ކަންކަމާ ޖެހުލުންވެ ހާސްވެ ކަންތައް ބޮޑުވާނަމަ، ތެރަޕިސްޓެއްގެ އެހީތެރިކަމާއެކު އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުކުރުމަށް ތަފާތު ކަންތައްތަކެއް ކުރެވިދާނެއެވެ.
·  ރައްޓެހިންނާއި އާއިލާގެ މެމްބަރުންގެ ފަރާތުން ލިބޭ އެހީތެރިކަން؛ މިފަދަ މީހުންނަށް ނުވަތަ ކުދިންނަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ކަންކަމުގައި ހިތްވަރު ދިނުމާއި އެކިއެކި ކަންކަން ހަވާލުކޮށް އެކަމެއް ކޮށް ނިމުމުން، އެކަން އިތުރަށް ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންތައްތައް ކިޔާދިނުމާއި އަދި މީގެ އިތުރުން މަޢުލޫއެއްދީ އެކަމާއި މެދު ވާހަކަ ދެއްކުވުމަށްފަހު، އެކަން ކުރި ގޮތާއިމެދު ހިތްވަރުދީ ހެދިދާނެއެވެ.
·  ކަންކަމާއި މެދު ޖެހެލުންނުވެ، ކަންކަމުގައި ކެރިގެން ކުރިމަތިލުން ހިމެނެއެވެ.
·  ކުރަންބޭނުންވާ ކަންތައް ޝައުގުވެރިކަމާއެކު ކުރާހިތުން ކުރުން ހިމެނެއެވެ.
Share this article :

ސުރުހީ އާއި ގުޅޭ ލިޔުންތައް

Posted by Unknown at 03:25
Email ThisBlogThis!Share to XShare to Facebook
Labels: ހާލަތު, ބަލިތައް, އިޤުތިޞާދު, އިޖުތިމާއީ, މައްސަލަތައް, ސިއްހީ

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

މަޤުބޫލު ލިޔުންތައް

  • ފިރިހެނުންގެ ބައެއް ސިއްރު ކަންތައްތައް އެގެން ބޭނުންތަ؟
    ތި ކަނބަލުންގެ ހަޔާތުގެ ބައިވެރިޔާއަކީ ދިމާވާ ކަންތައްތައް ކިޔައިދީ ކަމެއް ދިމާވުމުން އެކަމާމެދު ވިސްނާ ފިކުރުކޮށް ނުވަތަ ...
  • ކައިވެނީގައި ޖެހޭ މައްސަލަތައް ހައްލުކުރާނެ ގޮތް
    ދެބަސްވުމާއި، ކަންކަމުގައި ހިޔާލުތަފާތުވުމާއި، ދެމީހުން އެކަކު އަނެކަކާއި މައްސަލަ ޖެހި ކުދިކުދި ހަމަނުޖެހުން ހި...
  • ފިރިހެނުން ދެކެ އަންހެނުން ލޯބިވަނީ ކީއްވެ؟
    ކޮންމެ އަންހެނަކުވެސް ތިމާ އެމީހަކު ދެކެ ލޯބިވާ ފިރިހެނެއް ބޭނުންވާނެ އެވެ. ކޮންމެ ފިރިހެނަކުވެސް ތިމާ ދެކެ ލޯބިވާ އަނ...
  • ދެމީހުންގެ މެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
    ޒަވާޖީ ހަޔާތެއް ނުވަތަ ލޯބި ވެގެންއުޅޭ ދެމީހުންގެ ދެމެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި، ދެމީހުންގެ ދެމެދުގައ...
  • ހަޔާތުގެ ބައިވެރިޔާއަށް އޮޅުވާލާ މަކަރު ހަދަނީ ކީއްވެ؟
    އެމެރިކާގައި ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ކައިވެނި ކޮށްގެން އުޅޭ މީހުންގެ ތެރެއިން %25 ފިރިހެނުންނަކީ، ...

Find Us on Facebook

About Me

Unknown
View my complete profile

Template modified by : Afey Afra
Copyright © 2011. Dhirun - All Rights Reserved