ކޮޓަރިތެރޭގައި ހުރި އަލަމާރި
ދޮރުހުޅުވައިގެންހުރެ، ލާނެ ހެދުމެއް ހޯދަމުން އަހަރެން ދިޔައީމެވެ. ނަމަވެސް
ލާނެ ހެދުމެއް އަހަރެންނަކަށް ނޭގުނެވެ. ވެފައިހުރި ފޫއްސެއްގެ ބޮޑުކަމުންނެވެ.
މިޔަދަކީ އަހަރެންނަށް އެހާ އުފާވެރި ދުވަހެއްނޫނެވެ. އެއީ އަހަރެން މީހަކާއި
ކައިވެނިކުރުމަށް ހަމަޖެހިފައިވާ ދުވަސްކަމަށް ވާތީއެވެ. މަންމަގެ ގާތް
ރައްޓެއްސެއްގެ އަދި ރައްޓެއްސެއްގެ ހުރި
ހަމައެކަނި އެންމެ ފިރިހެންކުއްޖެކެވެ. އަހަރެން އޭނައެއް ނުދެކެމެވެ. ނަމަވެސް
މަންމަ އޭނަ ބެލުމަށްފަހު ރަނގަޅު ވާނެކަމަށް ބުނުމުން ކައިވެނި ކުރަން
އެއްބަސްވީއެވެ. ހިތާ ދެކޮޅަށެވެ. ނަމަވެސް މަންމަގެ އުފަލަށްޓަކައެވެ.
އަލަމާރިތެރެއިން ފަހަރަކު ހެދުމެއް ނަގަމުން ދިޔައީމެވެ.
ކުއްލިއަކަށް އަހަރެންގެ ލޯ އަޅައިގަތީ އަލަމާރި ތެރޭގައި އޮތް ކޮތަޅަކަށެވެ. އެ ކޮތަޅު
ނަގާ ބެލިއިރު ކޮތަޅުތެރޭގައި އޮތީ ފިޔާތޮށި ކުލައިގެ ހެދުމެކެވެ. ކުއްލިއަކަށް
އަހަރެންގެ ހަނދާނަށް އައީ އިންޓަވިއުއަށް އަލަށް އޮފީހަށް ދިޔަ ދުވަހުގެ
މަތިންނެވެ. އެއީ އެ ހެދުމާއި އަހަރެންގެ ހަޔާތާއި ވަރަށް ބޮޑަށް
ގުޅިފައިވާތީއެވެ.
މީގެ ދެހައަހަރުކުރިއެވެ. ވަޒީފާއެއް ހޯދުމަށް
ކުރި ބުރަމަސައްކަތުން އިންޓަރވިއު އަށް ދާންޖެހުނު ދުވަހެކެވެ. އެއީވެސް އެތައް އޮފީހަކަށް
ވަޒީފާއެއް ލިބޭތޯ ސިޓީ ލުމުން ހަމަ އެކަނި ގުޅި ފަރާތެވެ. އަލަމާރި ތެރޭގައި ހުރި
ހުރިހާ ހެދުންތައް ނަގައިގެންވެސް އެދުވަހުވެސް، ލާނެ ހެދުމެއް އަހަރެންނަކަށް ނޭގުނެވެ.
އަލަމާރި ތެރެއިން އެދުވަހު ފެނުނު ހެދުމަކީ
އެއީ އަހަރެންގެ 18 ވަނަ އުފަންދުވަހު ކާކުކަން ނޭގޭ މީހަކު ފޮނުވި ހެދުމެކެވެ.
އެހެންވެ އެ ހެދުން ބޭނުން ނުކުރަންވެގެން ބާއްވާފައި އޮތީއެވެ. ނަމަވެސް ކުއްލިއަކަށް
އެހެދުން އަހަރެންނަށް ވަރަށް ރީތި ވެއްޖެއެވެ. އަދި ހުރިހާ ހެދުންތަކުގެ ތެރެއިންވެސް
އެންމެ ލާހިތްވާ ހެދުމަކީ އެ ހެދުން ކަމަށް ވެއްޖެއެވެ.
ތެޅެމުން ފޮޅެމުން ކަހަލަގޮތަކަށް
ގަޑިޖެހުމުގެ 5 މިނެޓްކުރިން، އިންޓަރވިއު އަށް ދިއުމަށް ހަމަޖެހިފައިވާ އޮފީހަށް އާދެވުނެވެ.
މިއީ ޕްރައިވެޓް އޮފީހެކެވެ. ސަރުކާރު އޮފީހެއް ކަމުގައި ނުވިޔަސް، ވަޒީފާއެއް
ބޭނުންވެފައިހުރިލެއް ބޮޑުކަމުން އެންމެ ފުރަތަމަ އިންޓަރވިއު އަށް އައުމަށް ގުޅި
އޮފީހަށް އައީއެވެ. ރިޝެޕްޝަން އޭރިޔާގައި އަހަރެންގެ އިތުރުން އިންޓަރވިއު އަށް
އެއްވެސް މީހަކު އައިސްފަ ހުރިތަނެއް ނުފެނުނެވެ. ކައުންޓަރުގައި އިންކުއްޖާ
ކައިރީގައި އިތުރު މީހަކު ނާންނަނީތޯ ސުވާލުކުރުމުން އެއްވެސް ޖަވާބެއްނުދީ މޫނު
މައްޗަށްވެރިވީ ހިނިތުންވުމެކެވެ. ކައުންޓަރަށް ފޯނެއް އައުމުން ކައުންޓަރުގައި
އިންކުއްޖާ ފޯނު ނެގިއެވެ. އަދި ފޯނު ބޭއްވުމަށްފަހު، އަހަރެންނަށް ކުރިމަތީގައި
ހުރި އޮފީހުގެ ވެރިޔާގެ ކެބިންނަށް ވަނުމަށް އޭނަގެ އަތުން އިޝާރަތްކުރިއެވެ.
ވަރަށް ބިރުން ހުރެގެން ކެބިން ތެރެއަށްވަނީމެވެ. އަދި ވަށައިގެން ކެބިންތެރެއަށް
ބަލާލީމެވެ. ކެބިންތެރެއިން ދުވަނީވެސް ވަރަށް ހިތްގައިމު ސެންޓު ވަހެކެވެ. ކެބިން
ތެރޭގައި ހުރި މޭޒު ކައިރީގައި އިށީދެގެން އޮފީހުގެ އިސްވެރިޔާ އިނެއެވެ. އަދި އޭނަގެ
އަތުން، މޭޒު ކުރިމަތީގައި ހުރި ގޮޑީގައި އިށީނުމަށް އަހަރެންނަށް އިޝާރަތްކުރިއެވެ.
އިށީނުމާއެކު އިތުރު ސުވާލު ތަކެއް ކުރުމަކާނުލާ ދިއްކޮށްލީ ސިޓީ އުރައެކެވެ. އަދި
މޭޒުމަތީގައި ބާއްވާފައި އޮތް ރަތްކުލައިގެ ފިނިފެން މަލެއް އަހަރެންނަށް
ދިއްކޮށްލުމަށްފަހު، ލައިގެން ހުރި ހެދުން ވަރަށްރީތި ކަމަށްބުނެ މޫނު މައްޗަށް
ހިނިތުންވުމެއް ގެނައެވެ. ސިޓީ އުރައިގެ ތެރޭގައި އޮތީ ވަޒީފާ ހަމަޖެހުނު ކަމުގެ
ލިޔުންކަމާއި އަދި މިޔަދަށްފަހު، ވަޒީފާ ހަމަޖެހިފައިވާ ވާހަކަ ބުނުމުން ބުނާނެ
އެއްވެސް އެއްޗެއް ނޭގިފައި އަހަރެންނަށް ހުރެވުނެއެވެ. ވީ އުފަލެއްގެ
ބޮޑުކަމުން ކަމެއް ނުވަތަ ހަނދާނެ ގޮތެއް ނޭގިފައި ކަމަށް ރަނގަޅަށް އަހަރެންނަށް
ބުނާކަށް ނޭގުނެވެ. ޝުކުރިއްޔާއޭ ބުނެ މަޑުމަޑުން ކެބިން ތެރެއިން ނިކުތީމެވެ.
ގެއަށް އައިސް އަހަރެން ކޮޓަރިތެރެއަށްވަދެ
ދޮރު ތަޅުލީމެވެ. އަދި މިޔަދު ހިނގާދިޔަ ކަންތަކާއި އެތައް އިރެއްވަންދެން
ވިސްނަށް ހުރެވުނެވެ. މިއީ އަހަރެންގެ ނަސީބުބާއެވެ. ނުވަތަ ބަދުނަސީބު ބާއެވެ.
އެހާ ފަސޭހައިން ވަޒީފާ ދީފާނެކަމަށް އަހަރެން އުއްމީދުވެސް ނުކުރަމެވެ. މިއީ އަނެއްކާ
ކޮންކަހަލަ ކަމެއްބާއެވެ. ފާހާނާ ތެރެއަށްވަދެ މޫނު ދޮވެލީމެވެ. ލޯގަނޑު
ކުރިމަތީގައި ހުރެ އަހަރެންގެ ދެލޯ ބޮޑުކޮށްލީމެވެ. އަދި ކޮލުގައި އަމިއްލަޔަށް
ވިކާލީމެވެ.
ރޭގަނޑު ނިދަން އުޅުނުއިރުވެސް ހިތައް އެތައް
ސުވާލުތަކެއް ވެރިވަމުން ދިޔައެވެ. އޮފީހުގައި ކުރަންޖެހޭނީ ކޮންކަހަލަ
މަސައްކަތެއްބާއޭ ހިތަށް އަރަމުން ދިޔައެވެ. ދެއަތަށް ފޮރޮޅި ފޮރޮޅި އޮއްވާ
އަހަރެންނަށް ނިދުނީ ފަތިހުއެވެ. އަދި ކުއްލި އަކަށް ހޭލެވުނީ ކޮންމެވެސް މީހަކު
ދޮރުގައި ތަޅާ އަޑަށެވެ. ކޮޓަރީގެ ދޮރު ހުޅުވާލި އިރު ދޮރުމަތީގައި ހުރީ
މަންމައެވެ. މިޔަދު އޮފީހަށް ނުދަނީތޯ ސުވާލުކުރިއެވެ. ގަޑި ބަލާލިއިރު ގަޑިޖެހެން
ހުރީ އެންމެ 30 މިނެޓެވެ. ތެޅެމުން ފޮޅެމުން ތައްޔާރު ވެގެން ގޮސް އޮފީހަށް
ވަދެއްޖާމެވެ. އަދި ރިޝެޕްޝަން ގައި އިންކުއްޖާ އަހަރެންގެ ކެބިން ދެއްކުމަށްފަހު
ކުރަންޖެހޭ މަސައްކަތް ކިޔާދިނެވެ. އަހަރެން ކުރަންޖެހޭ މަސައްކަތަކީ ތަނުގެ
ބަޖެޓު ބެލެހެއްޓުމެވެ. ދުވަހުން ދުވަހަށް ހަދަންޖެހޭ ބިލްތައް ހެދުމެވެ. ފުރަތަމަ
ދުވަސް ދިޔައީ ވަރަށް ބުރަކޮށެވެ. ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނައެވެ.
އޮފީސް ނިންމާފައި ނިކުންއިރު، ކާރު ގައި އޮފީހުގެ ވެރިޔާ އިނެއެވެ. އަދި ކާރުގައި
ގެޔަށް ދިޔުމަށް އަހަރެންނަށް އިޝާރަތްކުރުމުން ވަރަށް ބިރުން ހުރެގެން ކާރަށް
އަރައިފީމެވެ. ކާރު އެކިމަގުމަގުން ދުއްވަމުންގޮސް، ވަރަށް ރީތިކޮށް ހަދާފައި ހުރި
ގެއްގެ ތެރެއަށް ކާރު ވައްދާލިއެވެ. އަދި ވެރިޔާ ކާރުން ފޭބުމަށްފަހު،
އަހަރެންނަށްވެސް ކާރުން ފޭބުމަށް އެދުނެވެ. އަދި ބިރު ނުގަތުމަށާ އެއްވެސް ގޮތެއް
ނުހަދާނެ ކަމަށް ބުންޏެވެ. ލިފްޓަށް
އެރުމަށްފަހު 10 ވަނަ ބުރިއަށް ދިއުމަށް ފިއްތާލިއެވެ. ލިފްޓުން ފޭބުމަށްފަހު، 10
ވަނަ ބުރީގައި ހުރި ކޮޓަރި ތެރެއަށް އަހަރެމެން ދެމީހުން ވަނީމެވެ. ކޮޓަރިތެރެވަނީ
ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފައެވެ. ކޮޓަރިތެރޭގައި ހުރި ފާރުގައި އަހަރެންގެ
ތަސްވީރެއް ހަރުކޮށްފައި ހުއްޓާ ދެކުނީމެވެ. އަދި ކޮޓަރިތެރޭގައި ހުރި
އެނދުމަތީގަޔާ ތަޅުން މަތީގައި އެކިވަރުވަރުގެ ރަތްކުލައިގެ ފިނިފެންމާ އަތުރާފައި
ހުއްޓެވެ. އަދި އެތަނުން މަލެއް ނެގުމަށްފަހު، ވެރިޔާ އޭނަ އަމިއްލަޔަށް
ތަޢާރަފްވިއެވެ. ކިޔަނީ ސަމީރުކަމާއި މީގެ އެތައް ދުވަހެއްކުރިން އަހަރެންދެކެ
ލޯބި ވެވިއްޖެކަމާއި، އުފަންދުވަހު ފޮނުވި ހެދުމަކީވެސް ސަމީރު ފޮނުވި
ހެދުމަށްކަމަށް ބުންޏެވެ. ނަމަވެސް ލޯބިވާކަން ބުނަށް ނުކުރިގެން ހުރީކަމާއި
އޮފީހަށް ވަންނަށް ފޮނުވި އެޕްލިކޭޝަން ފޯރމުތައް ފެނުމާއެކު އަހަރެންގެ ފޯރމް
ފެނުމުން ދެންތިބި އެންމެންގެ ފޯރމް ކެންސަލްކުރީ ކަމަށް ބުންޏެވެ. ވާހަކަ
ދައްކަމުންއައިސް އަތުގައި އޮތް ފިނިފެންމާ އަހަރެންނަށް ދިއްކޮށްލިއެވެ. ބޭ
އިހުތިޔާރުގައި އެމަލުގައި އަހަރެން ހިފީމެވެ. ރަތް ފިނިފެންމަލަކީ އަބަދުވުސް
އަހަރެންނަށް ވަރަށް ރީތި މަލެއްކަމަށް ބުނީމެވެ. އެކަން ސަމީރަށް އެގޭކަމާއި
އެންމެ ފުރަތަމަ އަހަރެން ދެކުނީވެސް ފިހާރައެއްގެ ތެރެއިން ރަތްފިނިފެން މަލެއް
ގަންނަށް ގޮސްހުއްޓައި ކަމަށް ބުންޏެވެ. އެހެންވެ ސަމީރު މުޅި ކޮޓަރިތެރެ ރަތް
ފިނިފެން މަލުން ޒީނަތްތެރިކުރީ އަހަރެންނަށްޓަކައި ކަމަށްބުންޏެވެ. ބުނާނެ
އެއްޗެއްނޭގައި ފައި ހުރެ އަހަރެންނަށް ރޮމުން ގޮސް ސަމީރު ގައިގައި ބޭއިހުތިޔާރުގައި
ބައްދައި ގަނެވުނެވެ. އަހަރެންވެސް ސަމީރު ދެކެ ލޯބިވާ ކަމާއި ސަމީރާއި ވަކިވާން
ބޭނުން ނުވާކަމަށް ބުނީމެވެ. ޖަވާބުގައި ސަމީރު އަހަރެންގެ ދެ ކޯތާފަތާ
ނިންކުރީގައި ވަރަށް ލޯބިން ބޮސްދިނެވެ. އަދި އަހަރެން އެއަށްވުރެ ބާރަށް ސަމީރު
ގައިގައިގާ ބައްދައި ގަތީމެވެ.
ދެމީހުން އުޅެމުން އައީ ވަރަށް ލޯބިން އަދި
އެހާ އުފަލުންނެވެ. އަދި ކައިވެނި ކުރުމަށްޓަކައި ބޭނުންވާ ތަކެތި ގަތުމަށްޓަކައި،
ސިންގަޕޫރަށް ސަމީރު ފުރަމުން ދިޔައީވެސް އަހަރެންނަށް ވަރަށް ލޯބި ރަތް ފިނިފެން
މަލެއް ދިނުމަށްފަހުގައެވެ. އަދި އެނބުރި ހަފްތާއެއްގެ ތެރޭގައި އަންނާނެކަމަށް
ބުނެފައެވެ. ނަމަވެސް ހަފްތާއެއް ވެގެންދިޔައިރުވެސް ސަމީރުގެ ޚަބަރެއް ނުވިއެވެ.
އަހަރެން ހަނދާނެގޮތް ހުސްވިއެވެ. ސަމީރަށް ވީ ކިހިނެއް ކަމެއްވެސް ނޭންގެއެވެ.
އަދި ސަމީރު އާއި ގުޅަންކުރި ހުރިހާ މަސައްކަތެއްވީ ބޭކާރެއެވެ. ސަމީރުގެ އިންތިޒާރުގައި
އެތައް ދުވަހެއް ހިތާމަޔާއެކު ވޭތުކުރަމުން ދިޔައީމެވެ. އިތުރު މީހަކާއި ރައްޓެހި
ވާކަށްވެސް ބޭނުމެއް ނުވިއެވެ. ސަމީރު އަހަރެންދެ ލޯބިވި ފަދައިން ދެން އެއްވެސް
މީހަކަ އަހަރެންދެކެ ލޯބި ނުވާނެ ކަން އެނގޭތީއެވެ.
ކުއްލިއަކަށް އަހަރެންގެ ހިޔާލުތަކާ ދުރުކޮށްދިނީ
މަންމަ ގޮވާލި އަޑަށެވެ. އަދި މަންމަ ގައިގައި ބޭއިހުތިޔާރުގައި ބައްދައިގަތީމެވެ.
އަދި ބޭނުންވަނީ ސަމީރު އާ ކައިވެނި ކުރުމަށޭ ބުނީމެވެ. މަރުވަންދެންވެސް ސަމީރުގެ
އިންތިޒާރުގައި ހުންނަށް ބޭނުންކަމާއި މިހާރު ކުރަން އުޅޭ ކައިވެނި ހުއްޓާލަ
ދިނުމަށް އެދުނީމެވެ. އަދި މަންމަ އަހަރެންގައިގައި ފިރުމަމުން ވަރަށް
އޯގާތެރިކަމާއެކު ވިސްނައި ދެވޭތޯ ބެލިއެވެ. ނަމަވެސް މަންމަ ދައްކާ ވަހަކަ
އަހަރެންނަށް އަޑުވެސް އިވޭކަމަކަށްނުވިއެވެ.
އަހަރެން އެ ފިޔާތޮށިކުލައިގެ ހެދުން ލައިގެން
ތައްޔާރު ވެއްޖައީމެވެ. ކޮޓަރިން ނިކުތްއިރު، ދެފަރާތުގެ އާއިލާގެ މީހުން ސިޓިންގ
ރޫމުގައި ތިއްބެވެ. އަދި އަހަރެންނާއި ކައިވެނި ކުރަން ބޭނުންވި ފަރާތް
ފުރަގަސްދީގެން ހުއްޓެވެ. އަހަރެން ނިކުތުމާއެކު ދިއްކޮށްލީ ރަތްކުލައިގެ
ފިނިފެންމަލެކެވެ. އަހަރެންގެ ސަމީރު ދޭ ކަހަލަ މަލެކެވެ. ކުއްލިޔަކަށް ލިބުނީ
އިތުރު ހައިރާން ކަމެކެވެ. ބޭ އިހުތިޔާރުގައި ހުރެ މަލުގައި ހިފީމެވެ. މިއީ
އަނެއްކާ ކާކުބާއޭ އަހަރެންގެ ހިތައް އެރިއެވެ. ހޮޅިބުރީގެ އަލި މަޑުކަމުން އެހާ
ރަނގަޅަށް ކާކުކަމެއް ދެނެ ގަންނާކަށް ނޭގުނެވެ. އަދި އަހަރެން ފެނުމާއެކު
އަހަރެންނާއި ކައިވެނި ކުރަން ބޭނުންކަމަށްބުނެ އޭނަގެ އަތުން އަހަރެންގެ މަންމައަށް އިޝާރަތްކުރިއެވެ.
ކައިވެންޏަށް ތައްޔާރުވެގެން އެއީ ކާކުތޯ
ބެލުމަށްޓަކައި ކެތްމަދުވެފައި ހުރި ހާލުގައި ކައިވެނި ކުރާ މާހައުލަށް
ދިޔައީމެވެ. އަނެއްކާވެސް ބުންނަށް ނޭގޭ ފަދަ ހައިރާން ކަމެކެވެ. ސަމީރު ކޮޓަރި
ތެރެ ޒީނަތްތެރި ކޮށްފައިގޮތަށް ޒީނަތްތެރި ކޮށްފައިވާ ތަނެކެވެ. ހަމަގައިމުވެސް
މިއީ ސަމީރު ގެއެއް ނޫނެވެ. މުޅިތަނުގައި ވަނީ ރަތް ފިނިފެންމާ އެލުވާފައެވެ. އަދި
އެންމެ ފަހުން ކައިވެނި ކުރަން އުޅޭ ފަރާތުގެ މޫނު ފެނުނެވެ. އަހަރެންނަށް
ދުވެފައިގޮސް އޭނަގެ ގައިގާ ބައްދައިގަނެވުނެވެ. ބޭ އިހުތިޔާރުގައި '' ސަމީރު'' އޭ
ކިޔާފައި ގޮވާލެވުނެއެވެ. އާންއެކެއެވެ. އެއީ އަހަރެންގެ ސަމީރުއެވެ. ރޮމުން އަދި ޝަކުވާ
ކުރަމުން ދިޔައީމެވެ. މިހާ ދުވަސް ވީއިރު ޚަބަރެއް ނޫވީ ކީއްވެތޯ އެތައް
ޝަކުވާއެއް ކުރީމެވެ. ޖަވާބު ދިނުމުގެ ބަދަލުގައި ސަމީރުއަށް ވެސް ރޮއެ ގަނެވުނެވެ. ސިންގަޕޫރު އަށް ގޮސް
އުޅެނިކޮން ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން ކެންސަރު ޖެހިފައިވާ ކަމަށް ޑޮކްޓަރ
ބުނިކަމަށާއި އެހެންވެ، މަރާ ހަގުރާމަ ކުރަމުން އެކަމަށް ފަރުވާ ކުރީކަމަށާއި
އެންމެ ފުރަތަމަ ރަނގަޅުވެގެންވެސް ބެލީ އަހަރެން ފެނޭތޯ ކަމަށް ބުންޏެވެ. އެހާލުގައި
އެކަން އަހަރެންނަށް އަންގަން ބޭނުން ނުވީކަމަށާއި އަބަދުވެސް ވަރަށް ގާތުން
އަހަރެންގެ ހާލު ބަލަމުން ދާކަމަށް ބުންޏެވެ. ސަމީރުގެ ހިތަށް އުފާވެރިކަން ގެނުވި
އެއްޗަކީ ހަމައެކަނި ރަތްކުލައިގެ ފިނިފެންމަލާ އަދި އަހަރެންގެ ތަސްވީރު ކަމަށް
ކަމަށް ބުންޏެވެ. މިޔަދަކީ ދުނިޔޭގައި ހުރި އެންމެ ނަސީބު ގަދަ މީހާކަމަށް
އަހަރެންނަށް އިހުސާސް ކުރެވުނެވެ. އަހަރެންގެ ލޯބިވާ ސަމީރު އަހަރެންނަށް އަނބުރާ
ލިބުނީއެވެ. އަހަރެމެން ދެމީހުންގެ ލޯބި ދަމަހައްޓައިދިން އެއްޗަކީ ރަތްކުލައިގެ
ފިނިފެން މަލެއެވެ. މިޔަދު އަހަރެން މިއުޅެނީ ވަރަށް އުފަލުންނެވެ. އަހަރެންގެ
ހަޔާތުގެ ބައިވެރިޔާއާއެކުގައެވެ. ލޯބިވާ ސަމީރު އާއެކުގައެވެ. ( ނިމުނީ )

No comments:
Post a Comment