Dhirun
  • ފުރަތަމަ ސަފްހާ
  • ސިއްޚީ
    • ތަފާތު ބަލިތައް
    • ދުޅަހެޔޮކަން
    • ރަނގަޅު ކާނާ
    • ކާނާ
  • ޒީނަތްތެރިކަން
  • އިގުތިސާދު
    • ތިއަރީ
    • ހާލަތް
  • އިޖުތިމާއީ
    • މައްސަލަތައް
    • ނިޒާމު
  • ވާހަކަ
    • ހަޤިޤީ
    • ހިޔާލީ
  • މުނިފޫހި
  • އިތުރު ލިޔުންތެރިން

skip to main | skip to sidebar
Blogger Tips and TricksLatest Tips And TricksBlogger Tricks

Widgets

Home » ހާލަތު , އިޤުތިޞާދު , އިޖުތިމާއީ , ވާހަކަ , މައްސަލަތައް » ހިތުގެ ވިންދު

ހިތުގެ ވިންދު

Friday, 26 June 2015 | 0 comments








މައިޝާ އަހަރެންގެ ހަޔާތުން ބީވިގެން ދިޔަފަހުން، ރޭގަނޑުގެ ނިދި އެއީ މުޅިން އަހަރެންނަށް ބީރައްޓެހި އެއްޗަކަށްވަނީވެއެވެ. ކޮންމެ ރެޔަކުވެސް އެދުމަތީގައި ދެއަތަށް ފުރޮޅިއޮއްވާ ނިދެނީ ފަތިހުގެ ވަގުތެއްގައެވެ. އަދި ހެނދުނު އެހާ އަވަހަށް ހޭލެވެއެވެ. އެންމެ ފުރަތަމަ، މައިޝާއާއި ބައްދަލުވިއިރު މައިޝާ އަކީ އަހަރެން އެހާ ބޮޑަށް ގަޔާވާ ކުއްޖެއް ނޫނެވެ. އަދި މައިޝާދެކެ އަހަރެން އެއްގޮތަކަށްވެސް ލޯތްބެއް ނުވެއެވެ. އެހެންވެއްޖިއްޔާ  މިއީ ކީއްވެގެން އަހަރެންނަށް ވާގޮތެއްކަން ބުނެދޭކަށް އެއްގޮތަކަށްވެސް ނޭގެއެވެ. އަހަރެން ފެންނަ ކޮންމެ މީހަކުވެސް އަހަރެންގެ ހަށިގަނޑަށް އަންނަ ބަދަލާމެދު ސުވާލުކޮށްހަދައެވެ.

ހަމަޔަގީނުންވެސް އަހަރެންނަށް ބުނެދޭން ނޭގޭކަހަލަ ގޮތްތަކެއް ވާން ފެށީ މައިޝާ އަހަރެންނާއި ވަކިވިފަހުންނެވެ. މައިޝާ އަހަރެން ދެކެ ފޫހިވާ ހުރިހާ ގޮތަކަށް، އޭރު އަހަރެންގެ ޢަމަލުތައް ބެހެއްޓީމެވެ. އޭނައާއި ދިމާލަށް މީހުން ކުރިމަތީގައި އެއްޗެހި ކިޔާހެދީމެވެ. އޭނަގެ އަގުގެއްލޭ ގޮތަށް އެތައް ވާހަކައެއް ދެއްކީމެވެ. އެވަރަށް އަހަރެންގެ އުދަގޫ މައިޝާއަށް ވީއިރުވެސް އަހަރެންނާއި ދިމާލަށް ހުތުރު ބަހަކުން އެއްވެސް އެއްޗެއް ނުބުނެއެވެ. އަބަދުވެސް ވާހަކަދައްކަނީ ލޯބިންނެވެ. އޯގާތެރިކަމާއެކުގައެވެ.

މައިޝާއަކީ އަހަރެންގެ މަންމަގެ ވަރަށް ގާތް ރައްޓެއްސެއްގެ ހުރި އެންމެ އަންހެންކުއްޖެކެވެ. އެންމެ ފުރަތަމަވެސް އޭނައާއި ބައްދަލުވީ މަންމަ ރާއްޖެއިން ބޭރަށް ފުރަން އުޅުމުގެ އެއް ހަފުތާކުރިންނެވެ. އެއީ މަންމަގެ ބޭސްފަރުވާ އަކަށް ރާއްޖެއިން ބޭރަށް ދާތީވެ، ގޭގައި އިތުރު މީހަކު ނެތުމުން އަހަރެންގެ ކަންތައް ކޮށްދިނުމަށް ގެނައި ކުއްޖެކެވެ. އަހަރެން ކާން  ބޭނުންވާތަކެތި ކައްކާނެގޮތާއި އެއްޗެހިދޮވެ އިސްތިރިކުރާނެ ގޮތާއި އަދި އެނޫންވެސް އަހަރެންނަށް ބޭނުންވާނެ ކަންތައްތައް ކުރަން ވާގޮތް މަންމަ މައިޝާއަށް ކިޔާދިނެއެވެ.

މަންމަ އެނބުރި އަންނަށްދެން މައިޝާ އަހަރެންގެ ކަންތައް ބަރާބަރަށް ކޮށްދިނެވެ. ނަމަވެސް ގެއަށް އަހަރެންގެ ރައްޓެއްސެއް އަޔަސް އަހަރެންނަކަށް މައިޝާއަށް ދޭންވާ އެއްވެސް އިހުތިރާމެއް ނުދެވުނެއެވެ. މަންމަ އެނބުރިއައިސް މައިޝާގެ ވާހަކަ އެހުމުންވެސް ތަޢުރީފުގެ އެއްވެސް ބަހެއް ނުބުނެވުނެއެވެ. މައިޝާ އެނބުރި ދަމުން ދިޔައީ ފެންކަޅިވެހުރެއެވެ. އަދިވެސް މައިޝާދަމުން އަހަރެންނާއި ދިމާލަށް ބަލާލިގޮތް އަހަރެންގެ ހިތަކުން ނުފިލައެވެ. މައިޝާ ހުރީ އަހަރެންގެ ފަރާތުން އޯގާތެރި ބަހެއް އަޑުއެހުމަށް ކެއްމަދުވެފައި ހުރި ހާލުގައެވެ.

މައިޝާއަކީ ބަލާލާ ބެލުމަށް ވަރަށް ރީތި ކުއްޖެކެވެ. ފުރިހަމަ އިސްކޮޅެއް ލިބިފައިވާ ޅޫޅާފަތި ކުއްޖެކެވެ. ނަމަވެސް އޭރު މައިޝާ އާއި އެހާ ގަޔާވާގޮތެއް ނުވިއެވެ. ކީއްވެގެން ކަމެއް އެއްގޮތަކަށްވެސް ބުނާކަށް ނޭގުނެއެވެ. އޭރު އަހަރެން ލޯބިވާ އިތުރު އަންހެން ކުއްޖެއްވެސް ނުހުރެއެވެ. ނަމަވެސް މިޔަދު އެކަމާއި އަހަރެން ދެރަވަނީ ކީއްވެގެން ކަމެއް ބުނާކަށް ނޭގެއެވެ.  އަނެއްކާ މައިޝާ ދެކެ ލޯބިވެވުނީ ބާއެވެ.

އެންމެ ފަހުން މައިޝާއަށް ފޯނުން ނަމަވެސް ގުޅޭތޯ ވަރަށް މަސައްކަތްކުރީމެވެ. ނަމަވެސް ގުޅަން ކުރި ހުރިހާ މަސައްކަތެއްވީ ބޭކާރެއެވެ. ކުރިން މައިޝާ ބޭނުންކުރި ފޯނު ނަމްބަރ ގެ ޚިދުމަތްވަނީ ކަނޑާލާފައެވެ. އެންމެ ފަހުން މަންމަގެ ގާތުގައި އަހައިގެން މައިޝާ އުޅޭތަނަކާއި ގުޅޭނެ ފޯނު ނަމްބަރު ހޯދީމެވެ. އަހަރެން އުޅުނު ގޮތުން މަންމަވެސް ހުރީ ހައިރާން ވެފައެވެ. މަންމަގެ މޫނު މައްޗަށް އެތައް ސުވާލުތަކެއް ވެރިވެފައި ހުރި ކަހަލައެވެ. ނަމަވެސް މާގިނަ ވާހަކަތަކެއް ނުދައްކާ މައިޝާއަށް ގުޅޭ ފޯނު ނަމްބަރު އަދި އުޅޭ އެޑްރެސްދިނެއެވެ. ވަރަށް ޖެހެލުންވެ ހުރެ މައިޝާއަށް ގުޅާލީމެވެ. ވަރަށް ބިރުންހުރެ ފޯނުން ވާހަކަ ދައްކަން ފެށީމެވެ. ނަމަވެސް އެކޮޅުން ވާހަކަ އެއް ނުދެއްކިއެވެ. އަނެއްކާވެސް ފޯނު ކަނޑާލުމަށްފަހު ދެވަނަ ފަހަރަށް ގުޅީމެވެ. ފަހުން ފޯނު ނުވެސް ނެގިއެވެ. ބައްދަލުކުރަން ބޭނުންކަމަށްބުނެ މެސެޖުކުރީމެވެ. އެއަށްވެސް ޖަވާބެއް ނުދިނެއެވެ.

ހަނދާނެގޮތް ހުސްވެއްޖެއެވެ. އެންމެ ފަހުން މައިޝާއާއި ބައްދަލުކުރުމަށްޓަކައި އެގެއަށްދިޔައީމެވެ. ބައްދަލުކުރަން ކުރި ބުރަ މަސައްކަތުން އެންމެ ފަހުން ބައްދަލުވާގޮތްވިއެވެ. އަހަރެން މައިޝާގެ ކިބައިން މަޢާފަށް އެދުނީމެވެ. އެދުވަހު ކަންތައް ކުރެވުނު ގޮތާއި މެދު ހިތާމަކޮށް ދެރަވާވާހަކަ ބުނީމެވެ. މައިޝާ އަހަރެމެންގެއިން ދިޔުމަށްފަހު، އަހަރެންނަށް ވަމުން ދިޔަ ހުރިހާ ގޮތްތަކެއް މައިޝާއަށް ކިޔައިދިނީމެވެ. އަހަރެންގެ ހިތުގައި މައިޝާއަށް ހާއްސަ ގަދަރެއް އަދި ލޯބެއް ދެވިފައިވާ ވާހަކަ އެންމެ ފަހުން ބޭއިހުތިޔާރުގައި ބުނެވުނެވެ. ނަމަވެސް އަހަރެންނަށް މައިޝާގެ ފަރާތުން އަޑުއަހަން ޖެހުނީ ވަރަށް ހިތްދަތި ވާހަކައެކެވެ.

މައިޝާގެ ވާހަކަ ތައް އިތުރަށް ކުރިއަށްގެންދިޔައެވެ. މައިޝާ އަހަރެން ވަރަށް ކުރިން ދަންނަކަމާއި، އަހަރެން ދެކެ ކުރިން ވަރަށް ލޯބިވާ ވާހަކަ ބުންޏެވެ. އަދި އަބަދުވެސް މައިޝާގެ ހިތް އަހަރެން ނަށްޓަކައި އެދިއެދި ހުރިކަމާއި އެހާ ފަސޭހައިން މަންމަ އެދުމުގެ މަތިން ގެއަށް ދިޔައީ އެހެން ވެގެން ކަމަށް ބުންޏެވެ. ނަމަވެސް މިޔަދު މައިޝާއަކީ އެއްވެސް އަޅާލުމެއް އޯގާތެރި ކަމެއް ނެތް މީހެއްގެ އަތްބެއްކަމާއި މިޔަދު މައިޝާ ވަނީ ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިކަމަށް ރޮމުން ރޮމުން ބުންޏެވެ.

މައިޝާގެ ވާހަކަތައް އަޑުއަހާލާފައި އަހަރެންނަށްވެސް ރޮވުނެވެ. މައިޝާ ދެކެ ވާ ލޯބި އިތުރު ވެގެން ދިޔައެވެ. މައިޝާގެ ފިރިމީހާގެ ކިބައިން ސަލާމަތް ކުރުމަށް ކުރަން ޖެހުނު ހުރިހާ މަސައްކަތެއް އަހަރެން ކުރީމެވެ. ކަމާއި ބެހޭ ފަރާތްތަކަށް އެކަމުގެ މަޢުލޫމާތު ދިނީމެވެ. ކުރެވުނު ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، އެންމެ ފަހުން މައިޝާގެ ފިރިމީހާގެ ކިބައިން މުޅިން ސަލާމަތްވެއްޖެއެވެ. އަބަދަށްޓަކައެވެ.

މައިޝާގެ ހިތް ފަތަހަ ކުރުމަށްޓަކައި އަހަރެން  މުޅިން ބަދަލުވީމެވެ. އޯގާތެރިކަމާއި ލޯތްބާއެކު ވާހަކަ ދައްކަން ފެށީމެވެ. އަހަރެންގެ ހިތުގައި ޖަހާ ކޮންމެ ވިންދަކީވެސް މައިޝާއަށްޓަކައި ޖަހާ އެއްޗެއް ކަމަށް ބުނަމުން ދިޔައީމެވެ. އަދި ދުނިޔޭގައި ހުރި ދުވަހަކު މައިޝާއަށް އެއްވެސް ދެރަގޮތެއް ނުހަދާނެ ކަމުގެ ފުރިހަމަ ޔަގީން ކަން ދިނީމެވެ.
ދެމީހުންގެ ގުޅުންވެސް ދުވަހަކަށްފަހު ދުވަހެއް ފާއިތުވަމުން ދިޔައިރު ބަދަހިވަމުން ދިޔައެވެ. ނޭގި ހުއްޓާ އެގުޅުން ލޯތްބަށް ބަދަލުވެގެން ގޮސް ދެމީހުންނަށްވެސް ވަކިވާން އުދަގޫވާވަރަށް ލޯބި ވެވިއްޖެއެވެ. އަދި ދެފަރާތުގެ އާއިލާގެ ރުހުމާއެކު ދެމީހުން ކައިވެނި ކުރަން ނިންމީމެވެ.

މިހާރު ދެމީހުންގެ ހަޔާތަށް އަންނަ ކޮންމެ ދުވަހަކީ އުފާވެރި ދުވަހެކެވެ. ދެމީހުންގެ މޫނު މަތިންވެސް ފެންނަނީ އުފާވެރިކަމެވެ. އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާ ކަމުގެ ނިޝާންތަކެއެވެ. ދެމީހުންގެ ހިތުގައި ޖަހާ ވިންދަކީ އެކަކު އަނެކަކަށްޓަކައި ޖަހާ އެއްޗަކަށްވަނީ ވެފައެވެ.

ކައިވެނިކުރަން މައިޝާ ތައްޔާރު ވެފައި އިންއިރު ހީވަނީ އަލަށް މީހަކާއި ކައިވެނި ކުރަން ތައްޔާރު ވެފައި އިން ހެންނެވެ. އޭނަގެ މޫނު މަތިން އެއްވެސް މާޔޫސްކަމެއް ފެންނާކަށް ނެތެއެވެ. އަހަރެން މަޑުމަޑުން ގޮސް މައިޝާ ގައިގާ ބީހިލީމެވެ. އެވަގުތު އަހަރެންގެ އަތުގައި މައިޝާ ހިފިއެވެ. މަޑުމަޑުން ގޮސް އަހަރެންގެ އަތް މައިޝާގެ މޭމަތީގައި ޖައްސާލިއެވެ. އަހަރެންވެސް މައިޝާ އަތުގައި ހިފާ އަހަރެންގެ މޭމަތީގައި ޖައްސާލީމެވެ. ދެމީހުންނަށްވެސް އެކަކު އަނެކާދިމާލަށް ބަލާލާ ހަތަރުކަޅި ބައްދަލުކޮށްލީމެވެ. ދެމީހުންގެ މޫނު މައްޗަށް އެއްފަހަރާ ހިނިތުންވުން ވެރިވިއެވެ. މަޑުމަޑު އަހަރެން މައިޝާގެ ކަންފަތްދަށުގައި ތިއީ ހަމައެކަނި އަހަރެންގެ މީހެއްކަމަށް ކަމާއި މައިޝާގެ ހިތުގައި ޖަހާ ކޮންމެ ވިންދަކީ އަހަރެންނަށްޓަކައި ޖަހާ އެއްޗެއްކަން މިޔަދު އަހަރެންނަށް އެގިއްޖެކަމަށް ބުނީމެވެ. ޖަވާބުގައި މައިޝާވެސް ބުނެލީ އަހަރެން ދެކެ ވަރަށް ލޯބިވާ ކަމާއި އަހަރެންގެ ހިތުގައި ޖަހާ ކޮންމެ ވިންދަކީވެސް މައިޝާއަށްޓަކައި ޖަހާ އެއްޗެއްކަން އެގިއްޖެކަމަށެވެ. ( ނިމުނީ )
Share this article :

ސުރުހީ އާއި ގުޅޭ ލިޔުންތައް

Posted by Unknown at 09:27
Email ThisBlogThis!Share to XShare to Facebook
Labels: ހާލަތު, އިޤުތިޞާދު, އިޖުތިމާއީ, ވާހަކަ, މައްސަލަތައް

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

މަޤުބޫލު ލިޔުންތައް

  • ފިރިހެނުންގެ ބައެއް ސިއްރު ކަންތައްތައް އެގެން ބޭނުންތަ؟
    ތި ކަނބަލުންގެ ހަޔާތުގެ ބައިވެރިޔާއަކީ ދިމާވާ ކަންތައްތައް ކިޔައިދީ ކަމެއް ދިމާވުމުން އެކަމާމެދު ވިސްނާ ފިކުރުކޮށް ނުވަތަ ...
  • ކައިވެނީގައި ޖެހޭ މައްސަލަތައް ހައްލުކުރާނެ ގޮތް
    ދެބަސްވުމާއި، ކަންކަމުގައި ހިޔާލުތަފާތުވުމާއި، ދެމީހުން އެކަކު އަނެކަކާއި މައްސަލަ ޖެހި ކުދިކުދި ހަމަނުޖެހުން ހި...
  • ފިރިހެނުން ދެކެ އަންހެނުން ލޯބިވަނީ ކީއްވެ؟
    ކޮންމެ އަންހެނަކުވެސް ތިމާ އެމީހަކު ދެކެ ލޯބިވާ ފިރިހެނެއް ބޭނުންވާނެ އެވެ. ކޮންމެ ފިރިހެނަކުވެސް ތިމާ ދެކެ ލޯބިވާ އަނ...
  • ދެމީހުންގެ މެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
    ޒަވާޖީ ހަޔާތެއް ނުވަތަ ލޯބި ވެގެންއުޅޭ ދެމީހުންގެ ދެމެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި، ދެމީހުންގެ ދެމެދުގައ...
  • ހަޔާތުގެ ބައިވެރިޔާއަށް އޮޅުވާލާ މަކަރު ހަދަނީ ކީއްވެ؟
    އެމެރިކާގައި ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ކައިވެނި ކޮށްގެން އުޅޭ މީހުންގެ ތެރެއިން %25 ފިރިހެނުންނަކީ، ...

Find Us on Facebook

About Me

Unknown
View my complete profile

Template modified by : Afey Afra
Copyright © 2011. Dhirun - All Rights Reserved