Dhirun
  • ފުރަތަމަ ސަފްހާ
  • ސިއްޚީ
    • ތަފާތު ބަލިތައް
    • ދުޅަހެޔޮކަން
    • ރަނގަޅު ކާނާ
    • ކާނާ
  • ޒީނަތްތެރިކަން
  • އިގުތިސާދު
    • ތިއަރީ
    • ހާލަތް
  • އިޖުތިމާއީ
    • މައްސަލަތައް
    • ނިޒާމު
  • ވާހަކަ
    • ހަޤިޤީ
    • ހިޔާލީ
  • މުނިފޫހި
  • އިތުރު ލިޔުންތެރިން

skip to main | skip to sidebar
Blogger Tips and TricksLatest Tips And TricksBlogger Tricks

Widgets

Home » ހާލަތު , ނިޒާމު , އިޖުތިމާއީ , މައްސަލަތައް , ސިއްހީ » ތިމާއަށް ދިމާވާ ހިތާމަވެރި ކަންތައްތައް އެހެންމީހުންގެ ބޮލުގައި އެޅުވުމުން ސަލާމަތްވާން ހަނދާނީ ކިހިނެއް؟

ތިމާއަށް ދިމާވާ ހިތާމަވެރި ކަންތައްތައް އެހެންމީހުންގެ ބޮލުގައި އެޅުވުމުން ސަލާމަތްވާން ހަނދާނީ ކިހިނެއް؟

Saturday, 27 June 2015 | 0 comments









ތިމާއަށް ދެރަކަމެއް ނުވަތަ ހިތާމަވެރި ކަމެއް ދިމާވުމުން އެކަންތައް އެގޮތަށް ދިމާވި އެހެން މީހުންގެ ސަބަބުން ކަން ބުނާ މީހުން ވަރަށް ގިނައެވެ. އެކަންތައް ދިމާވި މިވެނި މީހެއްގެ ސަބަބުންނޭ ކިޔާ އެކިމީހުންނާއި ދިމާލަށް އެއްޗެހި ކިޔާމީހުން ގިނައެވެ. ކަމެއް ދިމާވުން އެކަން އެހެން މީހުންގެ ބޮލުގައި އެޅުވުމުގެ ބަދަލުގައި އެކަމެއް ދިމާވުމަށް ދިމާވި ސަބަބު ދެނަގަތުމަކީ ވަރަށް މުހިންމުކަމެކެވެ.

ހުރިހާ ކަމެއް ތިމާ އެންމެ ބޭނުންހާ ގޮތަށް ނުވެދާނެއެވެ. އެގޮތަށް އެކަމެއް ދިމާވުމުން ތިމާއަކީ އެންމެ ނަސީބު ދެރަމީހާއެއްނޫނެވެ. މިސާލަކަށް ބުނާނަމަ، އަލީ އަކީ ކުޑަކުއްޖެކެވެ. އޭނަގެ ބައްޕައަކީ އޮފީހެއްގެ ސްޕަވައިޒަރެއްގެ ވަޒީފާ އަދާކުރާ މީހެކެއެވެ. އަލީގެ ބައްޕަ އަކަށް އެއްގޮތަކަށްވެސް ވަޒީފާގެ ކުރިއެރުމެއް ނުލިބެއެވެ. އަދި އާއިލާ އަށް އެއްވެސް އުފާވެރި ކަމެއް ނާދެއެވެ. މިއީ އޭނަގެ އާއިލާގެ ބަދުނަސީބު ކަމުން ދިމާވާ ކަމެކެވެ. އަލީ އަށް ވިސްނިފައިވަނީ މިގޮތަށެވެ. ގޭތެރޭގައި އަލީ އަށް އިވެނީވެސް މިކަހަލަ ވާހަކަތަކެކެވެ. އަލީ ބޮޑުވަމުން އައިރުވެސް އިސްކޫލުގައި އުޅުނު އިރު އޭނައަށް ލިބޭ ނަތީޖާ އެހާ ރަނގަޅެއް ނޫނެވެ. މިއީ އޭނަގެ ބަދު ނަސީބު ކަމެވެ.
ދައްގުރޭޑު ލިބެނީ ކޮންމެހެން ކުއްޖާގެ ބަދު ނަސީބު ކަމަކުންނޫނެވެ. އަދި ޓީޗަރުންގެ މައްސަލަ އަކުންވެސް ނޫނެވެ. މިކަން މިގޮތަށް ދިމާވާ ސަބަބު ތަކުގެ ތެރޭގައި ކުއްޖާ އަށް ރަނގަޅަށް މަސައްކަތް ނުކުރެވުން ހިމެނެއެވެ. އަދި އާއިލާއަށް ފައިސާގެ މައްސަލަ ކުރިމަތި ވުމަކީ ކޮންމެހެން އާއިލާ ބަދު ނަސީބު ވުމެއްނޫނެވެ. ލިބޭ އެއްޗަކުން ފުއްދަން ނޭގުމާއި ފައިސާ ފަހަށް ރައްކާ ނުކުރެވުންވެސް މިގޮތަށް ދިމާވެދާނެއެވެ.
ފަހުން އަލީ ކަންކަމާއި މެދު ދެކޭ ގޮތް ބަދަލު ކުރިއެވެ. އަދި އެހެން މީހުންނާއި އޮންނަ ގުޅުން ރަނގަޅުކޮށް އިތުރަށް މަސައްކަތް ކުރަން ފެއްޓިއެވެ.

ކަމެއް ދިމާވުމުން އެހެން މީހުން ބޮލުގައި އެކަން އެޅުވުމުގެ ބަދަލުގައި އެކަމުން ސަލާމަތް ވުމަށްޓަކައި ތިރީގައި މިވާ ބައެއް ކަންތައްތައް ކުރެވިދާނެއެވެ.

1.  ތިމާއަށް އުނގެނިފައިވާ އިލްމެއް ނުވަތަ ހުނަރެއް އެންމެ އެދެވޭ ގޮތެއްގައި ބޭނުންކުރުން؛ ކަމެއް ކުރާއިރު އެންމެންނަކީ ހުރިހާ ކަމަކަށް މޮޅުބައެއްނޫނެވެ. އެކިމީހުން ދަންނާނީ އެކި މަސައްކަތެވެ. ވީމާ މަސައްކަތެއް ކުރަމުންދާއިރު ތިމާވެސް އެކަމުގައި ބައިވެރިވެ ހަދާށެވެ. އަދި އެގިފައިވާ އިލްމެއް ނުވަތަ ހުނަރުގެ ބޭނުންކޮށް އެކަން އެހެން މީހުންނަށް ބުނެދޭ މީހަކަށް ވާށެވެ.
2.  ކަމެއް ދިމާވުމުން އެކަމެއް ހައްލުކުރަން ދަސްކުރުން؛ ކަންކަމުގައި އުޅޭ އިރު އަތުން ފައިން ގޯސް ހެދޭތަންވެސް އަންނާނެވެ. ހުރިހާ އެންމެން ތިމާއަށް ތައުރީފު ނުކުރާނެ ކަން ހަނދާކުރާށެވެ. ތިމާގެ ބަލިފަޔަކީ ކޮބައިކަން އަމިއްލައަށްވެސް ދެނެގަންނާށެވެ. އަދި ކަމެއް ދިމާވުމުން އެކަންތައް ހައްލުކުރަން މަސައްކަތްކުރަން ދަސްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
3.  އެހެންމީހުންނަށް މަޢާފްކުރަން ދަސްކުރުން؛ ކަމެއް ދިމާވުމުން އެހެން މީހުންދެކެ ރުޅިއައިސް އެއްޗެހި ކިއުމުގެ ބަދަލުގައި ތިމާއަށް ކުށްކުރޭ ފަދައިން އެހެން މީހުންނަށްވެސް ކުށެއް ކުރެވިދާނެ ކަމަށް ގަބޫލުކުރާށެވެ. އަދި އެހެން މީހުންނަށް މަޢާފުކުރާ މީހަކަށް ވުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.
4. އަބަދުވެސް އާކަންތައްތައް ދަސްކުރާ މީހަކަށްވުން؛ އަބަދު އެއްވާހަކައެއް ދެއްކުން ނުވަތަ އެއްކަމެއް ކުރުމުގެ ބަދަލުގައި ތިމާއަކީ އާކަންތައްތައް ދަސްކުރާ މީހަކަށް ވުމަކީވެސް ވަރަށް މުހިންމުކަމެވެ. އޭރުން ދިމާވާ އެކިއެކި މައްސަލަތައް ހައްލުކުރަން ފަސޭހަވެގެންދާނެއެވެ.
5.  އެހެންމީހުންށް ޝުކުރު އަދާކުރާ މީހަކަށްވުން؛ އެހެން މީހުންނަށް ޝުކުރު އަދާކުރާ މީހަކަށް ވުމަކީ ވަރަށް މުހިންމު ކަމެއް އެއީ އެކަމުން ޝުކުރު ރައްދުވާ ފަރާތަށް އުފާވެރިކަން ލިބި އަދި ތިމާއާއި އެހެން މީހުންނާއި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަކަށް ވާތީވެއެވެ.

މީހުންނާއި އޮންނަ ގުޅުން އިތުރަށް ރަނގަޅު ވެއްޖެނަމަ، ކަންކަން އެހެން މީހުން ބޮލުގައި އެޅުވުން މަދުވެގެން ދާނެއެވެ. އަބަދުވެސް ތިމާ މާޒީގައި ކުރެވިފައިވާ ކަންތައްތައް މަތިން ވިސްނާ ފިކުރުކުރާށެވެ. އެކަމުން އިބުރަތް ހާސިލް ކުރާށެވެ. އަދި އެކަންތަކާއި މެދު އަމިއްލައަށްވެސް، އަމިއްލަ ނަފްސަށް ޝުކުރުވެރިވާށެވެ.
Share this article :

ސުރުހީ އާއި ގުޅޭ ލިޔުންތައް

Posted by Unknown at 12:42
Email ThisBlogThis!Share to XShare to Facebook
Labels: ހާލަތު, ނިޒާމު, އިޖުތިމާއީ, މައްސަލަތައް, ސިއްހީ

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

މަޤުބޫލު ލިޔުންތައް

  • ފިރިހެނުންގެ ބައެއް ސިއްރު ކަންތައްތައް އެގެން ބޭނުންތަ؟
    ތި ކަނބަލުންގެ ހަޔާތުގެ ބައިވެރިޔާއަކީ ދިމާވާ ކަންތައްތައް ކިޔައިދީ ކަމެއް ދިމާވުމުން އެކަމާމެދު ވިސްނާ ފިކުރުކޮށް ނުވަތަ ...
  • ކައިވެނީގައި ޖެހޭ މައްސަލަތައް ހައްލުކުރާނެ ގޮތް
    ދެބަސްވުމާއި، ކަންކަމުގައި ހިޔާލުތަފާތުވުމާއި، ދެމީހުން އެކަކު އަނެކަކާއި މައްސަލަ ޖެހި ކުދިކުދި ހަމަނުޖެހުން ހި...
  • ފިރިހެނުން ދެކެ އަންހެނުން ލޯބިވަނީ ކީއްވެ؟
    ކޮންމެ އަންހެނަކުވެސް ތިމާ އެމީހަކު ދެކެ ލޯބިވާ ފިރިހެނެއް ބޭނުންވާނެ އެވެ. ކޮންމެ ފިރިހެނަކުވެސް ތިމާ ދެކެ ލޯބިވާ އަނ...
  • ދެމީހުންގެ މެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
    ޒަވާޖީ ހަޔާތެއް ނުވަތަ ލޯބި ވެގެންއުޅޭ ދެމީހުންގެ ދެމެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި، ދެމީހުންގެ ދެމެދުގައ...
  • ހަޔާތުގެ ބައިވެރިޔާއަށް އޮޅުވާލާ މަކަރު ހަދަނީ ކީއްވެ؟
    އެމެރިކާގައި ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ކައިވެނި ކޮށްގެން އުޅޭ މީހުންގެ ތެރެއިން %25 ފިރިހެނުންނަކީ، ...

Find Us on Facebook

About Me

Unknown
View my complete profile

Template modified by : Afey Afra
Copyright © 2011. Dhirun - All Rights Reserved