Dhirun
  • ފުރަތަމަ ސަފްހާ
  • ސިއްޚީ
    • ތަފާތު ބަލިތައް
    • ދުޅަހެޔޮކަން
    • ރަނގަޅު ކާނާ
    • ކާނާ
  • ޒީނަތްތެރިކަން
  • އިގުތިސާދު
    • ތިއަރީ
    • ހާލަތް
  • އިޖުތިމާއީ
    • މައްސަލަތައް
    • ނިޒާމު
  • ވާހަކަ
    • ހަޤިޤީ
    • ހިޔާލީ
  • މުނިފޫހި
  • އިތުރު ލިޔުންތެރިން

skip to main | skip to sidebar
Blogger Tips and TricksLatest Tips And TricksBlogger Tricks

Widgets

Home » ހާލަތު , ނިޒާމު , އިޤުތިޞާދު , އިޖުތިމާއީ , ސިއްހީ » ދެމީހުންގެ މެދުގައި އުފެދިފައިވާ ލޯބީގެ ގުޅުން މުޅިއުމުރަށް ދަމަހައްޓާނީ ކިހިނެއް؟

ދެމީހުންގެ މެދުގައި އުފެދިފައިވާ ލޯބީގެ ގުޅުން މުޅިއުމުރަށް ދަމަހައްޓާނީ ކިހިނެއް؟

Monday, 13 July 2015 | 0 comments









ދެމީހުންގެ މެދުގައި އުފެދިފައިވާ ލޯބި މުޅިއުމުރަށް ނުވަތަ ދިގުމުއްދަކަށް ދަމަހައްޓާނެ ގޮތުގެ ސިއްރު އިގެން ބޭނުންތަ؟ ފަހުގެ ދިރާޘާ އަކުން ދައްކާގޮތުގައި މިގުޅުން ދެމެހެއްޓުމަށްޓަކައި ހަތަރު ދާއިރާއަކަށް ވިސްނައިގެން މަސައްކަތްކުރެވިދާނެއެވެ.

ބައެއް މީހުންބުނެ އުޅެ '' މިވެނި މީހަކު ނުވަތަ އަހަރެން އުޅެނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބައިވެރިޔާއާއެކު އެހާ އުފަލެއްގައި ނޫނެވެ. " މިގޮތަށް މިހެން ދިމާވަނީ ކީއްވެ؟ ދެމީހުންގެ މެދުގައި އޮންނަށްޖެހޭ ގުޅުން އެންމެ ރަނގަޅަށް ނެތުމުންނާއި، އެކަކު އަނެކަކަށް ކުރަންޖެހޭ އިތުބާރު ނުކުރުމުންވެސް މިހެން ދިމާވެދާނެއެވެ.
ތިރީގައި މިވާ ހަތަރު ދާއިރާއަށް ވިސްނައިގެން މަސައްކަތްކޮށްފިނަމަ ދެމީހުންގެ ދެމެދުގައި އުފެދިފައިވާ ލޯބީގެ ގުޅުން އިތުރަށް ހަރުދަނާކޮށް ވަރުގަދަ ކުރެވިދާނެއެވެ.

1.     ދެމީހުންގެ ދެމެދުގައިވާ ގުޅުމަށް އިހުތިރާމުކޮށް އެގުޅުން އިތުރަށް ވަރުގަދަކުރުމަށް މަސައްކަތްކުރުން؛ މިގުޅުން ވަރަގަދަ ކުރުމަށްޓަކައި ތިމާގެ އެކި އިހުސާސްތައް ބޭނުންކޮށްގެން ކޮންމެ ދުވަހަކުވެސް މިގުޅުން ދެމެހެއްޓުމަށް ބޭނުންވާ ކާނާ ހޯދުމަށް މަސައްކަތްކުރެވިދާނެއެވެ. ހަޔާތުގެ ބައިވެރިޔާ އެންމެ ބޭނުންވަނީ ކޮންކަމެއް ކުރަންކަން ދެނެގަންނާށެވެ. އެކަމަކީ ތިމާ އެހާ ގަޔާވާކަމެއް ކަމުގައި ނުވިޔަސް އެކަންތައްތަކުގައި ބައިވެރިވެ އެއީވެސް މުހިންމު ކަމެއްކަމުގައި ދެކޭށެވެ. މިސާލަކަށް ބުނާނަމަ ކުރަން ބޭނުންވާ ވަރަށް މުހިންމު ކަމެއް އޮވެދާނެއެވެ. އެކަމެއް ކުރުމަށްޓަކައި ހުސްވަގުތު ބޭނުންވެދާނެއެވެ. ބައިވެރިޔާވެސް އެކަނިވެލާ އަމިއްލަކަންތައް ކޮށްލަން ބޭނުންވާވަގުތު ތަކުގައި އުދަގޫނުކުރާށެވެ. ތިމާ އެންމެ ބޭނުންވަނީ ކޮންކަމެއް ކުރަންކަން ހަޔާތުގެ ބައިވެރިޔާއަށް ވިސްނައިދޭށެވެ. މިކަން ދެނެގަންނަށް އުދަގޫވާނަމަ ވިސްނުމަށްޓަކައި އިތުރަށް ވަގުތު ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.

2.     ދެމީހުންގެ ދެމެދުގައިވާ ގުޅުން އަތުން ބީވިޔަނުދީ ބާރަށް ހިފަހައްޓަން މަސައްކަތްކުރުން؛ އެކަކު އަނެކަކު ލޯބިން ބައްދާލުމާއި ލޯބިން ގައިގޯޅިވެ އުޅުމަކީ މިކަންތައް ދެމެހެއްޓުމަށް ކުރެވިދާނެކަމެކެވެ. ދެމީހުން ކައިވެނި ކުރުމަށްފަހު، ހަނީމު ނިމުމުން މިގޮތަށް ދެމީހުންގެ މެދުގައި އޮންނަ ގުޅުން ދުރުވެގެން ދާގޮތްވެއެވެ. ކޮންމެ ރެޔަކު ދެމީހުން އެކުގައި ރޭކުރުމުގެ ކަންތައް މަދުވެގެންދާގޮތްވެއެވެ. މިހެންވެގެން ދެމީހުން އެކަކު އަނެކަކުގެ ގައިގާ ލޯބިން ބައްދާލުމަކީ ވަރަށް މުހިންމުކަމެކެވެ. މިގޮތަށް މިކަންތައް ކުރުމުން ދެމީހުންގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ބޭނުންވާ ހޯމޯން އިތުރުވެގެންދެއެވެ. ދެމީހުން އެކަނިވެލާ ކޮންމެ ފަހަރަކުވެސް މިގޮތަށް ލޯބި ކޮށްލެވިދާނެއެވެ. ނުވަތަ ޓީ.ވީ ބެލުމަށްޓަކައި ދެމީހުން ތިބޭވަގުތު ގައިގޯޅިވެގެންވެސް ތިބެވިދާނެއެވެ.

3.     ވިޔާފާރިކުރުމަށް ވަގުތު ބޭނުންވާހެން ލޯބީގެ ގުޅުން ވަރުގަދަ ކުރުމަށް ވަގުތު ހުސްކުރުން؛ ދެމީހުންގެ ދެމެދުގައިވާ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި އެކުގައި ވަގުތު ހޭދަކުރުމަކީ މުހިންމުކަމެކެވެ. ތިމާގެ ވިޔާފާރި ފުޅާކޮށް ވަރުގަދަ ކުރުމަށް އިތުރަށް ފައިސާ ހޭދަކުރާހެން މިގުޅުން ވަރުގަދަ ކުރުމަށްވެސް ދެމީހުންއެކުގައި ވަގުތު ހޭދާކުރާށެވެ. ދެމީހުން އެކަނި އެކުގައި ބޭރަށް ދިއުމަކީވެސް ކުރެވިދާނެކަމެކެވެ. ދެމީހުން އެކުގައި ކުރާ މިފަދަ ކަންތައްތަކަކީ ފަހުން މާޒީގައި ދިމާވެފައިވާ އުފާވެރި ކަންތައްތަކުގެ ވާހަކަދައްކާއިރު އެކަމަށް ތިރުވެގެންދާ ކަމެއްގެ ގޮތުގައިވެގެންދާނެއެވެ. ދެމީހުން އެކުގައި ހޭދަކުރުމަށް ގިނަވަގުތު ނުލިބޭނަމަ ދެމީހުން ބައްދަލުވާ ކޮންމެ ފަހަރަކު ހަތަރުކަޅި ބައްދަލުކޮށްލައިގެން ހުރެ އެކަކުއަނެކަކާ ދިމާލަށް އެއްމިނެޓް ވަންދެން ބަލާލާށެވެ. މިގޮތަށް މިކަންތައްކުރުމަކީވެސް އިތުރަށް ގުޅުން ހަރުދަނާވެގެންދާނެކަމެކެވެ.

4.     ދެމީހުންގެ ލޯބީގެ ގުޅުން ފުރަތަމަ ފެށުނު ދުވަސް ފާހަގަކުރުން؛ މިއީވެސް ދެމީހުންގެ ދެމެދުގައިވާ ލޯބީގެ ގުޅުން ހަރުދަނާ ކުރުމަށް ކުރެވިދާނެކަމެކެވެ. މިސާލަކަށް ބުނާނަމަ ދެމީހުން އެކަނިތިބެ ހިތްހަމަޖެހޭ ހިތްގައިމު މާހައުލެއްގައި ކެއުމަކަށް އިންސާފުކޮށްލަންވެސް ދެވިދާނެއެވެ. އަދި އެކަކު އަނެކަކަށް އެމީހަކު އެންމެ ބޭނުންވާ ހަދިޔާ ބަދަލުކުރެވިދާނެއެވެ. މިގޮތަށް އެކަނި ހޭދަކޮށްލާ ވަގުތުތަކުގައި ދެމީހުން އެކުގައި ފޮޓޯނެގުމަކީވެސް ވަރަށް މުހިންމު ކަމަކެކެވެ. މިކަމީ ފަހުން މާޒީ ހަދާންކޮށް މިފަދަ ވާހަކަތައްކާއިރު ތިމާއަށް ލިބިފައިވާ ކުދިންނަށްވެސް ދައްކާލަން ބެހެއްޓިދާނެ އެއްޗަކަށް ވެގެން ދާނެއެވެ. ލޯތްބާއި އަޅާލުމާއި އޯގާތެރި ފިރުމުންތަކަކީ ލޯބީގެ ގުޅުން ދަމަހައްޓައިދޭ ކާނާއެވެ.
Share this article :

ސުރުހީ އާއި ގުޅޭ ލިޔުންތައް

Posted by Unknown at 09:29
Email ThisBlogThis!Share to XShare to Facebook
Labels: ހާލަތު, ނިޒާމު, އިޤުތިޞާދު, އިޖުތިމާއީ, ސިއްހީ

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

މަޤުބޫލު ލިޔުންތައް

  • ފިރިހެނުންގެ ބައެއް ސިއްރު ކަންތައްތައް އެގެން ބޭނުންތަ؟
    ތި ކަނބަލުންގެ ހަޔާތުގެ ބައިވެރިޔާއަކީ ދިމާވާ ކަންތައްތައް ކިޔައިދީ ކަމެއް ދިމާވުމުން އެކަމާމެދު ވިސްނާ ފިކުރުކޮށް ނުވަތަ ...
  • ކައިވެނީގައި ޖެހޭ މައްސަލަތައް ހައްލުކުރާނެ ގޮތް
    ދެބަސްވުމާއި، ކަންކަމުގައި ހިޔާލުތަފާތުވުމާއި، ދެމީހުން އެކަކު އަނެކަކާއި މައްސަލަ ޖެހި ކުދިކުދި ހަމަނުޖެހުން ހި...
  • ފިރިހެނުން ދެކެ އަންހެނުން ލޯބިވަނީ ކީއްވެ؟
    ކޮންމެ އަންހެނަކުވެސް ތިމާ އެމީހަކު ދެކެ ލޯބިވާ ފިރިހެނެއް ބޭނުންވާނެ އެވެ. ކޮންމެ ފިރިހެނަކުވެސް ތިމާ ދެކެ ލޯބިވާ އަނ...
  • ދެމީހުންގެ މެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟
    ޒަވާޖީ ހަޔާތެއް ނުވަތަ ލޯބި ވެގެންއުޅޭ ދެމީހުންގެ ދެމެދުގައިވާ ގުޅުންތެރިކަން ދެމެހެއްޓުމަށްޓަކައި، ދެމީހުންގެ ދެމެދުގައ...
  • ހަޔާތުގެ ބައިވެރިޔާއަށް އޮޅުވާލާ މަކަރު ހަދަނީ ކީއްވެ؟
    އެމެރިކާގައި ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ކައިވެނި ކޮށްގެން އުޅޭ މީހުންގެ ތެރެއިން %25 ފިރިހެނުންނަކީ، ...

Find Us on Facebook

About Me

Unknown
View my complete profile

Template modified by : Afey Afra
Copyright © 2011. Dhirun - All Rights Reserved